ވެބް 3.0 އަކީ ކޮބާ ހެއްޔެވެ؟ ވެބް3 އަކީ އިންޓަނެޓްގެ މުސްތަޤުބަލެވެ. ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުން މޮނޮޕޮލީކޮށްފައިވާ ވެބްގެ ބަދަލުގައި ވެބް3 އަކީ ލާމަރުކަޒީ އުސޫލުން ހިންގަމުން އަންނަ ވެބްއެކެވެ. ވެބް 3 އިން ބާރުތައް ބަހައްޓަނީ ކޯޕަރޭޝަންތަކުގެ ބަދަލުގައި ވަކި ވަކި ފަރުދުންގެ އަތްމަތީގަ އެވެ. މި ނަމަކީ ލާމަރުކަޒީ ބްލޮކްޗެއިން ބޭނުންކޮށްގެން ހަދާ އާ ވައްތަރެއްގެ އިންޓަނެޓް ހިދުމަތެއްގެ ވިސްނުމަށް ބައެއް ޓެކްނޮލޮޖިސްޓުން ދީފައިވާ ނަމެވެ. ވެބް 3 ގެ ވާހަކަ ދެއްކުމުގެ ކުރިން ވެބް ގެ ތާރީހު ބަލާލަމާތޯއެވެ.
ގިނަ މީހުން ދެކޭ ގޮތުގައި ވެބް އަކީ ޒަމާނީ ދިރިއުޅުމުގެ ދެމެހެއްޓެނިވި ތަނބެކެވެ. ނަމަވެސް މިއަދު އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް އެނގޭ ވެބް އަކީ މުޅިން ތަފާތު ވެބްއެކެވެ. މިކަން ރަނގަޅަށް ދެނެގަތުމަށްޓަކައި ވެބްގެ ކުރު ތާރީޚް ލުއި ޕީރިއަޑްތަކަކަށް ބަހާލުމަކީ އެހީތެރިވެދޭ ކަމެކެވެ-ވެބް 1.0 އަދި ވެބް 2.0.
ޖެނީވާގެ ސަރންގައި 1989 ވަނަ އަހަރު ޓިމް ބާނަރސް-ލީ އުޅުއްވީ ވޯލްޑް ވައިޑް ވެބްގެ ގޮތުގައި ވެގެންދާނެ ޕްރޮޓޮކޯލްތައް އެކުލަވާލުމުގައެވެ. އޭނާގެ ވިސްނުމަކީ ދުނިޔޭގެ ކޮންމެ ތަނަކުން ވެސް މައުލޫމާތު ހިއްސާކުރެވޭ ގޮތަށް ހުޅުވާލެވިފައިވާ، ލާމަރުކަޒީ ޕްރޮޓޮކޯލްތަކެއް އުފެއްދުމެވެ.
މިހާރު "ވެބް 1.0" ގެ ނަމުން މަޝްހޫރުވެފައިވާ ބާނަރސް-ލީގެ އުފެއްދުމުގެ ފުރަތަމަ ފެށުނީ ގާތްގަނޑަކަށް 1990 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާ ދެމެދުގައެވެ. ވެބް 1.0 އަކީ މައިގަނޑު ގޮތެއްގައި ކުންފުނިތަކުގެ ހިއްސާ އޮންނަ ސްޓެޓިކް ވެބްސައިޓްތަކަކަށް ވާއިރު، ބޭނުންކުރާ ފަރާތްތަކުގެ މެދުގައި ގާތްގަނޑަކަށް ޒީރޯ އިންޓަރެކްޝަނެއް ހިނގަމުން ދިޔަ އެވެ. އަނެއްހެން ބުނާނަމަ ރީޑް އޮންލީ ވާރޝަންއެކެވެ.
ވެބްސައިޓް ތަކަކީ ސްޓެޓިކް އޮންލީ ސައިޓް ތަކަކެވެ. މާނައަކީ ޑައިނަމިކް ކޮށް އެއްވެސް ބެކް އެންޑް ފަނކްޝަން އެއްވެސް ރަން އެއް ނުކުރާނެއެވެ.
ވެބް 2.0 ގެ ދައުރު ފެށުނީ 2004 ވަނަ އަހަރު ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް އުފެދުމާ އެކު އެވެ. ހަމައެކަނި ރީޑް-އޮންލީ ބަދަލުގައި ވެބް އުފެދިގެން އައީ ރީޑް-ރައިޓް ގެގޮތުގައެވެ. ކުންފުނިތަކުން ބޭނުންކުރާ ފަރާތްތަކަށް ކޮންޓެންޓް ފޯރުކޮށްދިނުމުގެ ބަދަލުގައި، ބޭނުންކުރާ ފަރާތްތަކުން އުފައްދާ ކޮންޓެންޓް ހިއްސާކޮށް، ޔޫޒަރ-ޓު-ޔޫޒަރ އިންޓަރެކްޝަންތަކުގައި ބައިވެރިވުމަށް ޕްލެޓްފޯމްތައް ވެސް ފޯރުކޮށްދޭން ފެށިއެވެ. ގިނަ ބަޔަކު އޮންލައިންކޮށް އައުމާއެކު، ވެބްގައި އުފެދޭ ޓްރެފިކާއި އަގުގެ ނާޖާއިޒު މިންވަރެއް ކޮންޓްރޯލް ކުރަން ފެށީ ވަރަށް މަދު ޓޮޕް ކުންފުނިތަކަކުންނެވެ. ވެބް 2.0 އިން ވެސް އުފަންކުރީ އިޝްތިހާރުން ލިބޭ އާމްދަނީގެ މޮޑެލް އެވެ. ބޭނުންކުރާ މީހުންނަށް ކޮންޓެންޓް އުފެއްދި ނަމަވެސް، އެ ކޮންޓެންޓްގެ މިލްކުވެރިކަމެއް ވެސް އަދި އޭގެ މޮނިޓައިޒޭޝަންގެ ފައިދާ ވެސް ނުލިބުނެވެ.
ވެބް 2.0 ގެ ފުރަތަމަ އެޕް ތަކުގެ ތެރޭގައި ގޫގުލް ޔާހޫ އެޕް ހިމެނެއެވެ.
ވެބް 2.0 ގެ ބައެއް އެޕްތައް
'ވެބް 3.0' ގެ ހިޔާލު އުފެއްދީ 2014 ވަނަ އަހަރު އެތުރިއަމް ލޯންޗުކުރިތާ މާގިނަ ދުވަހެއް ނުވެ އެތުރިއަމްގެ ކޯ ފައުންޑަރ ގެވިން ވުޑް އެވެ. އެއީ، މިއަދު މީހުންނަށް އެނގޭ އަދި ބޭނުންކުރާ ގިނަ ވެބް ބަރޯސާވެފައިވަނީ އާންމުންގެ މަސްލަހަތަށްޓަކައި އަމަލުކުރުމަށް އަތްމަތި ދަތި އަމިއްލަ ކުންފުނިތަކަށް އިތުބާރުކުރުމަށެވެ. އެއީ ޑޭޓާ އަކީ ކުންފުންޏަށާއި އަދި އަމިއްލަ ޔޫޒަރ އަށް ވެސް މިލްކު ކުރެވޭނެ އެއްޗެއް ގޮތުގައެވެ.
އެހެނީ ވެބް3 ވެފައިވަނީ އާ، ރަނގަޅު އިންޓަނެޓެއްގެ ތަސައްވުރަށް މަޤްބޫލު ނަމަކަށެވެ. އޭގެ މައިގަނޑުގައި ވެބް3 އިން ބްލޮކްޗެއިން، ކްރިޕްޓޯކަރަންސީ، އަދި އެންއެފްޓީ ބޭނުން ކުރަނީ މިލްކުވެރިކަމުގެ ސިފައިގައި ޔޫޒަރުންނަށް އަނބުރާ ބާރު ދިނުމަށެވެ. އެހެން ކަމުން ވެބް1 ވީ ރީޑް އޮންލީ، ވެބް2 އަކީ ރީޑް-ރައިޓް، ވެބް3 ވާނީ ރީޑް-ރައިޓް-އޯން އަކަށެވެ.
ވެބް 3.0 މުހިއްމު ވަނީ ޑޭޓާ ޕްރައިވެސީ އާއި ސެކިއުރިޓީގެ މައްޗަށް ރަނގަޅު ކޮންޓްރޯލެއް ލިބި، އިތުރަށް ޕާސަނަލައިޒްޑް ޔޫޒަރ އެކްސްޕީރިއަންސެއް ފޯރުކޮށްދިނުމަށް އެހީތެރިވާތީއެވެ.
ޑިވެލޮޕާރ