ނިންޓެންޑޯ ސްވިޗް ގޭމް ސްޓެލްތް ނެރެފި

އަޙްމަދު އަޙްސަން 28 ޑިސެމްބަރު 2022

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ނިންޓެންޑޯ ސްވިޗް ލައިޓް އަދި ނިންޓެންޑޯ ސްވިޗް އޯލެޑް ގޭމް ސްޓެލްތް ނެރެފިއެވެ. ސްޓެލްތް ރިލީޒްތަކުން ފުރިފައިވާ ހަފުތާއެއް ކެޕްކުރަމުން ދަނިކޮށް، އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ގޭމް ސައިޑްބާ ގޭމްސްގެ އެހީތެރިކަމާއިއެކެ ސްޕޯޓްސް ސްޓޯރީ މިހާރު ސްވިޗް މެދުވެރިކޮށް 14.99 ޑޮލަރަށް ލިބޭއިރު ޑައުންލޯޑްގައި 799 އެމްބީ ހުންނާނެއެވެ.

2017 ވަނަ އަހަރު ރިލީޒްކުރި ގޯލްފް ސްޓޯރީ، ސްޕޯޓްސް ސްޓޯރީގެ ސީކުއެލްއެއް އެންމެ ފުރަތަމަ އިއުލާންކުރީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އޭރު އެއީ ސްވިޗް އެކްސްކްލޫސިވްގެ ގޮތުގައި އިއުލާނުކުރި އިރު އެއްވެސް ކަމަކަށް ބަދަލެއް ނާދެއެވެ. ތިޔަބޭފުޅުން ހަނދާން ހުރިނަމަ، މި ގޭމް އެންމެ ފުރަތަމަ ރިލީޒްކުރަން ހަމަޖެހިފައި އޮތީ 2020 ވަނަ އަހަރުގެ މެދުތެރޭގައި ނަމަވެސް، ފަހުން އެހެން ތާރީހަކަށް ފަސްކުރި. 2021 އައިސް ދިޔައީ. ދެން 2022 ވަނަ އަހަރުގެ ގާތްގަނޑަކަށް ހުރިހާ ކަމެއް އައިސް ޑިސެމްބަރު މަހުގެ ރިލީޒް ވިންޑޯ އިއުލާނު ކުރި އިރު ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް ވެސް އެ ގޭމްގެ ވާހަކަ އެއް އިވިފައެއް ނުވެއެވެ. ޑިސެމްބަރު މަހަށް ސްޓެލްތް ރިލީޒްވުމުގެ ފުރުސަތު ބޮޑުވިއެވެ.

"ސްޕޯޓްސް ސްޓޯރީ އަކީ އެހެން އެއްވެސް ކަހަލަ ސްޕޯޓްސް އާރްޕީޖީއެއް. ކުޅިވަރާއި ކުޅިވަރުގެ ހަރަކާތްތައް ބޮޑު ވާހަކައަކުން ދައްކުވައިދޭ މަންޒަރުތަކެކެވެ. ވަރަށް ގިނަ ކެރެކްޓާތައް ބައްދަލުކުރަން ޖެހުމުން މަގުމަތިން ވަރަށް ގިނަ ރައްޓެހިންނާއި ދުޝްމަނުން ފެންނާނެ،" ސްޕޯޓްސް ސްޓޯރީ ބެހޭ ގޮތުން އޮފިޝަލް ބްލޮގްގައި ބުނެފައިވެއެވެ. ސްޕޯޓްސް ސްޓޯރީ އަކީ ހަމައެކަނި ކުޅިވަރުގެ ވާހަކައެއް ނޫން ކަމަށާއި އެއީ އޯލް އައުޓް ސްޕޯޓިން އެޑްވެންޗާއެއް ކަމަށް ވެސް ބުނެފައިވެއެވެ.


އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.