2022 ވަނަ އަހަރު ނެރުނު ފޮޓޯޝޮޕްގެ އާ ފީޗާސްތައް

އަޙްމަދު އަޙްސަން 23 ޑިސެމްބަރު 2022

2022 ވަނަ އަހަރު ތައާރަފްކުރި ފޮޓޯޝޮޕްގެ މޮޅު ފީޗާސްތަކުގެ ވާހަކަ އަޑުއިވިފައި ހުންނާނެއެވެ. އެޑޯބީއިން މިއަހަރު ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ފޮޓޯޝޮޕަކީ ގިނަ އާ ފީޗާތަކާއި އަޕްޑޭޓްތައް ލިބޭ ގިނަ ޕްރޮގްރާމްތަކުގެ ތެރެއިން އެއް ޕްރޮގްރާމެވެ.

އޭއައި ތައާރަފްކުރުމާއެކު ފޮޓޯޝޮޕްގައި މިހާރު ސްމާޓް ޓޫލްސް އެބަހުރި، އާ ފޮޓޯތައް އުފެއްދުމުގައި ވަގުތާއި މަސައްކަތް ސަލާމަތް ކުރެވޭނެއެވެ.

ފޮޓޯ ރިސްޓޯރޭޝަން ނިއުރަލް ފިލްޓަރ

އިމޭޖް އެޑިޓިން ސޮފްޓްވެއާގައި އޭއައި ތައާރަފްކުރުމާއެކު، އެޑޯބީ އިން ބޭނުންކުރަނީ އެ ކުންފުނިން އުފެއްދި އެޑޯބް ސެންސޭ އެވެ. މިހާރު އަޅުގަނޑުމެންނަށް ލިބިފައި މިވަނީ ކުރިއަށްވުރެ ރަނގަޅު އަދި ހިތްގައިމު ފިލްޓަރުތަކެވެ. ފޮޓޯޝޮޕުން 2019 ވަނަ އަހަރު ނިއުރަލް ފިލްޓާސް ތައާރަފްކުރި ނަމަވެސް ސްމާޓް އެޑިޓިންއަށް އެހީވުމުގެ ގޮތުން އެޑޯބީ އިން ޕާމަނަންޓް އަދި ބީޓާ ވާޝަންތައް ނެރެމުންދެއެވެ.

2022 ވަނަ އަހަރު އައީ ފޮޓޯ ރިސްޓޯރޭޝަން ނިއުރަލް ފިލްޓަރެވެ. ބީޓާ މަރުހަލާތަކުގައި ވީނަމަވެސް ހީވަނީ ނިއުރަލް ފިލްޓާސް ގެލެރީއަށް ދާއިމީ ގޮތެއްގައި އަންނާނެ ހެންނެވެ. ފިލްޓަރ އިން އޭގެ ލިޔުމުގައި ބުނާ ގޮތަށް މަސައްކަތް ކުރެއެވެ. ވިންޓޭޖް، ކްރެކްޑް، ނުވަތަ އެއަށްވުރެ ގޯސް ފޮޓޯއެއް އަޕްލޯޑްކުރުމުން ކުލަ ޖައްސައި، ފޮޓޯ ރީތި ކޮށްލަދެއެވެ.

ފޮޓޯޝޮޕް ބީޓާ އެޕްލިކޭޝަންގެ ބައެއް ފިލްޓަރުތައް ހިމެނޭ ގޮތަށް މަސައްކަތް ކުރެވޭނެ އެހެން ނިއުރަލް ފިލްޓާތައް ވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި ސްމައިލް އެޑްކުރާ ފިލްޓަރަކާއި ލޭންޑްސްކޭޕް މިކްސަރަކާއި ކަލަރ ހާމޯނައިޒޭޝަން (ބީޓާ) އަދި ކަލަރ ޓްރާންސްފަރ (ބީޓާ) ހިމެނެއެވެ.

އޮބްޖެކްޓް ސިލެކްޝަން ޓޫލް އަޕްޑޭޓް

އޮކްޓޯބަރު 2022 ގައި ފޮޓޯޝޮޕުން ވަނީ އޮބްޖެކްޓް ސިލެކްޝަން ޓޫލްގެ ކާމިޔާބު އަޕްޑޭޓެއް ނެރެފައެވެ. އޮބްޖެކްޓް ސިލެކްޝަން ޓޫލްގެ ސަބަބުން ފޮޓޯއެއްގައި ތަފާތު އެއްޗެހި ނުވަތަ ސަބްޖެކްޓްތަކުގެ މައްޗަށް ހޯއޯވަރ ކުރުމުން ފޮޓޯޝޮޕުން އެސަރަހައްދު ޕްރިވިއު ކުރުމަށް ކުލަގަދަ އޯވަލޭއެއް އިތުރުކޮށް، އެ ތަން ސިލެކްޓް ކުރުމަށް ކްލިކް ކޮށްލެވޭނެއެވެ.

