އުމުރުން 28 އަހަރުގެ އައްމާރު ރޭޝީ އަކީ ކުޑައިރުއްސުރެ ޓެކްނޮލޮޖީއަށް ޝައުގުވެރިވާ މީހެކެވެ. "އަހަރެން އަބަދުވެސް ޝައުގުވެރިވި، ބައްޕަ އޭނާގެ ކޮމްޕިއުޓަރާ ކުޅެން ދިނީ އުމުރުން ފަސް އަހަރުގައި،" އޭނާ ބުންޏެވެ. އޭނާގެ އާއިލާ އިނގިރޭސިވިލާތަށް ބަދަލުވުމުގެ ކުރިން އޭނާ ބޮޑުވީ ޕާކިސްތާނުގައެވެ. ޕަލަންޓިރް ޓެކްނޮލޮޖީސްގެ ވަޒީފާއެއްގެ ސަބަބުން ރެޝީ ކެލިފޯނިއާގެ ޕަލޯ އަލްޓޯއަށް މަސައްކަތް ކުރަން ދިޔައެވެ. އޭގެ ފަހުން 2020 ވަނަ އަހަރުން ފެށިގެން އޭނާ މަސައްކަތް ކުރަމުން އަންނަނީ ފިންޓެކް ކުންފުންޏެއް ކަމަށްވާ ބްރެކްސްގައެވެ.
ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ޖެނެރޭޓިވް އޭއައި ޓޫލްސްގެ ރާޅެއް ބާޒާރަށް އައުމުން ރެޝީ ވަނީ އެ އާލާތްތަކާ އިންޓަރެކްޓް ވާން ފަށައިފައެވެ. މި މަހުގެ ކުރީކޮޅު އޭނާގެ ވިސްނުން ހުރީ އޭއައި ބޭނުންކޮށްގެން މި އަހަރު އުފަންވި އޭނާގެ އެންމެ ގާތް ރަހުމަތްތެރިންގެ ކުއްޖަކަށް ފޮތެއް ހެދުމަށެވެ.
އެންމެ ފުރަތަމަ ރެޝީ ޗެޓްޖީޕީޓީ ބޭނުންކޮށްގެން ޓެކްގެ ދުނިޔެއާ ބެހޭ ގޮތުން ދަސްކުރަން ބޭނުންވާ ޒުވާން އަންހެން ކުއްޖެއް ކަމަށްވާ އެލިސް އާއި އޭނާއަށް އެހީތެރިވެދޭ ރޮބޮޓެއް ކަމަށްވާ ސްޕާކަލްގެ ވާހަކައެއް ގެނެސްދިނެވެ. "އެކަމުގެ ސަބަބުން ވާހަކައެއްގެ އަސާސެއް ލިބުނީ،" ރޭޝީ ބުންޏެވެ. "ހަމަޔަގީނުންވެސް އޭގެ މައްސަލަތަކެއް އެބަހުރި، ދެން އަހަރެން ވާހަކަ އިތުރަށް ފުރިހަމަ ކުރަން ފެށީމެވެ".
އޭނާ ޗެޓްޖީޕީޓީ އިން އެދުނީ އެލިސް ތަންކޮޅެއް ޝައުގުވެރިކުރުވައި ސްޕާކްލް އަށް އަމިއްލަ ނަފްސަށް އިތުރަށް ހޭލުންތެރިކުރުވުމަށެވެ. އެއަށްފަހު ރެޝީ ވަނީ އޭއައި އެޕް މިޑްޖާނީ ބޭނުންކޮށްގެން އޭނާ ބޭނުންވާ ފޮޓޯތައް ހަދާފައެވެ. "ޒުވާން އަންހެން ކުއްޖާ" އާއި ބައެއް ޑިސްކްރިޕްޝަން ފަދަ ޕްރޮމްޕްޓްތައް ޖަހަން ފެށީ: "ބްލޫ އައިޒް"، "ސިމްޕަލް ޑްރެސް"، "އެކްސައިޓެޑް"، "ކިއުރިއަސް" އެވެ. އެކަމުގެ ސަބަބުން ބައެއް ނަތީޖާތައް ފެނުނެވެ. އޭގެ ތެރެއިން ބައެއް ނަތީޖާތަކަކީ، ރަނގަޅު ނަތީޖާތަކެއް ނޫން. އަޅުގަނޑު އެ ކުރެހުންތައް ހިމަނައިފިނަމަ އެއީ ބިރުވެރި ފޮތަކަށް ވީހެވެ."
މިޑްޖާނީއަށް ދިން ޕްރޮމްޕްޓްތައް އެކި ގޮތްގޮތަށް ބަދަލު ކުރުމުގައި އެތައް ގަޑިއިރެއް ހޭދަކުރި ކަމަށާއި، 14 ސަފުހާގެ ފޮތް ފުރޭ 13 ކުރެހުމެއް ހޯދުމަށް އެތައް ސަތޭކަ ކުރެހުންތަކެއް ދޫކޮށްލިކަމަށް ކުރި ކަމަށް އޭނާ އަންދާޒާ ކުރިއެވެ. "އަހަރެން ގާތްގަނޑަކަށް ދޫކޮށްލިން، އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ހީކޮށް، އެކަމަކު ދެން އަހަރެން އެންމެ ފަހުން ހިތްވަރާއިއެކު އިތުރަށް މަސައްކަތް ކުރީ،" އޭނާ ބުންޏެވެ.
ރެޝީ މި ފޮތް އެމެޒޯންގެ ކިންޑަލް ޑައިރެކްޓް ޕަބްލިޝިން އަށް އަޕްލޯޑް ކޮށްފައިވާއިރު، އެލިސް އާއި ސްޕާކަލް އެމެޒޯންއަށް ގެނެސްފައިވަނީ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ރޭޝީގެ ވިސްނުން ހުރީ ހަމައެކަނި ރައްޓެހިންގެ ދަރިންނަށް ފޮތް ހެދުމަށެވެ. އެކަމަކު އޭއައި ބޭނުންކޮށްގެން ފޮތެއް ހެދި ކަމަށް ބުނެ އިންސްޓަގްރާމްގައި އެ ޚަބަރު ހިއްސާ ކުރުމުން އޭނާގެ އެހެން އެކުވެރިން އެ ފޮތް ގަނެވިދާނެތޯ ސުވާލު ކުރަން ފެށިއެވެ. މިހާތަނަށް އޭނާ ބުނީ 70 އަށް ވުރެ ގިނަ ފޮތް ވިއްކާފައިވާ އިރު ގާތްގަނޑަކަށް 40-45 ހަދިޔާކޮށްފައިވާ ކަމަށެވެ.
އަނެއް ބަޔަކު އޭނާ އަށް ހިތްވަރު ދިނީ ފޮތުގެ ހަބަރު ތައް މިހާރަށް ވުރެ ފުޅާދާއިރާއެއްގައި ހިއްސާ ކުރުމަށެވެ. ރެޝީ މި ފޮތާ ބެހޭ ގޮތުން ޓްވިޓާގައި ޕޯސްޓު ކުރުމުން ކުޑަކުދިންގެ ފޮތް އުފައްދާ އިލަސްޓްރޭޓަރުން ހިމެނޭ ގޮތަށް ގިނަ ބަޔަކު ވަނީ އިންސާނުންގެ އުފެއްދުންތެރިކަމުގެ ނަމުގައި އެ ޕްރޮސެސް އޮޓޮމޭޓް ކުރާ ކަމަށް ބުނެ ފާޑުކިޔާފައެވެ.
އިނގިރޭސިވިލާތުގައި ދިރިއުޅޭ ކުޑަކުދިންގެ ފޮތް ލިޔުންތެރިއެއް ކަމަށްވާ އަނޫޕާ ރޮޕާ ވެސް ވަނީ މިކަމަށް ފާޑުކިޔާފައެވެ. އޭނާ ބުނީ ރެޝީގެ ޓްވީޓް ފެނުމުން "ވަޅުގަނޑެއްގެ ތެރެއިން އޮޔާދާ އިހުސާސެއް" ކުރެވުނު ކަމަށެވެ. "އަހަރެން ވިސްނަނީ، ހަގީގަތުގައި ވެސް ހިތާއި ސިކުނޑި ގުރުބާން ކުރަންޖެހޭ އެއްޗެއް އުފެއްދުމަކީ އެހާ ފަސޭހަ ކަމެއް ހެއްޔެވެ؟" ރޮޕާ ވިދާޅުވިއެވެ.
އިނގިރޭސިވިލާތުގެ ކުޑަކުދިންގެ ލިޔުންތެރިޔާ ޖޯސީ ޑޮމް ވަނީ ރެޝީގެ ފޮތް ޑައުންލޯޑް ކުރަން ދެކޮޅު ހަދާފައެވެ. ހަގީގަތުގައި އޭނާ އެފޮތަށް މާބޮޑު މަސައްކަތެއް ނުކުރާތީ ފޮތުން އެއްވެސް ފައިސާއެއް ހޯދުމަކީ އޭނާއަށް ހައްގު ކަމެއް ކަމަށް ނުދެކޭ ކަމަށެވެ. ނަމަވެސް އެމެޒޯންގެ ސާމްޕަލް ޕޭޖްތައް ކިޔެވުމުގެ މައްޗަށް ބިނާކޮށް ޑޮމް ވިދާޅުވީ ވާހަކަތައް އުފެއްދުމުގައި އޭއައި ބޭނުންކުރުމުން ލިޔުމާއި އިލުސްޓްރޭޝަން ސައިޑްގައި ފެންވަރުދަށް ވާހަކަތައް ހުރުމުން ކަންބޮޑުވާ ކަމަށެވެ.
