އޭއައި އިން އުފައްދާ ސްޓޮކް ފޮޓޯތައް އެޑޯބް އިން ވިއްކާނީ

އަޙްމަދު އަޙްސަން 06 ޑިސެމްބަރު 2022

އެޑޯބްގެ ސްޓޮކް އިމޭޖްގެ ހިދުމަތް ޑަލް-އީ އަދި ސްޓޭބަލް ޑިފިއުޝަން ފަދަ ޖެނެރޭޓިވް އޭއައި ޕްރޮގްރާމްތަކުގެ އެހީގައި އުފައްދާ އުފެއްދުންތަކަށް ހުޅުވާލާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އޭއައި އުފެއްދުމުގެ ވަސީލަތްތައް އުފެދިގެން ދިއުމަކީ ވަޒީފާތަކަށް ނުވަތަ ގިނަ ގުނަ ޤާނޫނީ މައްސަލަތަކެއްގެ ފީންޏެއްގޮތުގައި ބައެއް މީހުން ދެކޭއިރު، އެޑޯބީ ދަނީ އެ ވަސީލަތްތައް ހިފަހައްޓަމުން އަދި ޕްރޮމޯޓް ކުރަމުންނެވެ.

އޮކްޓޫބަރު މަހު ބޭއްވި މެކްސް ކޮންފަރެންސްގައި އެޑޯބް އިން ވަނީ މުސްތަގުބަލުގައި ކޮންޓެންޓް ޖެނެރޭޝަންގަ ޖެނެރޭޓިވް އޭއައި ވަރަށް ފުޅާ ދައުރެއް އަދާ ކުރާނެ ކަމަށް ފާހަގަކޮށް، އަދި އޭއައި އަކީ އިންސާނީ އާޓިސްޓުންގެ ބަދަލުގައި ބޭނުން ކުރާ މަސައްކަތެއް ނޫން ކަމަށް ވެސް ބުނެފައެވެ.

އެޑޯބް އިން ބުނީ އެހެން މަސައްކަތްތަކާ އެއް ގޮތަށް ޖެނެރޭޓިވް އޭއައި ބޭނުންކޮށްފައިވާ ފަންނާނުންގެ ފަރާތުން ހުށަހަޅާ ފޮޓޯތައް މިހާރު ބަލައިގަންނަ ކަމަށާއި ނަމަވެސް އެ ފޮޓޯތައް ލޭބަލް ކުރަން ޖެހޭ ކަމަށެވެ.

ރަސްމީކޮށް އެކަން އިއުލާނު ކުރުމުގެ ކުރިން މަޑުމަޑުން އެފަދަ ފޮޓޯތައް އެޑޯބް އިން ޓެސްޓު ކުރަން ފެށިއެވެ.

އެޑޯބީގެ ސީނިއާ ޑައިރެކްޓަރު ސާރާ ކެސިލަސް އެކްސިއޯސްއަށް ދިން އިންޓަވިއުއެއްގައި ބުނީ "ވަރަށް ބޮޑު ހައިރާންކަމެއް ލިބުނު، އެއީ ކޮލިޓީ ސްޓޭންޑަޑްތަކަށް ފެތޭ އަދި ރަނގަޅު ނަތީޖާއެއް ނެރެމުން އަންނަ އެއްޗެއް" އޭނާ ބުންޏެވެ.

މި ބާޒާރުގައި އުޅޭ އެހެން ފަރާތްތަކުން ގެންގުޅެނީ ކޮންޒަވޭޓިވް ވިސްނުމެކެވެ. މިސާލަކަށް ގެޓީ އިމޭޖާސް އިން ސެޕްޓެމްބަރު މަހު ބުނެފައި ވަނީ އޭގައި ގާނޫނީ ނުރައްކާތައް ހުރި ކަމަށް ބުނެ ޖެނެރޭޓިވް އޭއައި ބޭނުންކުރާ ކޮންޓްރިބިއުޝަންތައް ބަލައިނުގަންނާނެ ކަމަށެވެ.

އެއާ ޚިލާފަށް އެޑޯބް އަށް ފެންނަނީ ގާނޫނީ ނުރައްކަލާ މެދު ހިތްހަމަޖެހޭ މަންޒަރެވެ. އުފެއްދުންތެރިން ހުށަހަޅާ މަސައްކަތްތަކަށް އެކަށީގެންވާ ހައްގެއް އޮތްކަން ކަށަވަރުކުރަން ޖެހޭ އިރު، ގާނޫނީ ގޮތުން އެއްވެސް ގޮންޖެހުމެއް ދިމާވެއްޖެ ނަމަ ސްޓޮކް ފޮޓޯ ގަންނަ ފަރާތްތަކަށް ސަލާމަތްތެރިކަން ލިބޭ ގޮތަށެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.