އާ ސްމާޓް ސިލެކްޝަންގެ މާނައަކީ ބެކްގްރައުންޑްގައި، ބޭނުން ނުވާ މީހުންނާއި ރީކަލަރ ކުރެވޭނެ ދާއިރާތައް ނުވަތަ އައިސޮލޭޓެޑް ސިލެކްޝަނަށް މުޅި ސަބްޖެކްޓްތަކުން ފޮހެލުމާއި ކޮޕީ ކުރުމުގެ ބޭނުމެވެ. އަދި އޮބްޖެކްޓް ސިލެކްޝަން ޓޫލް ބޭނުންކޮށްގެން ސަބްޖެކްޓް ސިލެކްޓްކޮށް މާސްކް ކުރުން ނުވަތަ ރައިޓް ކްލިކްކޮށް ކޮންޓެންޓް-އަވެއަރ ފިލް އިޚްތިޔާރު ކުރެވޭނެއެވެ. މި ފީޗާގެ އަޕްޑޭޓުން ހަގީގަތުގައި ވެސް ފޮޓޯޝޮޕް ސިލެކްޝަން ވޯކްފްލޯއަށް ލުއިކަމެއް ގެނެސްދެއެވެ. މި ޓޫލް ބޭނުން ކުރުމަށް ވިންޑޯގެ އެންމެ މަތީގައި އޮބްޖެކްޓް ފައިންޑަރ ޗެކްބޮކްސް ޓިކް ޖަހާފައި ހުރިކަން ޔަޤީންކުރާށެވެ.

ވަން ކްލިކް ޑިލީޓް އެންޑް ފިލް

އޮބްޖެކްޓް ސިލެކްޝަން ޓޫލް އަޕްޑޭޓްގެ މައްޗަށް ބިނާކޮށް، އަޕްޑޭޓް ކޮށްފައިވާ ވަން-ކްލިކް ޑިލީޓް އެންޑް ފިލް ފީޗާއާ އެކު، ސިލެކްޝަން އިތުރު އެޑްވާންޓޭޖަށް ބޭނުން ކުރެވޭނެއެވެ.

ފޮހެލަން ބޭނުންވާ އެއްޗެއް ޚިޔާރުކޮށްފިނަމަ މެނޫތަކާއި އޮޕްޝަންތައް ބެލުމުގެ ބަދަލުގައި އެ އެއްޗެއް ޑިލީޓްކޮށް ކޮންޓެންޓް-އަވެއަރ ފިލް އިން ފުރުވާލެވިދާނެއެވެ. ސިލެކްޓް ކޮށްފައިވާ ސަރަޙައްދާއެކު، އެއްފަހަރާ ޝިފްޓް + ޑިލީޓްކުރުމުން ކޮންޓެންޓް-އަވެއަރ އިން ފިލް ކޮށްދޭނެއެވެ.

މި ފީޗާ ފުރިހަމަ ނުވި ނަމަވެސް މިއީ ކުރިން އޮތް އޮޕްޝަންތަކަށް ވުރެ އަވަސް ފީޗާއެއް ކަން ޔަގީނެވެ. ކްލޯން ސްޓޭމްޕް ޓޫލް ނުވަތަ ޕެޗް ޓޫލް ބޭނުންކޮށްގެން އޭގެ ފަހުން ދިމާވާ އެރާތައް ރަނގަޅު ކުރެވޭނެއެވެ.

ކޮލަބްރޭޝަން އިންވިޓޭޝަންސް ފޯ ކްލައުޑް ޑޮކިއުމެންޓްސް

ޑިޖިޓަލް ކޯލަބްރޭޝަން ފަސޭހަވެ، ކްރިއޭޓިވް ޑިޒައިންގެ ތެރޭގައި މަގުބޫލުވަމުން ދެއެވެ. ކްލައުޑުގެ އެހީގައި އެހެން މީހުންނާއި އެކު ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރަން އިންވިޓޭޝަން ދިނުމަކީ މިހާރު ވަރަށް ފަސޭހަ ކަމެކެވެ. ރަނގަޅު ކްރިއޭޓިވް ކޮލަބްރޭޝަނަކަށް މި ޓިޕްސް ބަލާލާށެވެ.

ފޮޓޯޝޮޕްގެ އޮކްޓޯބަރު 2022 ގެ އަޕްޑޭޓްގައި ކްލައުޑްގައި މަސައްކަތް ކުރާއިރު އެހެން މީހުންނަށް އެ ޓެމްޕްލޭޓް އެޑިޓް ކުރުމަށް ދައުވަތު ދެވިދާނެއެވެ. ބޭނުން ވަރަކަށް އެހީތެރިންނާ ލިންކް ޝެއާކޮށް، އެ ހުރިހާ ކަމެއްގެ މެނޭޖްމަންޓް ހިފެހެއްޓޭނެއެވެ. އެއް ޓެމްޕްލޭޓެއްގައި ކޮލަބްރޭޓަރުންނަށް ކްލައުޑްގައި ސިންކްރޮނައިޒްކޮށް މަސައްކަތް ކުރެވިދާނެއެވެ.

ކްލައުޑް ބޭސްޑް ޑޮކިއުމެންޓުން ފޮޓޯޝޮޕް ވިންޑޯގެ އެންމެ މަތީ ކަނާތް ފަރާތުގައި ޝެއާ ސިލެކްޓްކޮށް، ދެން ދައުވަތު ދޭ ކޮންމެ މީހަކަށް އީމެއިލް އެޑްރެހާއި އެއާ އެކު މެސެޖެއް އެޑް ކުރެވިދާނެއެވެ. ލިބޭ ފަރާތަށް ހަމައެކަނި ލިޔުން ބެލޭނީތޯ، އެޑިޓް ކުރެވޭނީތޯ، ނޫނީ ކޮމެންޓު ކުރެވޭނީތޯ ބެލުމުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނެއެވެ.

ޝެއާ ފޯ ރިވިއު (ބީޓާ)

ފޮޓޯޝޮޕްގެ ބީޓާ ފީޗާތަކުގެ ތެރެއިން ކޯލަބަރޭޓް އިންވިޓޭޝަން ފީޗާގެ އިތުރުން ޝެއާ ފޯ ރިވިއު ފީޗާ ވެސް ހިމެނެއެވެ. ޝެއާ ފޯ ރިވިއު ފީޗާ ތަފާތު ތިން ތަނަކުން ފެންނާނެ:

- ޝެއާ ބަޓަންގެ ދަށުން

- ފައިލްގެ ދަށުން > ޝެއާ ފޯ ރިވިއު

- ވިންޑޯގެ ދަށުން > ކޮމެންޓްސް

މި ފީޗާ އަދިވެސް ބީޓާ މޯޑްގައި އޮތުމުން އެންމެންނަށް ވެސް ނުލިބުމަކީ ނުވަތަ އެންމެންނަށް މި ތިން ތަނުން ވެސް ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ.

މި ފީޗާއަކީ ސްޓޭކްހޯލްޑަރުން ފަދަ އެހެން ފަރާތަކާ އެކު ޑިޒައިން ފައިލް ހިއްސާކޮށް ފީޑްބެކް ހޯދުމުގެ މަގު ފަހިކޮށްދޭ ފީޗާއެކެވެ. އެމީހުންނަށް އެޑިޓިން ރައިޓްސް އެއް ނެތެވެ. ޝެއާ ފޯ ރިވިއު އިން ފޮނުވަން ލިންކެއް އުފައްދައި، އެ ޑިޒައިނަށް ކޮމެންޓް ކުރެވޭނެއެވެ.

ކޮންޓެންޓް ކްރެޑެންޝަލްސް (ބީޓާ)

އެހީތެރިންނާ އެކު މަސައްކަތް ކުރުމުން ކޮންމެ މީހަކަށް ކްރެޑިޓް ނުލިބެއެވެ. ނަމަވެސް އާ ކޮންޓެންޓް ކްރެޑެންޝަލްސް ބީޓާ ފީޗާއާ އެކު ފޮޓޯޝޮޕްގައި ތާރީހީ ކޮންޓެންޓް އެކްޓިވިޓީ ރައްކާކޮށް ކްރެޑިޓް ކުރެވޭނެ ގޮތްތަކެއް އެބަހުއްޓެވެ.

ޕެނަލް ހުޅުވުމަށް ވިންޑޯ > ކޮންޓެންޓް ކްރެޑެންޝަލްސް (ބީޓާ) އަށް ދާށެވެ. ސެޓިންތައް އެނަބަލް ކުރަން އިޚްތިޔާރުކުރުމަށްފަހު ޕްރޮޑިއުސަރ، ކަނެކްޓް އެކައުންޓްސް އަދި އެޑިޓް އެންޑް އެކްޓިވިޓީ ޗެކްބޮކްސްތައް ބޭނުންވާ ގޮތަށް ސެޓްކުރާށެވެ.

