ބިލިއަނަރު އެލޮން މަސްކް ތަފާތު އާ ރެކޯޑެއް މުގުރާލައިފި

އަޙްމަދު ދާއޫދު 01 ޖެނުއަރީ 2023

ދާދިފަހަކާ ޖެހެންދެންވެސް ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަޤާމްގައި ހުރި އެލޮން މަސްކް ތަފާތު އާ ރެކޯޑެއް މުގުރާލައިފި އެވެ. އޭނާ ވެފައިވަނީ މިހާތަނަށް 200 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބުނު ފުރަތަމަ މީހާއަށެވެ.

ޓެސްލާގެ ބާނީ އަދި ޓްވިޓާގެ ވެރިޔާ ވެފައިވަނީ ދުނިޔޭގެ ތާރީހުގައި ވެސް އަމިއްލަ މުދަލުގެ މިލްކިއްޔާތުން 200 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބުނު ފުރަތަމަ މީހާ ކަމަށް ބްލޫމްބާގް ބިލިއަނަރސް އިންޑެކްސް އިންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

މަލްޓި ބިލިއަން ޑޮލަރުގެ މި ބޮޑގެއްލުން ވެފައި މިވަނީ އެމެޒޯންގެ ބާނީ ޖެފް ބެޒޯސްއަށް ފަހު 200 ބިލިއަން ޑޮލަރަށް ވުރެ ބޮޑު މުއްސަނދިކަމެއް ހޯދި ދެވަނަ މީހާގެ ޝަރަފު 2021 ވަނަ އަހަރު މަސްކް، 51، އަށް ލިބުމާ އެކުއެވެ.

ނޮވެމްބަރު 2021 ގައި ސާފު މުއްސަނދިކަން 340 ބިލިއަން ޑޮލަރަށް އަރާފައިވާ މާސްކްގެ މުއްސަނދިކަން 137 ބިލިއަން ޑޮލަރަށް ވެއްޓިފައިވަނީ ފާއިތުވި އަހަރު ޓެސްލާގެ ހިއްސާގެ އަގު %65 ދަށަށް ގޮސްފައިވާތީ އެވެ.

މިއީ އިލެކްޓްރިކް ކާރު އުފައްދާ ކުންފުނި ޓެސްލާއަށްވެސް މިހާތަނަށް މާލީގޮތުން އައި އެންމެ ގޯސް އަހަރެވެ.

މި ދަށްވުމުގެ ތެރޭގައި އަންގާރަ ދުވަހު އެކަނިވެސް ޓެސްލާގެ ހިއްސާގެ އަގު %11 ދަށަށް ދިއުމުގެ ސަބަބެއް ކަމަށް ބެލެވެނީ ކޮވިޑް ކޭސްތައް އިތުރުވުމުން ޓެސްލާއަށް ޗައިނާގެ ޝަންހާއީގައި އުފެއްދުންތެރިކަން ވަގުތީ ގޮތުން ހުއްޓާލަން މަޖުބޫރުވެފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓް ކުރުމުންނެވެ.

ބުދަ ދުވަހު މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ބިލިއަނަރު ވަނީ މުޅި އަހަރު ދުވަހު މަސައްކަތްތެރިން ކޮށްދިން ބުރަމަސައްކަތްތަކަށް ޝުކުރު އަދާކޮށް، ކުންފުނީގެ ސްޓޮކްގެ ޕާފޯމަންސް ކުޑަކޮށްފައި ވާކަން އަންގާއެވެ.

މި މަހުގެ ކުރީކޮޅު މަސްކަށް "ދަ ވޯލްޑްސް ރިޗެސްޓް މޭންގެ ލަގަބު" ގެއްލިފައި ވާއިރު، އެ މަޤާމަށް ވަނީ އެލްވީއެމްއެޗްގެ ފްރާންސްގެ ޗެއާމަން އަދި ސީއީއޯ ބާނާޑް އާނޯލްޓާ އައިސްފައެވެ.

މަސްކްގެ ތާރީހީ ގެއްލުންތަކުން ދޭހަވަނީ ކޮވިޑް-19 ގެ ދުވަސްވަރު މާސްކް އާއި ޓެސްލާގެ ފައިދާ މައްޗަށް އުފުލިގެން ދިޔަ މިންވަރެވެ.

އިލެކްޓްރިކް ވެހިކަލް މާކެޓުގައިވެސް ޓެސްލާގެ ލީޑްރޯލު ދަށްވަމުން ދިޔަ ނަމަވެސް، އޮކްޓޯބަރު 2021 ގެ ނިޔަލަށް ޓެސްލާގެ އަގު އެއް ޓްރިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާފައިވެ އެވެ. މި ކުރިއެރުމާއެކު، އެޕަލް، އެމެޒޯން އަދި ގޫގުލްގެ ބެލެނިވެރި ކުންފުނި އަލްފާބެޓް ފަދަ އެހެން ޓެކް ޖަޔަންޓްތަކާ ޓެސްލާ ވާދަކުރަމުން ދާ ކަމަށް ބްލޫމްބާގް އިން ބުނެ އެވެ.

އެކަމަކު ވާދަވެރިން ވަރަށް އަވަހަށް ކުރިއަށް ޖެހި، އިލެކްޓްރިކް ވެހިކަލް މާކެޓުގައި ޓެސްލާގެ ޑޮމިނޭޝަނަށް ގޮންޖަހާފައިވާއިރު، މާސްކްގެ ސަމާލުކަން ސޯޝަލް މީޑިއާ ޖަޔަންޓް ޓްވިޓާއަށް ގޮސްފައިވާތީ އަދި ޓްވިޓަރގެ ވެރިފަރާތާއި ސީއީއޯގެ ގޮތުގައި އޭނާ ދެމިހުރުމަކީ އޭނާގެ ވިޔާފަރިތަކަށް އެކަމުގެ ނޭދެވޭ އަސަރުތައް އިތުރަށް ކުރަމުންދާނެކަމެއްކަމަށް ދިރާސާވެރިން ބުނެއެވެ.

ބްލޫމްބާގްގެ ވެލްތު އިންޑެކްސް އިން ދައްކާ ގޮތުގައި މާސްކް އަށް މި އަހަރު ޓެސްލާގެ ގިނަ ސްޓޮކް ވިއްކަން މަޖުބޫރުވީ ޓްވިޓާ 44 ބިލިއަން ޑޮލަރުގެ ބޮޑު އަދަދަކުން ގަތުމުންނެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.