ޗެޓްޖީޕީޓީ އަކީ ގޫގުލްގެ ސާޗް ވިޔަފާރިއަށް ނުރައްކަލެއް

އަޙްމަދު އަޙްސަން 21 ޑިސެމްބަރު 2022

ޗެޓްޖީޕީޓީ އަކީ އެންމެ ފަހުގެ އަދި އެންމެ ވަރުގަދަ އާޓިފިޝަލް އިންޓެލިޖެންޓް ޗެޓްބޮޓެކެވެ. މީގެ ދެ ހަފުތާ ކުރިން ރިލީޒް ކުރި މި އޭއައި އަކީ އެންމެ ފަސް ދުވަހުގެ ތެރޭގައި މިލިއަނެއްހާ މީހުންގެ ނަޒަރު އެދިމާލަކަށް ދިޔަ އެއްޗެކެވެ. މި އޭއައި އެހާ ގިނައިން ބޭނުންކުރުމުން އޭގެ ސާވާތައް ކުއްލިއަކަށް އެތައް ގުނައެއް ކެޕޭސިޓީ އިތުރު ކުރަން ޖެހިފައިވެއެވެ.

އަދި މި އޭއައި އުފެއްދި ކުންފުނި އޯޕަންއޭއައި އަކީ ގޫގުލް ނެތިކޮށްލާނެ އެއްޗެއް ގޮތުގައި މިހާރުވެސް ދަނީ ވާހަކަ ދެކެވެމުންނެވެ. ޗެޓްޖީޕީޓީ އިން ޖަވާބު ބަޔާންކޮށް އެއާއި ގުޅުންހުރި ޕެރެގްރާފެއް ލިޔާއިރު ދެން ސާޗް އިންޖީނަކުން އެއްޗެއް ބަލާލަނީ ކާކު ހެއްޔެވެ؟

ޗެޓްޖީޕީޓީ އަށް ކުރެވިދާނެ އަދި ނުކުރެވޭނެ ކަންތައް

ޗެޓްޖީޕީޓީ އަކީ ވަރަށް ގާބިލް އެއްޗެކެވެ. އޭގެން ޅެމެއް ލިޔެލަން ބޭނުންތަ؟ ނޫނީ ޖޯކެއް ލިޔަން ބޭނުންތަ؟ މައްސަލައެއް ނެތް. ޗެޓްޖީޕީޓީއަށް އެނޫން ވެސް ގިނަ ކަންތައްތައް ކުރެވިދާނެއެވެ. އަދި ބޭނުންކުރާ ފަރާތުގެ ސްޕެސިފިކޭޝަންތަކަށް ކޮމްޕިއުޓަރ ކޯޑް ލިޔުމާއި، ރަސްމީ ސިޓީ، ސްޕީޗް ނުވަތަ ކޮންޓްރެކްޓްތައް ޑްރާފްޓްކުރުމާއި، ހޯމްވޯކް، އެސައިންމަންޓް ހެދުމުގެ އިތުރުން ޔުނިވަރސިޓީ އިމްތިހާނުތަކުން ވުމަށް އެހީވެދެއެވެ.

ޗެޓްޖީޕީޓީއަށް ނުކުރެވޭނެ ކަންކަމަކީ ވެސް އެހާމެ މުހިންމު ކަމެކެވެ. މިސާލަކަށް ޙަޤީޤަތާއި ދޮގު ވަކި ކުރަން ނޭގެއެވެ. އަދި ގިނަ ފަހަރަށް އެއީ ހިތްވަރުދޭ ދޮގުވެރިއެކެވެ.

ޗެޓްޖީޕީޓީ އަކީ ފޯނުގެ އޮޓޯކޮމްޕްލިޓް ކަހަލަ އެއްޗެކެވެ. ތިމާގެ ފޯނަކީ ލަފުޒުތަކުގެ ޑިކްޝަނަރީއަކުން ތަމްރީނުކުރެވިފައިވާ ފޯނެއް ކަމުން އެފޯނުން ލަފުޒުތައް ފުރިހަމަކޮށްދެއެވެ. އެގޮތަށް ޗެޓްޖީޕީޓީ އަކީ ވަރަށް ގިނަ ވެބްގެ މައްޗަށް ތަމްރީނު ކުރެވިފައިވާ އެއްޗެކެވެ. އެހެންކަމުން މުޅި ޖުމުލަތައް ނުވަތަ މުޅި ޕެރެގްރާފްތައް ވެސް ފުރިހަމަ ކޮށްލަދޭނެއެވެ.

