ޓީއެސްއޭގެ ފޭޝަލް ރިކޮގްނިޝަން މުޅި އެމެރިކާއަށް ފުޅާކުރަނީ

އަޙްމަދު ދާއޫދު 06 ޑިސެމްބަރު 2022

އެމެރިކާގެ ޑޮމެސްޓިކް ބޮޑެތި 16 އެއާޕޯޓެއްގައި މިހާރު ބޭނުން ކުރަމުން އަންނަ ޓީއެސްއޭގެ ފޭޝަލް ރިކޮގްނިޝަން ޓެކްނޮލޮޖީ އަންނަ އަހަރު މުޅި އެމެރިކާއަށް ތަޢާރަފްކުރާނެކަމަށް ވޮޝިންޓަން ޕޯސްޓުން ރިޕޯޓްކޮށްފިއެވެ.

އެމެރިކާގެ ޓްރާންޕޯޓޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޓީއެސްއޭ) އިން ފޭޝަލް ރިކޮގްނިޝަން އައިޑެންޓިފިކޭޝަން ސިސްޓަމްގެ ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި މިހާރު އެމެރިކާގެ 16 ޑޮމެސްޓިކް އެއާޕޯޓެއްގައި ބޭނުން ކުރަމުންދާއިރު އަންނަ އަހަރުގެ ކުރީކޮޅު މުޅި ގައުމުގެ އެއާޕޯޓްތައް ހިމެނޭ ގޮތަށް ފުޅާކުރާނެކަމަށް އެޕޯސްޓްގައިވަނީ ބުނެފަ އެވެ.

ވޮޝިންޓަން ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޑްރައިވިން ލައިސަންސްގެ ފޮޓޯއަށް ކްރޮސް ރެފަރެންސްކޮށް "ލައިވް ފޮޓޯ" އަށް ބަރޯސާވާ މި ޓެކްނޮލޮޖީއަކީ ކޮރޯނާވައިރަހުގެ ކަންބޮޑުވުންތަކާ ގުޅިގެން ޑީސީގެ ރޮނާލްޑް ރީގަން ވޮޝިންޓަން ނޭޝަނަލް އެއާޕޯޓުގައި ޓީއެސްއޭއިން ފުރަތަމަ ތައާރަފްކުރި ޓެކްނޮލޮޖީއެކެވެ. އޭގެ ފަހުން އެޓެކްނޮލޮޖީ ފުރަތަމަ ބޭނުންކުރީ ލޮސް އެންޖެލިސް އިންޓަނޭޝަނަލް އެއާޕޯޓާއި އޮރލަންޑޯ އިންޓަނޭޝަނަލް އެއާޕޯޓާއި ޑަލަސް-ފޯތު ވޯތު އެއާޕޯޓް ފަދަ އެއާޕޯޓްތަކުގައެވެ.

މި ޓެކްނޮލޮޖީ ބޭނުންކުރާ އެއާޕޯޓްތަކުގައި މިހާރު ފަސިންޖަރުންނަށް ސްޓޭންޑަޑް ޓީއެސްއޭ ސްކްރީނިން ޕްރޮސެސްއެއް އިޚްތިޔާރު ކުރެވޭއިރު، މި ފަދަ ބަޔޮމެޓްރިކް ޕްރޮގްރާމްތައް އަޅުގަނޑުމެންނަށް ގިނައިން ފެންނަނީ ހަމައެކަނި ތައާރަފް މަރުހަލާތަކުގައި އިޚްތިޔާރީ ޕްރޮގްރާމްތަކެއްގެ ގޮތުގައެވެ. އެކަމަކު ބޭނުން ކުރަންފަށާތާ ކުރީކޮޅު އެގޮތަށް އޮތްނަމަވެސް ގިނަދުވަސްތަކެއްވުމުން އަޅުގަނޑުމެންނަށް ފެންނަނީ މި ޕްރޮގްރާމްތައް ސްޓޭންޑަރޑައިޒްކޮށް އެންމެފަހުން ޤައުމީ ފެންވަރުގައި ބޭނުންކުރުމަށް މަޖުބޫރުވާތަނެވެ. ސަރވޭލަންސް ޓެކްނޮލޮޖީ އޮވަރސައިޓް ޕްރޮޖެކްޓް ނުވަތަ ސްޓޮޕް، ގެ ބާނީ އަލްބަޓް ފޮކްސް ކާން ވިދާޅުވިކަމަށް ވޮޝިންޓަން ޕޯސްޓުން ރިޕޯޓްކޮށްފައިވެއެވެ.

ޓީއެސްއޭގެ ތަރުޖަމާނު އިންސައިޑާއަށް އީމެއިލްކޮށް ދެއްވި ބަޔާނެއްގައި ވިދާޅުވީ މި ޕްރޮގްރާމް ފުޅާކުރުން ބަރޯސާވަނީ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީން އެ ޓެކްނޮލޮޖީ ގެނައުމަށާއި އިތުރު އެއާޕޯޓުތަކަށް ބޭނުންވާ ވަރަށް ޔުނިޓް ގަތުމަށް ހުއްދަ ދިނުމުން ކަމަށެވެ.

" ޓީއެސްއޭ އިން ލަފާކުރާ ގޮތުގައި ހުރިހާ ކަމެއް ވެސް ރޭވިފައިވާ ގޮތަށް ކުރިއަށް ދާނަމަ، މި އަހަރުގެ ފަހުކޮޅު ޕްރޮޑަކްޝަން އަށް ދާއިރު، އެއާޕޯޓް ޗެކްޕޮއިންޓްތަކުގައި ޑިޕްލޮއިމަންޓްތައް 2024 ވަނަ އަހަރުގެ ކުރިން ފެށޭނެ،" ޓީއެސްއޭގެ ބަޔާނުގައިވެ އެވެ. "ފަސިންޖަރުންގެ ބައިވެރިވުން އަދިވެސް އޮތީ ހިލޭސާބަހަށް ކަމަށާއި ޓީއެސްއޭ އިން ކުރިއަށް ގެންދަނީ ޓެކްނޮލޮޖީގެ ޕާފޯމަންސް އިވެލުއޭޓްކޮށް ރަނގަޅު ކުރަމުން." އެބަޔާނުގައިވެއެވެ.

ޓީއެސްއޭގެ އިތުރުން މިހާރު ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީގެ ދަށުން ހިންގާ އެހެން އިދާރާތަކުން ވެސް ފޭޝަލް ރިކޮގްނިޝަން ޓެކްނޮލޮޖީ ބޭނުން ކުރަމުންދާއިރު، އޭގެ ތެރޭގައި ހިޖުރަވެރިން ޓްރެކް ކުރުމަށް މި ޓެކް ބޭނުންކުރާ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް ހިމެނެ އެވެ. ނަސްލީ ތަފާތުކުރުންތަކުގެ ރިޕޯޓްތައް ގިނަކަމުން މި ޓެކް ބޭނުންކުރުމަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވީ ނަމަވެސް ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ވެސް ވަނީ މި ޓެކް ބޭނުން ކުރަން ފަށާފަ އެވެ.

ސެން ފްރެންސިސްކޯ ހިމެނޭ ގޮތަށް އެމެރިކާގެ ގާނޫނު ތަންފީޒުކުރާ ފަރާތްތަކުން އޭގެ ބޭނުންކުރުމަކީ ބައެއް ސިޓީތަކުގައި ވެސް ގާނޫނާ ހިލާފު ކަމެއް ކަމަށްވާއިރު، ބައެއް ހާލަތްތަކުގައި މޫނު ދެނެގަތުމުގައި ގޯސްކޮށް ފާހަގަކުރެވި ދޮގު ސްކޭންތަކުގެ ސަބަބުން ކަޅު މީހަކު ހައްޔަރުކޮށް ޖަލަށް ވެސް ލާފައިވާ ކަމަށްވަނީ އަޑު ފެތުރިފައެވެ.

އެހެންނަމަވެސް ކްރެޑެންޝަލް އޮތެންޓިކޭޝަން ޓެކްނޮލޮޖީ ވިތު ކެމެރާ (ސީއޭޓީ-2) ގެ ނަމުގައި ހިންގާ މި ޕްރޮގްރާމް ހިންގުމުގައި އެހީތެރިވާ ޓީއެސްއޭގެ ޖޭސަން ލިމް ދަ ވޮޝިންޓަން ޕޯސްޓަށް ބުނީ ފަސިންޖަރުން ގޯސްކޮށް ދެނެގަނެވިދާނެތީ ކަންބޮޑުވާން ނުޖެހޭ ކަމަށެވެ. އެ އިތުބާރު މިހާރު ލިބިފައިވާ ކަމަށެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.