ޔޫއެސް ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަންގެ ކޮމްޕިއުޓަރ ސިސްޓަމް ތަކަށް ދިމާވި މައްސަލައެއްގައި މުޅި އެމެރިކާގައި ފްލައިޓް އުދުހުންތައް ކުއްލިގޮތަކަށް ބުދަ ދަވަހު މެދުކެނޑިއްޖެއެވެ. އެހެންނަމަވެސް އޭގެ ގަޑިއިރުތަކެއް ފަހުން މުޅި އެމެރިކާގެ ހުރިހާ ހިސާބުތަކެއްގެ ފްލައިޓްތަކަށް ނެރުނު ގްރައުންޑިން އޯޑަރެއް އުވާލިނަމަވެސް އެތައް ހާސް ފްލައިޓްތަކަށް އެކަމުގެ އަސަރު ވަނީ ކޮށްފައެވެ.
އެފްއޭއޭ އިން ނެރުނު އަމުރުގެ ސަބަބުން ގާތްގަނޑަކަށް 5،000 ފްލައިޓް ޑިލޭވެފައިވާއިރު، ގާތްގަނޑަކަށް 900 ފްލައިޓް ކެންސަލް ކުރި ކަމަށް ފްލައިޓް ޓްރެކިން ވެބްސައިޓް ފްލައިޓްއެވޭއާ އިން ބުނެ އެވެ.
އެފްއޭއޭއިން ބުނީ ފުރަތަމަ މައްސަލަ ދިމާވި ސަބަބު ބެލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ގްރައުންޑިންގްތަކުގެ އަސަރު ގާތްގަނޑަކަށް ހުރިހާ މަތިންދާބޯޓުތަކަށް ކުރި އިރު، އޭގެ ތެރޭގައި ޝިޕިން އާއި ފަސިންޖަރުންގެ ދަތުރުތައް ވެސް ހިމެނެ އެވެ.
އެމެރިކާގައި ބުދަ ދުވަހު 21،000 އަށް ވުރެ ގިނަ ފްލައިޓް އުދުހެން ހަމަޖެހިފައިވާއިރު، ގިނައީ އެތެރޭގެ ދަތުރުތައް ކަމަށާއި، ގާތްގަނޑަކަށް 1،840 ބައިނަލްއަގްވާމީ ފްލައިޓް އެމެރިކާއަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭވިއޭޝަން ޑޭޓާ ފަރުމާއެއް ކަމަށްވާ ސިރިއަމް އިން ބުނެ އެވެ.
ވައިޓް ހައުސްއިން ސައިބަރ އެޓޭކެއްގެ އެއްވެސް ހެއްކެއް ނެތް ކަމަށް ފުރަތަމަ ބުނި ނަމަވެސް، ރައީސް ބައިޑަން ވަނީ އެ މައްސަލަ މެދުކަނޑާލި ސަބަބު ތަހުގީގު ކުރުމަށް ޑިޕާޓްމަންޓް އޮފް ޓްރާންސްޕޯޓޭޝަނަށް އަންގާފައެވެ.
އަނބިކަނބަލުންނާއެކު މެޑިކަލް ޕްރޮސީޖަރަކަށް ދިއުމަށް ވައިޓް ހައުސްއިން ފުރުމުގެ ކުރިން ބައިޑަން ވިދާޅުވީ ޓްރާންސްޕޯޓޭޝަން ސެކްރެޓަރީ ޕީޓް ބުޓިގޭގް އޭނާއަށް މައުލޫމާތު ދެއްވައިފި ކަމަށާއި، ގޯސްވީ ކޮން ކަމެއް ކަން އަދިވެސް އޮފިޝަލުންނަށް ދެނެގަނެވިފައި ނުވާ ކަމަށެވެ.
އެ އިދާރާއިން ބުނީ ބައެއް ފަންކްޝަންތައް އަލުން ލައިނަށް އަންނަން ފެށި ނަމަވެސް "ނޭޝަނަލް އެއާސްޕޭސް ސިސްޓަމްގެ އޮޕަރޭޝަންތައް އަދިވެސް ލިމިޓެޑް" ކަމަށެވެ.
