2021 ވަނަ އަހަރު ބޮޑެތި ކްރިޕްޓޯކަރަންސީތަކަށް އަލަށް އޯލްޓައިމް ހައިތަކެއް ގެނައުމަށް ފަހު، 2022 ވަނަ އަހަރަކީ ވެބް3 އަށް ގޮންޖެހުންބޮޑު އަހަރެކެވެ. ފޯކާސްޓް ވަނީ ބްލޮކްޗެއިން ޓެކްނޮލޮޖީގެ ގާބިލުކަމާ މެދު ވިސްނައި، 2023 ވަނަ އަހަރުގެ ޓްރެންޑްތަކާ ބެހޭ ގޮތުން ކްރިޕްޓޯ އިންޑަސްޓްރީގެ ތަޖުރިބާކާރުންނާ ވާހަކަ ދައްކައިފައެވެ. މި ލިޔުމުގައި ހިމަނާލާފައި ވަނީ 2023 ވަނަ އަހަރާއި އަދި އެއަށް ވުރެ ދުރަށް ނަޒަރު ހިންގާލާނަމަ ކްރިޕްޓޯކަރަންސީގަ ހުރި މިސްރާބުގެ ވާހަކައެވެ.
2022 ވަނަ އަހަރު ކްރިޕްޓޯކަރަންސީ އިންޑަސްޓްރީއަށް ކުރިމަތިވި ކަޅު އަނދިރި ކަންކަމުގެ ތެރޭގައި ޓެރާ-ލޫނާ ވެއްޓުމާއި، ކްރިޕްޓޯކަރަންސީ އެކްސްޗޭންޖް އެފްޓީއެކްސް ވެއްޓުމާއި، އޭގެ ފަހުން އެ އިންޑަސްޓްރީގެ ބާނީ ކްރިޕްޓޯގައި އެންމެ ގިނަ ބައެއްގެ ތައުރީފު ލިބިފައިވާ ސޭމް-ބޭންކްމަން ފްރީޑްގެ ހައްޔަރު ކުރުން ހިމެނެއެވެ.
ވެބް3 އެޑޮޕްޓް ކުރާ ޓްރެޑިޝަނަލް ކުންފުނިތަކުން ކްރިޕްޓޯގެ ފިނި މޫސުން ނިމުމަކަށް ގެނެއުން
"2022 ވަނަ އަހަރު އަޅުގަނޑަށް ފެނުނީ ވެބް2 ގެ ގިނަ ކުންފުނިތަކުން ކްރިޕްޓޯ ޕޭމަންޓް ބަލައިގަނެ، އެންއެފްޓީ (ނޮން-ފަންގިބަލް ޓޯކަން) ފަދަ ބްލޮކްޗެއިން އިނޮވޭޝަންތައް އެ މީހުންގެ ހިދުމަތަށް އިތުރުކުރާތަން. މިއީ ބްލޮކްޗެއިން ޓެކްނޮލޮޖީއަށް ގިނަ ބަޔަކު ހޭލުންތެރިވާ ވަރަކަށް އިތުރުވަމުން ދާނެ ޓްރެންޑެއް،" ބްލޮކްޗެއިންގެ މިއުޒިކް ކްރައުޑްފަންޑިން ޕްލެޓްފޯމް ކޮރައިޓްގެ ހެޑް އޮފް ގްރޯތު އެލެކްސް އޮނުފްރިޗުކް ވިދާޅުވިއެވެ.
"ކުރިއަށް އޮތް "ކްރިޕްޓޯ ސަމާ"ގެ ތަޅުދަނޑިއަކީ އާދައިގެ ވެބް2 ކުންފުނިތަކުން ވެބް3 އެލިމެންޓްތައް މާސް އެޑޮޕްޓް ކުރުން. މި ޓްރާންސިޝަން ހަލުވިވަމުން އަންނަ ވަރަކަށް އެވްރެޖް ކޮށް ބޭނުންކުރާ މީހާއަށް ފަސޭހަވާގޮތަށް އިންޓަފޭސްތައް ޑިޒައިން ކުރުމާއި ތަޖުރިބާތައް ހިއްސާކުރުމަށް އިތުރު ސަމާލުކަމެއް ލިބިގެންދާނެ،" އޮނުފްރިޗުކް ވިދާޅުވިއެވެ.
"އެޑޮޕްޓް ކުރަން ފެށެނީ މައިގަނޑު ތިން ކޮމްޕޯނެންޓަކުން: ސިމްޕްލިސިޓީ ސެކިއުރިޓީ އަދި އެޕްލިކަބިލިޓީ. އަޅުގަނޑުމެންނަށް މިދިމާލަށް ޓްރެންޑެއް ފެނޭ، އަދި ވެބް2 ގެ ޚިދުމަތުން ބައެއް "ބެސްޓް ޕްރެކްޓިސް" އިންހެރިޓްވޭ. މީހުން ކުރިން ކުރާ ކަންތައްތަކާއި އާ ކަމެއް އެއްކޮށްލުމުގެ ގާބިލުކަމަކީ މުސްތަގުބަލުގެ ބްލޮކްޗެއިން ޓްރެންޑްތައް ކަނޑައެޅޭނެ ކަމެއް،" މަލްޓިޗެއިން ޑީސެންޓްރަލައިޒް އޮޓޮނޮމަސް އޯގަނައިޒޭޝަން (ޑީއޭއޯ) ބިނާކުރާ އެކްސްޑީއޭއޯގެ ފައުންޑާ އަދި ސީއީއޯ ވްލާޑް ޝަވްލިޑްޒޭ ވިދާޅުވިއެވެ.
އޭއެމްއެލްބޮޓް އެންޑް ކޮމްޕްލަޔަންސް ޕްރޮޓޮކޯލް ޕިއުރްފައިގެ ޗީފް އެގްޒެކެޓިވް އޮފިސަރު ސްލާވާ ޑެމްޗުކް ވިދާޅުވި ގޮތުގައި ހުއްދަ ދީފައިވާ ޕޫލްތަކާއި ޕިއުރްފައި ފަދަ ޑީސެންޓްލަރައިޒް ކޮމްޕްލަޔަންސް ޕްރޮޓޮކޯލްތަކުގެ ސަބަބުން މުއައްސަސާތަކުން ޑީސެންޓްލަރައިޒް ފައިނޭންސް (ޑީއީފައި) ވަރަށް ބޮޑަށް އެޑޮޕްޓް ކުރާނެ ކަމަށް އުންމީދު ކުރާކަމަށެވެ.
"ހުއްދަ ދީފައިވާ ޑީފައި ޕްރޮޓޮކޯލްތައް ޓްރެޑިޝަނަލް ބޭންކިން ސިސްޓަމްތަކުގެ ބެކްއެންޑްގެ ތެރޭގައި އިންޓަގްރޭޓް ކުރުމަކީ ކަސްޓަމަރުންނަށް މިހާރުގެ މާލީ ހިދުމަތްތަކަށް ވުރެ ހިތްގައިމު އަދި އިތުބާރު ހިފޭނެ ގޮތެއް ހޯދައިދިނުމަށް ޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް،" ޑެމްޗުކް ވިދާޅުވިއެވެ.
ގޭމިންގެ ސަބަބުން ކްރިޕްޓޯ އެޑޮޕްޝަން ކުރިއަށް ދާނެ
"ގޭމިން ވެގެންދާނީ ކްރިޕްޓޯ އެޑޮޕްޝަންގެ ބޮޑު ޑްރައިވަރަކަށް، އަދި އާންމުގޮތެއްގައި އެކި ބާވަތުގެ އެންއެފްޓީތަކުން ބްލޮކްޗެއިން ތަމްސީލުކުރާ ގޮތަށް." އަނިމޯކާ ބްރޭންޑްސްގެ ކޯފައުންޑާ އަދި އެގްޒެކެޓިވް ޗެއާމަން ޔަޓް ސިއު ވިދާޅުވިއެވެ.
"ބާޒާރުގައި ފެންވަރު ރަނގަޅު ގޭމްތަކުގެ ބޮޑު ރާޅެއް އުފެދިގެން އަންނާނެ، އޭގެ ސަބަބުން މައިގަނޑު ގޮތެއްގައި މާސް އެޑޮޕްޝަން އިތުރުވާނެ. 2023 ވަނަ އަހަރު ކޮންމެވެސް ހިސާބަކުން އެކަން ފެނިގެންދާނެ، އަދި 2024 ވަނަ އަހަރަށް ދެމިގެން ގޮސްދާނެ. އެހެންވީމާ، އެ ސަބަބަށްޓަކައި އެތައް ސަތޭކަ މިލިއަން ބަޔަކު މިކަމުގެތެރެއަށް ވަންނާނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަން ޖެހޭ،" ސިއު ވިދާޅުވި އެވެ.
"ގޭމިން ކުރިއަރާނެ، އެކަމަކު އެތެރިއަމް ނެޓްވޯކް ފިޔަވައި އެހެން ތަނަކުން ޕޮލިގަންގައި ވެސް ވެދާނެއެވެ. ވޭތުވެދިޔަ އަހަރެއް ނުވަތަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ގޭމިން ކުންފުނިތަކަށް ބޮޑު އިންވެސްޓްމަންޓެއް ވަނީ ކޮށްފައެވެ. ގޭމް ކުޅޭ މީހުން އެންމެ ފުރަތަމަ އަންނާނީ އޭޝިއާ އިން، ދެން އެންމެ ފަހުން އުތުރު އެމެރިކާއިން،" އެންއެފްޓީގެ ޑޭޓާ އެގްރިގޭޓާ ކްރިޕްޓޯސްލަމްގެ ފައުންޑާ އަދި ސީއީއޯ ރެންޑީ ވަސިންޖާ ވިދާޅުވިއެވެ.
"ޑިޖިޓަލް ކަރަންސީ ބޭނުންކޮށްގެން ގިނަ އޮންލައިން ޓްރާންސެކްޝަންތައް ގޭމް ކުޅޭ މީހުންނަށް މިހާރުވެސް އެނގޭ، ބްލޮކްޗެއިން ބޭސްޑް ގޭމްތަކުގައި ބައިވެރިވުމަށް ވަރަށް ޝައުގުވެރިވޭ އަދި މާކެޓް މިހާރުވެސް އެހާ ބޮޑު، 2.5 ބިލިއަނަށް ވުރެ ގިނަ ވީޑިއޯ ގޭމް ޕްލޭޔަރުން ތިބޭއިރު ބްލޮކްޗެއިން ގޭމިން ކުރިއެރުމުގެ ފުރުސަތު ވަރަށް ބޮޑު،" ޕްލޭ-ޓު-އާން ގޭމް އެލިއަން ވޯލްޑްސްގެ ކޯފައުންޑަރ އަދި ސީއީއޯ ސާރޯ މެކްކެނާ ވިދާޅުވިއެވެ.
"ގޭމިން އާއި މެޓާވާސް އެޕްލިކޭޝަންތަކަކީ ވެސް ހަލުވި ކުރިއެރުމެއް ހޯދަމުން އަންނަ އެޕްލިކޭޝަންތަކެއް ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ކްރިޕްޓޯ ފިނި މޫސުމުގައި ވެސް ކްރިޕްޓޯކަރަންސީ ބޭނުންކުރާ މީހުންގެ އަދަދު 2023 ވަނަ އަހަރު ވެސް އިތުރުވާނެ ކަމަށް އުންމީދު ކުރަން،" މެކްކެނާ ވިދާޅުވިއެވެ.
އެތެރިއަމް ސޮފްޓްވެއާ ފާމް ކޮންސެންސިސްގެ ހެޑް އިކޮނޮމިސްޓް ލެކްސް ސޮކޮލިން ވިދާޅުވި ގޮތުގައި ގޭމިން ވެގެންދާނީ ކުރިއަށް އޮތް ތަނުގައި ކަންކަން އިނޮވޭޓް ކުރާ އެއް ދާއިރާ އަށެވެ.
ޑީއޭއޯ ތަކަށް އޭގެ ފުރިހަމަ ގާބިލުކަމާ ހަމައަށް ވާސިލްވެވިދާނެ
"ޑީއޭއޯއަކީ 2023 ވަނަ އަހަރުގެ އެންމެ މުހިންމު ޑިވެލޮޕްމަންޓް ޓްރެންޑަށް ވެދާނެ. 'އެލިއަން ވޯލްޑްސް' ޑީއޭއޯ ބޭސްޑް އިންތިޚާބެއްގައި ބައިވެރިވުމަކީ ދުނިޔޭގެ ކައުންސިލަށް ކުޅުންތެރިއަކު ހޮވުމާއި، ނިންމުންތައް ނިންމުމުގައި ދައުރެއް އަދާކުރުމާއި، ޓްރެޜަރީ ފަންޑުގެ ޚަރަދުތައް ބެލެހެއްޓުމުގެ ފުރުޞަތު ފަހިކޮށްދޭ ކަމެއް. މިބާވަތުގެ އާ ފުރުސަތަކީ މިހާރުވެސް އަޅުގަނޑުމެންގެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޔޫޒަރުންގެ އެކްޓިވިޓީ ލެވެލް ތައް ހަރުދަނާކުރަން ފަށާފައިވާ ފުރުސަތެއް،" މެކެނާ ވިދާޅުވިއެވެ.
"2023 ވަނަ އަހަރު އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ޑީއޭއޯތަކުން ސެންޓްރަލައިޒޭޝަނާއި ކްރިޕްޓޯ އިންޑަސްޓްރީގައި ދެފުށް ފެންނަ ގޮތެއް ނެތުމުގެ މައްސަލަތަކަށް ހައްލެއް ހޯދައިދޭނެތީ. ކުންފުނިތައް ޑީއޭއޯއަށް ނެރޭނީ ޒިންމާދާރުކަން އިތުރުކޮށް ދެފުށް ފެންނަ ގޮތަށް،" އެކްސްޑީއޭއޯގެ ޝަވްލިޑްޒޭ ވިދާޅުވިއެވެ.
"އެޕްލިކޭޝަންތަކަށް ބަލާއިރު، ޑީއޭއޯތަކަށް ބޭނުންތެރި އިގްތިސާދީ މުދާ އުފެއްދުމަށް މަގުފަހިކޮށްދޭ ވަސީލަތްތައް އިތުރުވުމަކީ އެކަށީގެންވާ ކަމެއް. އޭގެ ތެރޭގައި ޕޭރޯލްގެ ފައިނޭންޝަލް ޓޫލިން އާއި ގަވަނަންސް މެނޭޖްމަންޓް ޕްލެޓްފޯމްތަކާއި އެހެނިހެން އޮން ޗެއިން ކޮލަބަރޭޝަން ސޮފްޓްވެއާތައް ވެސް ހިމެނޭ،" ސޮކޮލިން ވިދާޅުވިއެވެ.
އެންއެފްޓީއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ
"2023 ވަނަ އަހަރު، އަޅުގަނޑު އުންމީދު ކުރަން ސެކަންޑަރީ މާކެޓް ޓްރާންސެކްޝަންތަކުގައި މަޖުބޫރު ރޯޔަލްޓީއަށް ވުރެ ބޮޑަށް ކްރިއޭޓަރުންނަށް އެޑްވާންސް ރެވެނިއު މޮޑެލްތަކެއް ލިބޭނެ ކަމަށް، ހާއްސަކޮށް އާޓް ނޫން ޑިޖިޓަލް އެސެޓްތަކަށް، އަދި ޑިޖިޓަލް އެސެޓް ކްލާސްތަކުގެ ފުޅާ ރޭންޖެއް އުފެދިގެން ދިއުން، ގާތްގަނޑަކަށް އެންއެފްޓީގެ ގޮތުގައި އެ މީހުންގެ ފަންގިބަލް ކައުންޓަރޕާޓްސްގެ ބަދަލުގައި އެކްސްކްލޫސިވްކޮށް އެންއެފްޓީގެ ގޮތުގައި ޓޯކަން ކުރެވިފައި ވުން،" ކްރިޕްޓޯސްލަމްގެ ވަސިންޖާ ވިދާޅުވިއެވެ.
"ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ގިނަ އިންޑަސްޓްރީތަކުން ބޮޑެތި ނަންތަކެއް މިކަމުގައި ބައިވެރިވާނެ ކަމަށް އުންމީދު ކުރަން ޖެހޭ. މިސާލަކަށް މެއިންސްޓްރީމް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި އޭއޭއޭ ގޭމް ސްޓޫޑިއޯތަކުން މިހާރުވެސް ދަނީ އެންއެފްޓީ ބޭނުންކޮށްގެން އެކްސްޕެރިމެންޓް ކުރަމުން،" ކޮރައިޓްގެ އޮނުފްރިޗުކް ވިދާޅުވިއެވެ.
"އެންއެފްޓީތަކަށް ތަފާތު ވައްތަރުގެ އެޕްލިކޭޝަންތައް އަންނަނީ އުފައްދަމުން. އެއީ ހަމައެކަނި ފައިސާ ވައްދާ ފޮޓޯތަކެއް ނޫން ކަމަށާއި އަދި އުއްމީދަކީ ޒަމާނާ އެކު އޭގެ އަގު ބޮޑުވާނެ ކަމަށެވެ. އެއީ ހަމައެކަނި އެކަން ކުރާ އެސެޓަކަށް ނުވުން، އޭގެ ބަދަލުގައި އެއީ ޑީސެންޓްރަލައިޒް އިންޓަނެޓްގެ ކުރިއަށް އޮތް ވާޝަނަކަށް ވެގެންދާނެ ލެގޯ ބްލޮކްތައް،" ތާރީހީ ނޮންފަންގިބަލް ޓޯކަންތަކަށް އަލިއަޅުވާލާ ކުންފުންޏެއް ކަމަށްވާ އާޓިފެކްޓް ލެބްސްގެ ފައުންޑާ އަދި ސީއީއޯ ގެރީ ލިއު ވިދާޅުވިއެވެ.
"ޑިޖިޓަލް އިގްތިސާދުތައް އުފެދެން ފަށައި، އެންއެފްޓީ ފަދަ ޑިޖިޓަލް މުދާ ކުރިއަރަމުން ދާނެ. އިންޓަނެޓް ފްލެޓް ވެބްސައިޓްތަކުން އިންޓަރެކްޓިވް ކްލައުޑް ސޮފްޓްވެއާއަށް ދިޔަ ގޮތަށް ޓޯކަންތައް ފްލެޓް ޑިޖިޓަލް މުދަލުގެ ބަދަލުގައި މާ އިންޓަރެކްޓިވް، ކަސްޓަމައިޒް އަދި އިންޓެލިޖެންޓް ޑިޖިޓަލް އޮން ޗެއިން އެޖެންޓުންނަށް ތަރައްގީވާނެއެވެ. ޖެނެރޭޓިވް އޭއައި އިން ވެބް3 އާ މާނަހުރި ގޮތެއްގައި މުއާމަލާތް ކުރާތަން ނުފެނުނު ނަމަވެސް ޓެކްނޮލޮޖީތަކުން އުއްމީދީ އޯވަލެޕްތަކެއް ފެންނާނެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭ،" ކޮންސެންސިސްގެ ސޮކޮލިން ވިދާޅުވިއެވެ.
ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް