ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްސަ ސްޓާޓްއަޕް މުބާރާތް

ސައިބަރޓެގް 29 ޖެނުއަރީ 2023

ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ (ޔޫއެންޑަބްލިޔުޓީއޯ) އާއި އިންސްޓިޓިއުޝަން ފެރިއަލް ޑި ކެނަރިއާސް (އިންފެކާރ) ގުޅިގެން މި ސްޓާޓްއަޕް މުބާރާތުގައި ޖަޒީރާ މަންޒިލްތަކަށް ކުރިމަތިވެފައިވާ ކޮމްޕްލެކްސް ގޮންޖެހުންތަކަށް ޖަވާބުތަކާއި ސްމާޓް ހައްލުތައް ފޯރުކޮށްދިނުމަށް އެންމެ ދެމެހެއްޓެނިވި، އިނޮވޭޓިވް އަދި ޑިސްޓްރަޕްޓިވް ވިޔަފާރީގެ މޮޑެލްތައް ހޯދަމުންދެއެވެ.

މިގޮތުން ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްސަ ސްޓާޓްއަޕް މުބާރާތެއް ވަނީ އިއުލާނުކޮށްފައެވެ. މިމުބާރާތުގެ ބޭނުމަކީ ޖަޒީރާ މަންޒިލްތަކުގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ކޮމްޕްލެކްސް ގޮންޖެހުންތަކާއި ގުޅޭ އިނޮވޭޓިވް އަދި ސްމާޓް ސޮލިއުޝަންތައް ހުށަހެޅުމަށް މަގުފަހިކޮށްދިނުމަށް ޓޫރިޒަމް ވެލިއު ޗޭންގެ ހުރިހާ ސްޓާޓްއަޕްތަކާއި ވިޔަފާރިވެރިންގެ ސަމާލުކަން ޚާއްސަކޮށް ހޯދުމެވެ.

މި މުބާރާތުގައި ޖަޒީރާ މަންޒިލްތަކަށް އިތުރު ދެމެހެއްޓެނިވި ގޮތެއްގައި އިނޮވޭޓިވް އަދި ސްމާޓް ސޮލިއުޝަންތައް ފޯރުކޮށްދެވޭނެ ދުނިޔޭގެ އެކި ކަންކޮޅުތަކުން ވިޔަފާރިވެރިންނާއި ސްޓޭކްހޯލްޑަރުން ހޯދާނެ އެވެ. މި ގޮވާލުން ކުރިއަށް ގެންދާނީ ޖަޒީރާ މަންޒިލްތަކުގެ ފަތުރުވެރިކަމުގެ އިކޯސިސްޓަމްގެ ޕޯސްޓް ޕެންޑެމިކް ރިކަވަރީ އާއި ރެސިލިއެންސް އަށް އެހީތެރިވެދޭ ފަރާތްތައް ދެނެގަނެ އެހީތެރިވެދިނުމަށެވެ.

ބައިވެރިންގެ ކެޓެގަރީތައް:

ޑީޕް ޓެކް: ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން، ޚާއްސަކޮށް ޖަޒީރާ މަންޒިލްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ބަދަލުވުމުގެ ބޭނުންތެރިކަން ވަނީ ހާމަވެފައެވެ. މިކަން ހާސިލް ކުރެވޭނީ އިޖުތިމާއީ، ސަގާފީ، އަދި ތިމާވެށީގެ އަސަރުތައް މެނޭޖްކުރުމަށް އާ ޓެކްނޮލޮޖީތަކާއި ޑިޖިޓަލް ޓޫލްސްތައް ތައާރަފްކޮށްގެންނެވެ. މި ކެޓަގަރީއިން ހޯދަނީ ފަތުރުވެރިކަން ބަދަލުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމަކީ އާ އުސޫލަކަށް ހެދުމަށް އެހީތެރިވެދޭނެ އިނޮވޭޓިވް ސްޓާޓްއަޕްތަކެކެވެ.

އައިލެންޑް ޑެސްޓިނޭޝަންތަކަށް އިނޮވޭޝަން އެންޑް ޑިޖިޓަލައިޒޭޝަން ފަތުރުވެރިކަން އަލުން ބިނާކުރުމަކީ ޖަޒީރާ މަންޒިލްތަކަށް ކުރާ އަސަރު ލީވަރކޮށް، އިނޮވޭޝަން، ޑިޖިޓަލައިޒޭޝަން، ސަސްޓެއިނަބިލިޓީ، އަދި ޕާޓްނަޝިޕްތަކުގެ ތެރެއިން އިތުރަށް ރެސިލިއަންޓް ކޮމިއުނިޓީތަކާއި ވިޔަފާރިތައް ބިނާކުރުމަށް ފޯކަސްކޮށްގެން ޓްރާންސްފޯމަޝަންގެ ފުރުސަތެކެވެ. މިކެޓަގަރީއިން ހޯދަނީ ފުޅާދާއިރާއެއްގައި ދެމެހެއްޓެނިވި ތަރައްގީގެ އެޖެންޑާގެ ތެރެއިން އަދި ޖަޒީރާ މަންޒިލްތަކަށް ހާއްސަކޮށްގެން ފަތުރުވެރިކަމަށް ރެސިލިއެންސް ހަރުދަނާކުރުމާއި، އިންކްލޫސިވްނެސް ރަނގަޅުކުރުމާއި، ލޯކަލް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ވަސީލަތްތައް ރަނގަޅަށް ބެލެހެއްޓުމުގެ ފުރުސަތުތައް ފޯރުކޮށްދޭ އިނޮވޭޝަން އަދި ޑިޖިޓަލް ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ސްމާޓް ސޮލިއުޝަންތައް ތަރައްގީކުރާ ސްޓާޓްއަޕްތަކެކެވެ.

