މެޓައިން ފުރާވަރުކުދިންގެ ޕްރައިވެސީ ސެޓިންއަށް ބަދަލުތަކެއް

ޝުޖާޢަތު ރަޝީދު 07 ޖެނުއަރީ 2023

މެޓައިން ފޭސްބުކްގެ އެކައުންޓް ޕްރައިވެސީ ސެޓިންއަށް ބަދަލުތަކެއް ގެންނަން ނިންމައިފިއެވެ. މި ނިންމުމަކީ ފުރާވަރު ކުދިންގެ އެކައުންޓުތަކުގެ ޑީފޯލްޓް ޕްރައިވެސީ އަށް ގެނެވޭ ބަދަލެކެވެ. މިއީ ޝައްކުކުރެވޭ ބޮޑެތިމީހުން ކުޑަކުދިންނަށް އިންސްޓަގްރާމާއި ފޭސްބުކް މެދުވެރިކޮށް ކުރާ މެސެޖުތައް ހުއްޓުވުމަށާއި ލިމިޓް ކުރުމަށް ގެނެވޭ ބަދަލެކެވެ.

މެޓައިން ހާމަކޮށްފައިވަނީ ފޭސްބުކްގައި ހެދޭ އެކައުންޓުތަކުގައި ޑީފޯލްޓް ޕްރައިވެސީ ސެޓިން އޮޓޮމެޓިކުން މިގޮތަށް ބަދަލުވާނީ އުމުރުން 16 އަހަރުން ދަށުގެ ކުދިންގެ އެކައުންޓުތަކުގައެވެ. ހަމަ މިބަދަލާއިއެކު ފުރާވަރު ކުދިންގެ އެކައުންޓުތަކުގެ ފްރެންޑްސް ލިސްޓުގެ ވިސިބިލިޓީއާއި، ޓެގް ކޮށްފަ ހުންނަ ޕޯސްޓުތަކާއި އެކުދިން ފޮލޯ ކުރާ ޕޭޖްތަކާއި އެކައުންޓުތައްވެސް "މޯ ޕްރައިވެޓް ސެޓިންސް" ގައި ޑީފޯލްޓުކޮށް ޕްރައިވެސީ ހެދިފައި ހުންނާނެއެވެ.

މިއީ އަލަށް ހުޅުވާ އެކައުންޓުތަކަށް ޑީފޯލްޓުކޮށް އޮންވެފައި ހުންނަ ސެޓިންއަށް ވިޔަސް މިހާރުގެ އެކައުންޓުތަކަށްވެސް މެޓައިން އެލާޓް ފޮނުވައި ޕްރައިވެސީ ބަދަލުކުރުމަށް އަންގާނެއެވެ.

މި ބަދަލުތަކާއިއެކު މެޓައިން "ސަސްޕިޝިއަސް" އެޑަލްޓުން ފުރާވަރު ކުދިންނަށް ކޮންޓެކްޓު ކޮށްފާނެތީވެ ބަދަލުތަކެއް ގެންނާނެއެވެ. މި ބަދަލުގައި "ޕީޕަލް ޔޫ މޭ ނޯ" އިން މިފަދަ އެކައުންޓުތައް ބްލޮކް ކޮށް ނުފެންނަ ގޮތް ހެދިގެންދާނެއެވެ. އިންސްޓަގްރާމްގައި ފުރާވަރު ކުދިންނަށް މެސެޖް ކުރުމުގެ ފީޗާ ނީންނަގޮތް ހެދުންވެސް މެޓައިން ޓެސްޓުކުރާނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ.

ފޭކް އެކައުންޓުތަކަށް ފިޔަވަޅު ނަގާފައިވާ މިންވަރު، ފޭސްބުކް، ސްޓެޓިސްޓާ - 2023

އެކުންފުނިން ހާމަކޮށްފައިވާ ސަސްޕިޝިއަސް އެކައުންޓު ދެނެގަންނާނެ ގޮތެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ކުރިން ބްލޮކް ކޮށްފައި ހުރި އެކައުންޓުތަކާއި ފުރާވަރު ކުދިން ރިޕޯޓުކޮށްފައި ހުރި އެކައުންޓުތައް މި ކެޓަގަރީގައި ހިމެނިގެންދާނެކަމުގައި މެޓައިން ބުނެއެވެ.

މީގެ އިތުރަށް މެޓައިން ހާމަކޮށްފައިވަނީ އެކުންފުނިން އެން.ސީ.އެމް.އީ.ސީ (ނެޝަނަލް ސެންޓަރ ފޯރ މިސިން އެންޑް އެކްސްޕްލޮއިޓެޑް ޗިލްޑްރެން) އާއި އެކު ގްލޯބަލް ޕްލެޓްފޯމެއްގައި މަސައްކަތްކުރާނެ ކަމަށެވެ. މިއީ ހުއްދައާއި ނުލައި ލެވިފައި ހުންނަ ފޮޓޯތައް ހުއްޓުމަކަށް ގެނައުމަށް ކުރެވިގެންދާނެ މަސައްކަތެކެވެ.

ފޭސްބުކްގެ ސްޕޯކްސްޕާސަން ހާމަކޮށްފައިވަނީ މިބަދަލާއިއެކު ފުރާވަރު ކުދިންގެ އެކައުންޓުން ޕްރައިވެޓް ރިޕޯޓެއް ޖެނެރޭޓްކޮށް ޝެއާކުރަން ބޭނުންނުވާ ފޮޓޯތައް އެން.ސީ.އެމް.އީ.ސީގެ ޕްލެޓްފޯމް މެދުވެރިކޮށް ރައްކާކޮށް ޑިޓެކްޓްކުރެވޭނެ ގޮތެއް ހަމަޖެހިގެންދާނެއެވެ. މިއީ އެކުދިންގެ ޑިވައިސްތަކުން އޮރިޖިނަލް ފޮޓޯތައް ނުނަގާ ކުރެވިގެންދާ ކަމެއް ކަމުގައިވެސް އޭނާ ހާމަކުރިއެވެ.

މިފަދަ ބަދަލު މީސްމީޑިއާ އެޕްލިކޭޝަންތަކައް އައިކަމުގައިވިޔަސް ފުރާވަރު ކުދިންނަށް ޒިންމާދާރު ގޮތެއްގައި އޮންލައިން އެކްޓިވިޓީ ބެހެއްޓުމަށް ނަސޭހަތްތެރި ވާންޖެހެއެވެ. ސައިބާ ސެކިއުރިޓީއަކީ ވަރަށް ފުންކޮށް ވިސްނައި ސަމާލުކަން ބަހައްޓަންޖެހޭ ކަމެކެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.