އައިފޯން ޔޫއެސްބީ-ސީ އަށް ބަދަލުކުރުމުގެ ސުންގަޑި ހަމަވަނީ

އަޙްމަދު އަޙްސަން 19 ޑިސެމްބަރު 2022

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަނީ ޑިވައިސް އުފައްދާ ކުންފުނިތަކުން ޑޭޓާ އާއި ޗާޖިން ޕޯޓްތައް ޔޫއެސްބީ-ސީ އަށް ބަދަލުވުމުގެ ސުންގަޑިއަކީ ޑިސެމްބަރު 27، 2024 ގައި ކަނޑައަޅާފައެވެ. އޭގެ މާނައަކީ އެޕަލްގެ އައިފޯން ލައިޓްނިން ކަނެކްޓަރު ވަކި ހިސާބަކުން ދޫކޮށްލަން ޖެހޭނެ ކަމެވެ.

ޔޫއެސްބީ ސީ އަށް ބަދަލުކުރުމަށް އީޔޫ އިން ދުވަސްކޮޅެއް ކުރިން ނިންމާފައި ވީ ނަމަވެސް، މިތަނުގައި އަލަށް އައި ކުރިއެރުމަކީ އެ ތާރީހެވެ. އެހެންކަމުން 2024 ވަނަ އަހަރުގެ އައިފޯން 16 އަށް ލައިޓްނިން ހިފެހެއްޓުމުން އެޕަލް އަށް ސަލާމަތްވެވިދާނެ ކަމަށާއި ނަމަވެސް 2025 ވަނަ އަހަރުގެ އައިފޯން 17 ގައި ޔޫއެސްބީ-ސީ ހިމެނުމަށް މަޖްބޫރު ވާނެއެވެ.

އެޕަލް އިން އައިފޯން 17 މުޅިން ޕޯޓްލެސް ކުރުމަކީ އެކަށީގެންވާ ކަމެކެވެ. ބެޓެރީ ޗާޖް ކުރުމަށް ޑޭޓާ ޓްރާންސްފާ އަދި ވަޔަލެސް ޗާޖިންއަށް ވައިފައިއަށް ބަރޯސާވާނެއެވެ. ވަޔަލެސްކޮށް ޗާޖުކުރާ ޑިވައިސްތައް އީޔޫގެ އާ އުސޫލަކުން އިސްތިސްނާވާނެއެވެ.

އައިފޯން 15 ޔޫއެސްބީ-ސީ އަށް ބަދަލުކުރަން އެޕަލް އިން ވިސްނަމުންދާ ކަމުގެ އަޑުތައް މިހާރު ވެސް އަޑުއިވެއެވެ. އެހެންނަމަވެސް، މިދަނޑިވަޅުގައި ޖެހިޖެހިގެން އައި އެތައް އައިފޯނަކަށް ވެސް ހަމަ އެ ވާހަކަ އަޑުއިވިފައިވެއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ޔޫއެސްބީ-ސީ އެޑޮޕްޓްކުރާ އައިފޯނަށް މިއީ ވަރަށް ދިގު މަގެކެވެ. މިއީ 2020 ވަނަ އަހަރު އައިފޯން 12 އިން ފެށިގެން ފެތުރެމުންދާ އަޑުތަކެކެވެ.

ލެޕްޓޮޕް އުފައްދާ ފަރާތްތަކަށް އީޔޫގެ މުއްދަތު 2026 ވަނަ އަހަރުގެ އޭޕްރީލް މަހާ ހަމައަށް ވަނީ އިތުރުކޮށްފައެވެ. މީގެ އިތުރުން ހާޑްވެއާ ކުންފުނިތަކުން ކޮމްޕެޓިބިލިޓީ ރަނގަޅު ކުރުމަށްޓަކައި ކޮންމެ ޗާޖަރެއް ބޭނުންކުރި ކަމުގައި ވިއަސް ޗާޖިން ސްޕީޑަށް ބަދަލެއް ނާންނަ ގޮތަށް ފަރުމާކުރަން ބަލަން ޖެހެއެވެ.

މިއީ ހަމައެކަނި އީޔޫއިން ބުނާ ބުނުމެއް، ނަމަވެސް އެޕަލް ފަދަ ކުންފުނިތަކުން އެކުންފުނީގެ އުފެއްދުންތަކުގެ ތެރެއިން އެކަތި ޔޫއެސްބީ-ސީ ލައިގެން އެނެކަތި ޔޫއެސްބީ-ސީ ނުލައި އުފެއްދުމަކީ ފައިދާހުރި ކަމެއް ނޫނެވެ. ޔޫއެސްބީ-ސީ އައިފޯނެއް ބަލަން އިންތިޒާރު ކުރަން ޖެހޭނީ ކިހާ އިރަކުތޯ މިއީ މިހާރު އުފެދޭ ސުވާލެކެވެ.

އެޕަލް އަކީ ހަމަ ޔަގީނުން ވެސް ޓެކްނޮލޮޖީ އަށް އަހުލުވެރި ކުންފުންޏެކެވެ. އެ ކުންފުނީގެ މެކްބުކް ޕޯޓް އަދި އައިޕެޑް ޑިވައިސްތަކުގައި މިހާރުވެސް އެ މިންގަނޑު ބޭނުންކުރެއެވެ. އެންޓްރީ ލެވެލްގެ އައިޕެޑު ވެސް މި އަހަރު ކުރީކޮޅު ޔޫއެސްބީ-ސީ އަށް ބަދަލުވިއެވެ. އަދިވެސް ލައިޓްނިން ސްޓޭންޑާޑް ބޭނުން ކުރަނީ ހަމައެކަނި އައިފޯންތަކުގައެވެ.

ހަގީގަތުގައި އެޕަލް ސްވިޗް ކުރުމަކީ މާނައެއް އޮތް ކަމެއް - މި ދަނޑިވަޅުގައި އެޕަލްގެ ޕްރޮޕަރައިޓަރީ ސްޓޭންޑަޑާ އެއްގޮތަށް ހިފަހައްޓަން ޖެހޭ މާ ބޮޑު ސަބަބެއް ނެތެވެ. އީޔޫއިން އަންގާ ކޮންމެ އެންގުމަކާ އެއްގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށް އެޕަލްގެ އެގްޒެކެޓިވްސް ވަނީ ފާޅުގައި އިއުތިރާފުވެފައެވެ.

ޔޫއެސްބީ-ސީ ތައާރަފްކުރަން އައިފޯން 15 ތަންކޮޅެއް އަވަސް ވެދާނެ ކަމަށް ވިޔަސް، ސެޕްޓެމްބަރު 2024 ގައި ޔޫއެސްބީ-ސީ އާއިއެކު އައިފޯން 16 ބާޒާރަށް ނެރޭނެ ކަމަށް ބެލެވެއެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.