އަމިއްލައަށް ކޯޑް ލިޔާ ރޮބޮޓެއް ގޫގަލް އިން އުފައްދަނީ

ޢާއިޝަތު ޝައިހާ 05 ޑިސެމްބަރު 2022

ރަގަޅަށް މަސައްކަތްކުރާ ކޯޑު ލިޔުމަކީ އެކަމުގައި ގޮންޖެހުންތައް ހިމެނޭ ކަމެކެވެ. އެޗްޓީއެމްއެލް ފަދަ ފަސޭހަ ބަސްތަކަށް ވެސް، ވަކި ސިންޓެކްސްތަކާއި ލިބެން ހުރި ޓޫލްތައް ދެނެގަތުމަށްޓަކައި ކޯޑަރެއް ބޭނުންވެއެވެ. ރޮބޮޓްތައް ކޮންޓްރޯލް ކުރުމަށްޓަކައި މި ލިޔާ ކޯޑުތަކުގެ ބޭނުން ބޮޑުވުމުގެ އިތުރަށް، ވަރަށް ގިނަ މަރުހަލާތައް ކަޑައްތު ކުރަން ޖެހެއެވެ. ތަކެތި ދެނެގަތުމަށް ވަކި ކޯޑެއް، ރޮބޮޓުގެ ހުޅުތައް މަސައްކަތް ކުރުމުގައި ބޭނުންކުރާ އެކްޓުއޭޓަރުތައް މަސައްކަތް ކުރުވުމަށް ވަކި ކޯޑެއް، މަސައްކަތް ނިމުނުކަން އަންގައިދޭ ވަކި ކޯޑެއް؛ މިފަދައިން އެތައް ކޯޑެއް ވެއެވެ. ތިމާއަށް އެ ރޮބޮޓެއް މަސައްކަތް ކުރާ ކޯޑިން ބަސް ނޭނގޭ ނަމަ، ރަތް ފޮށްޓެއްގެ ބަދަލުގައި ރީނދޫ ފޮށްޓެއް އުފުލުން ފަދަ އާދައިގެ ކަމަކަށް ޕްރޮގްރާމް ކުރުމަކީ ނުވާނެ ކަމެކެވެ.

ނަމަވެސް ގޫގަލްގެ ރޮބޮޓިކްސް ދިރާސާވެރިން ދަނީ މި ކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މި ދިރާސާވެރިން ވަނީ، ނެޗުރަލް ލޭންގުއޭޖް އިންސްޓްރަކްޝަންގެ މައްޗަށް ބިނާކޮށް އަމިއްލައަށް އޭގެ ޕްރޮގްރާމިންގ ކޯޑު ލިޔާ ރޮބޮޓެއް އުފައްދާފައެވެ. ރޮބޮޓުގެ ކޮންފިގަރޭޝަން ފައިލު ތެރެއަށް ވަދެ ބަދަލުކުރުމުގެ ބަދަލުގައި އާދައިގެ ގޮތަކަށް ލިޔެލުމުން ރޮބޮޓު މަސައްކަތް ކުރާނެއެވެ.

ކޯޑް އޭޒް ޕޮލިސީސް (ކުރުކޮށް ކެޕް) އަކީ ގޫގަލްގެ ޕާތްވޭޒް ލޭންގުއޭޖް މޮޑެލް (ޕާމް) އިން ތައްޔާރު ކޮށްފައިވާ ކޯޑިން-ސްޕެސިފިކް ލޭންގުއޭޖް މޮޑެލްއެކެވެ. މީގެ ބޭނުން ކޮށްގެން ނެޗުރަލް ލޭންގުއޭޖް އިންސްޓްރަކްޝަނުތައް ދެނެގަނެ މަސައްކަތް ކުރާ ކޯޑުތަކަށް ބަދަލުކޮށްދޭނެއެވެ. ގޫގަލްގެ ދިރާސާވެރިން މި މޮޑެލް ތަމްރީނު ކޮށްފައި ވަނީ އިންސްޓްރަކްޝަންތަކުގެ މިސާލުތަކާއި އޭގެ ކޯޑު ދީގެންނެވެ. އޭގެ ބޭނުން ކޮށް، މި މޮޑެލް އިން ވަނީ އާ އިންސްޓްރަކްޝަންތައް ނަގައިގަނެ އަދި "އޭޕީއައި ސެލްތައް އަލުން އެއްކުރުމަށް އޮޓޯއިން އާ ކޯޑުތައް އުފައްދާ، އާ މަސައްކަތްތައް އުފައްދުމުގެ އިތުރަށް، ރަންޓައިމުގައި އާ ގޮތްތައް ހެދުމަށް ފީޑްބެކް ލޫޕްތަކެއް ދައްކުވައި ދީފައި" ކަމަށް، ގޫގަލްގެ އިންޖިނިއަރުން ޝާޢިއުކުރި ބްލޮގް ޕޯސްޓެއްގައި އޮޅުންފިލުވައި ދީފައި ވެއެވެ. އެހެން ބަހަކުން ބުނާ ނަމަ، ކޮމެންޓެއް ފަދަ ޕްރޮމްޓެއް ދިނުމުން މި މޮޑެލް މެދުވެރިކޮށް ރޮބޮޓް ކޯޑެއް އުފައްދާނެއެވެ.

ވަކި ޚާއްޞަ މަސައްކަތަކަށް ކެޕް މެދުވެރިކޮށް ކޯޑު ލިޔަން ބޭނުންވެއްޖެ ނަމަ، ޓީމުން ވަނީ އެއަށް "ހިންޓު" ތަކެއް ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި ލިބެން ހުރި އޭޕީއައި ތައް ނުވަތަ ޓޫލްތަކާއި އަދި ބައެއް އިންސްޓްރަކްޝަން-ޓު-ކޯޑު ޖޯޑު ކުރެވިފައިވާ މިސާލުތައް ހިމެނެއެވެ. މިއީ 'ހައިރާކިއަލް ކޯޑް ޖެނެރޭޝަން' މެދުވެރިކޮށް ކުރެވޭ ކަމެކެވެ. މި މެދުވެރިކޮށް މޮޑެލް އިން 'އާ މަސައްކަތްތައް ދެނެގަނެ، ވަގުތާއި އެކު އޭގެ އަމިއްލަ ލައިބްރަރީއެއް އެއްކޮށް އަދި ތަފާތު ކޯޑް ބޭސްއެއް އަމިއްލައަށް އުފެއްދޭނެއެވެ". މީގެ މާނައަކީ އެއްފަހަރު އިންސްޓްރަކްޝަން ދިނުމުން ކޮންމެވެސް ކޯޑެއް އުފައްދާ ފަހުން އެފަދަ އިންސްޓްރަކްޝަންތަކަށް އަލުން ބޭނުން ކުރެވޭނެއެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.