ކްލައުޑް މެދުވެރިކޮށް ޕާސަނަލް ނުވަތަ ގްރޫޕް ޕްރޮޖެކްޓްތައް އެކްސްޕޯޓްކޮށް، ފޮޓޯޝޮޕްގެ ކޮންޓެންޓް ކްރެޑެންޝަލްސް ފީޗާއިން އެކްސްޕޯޓު ކުރަނީ ފައިނަލް އެކްސްޕޯޓް ކޮށްފައިވާ ޑޮކިއުމަންޓާ އެޓޭޗް ކުރެވިދާނެ ތާރީހީ ޑޭޓާ އާއި އެޓްރިބިއުޝަން ކްރެޑެންޝަލްސް އާ އެކުގައެވެ.

ސަބްސްޓެންސް ތްރީޑީ މެޓީރިއަލްސް

2022 ވަނަ އަހަރުގެ މެދުތެރޭގައި އެޑޯބް އިން ސަބްސްޓަންސް 3ޑީ ފީޗާ ގެނައުމުން، އާ ސަބްސްޓަންސް ފޮޓޯޝޮޕް ޕްލަގިންއާއެކު ފޮޓޯޝޮޕް ޕެޓާންގެ ގޮތުގައި ސަބްސްޓަންސް 3ޑީގައި ހަދާފައިވާ ޓެކްސްޗާތައް މިހާރު ބޭނުން ކުރެވޭނެއެވެ. ސްޓޭންޑަޑް ފޮޓޯޝޮޕް ޕެޓާން ލައިބްރަރީ ބޭނުންކުރުމުގެ ބަދަލުގައި މި ޕެޓާންތަކަކީ ސަބްސްޓެންސް ބޭނުންކުރާ ފަރާތްތަކުން ކަސްޓަމްކޮށް ހަދާފައިވާ ޕެޓާންތަކެކެވެ.

މި މެޓީރިއަލްތަކަށް ވަނުމަށް ޓަކައި ސަބްސްޓެންސް ތްރީޑީ ސޮފްޓްވެއާ ސަބްސްކްރައިބް ކުރާކަށް ނުޖެހެއެވެ. އެއީ އެޑޯބް ކްރިއޭޓިވް ކްލައުޑްގެ ބައެއް ނޫންނެވެ. ވިންޑޯ > މެޓީރިއަލްސް އަށް ގޮސް އެތަކެތި ހޯދާ، ޓެކްސްޗާތައް ބޭނުން ކުރެވޭނެއެވެ.

އިމޯޖީ ގްލިފް ސަޕޯޓް

އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން މިދުވަސްވަރު އިމޯޖީއެއް އެޓޭޗް ނުކޮށް ލަފުޒެއް ލިޔަނީ ވަރަށް މަދުންނެވެ. މީގެ ކުރިން އެންމެ ގާތުން އިމޯޖީ ސަޕޯޓް ދިން ފޮޓޯޝޮޕަކީ ވިންގް ޑިންގްސް ޓައިޕްފޭސް އެވެ. މިހާރު ގްލިފް ޕެނަލްގެ ދަށުން އެހެނިހެން ސަޕޯޓްޑް ގްލިފް ބާވަތްތަކާއެކު ތަފާތު އިމޯޖީތައް ލިބެން ހުންނާނެއެވެ. ވިންޑޯ އަށް ގޮސް ތިމާގެ ފޮންޓްގެ ސަޕޯޓްޑް ގްލިފްސް އާއި އިމޯޖީތައް ބެލާލާށެވެ.

ފޮޓޯޝޮޕްގެ 2022 ގެ އަޕްޑޭޓްތައް ބަލާލިންތަ؟

އެޑޯބުން އަބަދުވެސް އަންނަނީ އެ ކުންފުނީގެ ސޮފްޓްވެއާ ރަނގަޅުކޮށް މުޅި އަހަރު އާ ފީޗާތައް އިތުރު ކުރަމުންނެވެ. އެޑޯބުން އެހެނިހެން ޕްރޮގްރާމްތައް ހޯދުން އިތުރުވުމާއި އާޓިފިޝަލް އިންޓެލިޖެންސް ހިމެނުމުގެ ސަބަބުން 2022 ވަނަ އަހަރު ފޮޓޯޝޮޕަށް ވަނީ ވަރަށް މޮޅު ފީޗާ އަޕްޑޭޓްތަކެއް ލިބިފައެވެ.

ތިމާއަށް އެންމެ ބޮޑު މަންފާއެއް ލިބެނީ ކޮން އެއްޗެއްތޯ ބެލުމަށް ޓަކައި އެ ހުރިހާ އަޕްޑޭޓެއް ޗެކްކޮށްލާށެވެ. ކްރިއޭޓިވް ކްލައުޑުން ފޮޓޯޝޮޕް ބީޓާ އެޕް ޑައުންލޯޑްކޮށް މުސްތަގުބަލުގައި މައި އެޕްލިކޭޝަނާ ހަމައަށް ފޯރާނީ ކޮން އެއްޗެއްތޯ ބަލާލާށެވެ.


އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.