އަލް ހިލްމް: 4 ގައުމެއްގެ ހުވަފެންތަކާއި ގުޅިފައިވާ ބޯޅަ

ޢާއިޝަތު ޝައިހާ 13 ޑިސެމްބަރު 2022

1970 ވަނަ އަހަރުން ފެށިގެން އެޑިޑަސް އިން ވޯލްޑް ކަޕް ބޯޅަ ތައްޔާރު ކުރަމުން ދާއިރު، އެންމެ ފަހުގެ ބޯޅައިން ހަމަ ގައިމު ވެސް ފުޓްބޯޅައިގެ އެންމެ މުހިއްމު މުނާސަބާއަށް ތައްޔާރުވެފައި ވާކަން އެނގެއެވެ.

އިއްޔެ އެޑިޑަސް އިން ވަނީ ފީފާ ވޯލްޑް ކަޕް 2022 ގައި، ކުރިއަށް އޮތް 4 މެޗުގައި ބޭނުންކުރާ އޮފިޝަލް މެޗް ބޯޅަ "އަލް ހިލްމް" ދައްކާލާފައެވެ.

ޢަރަބި ބަހުގައި އަލް ހިލްމްގެ މާނައަކީ "ހުވަފެން" އެވެ. މީގެ ކުރިން ބޭނުންކޮށްފައި ވަނީ އަލް ރިހްލާއެވެ. ޢަރަބި ބަހުގައި އަލް ރިހްލާގެ މާނައަކީ "ދަތުރު" އެވެ.

ބޯޅައިގެ ފަރުމާގައި އެންމެ ފަހުގެ ޓެކްނޮލޮޖިކަލް އެޑްވާންސްތައް ހިމެނިފައި ވާއިރު، އަލް ހިލްމްގައި އަލް ރިހްލާއެކޭ އެއްފަދައިން "ކަނެކްޓެޑް ބޯލް" ފަންނިއްޔާތު ވަނީ ހިމަނާފައެވެ. މިއީ ވޯލްޑް ކަޕްގައި އަވަސް އަދި ރަނގަޅު ނިންމުންތައް ނިންމުމަށް އޮފިޝަލުންނަށް ލިބިފައިވާ އަގުހުރި ސިފައެކެވެ.

ޕްލޭޔަރ ޕޮޒިޝަން ޑާޓާއާއި އެއްކޮށްފައިވާ މި އުފެއްދުމުން ވީޑިއޯ މެޗް އޮފިޝަލުންނަށް ވަގުތުން މައުލޫމާތުތައް ލިބި، ރަނގަޅަށް ނިންމުންތައް ނިންމުމުގައި އެހީވެދެއެވެ. ބޯޅައިގެ ތެރޭގައިވާ 14 ގުރާމުގެ އައިއެމްޔޫ ސެންސަރުތައް މެދުވެރިކޮށް ލިބޭ ބޯޅައިގެ މައުލޫމާތުތަކާއި އާޓިފިޝަލް އިންޓެލިޖެންސްއާއި އެއްކޮށް، އާ ފަންނިއްޔާތުން ސެމި އޮޓޮމޭޓެޑް އޮފްސައިޑް ނިޒާމެއް ބޭނުންކުރެވޭނެއެވެ. މި ނިޒާމު މެދުވެރިކޮށް އުނދަގޫ އޮފްސައިޑްގެ ހާލަތްތަކުގައި ކަނޑައެޅިގެން ސީދާކޮށް ބޯޅަ ކުޅޭ ވަގުތުގެ މައުލޫމާތު ލިބިގެން ދާނެއެވެ. އެޑިޑަސް ބޯޅަތަކުގެ މައުލޫމާތުތައް ވަގުތުން ޓީވީ މެދުވެރިކޮށް ބެލުންތެރިންނަށް ލިބެއެވެ. މި މައުލޫމާތުތަކުހެ ތެރޭގައި ޝޮޓް ސްޕީޑް، ޑިސްޓެންސް، ސްޕިން އަދި ޕްލޭޔަރ ޕޮޒިޝަން ހިމެނެއެވެ.