ފައިނަލިސްޓުންނަށް އެމީހުންގެ ހައްލުތައް ޕިޗް ކުރުމަށް ދައުވަތު ދެވޭނީ ސްޕެއިންގެ ކެނެރީ އައިލެންޑްސްގެ ގްރާން ކެނެރިއާގައި 16 މާރޗް 2023 ގައެވެ.

ބައިވެރިވުމުގެ ޝަރުތުތައް

-ޖަޒީރާ މަންޒިލްތަކުގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވެލިއު އެޑެޑް އަދި ދެމެހެއްޓެނިވި ހައްލުތައް ފޯރުކޮށްދޭ ޠަބީޢަތުގައި އިނޮވޭޓިވް/ޑިސްރަޕްޓިވް ވުން

-ޚާއްޞަކޮށް ބްލޫ އަދި ގްރީން އިޤްތިޞާދުތަކުގެ ތެރޭގައި އާ ޓެކްނޮލޮޖީތަކުގެ އަސަރު ބޭނުންކުރުން،

-ޖަޒީރާ މަންޒިލްތަކުގައި ފަތުރުވެރިކަމުގެ އިގްތިސާދީ އަސަރުތައް ބޭނުންކުރުމަށް ބަދަލު އަދި ފުރިހަމަ ވިޔަފާރީގެ މޮޑެލްތައް ހުށަހެޅުން،

-ސްކޭލް ކުރެވޭ ގޮތަށް ހުރުން: ބައިނަލްއަޤްވާމީ ކުރިއެރުމުގެ ފުރުޞަތު އޮތުމާއި ޖަޒީރާ މަންޒިލްތަކުގައި ބޭނުންކުރެވޭނެ ފުރުޞަތު އޮތުން،

-އަރލީ ސްޓޭޖް ނުވަތަ ސީރީޒް އޭ ސްޓާޓްއަޕްސް އަކަށް ވުން

-މިނިމަމް ވިއޭބަލް ޕްރޮޑަކްޓެއް ނުވަތަ ޑިވެލޮޕްކޮށް ފައިސާ ހޯދުމަށް ތައްޔާރަށް ހުރި ޚިޔާލެއް ހުރުން،

-ޓެސްޓްކޮށްފައިވާ ޕައިލެޓެއް އަދި ބިޒްނަސް ޕްލޭނެއް އޮތުން،

-ފުލްޓައިމް ޓީމެއް އޮތުން.

މޮޅުވާ ފަރާތްތަކަށް ލިބޭ އިނާޔަތް

-ޔޫއެންޑަބްލިޔުޓީއޯ އާއި ޓޮޕް ޕާޓްނަރުންގެ ފަރާތުން މެންޓަރޝިޕް ދިނުން

-ސްޓާޓްއަޕް އަށް ޚާއްޞަ ސަޕޯޓް

-ޔޫއެންޑަބްލިޔުޓީއޯ އިނޮވޭޝަން ނެޓްވޯކްގެ މެމްބަރަކަށް ވުން

-ޓޫރިޒަމް އޮންލައިން އެކަޑަމީގެ ސްކޮލަރޝިޕްގެ ފުރުސަތުތައް

އިތުރު މައުލޫމާތު: https://www.unwto.org/unwto-tourism-tech-adventures-canarias-2023

މި މުބާރާތުގެ ރަޖިސްޓްރޭޝަން ޑެޑްލައިންއަކީ 27 ފެބްރުއަރީ 2023އެވެ.

މި މުބާރާތާއި ގުޅިގެން މިނިސްޓްރީ އޮފް ޓުއަރިޒަމުން ވަނީ ސަރކިއުލަރ އެއް ނެރެފައެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިނިސްޓްރީގެ އިންޑަސްޓްރީ ހިއުމަން ރިސޯސަސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް ސެކްޝަންގެ +960 3022245 ނުވަތަ iihr@tourism.gov.mv އަށް ގުޅުއްވުމަށް މިނިސްޓްރީއިން އެދިލައްވައެވެ.


ސައިބަރޓެގް

ސައިބަރޓެގް

ޓެކްނޮލޮޖީ ދާއިރާގެ މަސައްކަތްތެރިއެއް. ޓެކޮނޮލޮޖީއިން ގެނުވާ ބައިބައިވުން ކުޑަކުރުމަށް މަސައްކަތްކުރަން.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.