ޑޮމް ބުނި ގޮތުގައި އެލިސް އާއި ސްޕާކަލްގެ ކުރެހުންތަކުގައި "ވަރަށް ގިނަ އޮޅުންބޮޅުންތަކެއް އެބަހުރި"، އޭގެ ތެރެއިން ބައެއް ކަންކަން ރެޝީ އަމިއްލައަށް ސޯޝަލް މީޑިއާގައި އިއުތިރާފުވިއެވެ.
އަދި ޖެނެރޭޓިވް އޭއައި ޕްލެޓްފޯމްތަކަކީ އެހެން މީހުންގެ މަސައްކަތްތަކަށް ތަމްރީނުކުރެވިފައިވާ ޕްލެޓްފޯމްތަކަކަށް ވާތީ، މިއީ މީގެ ކުރިން ވެސް ގިނަ ފަންނާނުން ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރި މައްސަލައެކެވެ. "އާޓިސްޓުންނަކީ ގިނަ ފަހަރަށް މުސާރަ ކުޑަ ބައެއް، މިކަމުން އެމީހުންނަށް ފައިދާއެއް ނުވާނެ، މައިގަނޑު ގޮތެއްގައި އެމީހުންގެ މަސައްކަތް ވަގަށް ނަގަނީ"، ޑޮމް ވިދާޅުވި އެވެ.
ކުޑަކުދިންގެ ލިޔުންތެރިޔާ ބުނީ މި ވާހަކައަކީ އަސްލެއްނެތް ވާހަކައެއް ކަމަށާއި އެއީ ކޮމްޕިއުޓަރު ޕްރޮގްރާމަކުން އުފެއްދުނު އޮއްޓަރެއްނެތް ވާހަކައެއް ކަމަށެވެ. "އެއީ ވަރަށް ފޫހި ކަމެއް،" ޑޮމް ވިދާޅުވި އެވެ. "ހުރިހާ ކިޔުންތެރިންނަށް ވެސް ކިޔާ ހިތްވާ، ހިޔާލީ ވާހަކަތައް ގެނައުން ހައްގު، ހާއްސަކޮށް ކުޑަކުދިންގެ ވާހަކަތަކާ އެކު، މުނިފޫހިފިލުވުމުގެ އިތުރުން ތައުލީމު އުނގަންނައިދިނުމަށް ވެސް މަސައްކަތް ކުރަން ޖެހެއެވެ." އަދި އެކަމުގައި ރެޝީގެ ފޮތް ފެއިލްވެފައިވާ ކަމަށް އޭނާ ބުންޏެވެ.
ފޮތްތަކުގެ ކަވަރޕޭޖް ހެދުމުގައި މަސައްކަތް ކުރާ އިލަސްޓްރޭޓަރެއް ކަމަށްވާ ކޯރީ ބްރިކްލީ ވަނީ މި ޓުވީޓާއެކު ރެޝީގެ އޭއައި ޖެނެރޭޓެޑް ކުރެހުމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
މި ވާހަކައަށް ބްރިކްލީ އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.
ރޭޝީ ބުނީ އެކަމުގެ ރައްދު ލިބޭނެ ކަމަށް ހީވެސް ނުކުރާ ކަމަށެވެ. "އަޅުގަނޑަށް އެންމެ ބޮޑަށް އުނދަގޫވާ ކަމަކީ، މި ފަންނާނުންގެ ހަގީގީ ކަންބޮޑުވުމެއް އޮތުމާއި، ވަރަށް ހިތި ތަޖުރިބާއެއް ލިބި، ބިރުވެރިކަން އިހުސާސްވުން،" އޭނާ ބުންޏެވެ. އާޓިސްޓެއްގެ ހައިސިއްޔަތުން އަޅުގަނޑަށް މުޅިން ވިސްނެނީ މިއީ ދިރިއުޅުމަށް އޮތް ނުރައްކަލެއްގެ ގޮތުގައި، އަމިއްލަ ނަފްސަށް ގެއްލުން ދިނުމަށް ހިތްވަރުދޭ މަރުގެ އިންޒާރުތަކާއި މެސެޖުތައް ލިބިފައިވާ ކަމަށް ރޭޝީ ބުންޏެވެ.
ޖުމްލަގޮތެއްގައި އޭނާ ދެކޭ ގޮތުގައި އެ ތަޖުރިބާ އަކީ އުނގެނުމުގެ ތަޖުރިބާއެއްގެ ގޮތުގައެވެ.
އެހެން ކަމުން އެލިސް އާއި ސްޕާކަލްގެ ވާހަކައިގެ ދެވަނަ ޗެޕްޓަރެއް އަންނާނެކަމާ މެދު ރެޝީއަށް ޔަގީންކަން ކުޑައެވެ. "އަޅުގަނޑަށް ހީވަނީ މި ފަންނު ބޭނުންކުރާ ގޮތާއި އާޓިސްޓުން ވެސް ހިމާޔަތް ކުރުން، އަދި އެ ފަންނު ބޭނުން ކުރެވޭނެ ގޮތްތަކެއް ހުރިތޯ އިތުރަށް ދަސްވަންދެން އެކަން މަޑުޖެއްސުން،" އޭނާ ވިދާޅުވިއެވެ.
ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް