ނިއު ހޮލެންޑްގެ އާ ޓްރެކްޓަރު ހިންގަނީ ލިކުއިފައިޑް މީތޭން އިން ކަމަށާއި އޭގެ ސަބަބުން ދަނޑުވެރިންނަށް ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކޮށް އަގުބޮޑު ޑީސަލް ގަތުމަށް ބޭނުންކުރާ ފައިސާ ރައްކާކުރެވޭނެއެވެ.
އެ ކުންފުނިން ބުނަނީ އެއީ ހަމައެކަނި އޭގެން ލިބޭ ފައިދާ ނޫން ކަމަށާއި، ގެރި ގުއި އިން ފަސޭހައިން ތެޔޮ އުފެއްދޭ އިރު، މިކަމުގެ ސަބަބުން ތިމާވެށި ރައްކާތެރިކޮށް ސިނާއަތުގެ ސާކިއުލާގައި ރަނގަޅު އިކޮނޮމިކް މޮޑެލްއަކަށް މަގު ފަހިކޮށްދޭނެ ކަމަށެވެ.
270 އެޗްޕީގެ މި ޓްރެކްޓަރަކީ ސްޓޭންޑަޑް ޑީސަލް އިން ދުއްވާ ވާޝަންތަކުގެ ޕާފޯމަންސް އާއި އެއްވަރު ޓްރެކްޓަރެކެވެ. މި ގްރައުންޑްބްރޭކިން މެޝިނަކީ ބަޔޯމީތޭން އުފެއްދުމުގެ ދިރާސާތައް ކޮށް ތަރައްގީ ކުރަމުން އަންނަ އިނގިރޭސި ވިލާތުގެ ކުންފުންޏެއް ކަމަށްވާ ބެނަމަން އިން އުފެއްދި މެޝިނެކެވެ.
100 ގެރިފަދަ ކުޑަ ޖަނަވާރެއްގެ ވޭސްޓް ބައިޕްރޮޑަކްޓްތަކުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ބަޔޯމީތޭން ސްޓޯރޭޖް ޔުނިޓުން ފިއުޖިޓިވް މީތޭން ނަމަކަށް ކިޔާ ތެލަކަށް ބަދަލުކުރެއެވެ.
ޓްރެކްޓަރުގައި ހަރުކޮށްފައިވާ ކްރަޔޮޖެނިކް ޓޭންކެއްގެ ސަބަބުން މިތޭން ލިކުއިޑް ސިފައިގައި 162- ޑިގްރީ ސެލްސިއަސްގައި ބަހައްޓައި، ވެހިކަލަށް ޑީސަލް އިން ލިބޭ ބާރާއި އެއްވަރު އިރު، އެމިޝަން ސޭވިންގްސް ވަރަށް ބޮޑުއެވެ.
ކޯންވޯލްގެ ފާމެއްގައި ޕައިލެޓް ރަންއެއްގައި ކާބަން ޑައިއޮކްސައިޑް ބޭރުކުރާ މިންވަރު 2،500 މެޓްރިކް ޓަނުން 500 މެޓްރިކް ޓަނަށް ކުޑަކުރި އިރު، އެންމެ އަހަރެއްގެ ތެރޭގައި ކާބަން ޑައިއޮކްސައިޑް ބޭރުކުރާ މިންވަރު ވަނީ ދަށްވެފައެވެ.
"ޓީ7 ލިކުއިޑް މީތޭން ފިއުލްޑް ޓްރެކްޓަރަކީ ހަގީގީ ދުނިޔޭގައި ފުރަތަމަ އަދި ދުނިޔޭގެ ދަނޑުވެރިކަމުގެ ސިނާއަތް ޑީކާބޯނައިޒްކޮށް ސާކިއުލާ އިގްތިސާދެއް ހަގީގަތަކަށް ހެދުމަށް އެޅުނު އިތުރު ފިޔަވަޅެއް،" ބެނަމަންގެ ކޯ ފައުންޑަރު ކްރިސް މަން ވިދާޅުވި އެވެ.
އަދި މި ޓެކްނޮލޮޖީގެ ބޭނުން ފުޅާ ދާއިރާއެއްގައި ކުރެވޭތޯ ވެސް އެ ކުންފުނިން ބަލަމުން އަންނަ ކަމަށާއި އުއްމީދަކީ ކޮންމެވެސް ދުވަހަކުން މި ޓެކްނޮލޮޖީ ބޭނުންކޮށްގެން ރަށްފުށުގެ ތަންތަނުގައި އިލެކްޓްރިކް އުޅަނދުތައް ޗާޖު ކުރެވޭނެ ގޮތް ހެދުން ކަމަށެވެ. އަދި ދަތުރުފަތުރާއި ދަނޑުވެރިކަން ފަދަ ބާވަތްތަކަށް ތެލުގެ ގޮތުގައި ބަޔޯމީތޭން މުސްތަގުބަލުގައި ބޭނުންކުރެވޭނެ ގޮތްތައް ވެސް ހެދުން ކަމަށެވެ.
ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް