ހޮސްޕިޓަލިޓީ އިންޑަސްޓްރީގެ މުސްތަގުބަލުގައި ޓެކްނޮލޮޖީ

އަޙްމަދު ދާއޫދު 04 ޖެނުއަރީ 2023

ހޮސްޕިޓަލިޓީ އިންޑަސްޓްރީއަކީ ގެސްޓް އެކްސްޕީރިއަންސް ރަނގަޅު ކުރުމަށް އާ ޓެކްނޮލޮޖީތައް ގެންގުޅުމުގައި އަބަދުވެސް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ސިނާއަތެކެވެ. ރިޒަވޭޝަން ފޯން އުފެއްދުމުން ފެށިގެން އޮންލައިން ބުކިން ސިސްޓަމްތައް ތަންފީޒު ކުރުމާ ހަމައަށް ހޮޓާ، ރެސްޓޯރެންޓް އަދި އެހެނިހެން ހޮސްޕިޓަލިޓީ ވިޔަފާރިތަކުން ވަނީ ޓެކްނޮލޮޖީގެ ކުރިއެރުންތައް ބަލައިގަނެ، އޮޕަރޭޝަންތައް ސްޓްރީމްލައިންކޮށް، އެ ތަންތަނުން ދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށްފަ އެވެ.

ކުރިއަށް އޮތް އަހަރުތަކުގައި ހޮސްޕިޓަލިޓީ އިންޑަސްޓްރީގައި ޓެކްނޮލޮޖީގެ އިތުރު އުފެއްދުންތައް ފެންނާނެ ކަމަށް އުންމީދު ކުރެވިދާނެ އެވެ. ހޮސްޕިޓަލިޓީ އިންޑަސްޓްރީގެ މުސްތަގުބަލް ޓެކްނޮލޮޖީގެ ސަބަބުން ބައްޓަން ކުރަމުންދާ ގޮތުގެ ބައެއް މިސާލުތަކަށް ބަލާއިރު، ފުދޭވަރެއްގެ ބޮޑެތި ކުރިއެރުންތަކެއް ކުރިމަގުގައި މި އިންޑަސްޓްރީ އަދިވެސް ހޯދާނެކަމާމެދަކު އެއްވެސް ޝައްކެއްނެތެވެ.

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި މެޝިން ލާނިންގ

ހޮސްޕިޓަލިޓީ ވިޔަފާރިތަކުން އަންނަނީ ގެސްޓް އެކްސްޕީރިއަންސް ޕާސަނަލައިޒް ކުރުމަށް އޭއައި އާއި މެޝިން ލާނިން ބޭނުން ކުރަމުންނެވެ. މިސާލަކަށް ހޮޓާތަކުން އޭއައި ޕަވާޑް ޗެޓްބޮޓްތައް ބޭނުންކޮށްގެން ގެސްޓުންނަށް ރިޒަވޭޝަން ބުކިން ހެދުމާއި ރެސްޓޯރެންޓް ރެކޮމެންޑޭޝަން ހެދުމާއި ލޯކަލް އޭރިއާއާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދެ އެވެ.


އާސްކް ސޫޓް- އޭއައި ރިޒަވޭޝަން އެސިސްޓެންޓް

މީގެ އިތުރުން ގެސްޓް ޑޭޓާ އެނަލައިޒްކޮށް، އެމީހުން ތިބޭ އިރު ކުރަން ޖެހޭ އަދި ފެންނާނެ ކަންކަމަށް ޕާސަނަލައިޒްޑް ރެކޮމެންޑޭޝަންތައް ފޯރުކޮށްދިނުމަށް ވެސް އޭއައި ބޭނުން ކުރެވިދާނެ އެވެ.

ވާޗުއަލް ރިއަލިޓީ (ވީއާރް) އަދި އޮގްމެންޓެޑް ރިއަލިޓީ (އޭއާރް)

ހޮސްޕިޓަލިޓީ އިންޑަސްޓްރީގައި ވީއާރް އަދި އޭއާރް ޓެކްނޮލޮޖީބޭނުންކޮށްގެން ގެސްޓް އެކްސްޕީރިއަންސް އިތުރުކުރެއެވެ. މިސާލަކަށް ހޮޓާތަކުން ވީއާރު ބޭނުންކޮށްގެން ގެސްޓުންނަށް ބުކިން ހެދުމުގެ ކުރިން ވާޗުއަލްކޮށް ޓުއާ ރޫމްތަކާއި ފެސިލިޓީތަކަށް ވަދެވޭ ގޮތަށް އަދި ރެސްޓޯރެންޓުތަކުން އޭއާރް ބޭނުންކޮށްގެން އިމަރސިވް ޑައިނިން އެކްސްޕީރިއަންސްތައް އުފައްދައެވެ.

މިހާރުވެސް ދުނިޔޭގެ ބައެއް މަޝްހޫރު ހޮޓެލްތަކުން ވާޗުއަލް ޓުއަރގެ ފުރުސަތުދެއެވެ. އެޓްލާންޓިސް ދުބާއީއިން ހޮޓެލްގެ ވާޗުއަލް ރިއަލިޓީ ޓުއާއެއް މެދުވެރިކޮށް އެ ހޮޓަލުގެ މަންޒަރުތައް ބެލުމުގެ ފުރުސަތު ގެސްޓުންނަށް ފޯރުކޮށްދެއެވެ.

މޮބައިލް ޓެކްނޮލޮޖީ

މޮބައިލް ޓެކްނޮލޮޖީގެ ސަބަބުން ޚިދުމަތްދޭ ތަންތަނުން ގެސްޓުންނާއި މުއާމަލާތް ކުރާ ގޮތް ދަނީ ބަދަލުވަމުންނެވެ. ގިނަ ހޮޓާތަކުން މިހާރު ދަނީ މޮބައިލް ޗެކްއިން އަދި ކީލެސް ރޫމް އެންޓްރީ ގެ އިތުރުން ފަތުރުވެރިންނަށް ފްރޮންޓް ޑެސްކް ބައިޕާސްކޮށް ސީދާ ކޮޓަރިތަކަށް ދިއުމުގެ ފުރުސަތު ދެމުންނެވެ. އަދި ގެސްޓުންނަށް ރޫމް ސާވިސް އޯޑަރު ކުރުމާއި ހައުސްކީޕިންގެ ހިދުމަތަށް ރިކުއެސްޓް ކުރުން ފަދަ ކަންކަން ކުރުމަށް މޯބައިލް އެޕްލިކޭޝަންތައް ވެސް ދަނީ ބޭނުން ކުރަމުންނެވެ.

ހޮޓާތަކުން ގެސްޓުންނާ ގުޅުން ބަދަހިކުރާ ގޮތް ބަދަލުވަމުން އަންނަ އިރު ކުރިއަށް އޮތް އަހަރުތަކުގައި ވެސް އެކަން ކުރިއަށް ގެންދާނެ އެވެ. ލޮކޭޝަން ބޭސްޑް ޕުޝް ނޮޓިފިކޭޝަންތަކަކީ ގެސްޓުންނާ މުއާމަލާތް ކުރުމަށް މަގުބޫލު، ހާއްސަކޮށް ކަސްޓަމަރެއްގެ ލޮކޭޝަނުން ޓްރިގަރކޮށް މީހާގެ ފޯނަށް ފޮނުވޭ ޑައިރެކްޓް ޗެނަލެއް ފޯރުކޮށްދޭ ޚިދުމަތެކެވެ. ޕުޝް ނޮޓިފިކޭޝަންތައް ވެސް އީމެއިލްތަކަށް ވުރެ ގިނައިން މީހުން ކިޔާއިރު، ވަކި ޕްރޮމޯޓް ކުރާ މެސެޖެއްގެ ވަށައިގެން ވަރަށް މަތީ ދަރަޖައިގެ އެންގޭޖްމަންޓެއް އޮތްކަން ސާބިތުކޮށްދެ އެވެ. މި ޓެކްނޮލޮޖީއާއެކު ފަތުރުވެރިންނަށް އެކި ކަންކަން ވަގުތުން އެންގުމަށް ފަސޭހަވެއެވެ.

އިންޓަނެޓް އޮފް ތިންގްސް (އައިއޯޓީ)

ހޮސްޕިޓަލިޓީ އިންޑަސްޓްރީގައި އައިއޯޓީ ބޭނުންކުރަނީ އޮޕަރޭޝަނަލް އެފިޝަންސީ އާއި ގެސްޓް ކޮމްފޯޓް ރަނގަޅު ކުރުމަށެވެ. މިސާލަކަށް ހޮޓާތަކުން ސްމާޓް ތަރމޯސްޓޭޓްތަކާއި ލައިޓިންގ ސިސްޓަމްތައް ބޭނުންކޮށްގެން ގެސްޓުންނަށް ފަސޭހަ މާހައުލެއް ޤާއިމުކޮށް ހަކަތަ ރައްކާކުރެއެވެ.

ހޮސްޕިޓާލިޓީ އިންޑަސްޓްރީގައި ސްމާޓް މެއިންޓެނެންސް އަށް އައިއޯޓީ ސެންސަރު ޓެކްނޮލޮޖީ ބޭނުންކުރުމުން ލައިޓެއް ހަލާކުވުން ނުވަތަ ފެން އިސްކުރެއް ލީކުވެގެން ގެސްޓުންނަށް އެކަން ފާހަގަވުމުގެ ކުރިން ސެންސަރު ބޭނުންކޮށްގެން އެފަދަ މައްސަލަތައް ދެނެގަނެ އެކަމަށް ހައްލެއް ހޯދޭނެ އެވެ. މިކަމުގެ ސަބަބުން ގެސްޓުގެ ތަޖުރިބާ ރަނގަޅުވެ، މިފަދަ މައްސަލަތައް ހައްލުކުރަން ބޭނުންކުރާ ވަސީލަތްތަކާއި މީހުން ވެސް ސަލާމަތްކޮށްދެ އެވެ.

އައިއޯޓީ ބޭސްޑް ޓެކްނޮލޮޖީގެ ސަބަބުން ގެސްޓުންނަށް ނެކްސްޓް ލެވެލް އެކްސްޕީރިއަންސެއް ފޯރުކޮށްދެނީ ވަޔަލެސް ސްވިޗް، މޮބައިލް އެޕްލިކޭޝަން ނުވަތަ އެލެކްސާ ފަދަ ވޮއިސް ކޮންޓްރޯލްތައް މެދުވެރިކޮށް ލައިޓިން، ހީޓިން، ފަރުދާ އަދި އެއާކޮންޑިޝަން ފަދަ އިން-ރޫމް ޕްރިފަރެންސްތައް ކޮންޓްރޯލް ކުރުމުގެ ފުރުސަތު ދީގެންނެވެ. މީގެ އިތުރުން ގެސްޓުންނަށް ތަފާތު ތަޖުރިބާއެއް އުފެދެނީ ފިނިހޫނުމިން، ލައިޓިން އަދި ޓީވީ ޗެނަލްތައް އެމީހުންގެ ތަރުހީބަށް އެޑްޖަސްޓް ކުރުމުގެ ފުރުސަތު ދީގެންނެވެ.

ޓެކްނޮލޮޖީގެ ބޮޑެތި ކުރިއެރުންތައް އަންނައިރު، ހޮސްޕިޓަލިޓީ އިންޑަސްޓްރީއިން ގެސްޓު އެކްސްޕީރިއެންސް ރަނގަޅުކޮށް އޮޕަރޭޝަންތައް ސްޓްރީމްލައިން ކުރުމަށްޓަކައި ރޮބޮޓިކްސް، ވޮއިސް ޓެކްނޮލޮޖީ، އަދި ޑޭޓާއާއި އާރޓިފިޝަލް އިންޓަލިޖެންސްގެ އިނޮވޭޝަންތައް އެޑޮޕްޓްކޮށް އިންޓަގްރޭޓްކުރަމުން ގެންދާނެކަން ވަރަށް ސާފުކޮށް އެނގެއެވެ. އެހެންކަމުން މި އިންޑަސްޓްރީގެ މުސްތަގުބަލަކީ ޓެކްނޮލޮޖީކަން ގަބޫލުކޮށް ކުރިއެރުންތައް ބަލައިގަނެ، އޭގެ ބޭނުން ހިފުމުގެ ގާބިލުކަން ލިބިފައިވާ ވިޔަފާރިތަކަށް ވާދަވެރި މާކެޓެއްގައި ކާމިޔާބު ހޯދޭނެކަން ހަމަ ޔަގީނެވެ.


އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.