ފީފާގެ ފުޓްބޯލް ޓެކްނޮލޮޖީ އެންޑް އިނޮވޭޝަންގެ ޑިރެކްޓަރ ބުނެފައިވާ ގޮތުގައި، "ކަނެކްޓެޑް ބޯލް" ފަންނިއްޔާތު އުފެއްދުމުން އެޑިޑަސް އިން ވަނީ ވީޑިއޯ މެޗް އޮފިޝަލުންނަށް ބޭނުންވާ އިތުރު މުހިއްމު މައުލޫމާތު ލިބޭނެ ގޮތް ތަނަވަސްވެގެން ގޮއްސަ. ބޯޅައިން ލިބޭ މައުލޫމާތުގެ ޒަރިއްޔާއިން މި ވޯލްޑް ކަޕްގެ ތަފާތު ހިނދުކޮޅުތަކުގެ ވާހަކަތައް ކިޔައިދިނުމަށް މަގު ހުޅުވިގެން ދޭ."

މިއީ މިހާތަނަށް އުފެއްދި އެންމެ އަވަސް ވޯލްޑް ކަޕް ފުޓްބޯޅައަށް ވާއިރު، މި ބޯޅަ ވަނީ އަސްލު ދުނިޔޭގެ ހާލަތްތަކާއި ވައިގެ ހޮހަޅަތަކުގައި ޓެސްޓުކޮށްފައެވެ.

މި ބޯޅައާއި މެދު ބައެއް ފަރާތްތަކުގެ ކަންބޮޑުވުންތައް ވެއެވެ. ޔުރުގުއޭގެ ގޯލްކީޕަރު ސާރޖިއޯ ރޮޗެޓް ފާހަގަ ކޮށްފައިވާ ގޮތުގައި: "އަހަރަކަށް ފަހު އަހަރެެއް ސްޓްރައިކަރުންނަށް ފައިދާ ކުރި ނަމަވެސް ގޯލްކީޕަރުންނަށް އުނދަގޫތަކާއި ކުރިމަތިލާން ޖެހޭ. މިއީ ވަރަށް އަވަސްމިނެއްގައި ދުވާ ބޯޅައެއް."

ހަމަ އެއާއެކު، މި ބޯޅަ ފަރުމާ ކުރެވިފައި ވަނީ ތިމާވެއްޓާއި ރަށްޓެހި ގޮތަކަށެވެ. ހުރިހާ ބައިތަކާއި މެދު ވަރަށް ފަރުވާތެރި ކަމާއި އެކު ވިސްނާފައި ވާއިރު، އަލް ހިލްމްއަކީ ފީފާ ވޯލްޑް ކަޕެއްގެ ސެމީ ފައިނަލްތަކާއި ފައިނަލްގައި ބޭނުންކުރާ ބޯޅަތަކުގެ ތެރެއިން ހަމައެކަނި ވޯޓާރ-ބޭސްޑް ދެއްޔާއި ތެރަސް ބޭނުންކޮށްގެން ހަދާފައިވާ ފުރަތަމަ ބޯޅައެވެ.

މި ޑިޒައިންގެ ފަރުމާ ބައްޓަން ކުރެވިފައި ވަނީ މެރޫން އާއި ރަން ކުލަތަކެއްގެ މައްޗަށްޗާ ތިނެސްކަން ބައްޓަންތަކުގެ ޕެޓާންއެއްގެ މައްޗަށެވެ. މި ކުރެހުމުން ރަމްޒުކޮށްދެނީ ދޯހާގެ ވަށައިގެންވާ ސަހަރާތަކާއި، ފީފާ ވޯލްޑް ކަޕް ޓްރޮފީއާއި ގަތަރުގެ ދިދައިގައިވާ ޕެޓާންއެވެ.

ގުޅުންހުރި ލިޔުން:

ޤަޠަރު 2022 ވޯލްޑްކަޕް: ޓެކްނޮލޮޖީގެ އިންގިލާބެއް


ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.