ނަމަވެސް އެބުނަނީ ކީކޭކަން ނޭގިދާނެ، އަދި ދެން އަންނާނީ ކޮން ބަހެއް ކަންވެސް ބުނަދޭން ނޭގިދާނެއެވެ.

ޗެޓްޖީޕީޓީ އަކީ އޯޕަން ސޯސްޑް ކޯޑެއްތަ؟

މީގެ ކުރިން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް ލިބުނު ކުރިއެރުންތަކާއެކު ޕިއާ ރިވިއު ކޮށްފައިވާ ލިޔުންތައް ވެސް އެބަހުއްޓެވެ.

މިސާލަކަށް 2018 ވަނަ އަހަރު ގޫގުލް ބްރެއިން ޓީމުން އެންމެ ގިނަ ލެންގުއޭޖް ޕްރޮސެސިން ސިސްޓަމްތައް ބިނާވެފައިވާ ބާޓް ނިއުރަލް ނެޓްވޯކް އުފެއްދިއިރު (ޗެޓްޖީޕީޓީ ކަމަށް ޝައްކު ކުރެވޭ) އެ މެތަޑްތައް ޕިއާ ރިވިއުކޮށްފައިވާ ސައިންޓިފިކް ޕޭޕަރުތަކުގައި ޝާއިއުކޮށް، އެ ކޯޑަކީ އޯޕަން ސޯސްޑް ކޯޑެއްގެ ގޮތުގައި ހިމެނުނެވެ.

އަދި 2021 ވަނަ އަހަރު ޕްރޮޓީން ފޯލްޑިން ސޮފްޓްވެއާއެއް ކަމަށްވާ ޑީޕްމައިންޑްގެ އަލްފާފޯލްޑް 2 އަކީ ސައިންސްގެ ބްރެކްތްރޫ އޮފް ދަ އިޔާ އެވެ. މި ސޮފްޓްވެއާ އާއި އޭގެ ނަތީޖާ އަކީ އޯޕަން ސޯސްޑް ސޮފްޓްވެއާތަކެއް ކަމުން ހުރިހާ ތަނަކުން ވެސް ސައިންސްވެރިންނަށް ބަޔޮލޮޖީ އާއި މެޑިސިން ކުރިއެރުވުމަށް އެ ސޮފްޓްވެއާތައް ބޭނުން ކުރެއެވެ.

ޗެޓްޖީޕީޓީ ރިލީޒްކުރުމާ އެކު ލިބިފައި ވަނީ އެ މަސައްކަތް ކުރާ ގޮތް ކިޔައިދޭ ކުރު ބްލޮގް ޕޯސްޓެކެވެ. އަދި އެއާ އެކު ސައިންޓިފިކް ޕަބްލިކޭޝަނެއް ގެނައުމުގެ އިޝާރާތެއް ވެސް އަދި އެ ކޯޑަކީ އޯޕަން ސޯސްޑް ކޯޑަކަށް ވާނެ ކަމުގެ އިޝާރާތެއް ވެސް ލިބިފައެއް ނުވެއެވެ.

ޗެޓްޖީޕީޓީ ސިއްރު ކުރެވޭނީ ކީއްވެކަން ދެނެގަތުމަށްޓަކައި އޭގެ ފަހަތުގައި ވާ ކުންފުންޏާ މެދު ކުޑަކޮށް ވިސްނަން ޖެހެއެވެ.

އޯޕަންއޭއައި އަކީ ސިލިކަން ވެލީން އުފެދުނު އެންމެ އާދަޔާ ހިލާފު އެއް ކުންފުނި ކަމަށް ވެއެވެ. އެއީ 2015 ވަނަ އަހަރު ނޮން ޕްރޮފިޓް ޖަމިއްޔާއެއްގެ ގޮތުގައި އުފައްދައި "އެކުވެރި" އޭއައި "މުޅި އިންސާނިއްޔަތަށް ފައިދާވާ ގޮތަށް" ޕްރޮމޯޓްކޮށް ތަރައްގީ ކުރުމަށެވެ. އީލޮން މަސްކް، ޕީޓާ ތިއެލް އަދި ޓެކްނޮލޮޖީގެ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ އެހެން ފަރާތްތަކުން ވަނީ އެ ކުންފުނީގެ ލަނޑުދަނޑިތަކަށް އެއް ބިލިއަން ޑޮލަރު ދޭން ވައުދުވެފައެވެ.

އެމީހުންގެ ވިސްނުމަކީ އިންސާނިއްޔަތުގެ ތަނަވަސްކަމާ ގުޅިފައިވާ ގާބިލް އޭއައި އުފެއްދުމަށް ފައިދާވާ ކުންފުނިތަކަށް އިތުބާރު ނުކުރުމެވެ. އެހެންވީމާ، އޭއައި އުފައްދަން ޖެހޭނީ، ފައިދާނުކުރާ ކުންފުނިތަކުން، އަދި އެމީހުންގެ ނަމުން ބުނާ ގޮތަށް، އޯޕަން ކޮށެވެ.

2019 ވަނަ އަހަރު އޯޕަންއޭއައި ބަދަލުވީ ޕްރޮފިޓް ކުންފުންޏަކަށް (އިންވެސްޓަރުންގެ އިންވެސްޓްމަންޓްގެ އެންމެ ގިނަވެގެން 100 ގުނަ ރިޓާން ލިބޭ ގޮތަށް) އަދި މައިކްރޮސޮފްޓުން އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ނަގައި، ޓެކް ކުންފުނިތަކާ ވާދަކުރިއެވެ.

ހީވަނީ އޯޕަންއޭއައިގެ އޯޕަންނެސްގެ ކުރީގެ ޕްލޭންތަކަށް ފައިސާ ހުރަސް އެޅިހެންނެވެ.

ބޭނުންކުރާ މީހުންގެ އަތުން ފައިދާ ނެގުން

އޯޕަންއޭއައި އިން ފޭކް ޖަވާބުތައް ޗެޓްޖީޕީޓީ ހެލޫސިނޭޓްސް ފިލްޓަރ ކުރުމަށް ބޭނުންކުރާ ފަރާތްތަކުގެ ފީޑްބެކް ބޭނުންކުރާ ތަން ފެނެއެވެ.

އޯޕަންއޭއައިގެ ބްލޮގްގައި ވާގޮތުން އޯޕަންއޭއައި އިން އެންމެ ފުރަތަމަ ބޭނުންކުރީ ޗެޓްޖީޕީޓީގައި ރިއިންފޯސްމަންޓް ލަރނިންގ ބޭނުންކޮށްގެން ފޭކް އަދި/ނުވަތަ މައްސަލަބޮޑު ޖަވާބުތައް ޑައުންރޭންކް ކުރުމަށް ޓަކައި އަގުބޮޑު ޓްރެއިނިންގ ސެޓެއް ބޭނުންކޮށްގެންނެވެ.

އެކަމަކު ޗެޓްޖީޕީޓީ މިހާރު ފެންނަނީ މިލިއަނަކަށް ވުރެ ގިނަ މީހުން ބޭނުންކުރާ މަންޒަރެވެ. މިބާވަތުގެ އިންސާނީ ފީޑްބެކް، އެހެން ގޮތަކަށް ހޯދުމަކީ ވަރަށް ބޮޑު ޚަރަދެއް ކުރާނެ ކަމެއް ކަމަށް ބެލެވެއެވެ.

ދެން ވާނީ ކިހިނެއް؟

ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ތެރޭގައި އޭއައިގެ ހަލުވި ކުރިއެރުމަކީ ވިޔަފާރިވެރިންނާއި ޢިލްމުވެރިންގެ ބުރަ މަސައްކަތުން ލިބުނު ކުރިއެރުމެކެވެ. އަޅުގަނޑުމެންގެ އަތުގައި ހުރި މައިގަނޑު ހުރިހާ އޭއައި ޓޫލްތަކަކީ އޯޕަން ސޯސްޑް ޓޫލްސްތަކެވެ.

އެކަމަކު މިއަށްވުރެ ގާބިލް އޭއައި އުފެއްދުމުގެ ރޭހުގައި އެކަން ނިމުމަކަށް އަންނާނެއެވެ. އޭއައިގެ އޯޕަނެންސް މަދުވެއްޖެނަމަ، ނަތީޖާއެއްގެ ގޮތުން މި ދާއިރާއަށް ލިބޭ ކުރިއެރުންތައް މަޑުޖެހިދާނެއެވެ. އާ މޮނޮޕޮލީތައް ވެސް އުފެދިގެން ދާތަން އަޅުގަނޑުމެންނަށް ފެނިދާނެއެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.