ފޮޓޯގްރަފީ މުބާރާތަކުން އޭއައި އިމޭޖަކަށް އެއްވަނަ ލިބިއްޖެ!

އަޙްމަދު ދާއޫދު 18 ފެބްރުއަރީ 2023

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފެއްދި ފޮޓޯއަކަށް ބައިނަލް އަޤުވާމީ ފޮޓޯ މުބާރާތަކުން އެއްވަނަ ލިބިއްޖެއެވެ.

މަތީގައި އެވާ ފޮޓޯއަކީ އާޓް ވޯލްޑްގެ ވިސްނުން ހިފަހައްޓައިދިން ލޭންޑްމާކް އިވެންޓެއްގައި ބައިވެރިކުރި ، އޭއައި އިން އުފެއްދި ފޮޓޯއެކެވެ. މި ފޮޓޯއިން ފެންނަނީ އިރު އޮއްސުނު ވަގުތު ދެ ސާފަރުން މޫދަށް ނުކުންނަ މަންޒަރެވެ. ރީތި ހިތްގައިމު ކުލަތަކުން ޖަރީވެފައިވާ ގުދުރަތީ މަންޒަރުތަކާއެކު އަޖައިބުވާފަދަ ރީތިކަމެއް ގެނެސްދިފައިވާ މިފޮޓޯއަކީ މުޅިން އާޓިފިޝަލް ތަސްވީރެއް ކަމަށްވާތީ ހަގީގީ ދުނިޔޭގައި އޭގެ އެއްވެސް ކަމެއް ފެންނާކަށް ނެތެވެ.

View this post on Instagram

A post shared by digiDirect (@digidirect)

އިލެކްޓްރޯނިކްސް ކުންފުންޏެއް ކަމަށްވާ "ޑިޖިޑައިރެކްޓް" އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މި މުބާރާތް ކާމިޔާބު ކުރިކަން އިއުލާންކޮށްފައިވަނީ އެ ކުންފުނީގެ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށެވެ. މި ފޮޓޯ އަކީ އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން ސްޕެޝަލައިޒްވެފައިވާ ސިޑްނީގެ ކުންފުންޏެއް ކަމަށްވާ އެކްސޯޓަލް އޭއައި އިން އުފައްދާފައިވާ ފޮޓޯއެކެވެ. އެ ކުންފުނިން ބުނި ގޮތުގައި މި ފޮޓޯ ފަރުމާކޮށްފައި ވަނީ އޭއައިގެ ތަޖްރިބާ އާއި މޮޅުކަން ހުރީ ކިހާ ހިސާބަކަށްކަން ގޮސްފައިކަން ދައްކުވައިދޭ ޓެސްޓެއްގެ ގޮތުގައެވެ.

ފޮޓޯ މުބާރާތުން އެއްވަނަ ލިބުނުކަން އެނގުމުން އެ ފޮޓޯ އުފެއްދި ކުންފުނިންވަނީ އެފޮޓޯގެ ހަޤީޤަތް ހާމަކޮށްދިފައެވެ. މި އެވޯޑް އިއުލާނު ކުރުމާ އެކު، އެ ކުންފުނިން ނިންމީ އެ ފޮޓޯއަކީ މުޅިންވެސް އޭއައި އިން އުފައްދާފައިވާ ފޮޓޯއަކަށްވާތީ އިނާމަށް ލިބުނު ފައިސާ އަނބުރާ ދިނުމަށެވެ. އެ ކުންފުނިން ނެރުނު ރަސްމީ ބަޔާނެއްގައި ބުނީ މި މުބާރާތަށް ނުކުތީ 15 ވަނަ ގަރުނުގެ ކުރެހުންތެރިއެއް ކަމަށްވާ "ދަ އެޑޯރޭޝަން އޮފް ދަ މިސްޓިކް ލެމްބް" އުފެއްދި ކުރެހުންތެރިއެއް ކަމަށްވާ ޖަން ވެން އައިކޭގެ ނަމުގައި ކަމަށެވެ. އެ ކުންފުނިން ބޭނުންވީ އޭއައި ޖެނެރޭޓެޑް އިމޭޖަކީ ހަމައެކަނި ހަގީގަތެއްގެ ގޮތުގައި ފާސްވެ، އެ ދާއިރާގެ ތަޖުރިބާކާރުން ޖަޖުކުރާ ފޮޓޯގްރަފީ މުބާރާތެއް ވެސް ކާމިޔާބު ކުރެވިދާނެ ތޯ ބެލުމަށެވެ. އެކުންފުނިން މިވަނީ އެކަން ކާމިޔާބުކޮށް އޭއައިގެ މޮޅުކަން ޔަޤީންކޮށްދީފައެވެ.

ފޮޓޯގްރަފީ އާއި އާޓްގެ ދުނިޔޭގައި މާ ފުޅާދާއިރާއެއްގައި އޭއައިގެ ބޭނުންކުރެވިދާނެކަން މި ހަރަކާތުގެ ސަބަބުން އެނިގެން ހިނގައްޖެއެވެ. އޮސްޓްރޭލިޔާގެ ނިއުސް.ކޮމް.އޭޔޫ އަށްދިން އިންޓަވިއުއެއްގައި މިފޮޓޯއުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރި ބޭފުޅާ ވަނީ އޭއައި އިން އުފައްދާ ފައިވާ ފޮޓޯގެ ކޮލިޓީއާ މެދު ހައިރާންވެ ބިރުވެރިކަން ވެސް ފާޅުކޮށްފަ އެވެ.

މި ފްރަންޓް ކަވަރަކީ މުޅިންވެސް އެއައި ޖެނެރޭޓްކޮށްފައިވާ ކަވަރެކެވެ. އިމޭޖް: ރެޕޮންސެސް ފޮޓޯ

ފޮޓޯ އާއި ބޭހޭގޮތުން މަޝްހޫރު ފޮޓޯގްރާފަރ ޖޭމީ ސެސަން ވިދާޅުވީ މިފޮޓޯ އުފެއްދި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ދަންނަވާނީ އެއީ ބިރުވެރި ކަމެއް ކަމަށެވެ. މިދާއިރާއިން އަޅުގަނޑު އުފައްދަވާފައިވާ މަސައްކަތްތަކަށް ފަސްއެނބުރި ބަލާލަތޯއެވެ. ތެދުތެދަށް ދަންނަވަންޏާ ދެންނެވޭނީ މިހުރިހާ ކަމެއް ވެސް ފެންނަނީ ވަރަށް ބޭސިކްކޮށް. ފޮޓޯގްރަފީ އެވޯޑް ވެސް އަޅުގަނޑަށް ލިބުނެވެ. ފިލްމް އުފެއްދުމާއި އެކަހަލަ ކަންތައްތަކުން ވެސް އެވޯޑްތައް ލިބުނު. އެކަމަކު ދަންނަވަންޖެހެނީ މެޝިނަކުން ޖެނެރޭޓް ކުރެވޭ ވަރުގެ ރަނގަޅު އެއްޗެހި އަދި މިހާތަނަށް އަޅުގަނޑުގެ ވިސްނުމަކަށް ނުފެނޭ،" އޭނާ ވިދާޅުވި އެވެ.

މި ކާމިޔާބީގެ ސަބަބުން އުފެއްދުންތެރިކަމުގެ މުސްތަގުބަލާ މެދު މުހިންމު ސުވާލުތަކެއް އުފެދި، މެޝިންތައް އެންމެ ފަހުން މި ދާއިރާއިން އިންސާނުން ފަހަތަށް ޖައްސާލާނެތޯ ސުވާލު އުފެދެ އެވެ. ބައެއް ފަރާތްތަކުން ލަފާދެނީ އިންސާނުން އުފައްދާ އާޓް ކޮންމެވެސް އެއްދުވަހަކުން އޭއައި އިން އުފައްދާ އާޓަށް މުޅިން ބަދަލުކުރެވިދާނެ ކަމަށެވެ. މިފަދަ މަންޒަރެއް ދުރުކަމަށް ހީވިޔަސް، އޭއައި ޓެކްނޮލޮޖީގެ ކުރިއެރުމުގެ ސަބަބުން އުފެއްދުންތެރި ޚިޔާލުފާޅުކުރުމުގެ މަންޒަރަށް ހަލުވިކަމާއެކު ބަދަލުތަކެއް އަންނަކަން އެނގެއެވެ.

އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން އަޅުގަނޑުމެންނަށް މިއާދެވުނީ ކިހާ ހިސާބަކަށްކަން އެވޯޑް ލިބުނު މި ތަސްވީރުން ވަރަށް ރީތިކޮށް ސާފުވެއެވެ. މިއީ މި ޓެކްނޮލޮޖީތަކުގެ ސަބަބުން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުގެ ބިރުވެރި އިންޒާރެކެވެ. އެއްކަމެއް ޔަގީނެވެ. އާޓް އާއި ފޮޓޯގްރަފީގެ ދުނިޔެ ދެން ދުވަހަކުވެސް އިންސާނުންގެ އަތްމައްޗަކަށް ނުގެނެވޭނެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.