ޔުނައިޓެޑް އެއާލައިންސް އިން ބުނީ އެތެރޭގެ ހުރިހާ ފްލައިޓެއް ވަގުތީ ގޮތުން ލަސްކޮށްފައިވާ ކަމަށާއި އެފްއޭއޭ އިން އިތުރު މައުލޫމާތު ލިބުމުން އަޕްޑޭޓެއް ނެރޭނެ ކަމަށެވެ. އެމެރިކަން އެއާލައިންސް އިން ބުނީ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
ފްލައިޓެއް ފެށުމުގެ ކުރިން ޕައިލެޓުން ނޯޓަމްސް ނުވަތަ ނޯޓިސް ޓު އެއާ މިޝަންސް އާއި މަޝްވަރާ ކުރަން ޖެހެ އެވެ. ކުރިން އެ ނިޒާމު ކުރިއަށް ގެންދިޔައީ ފޯނުން ކަމަށްވާއިރު، ޕައިލެޓުން އެ މައުލޫމާތު ހޯދުމަށް ޚާއްސަ ފްލައިޓް ސާވިސް ސްޓޭޝަންތަކަށް ގުޅާ ނަމަވެސް މިހާރު ވަނީ އޮންލައިންކޮށް ބަދަލުވެފަ އެވެ.
“އަހަރެން ދުވަހަކުވެސް ހަނދާނެއް ނުވޭ ނޮޓަމް ސިސްޓަމް މިގޮތަށް ޑައުން ކުރި ކަމެއް. އަހަރެން އުދުހޭތާ 53 އަހަރު ވެއްޖެ،” ކުރީގެ އެއާލައިން ޕައިލެޓެއް އަދި މިހާރު އޭވިއޭޝަން-ސޭފްޓީ ކޮންސަލްޓަންޓެއް ކަމަށްވާ ޖޯން ކޮކްސް ބުންޏެވެ.
އެފްއޭއޭގެ ލަފާތަކުން ދައްކާ ގޮތުގައި ނޯޓަމް ސިސްޓަމް ފެއިލްވީ ހަވީރު 5:28 ހާއިރު އެވެ. އެއާފޯސްގެ ތަރުޖަމާނު އޭން ސްޓެފަނެކް ވިދާޅުވީ އެމެރިކާގެ އަސްކަރީ ފްލައިޓްތަކަށް އަސަރު ނުކުރީ އެފްއޭއޭގެ ނިޒާމާ ވަކިން އަސްކަރިއްޔާގައި އަމިއްލަ ނޯޓަމް ސިސްޓަމެއް އޮތުމުން ކަމަށެވެ.
އަޔަލޭންޑްގެ ކެރިއާ އެއާ ލިންގަސް އިން ބުނީ އެމެރިކާއަށް ދޭ ހިދުމަތްތައް ކުރިއަށްދާ ކަމަށާއި ޑަބްލިން އެއާޕޯޓްގެ ވެބްސައިޓުން ދައްކާ ގޮތުގައި ލޮސް އެންޖެލިސް، ޝިކާގޯ، ބޮސްޓަން އަދި ނިއުވާކް އަށް ކުރާ ދަތުރުތައް ޝެޑިއުލް އަށް ކުރިއަށްދާ ކަމަށެވެ.
"އެއާ ލިންގަސް އިން ރާވާފައި ވަނީ މިއަދު ޝެޑިއުލް ކޮށްފައިވާ ގޮތަށް ޓްރާންސްއެޓްލާންޓިކް ހުރިހާ ފްލައިޓެއް ވެސް އޮޕަރޭޓް ކުރަން،" ކެރިއާ އިން ތައްޔާރުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވެ އެވެ. “އަޅުގަނޑުމެން މޮނިޓަރ ކުރަމުން ގެންދާނަން އެކަމަކު އެމެރިކާގައި ދިމާވާ ޓެކްނިކަލް މައްސަލައިގެ ސަބަބުން އަޅުގަނޑުމެންގެ ހިދުމަތަށް އެއްވެސް ބުރޫއެރުމެއް އަންނާނެ ކަމަށް އަޅުގަނޑުމެން ލަފާ ނުކުރަން.”
އެފްއޭއޭއިން ބުނީ ކުރިއެރުން ލިބޭ ވަރަކަށް ގިނަގިނައިން އަޕްޑޭޓްތައް ފޯރުކޮށްދޭނެ ކަމަށެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.