ދުނިޔޭގައި އެންމެ ވަރުގަދަ 10 ކުލައުޑް ޕްރޮވައިޑަރުން

ޝުޖާޢަތު ރަޝީދު 18 ފެބްރުއަރީ 2023

ފަހަކަށް އައިސް ހަލުވިކަމާއެކު ކުރިއަރަމުން އަންނަ މި ވިލާގަނޑަކީ ގިނަ ވިޔަފާރިތަކުގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާގެ މުހިންމު ބަޔަކަށްވެ، އެ ވިޔަފާރިތަކުގެ ކޮމްޕިއުޓިން ބޭނުންތަކަށް ހަރަދު ކުޑަ އަދި ސްކޭލެބަލް ސޮލިއުޝަންތައް ފޯރުކޮށްދެއެވެ.

ދުނިޔޭގެ ފެންވަރުގައި ކްލައުޑް އިންފްރާސްޓްރަކްޗަރ ފޯރުކޮށްދޭ އެންމެ މޮޅު 10 ކުންފުންޔަށް ބަލާލާނަމެވެ. މިއީ އެކުންފުނިތަކުގެ މާކެޓް ޙިއްޞާއަށް ބިނާކޮށެވެ.

10. ޑެލް ޓެކްނޮލޮޖީސް

މާކެޓް ޝެއާ: %2>

ޑެލް ޓެކްނޮލޮޖީސް ކުލައުޑް، ވީއެމްވެއާ އިން ޕަވާޑް، ޕްރައިވެޓް، ޕަބްލިކް އަދި އެޖް ކްލައުޑް އިންފްރާސްޓްރަކްޗާގައި ކޮންސިސްޓެންޓް މެނޭޖްމަންޓް ފޯރުކޮށްދީ، ކަސްޓަމަރުންނަށް ކޮންމެ އެޕްލިކޭޝަނަކަށް ވެސް އެންމެ ރަނގަޅު މާހައުލެއް އިޚްތިޔާރުކޮށް، ކޭސް ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދެ އެވެ.

އޭޑަބްލިއުއެސް، މައިކްރޮސޮފްޓް އަޒޫރު އަދި ގޫގުލް ކްލައުޑް ޕްލެޓްފޯމް ފަދަ ބޮޑެތި ކުލައުޑް ޕްރޮވައިޑަރުންނަށް އެ ކުންފުނީގެ ޕްލެޓްފޯމަށް 4،200 އަށް ވުރެ ގިނަ ސަޕޯޓް ލިބެ އެވެ.

އެ ކުންފުނީގެ އެޕެކްސް ސޮލިއުޝަނުން ޑެލް ޓެކްނޮލޮޖީސްގެ ތަޖުރިބާ ބޭނުންކޮށްގެން ވިޔަފާރިތަކަށް ހައިބްރިޑް ކުލައުޑް އެޑޮޕްޓް ކުރުމަށް ފަސޭހަ އަދި ރައްކާތެރި މަގެއް ފަހިކޮށްދެ އެވެ.

9. ވާވޭ ކުލައުޑް

މާކެޓް ޝެއާ: %2

ވާވޭ ކުލައުޑަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލިބެން ހުރި ގިނަ ޒޯންތަކަކަށް ފެތުރިފައިވާ، ފުލް ކަނެކްޓެޑް، ހައި ސްޕީޑް އަދި ސްޓޭބަލް ނެޓްވޯކްތަކާއި ހިދުމަތްތައް ފޯރުކޮށްދޭ ކުންފުންޏެކެވެ.

ޗައިނާ އިންޓަނެޓް ވޮޗުން ބުނި ގޮތުގައި 2021 ވަނަ އަހަރު ޗައިނާ ކްލައުޑް އިންފްރާސްޓްރަކްޗާ ސާވިސް ހަރަދުގައި ވާވޭ ކްލައުޑްގެ މާކެޓް ހިއްސާ އަކީ 18 ޕަސެންޓެވެ.

މިދިޔަ އަހަރު އެ ކުންފުނިން ވަނީ "ގޯ ކުލައުޑް، ގޯ ގްލޯބަލް" ޕްލޭންތައް ތައާރަފްކޮށް ދުނިޔޭގެ 170 ގައުމަކާއި ސަރަހައްދެއް ކަވަރުކުރަން ނިންމާފައިވާކަން އިއުލާނުކޮށްފަ އެވެ.

8. ޓެންސެންޓް ކުލައުޑް

މާކެޓް ޝެއާ %2

ޓެންސެންޓް ކުލައުޑަކީ ދުނިޔޭގެ ވިޔަފާރިތަކަށް ޗައިނާގައި ކާމިޔާބު ހޯދައިދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭ ކުލައުޑް ފޯރުކޮށްދޭ އެއް ކުންފުންޏެވެ.

ޗައިނާގެ އެކި ކަންކޮޅުތަކުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވުމާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ ބައިނަލްއަޤްވާމީ އެންގޭޖްމަންޓް ޓީމްތަކާއި، ޒަމާނުއްސުރެ އެކުންފުނީގެ ޔޫޒަރ ބޭސްއަށް އެންމެ ފުރިހަމަ ޑިޖިޓަލް އެންގޭޖްމަންޓް ފޯރުކޮށްދިނުމުގައި ވަރަށް ބޮޑަށް ހިފެހެއްޓިފައިވާ ޓެންސެންޓް ކްލައުޑުން ވަނީ ބާރުގަދަ އަދި ހަރުދަނާ ކުލައުޑް ސޮލިއުޝަނެއް ފޯރުކޮށްދީފައެވެ.

އެއް ބިލިއަނަށް ވުރެ ގިނަ މީހުން ބޭނުންކުރާ ޓެންސެންޓުން އަންނަނީ އެ ކުންފުނީގެ ފްލެގްޝިޕް ޕްރޮޑަކްޓްތައް ކަމަށްވާ ކިއުކިއު އަދި ވީޗެޓް މެދުވެރިކޮށް އެތައް ސަތޭކަ މިލިއަން ބަޔަކަށް ހިދުމަތް ފޯރުކޮށްދެމުންނެވެ.

7. އޮރެކަލް ކުލައުޑް

މާކެޓް ޝެއާ: %2

އޮރެކަލް ކުލައުޑަކީ އޮރެކަލް ކޯޕަރޭޝަނުން ހިންގާ ޑޭޓާ ސެންޓަރުތަކުގެ ގްލޯބަލް ނެޓްވޯކް މެދުވެރިކޮށް ސާވާ، ސްޓޯރޭޖް، ނެޓްވޯކް، އެޕްލިކޭޝަން އަދި ހިދުމަތް ތައް ފޯރުކޮށްދޭ ކުލައުޑް ކޮމްޕިއުޓިން ހިދުމަތެކެވެ.

އޮރެކަލް ކުލައުޑް އިންފްރާސްޓްރަކްޗާ (އޯސީއައި) އަކީ ދުނިޔޭގެ ޑޭޓާ ސެންޓަރުތަކުގެ އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ނެޓްވޯކް އެކެވެ.

މި ނެޓްވޯކްގައި 41 ކުލައުޑް ރީޖަން ލިބެން އެބަހުއްޓެވެ. އަދި މީގެ އިތުރުން، 100 އަށް ވުރެން ގިނަ ކުލައުޑް އިންފްރާސްޓްރަކްޗާއާއި ޕްލެޓްފޯމްގެ ހިދުމަތް ފޯރުކޮށްދޭ ނެޓްވޯކެއް ކަމުގައި އޮރެކަލް ކުލައުޑް ފާހަގަކުރެވެއެވެ.

6. ސޭލްސްފޯސް

މާކެޓް ޝެއާ: %3

ސޭލްސްފޯސް އަކީ ކަސްޓަމާ ރިލޭޝަންޝިޕް މެނޭޖްމަންޓް (ސީއާރްއެމް) ސޮފްޓްވެއާގެ ދާއިރާއިން ސްޕެޝަލައިޒްވެފައިވާ ކްލައުޑް އިންފްރާސްޓްރަކްޗާ ޕްރޮވައިޑަރެކެވެ.

ސޭލްސްފޯސް ޕްލެޓްފޯމްގައި ހަދާފައިވާ އެކުންފުނީގެ ސަރވިސް ކްލައުޑް ސޮލިއުޝަން މެދުވެރިކޮށް ސަރވިސް ޕްރޮސެސްތައް އޮޓޮމޭޓްކޮށް، ވޯކްފްލޯތައް ސްޓްރީމްލައިންކޮށް، ކަސްޓަމަރ ސަރވިސް އެޖެންޓުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ މުހިންމު ލިޔުންތަކާއި މައުޟޫޢުތަކާއި މާހިރުން ހޯދުމުގެ ފުރުޞަތު ލިބިގެންދެއެވެ.

ސަރވިސް ކްލައުޑްގެ ސަބަބުން ކަސްޓަމަރުންގެ ޙަރަކާތުގެ އެއް ވިއުއެއް އުފައްދައި، ފީލްޑް ސަރވިސް، ވެބް ޗެޓް، ސީޓީއައި އަދި ސޯޝަލް ކަސްޓަމަރ ސަރވިސްއަށް ބޭނުންވާ ވަސީލަތްތައް ބޭނުންކޮށްގެން ވެސް ޗެނަލްތަކުގައި ކަސްޓަމަރުންގެ ޚިދުމަތުގެ އެފިޝަންސީ އިތުރުކުރުމަށް ވިޔަފާރިތަކަށް މަގުފަހިކޮށްދެއެވެ.

5. އައިބީއެމް ކުލައުޑް

މާކެޓް ޝެއާ: %3

އައިބީއެމް ކުލައުޑް ޕްލެޓްފޯމްގައި ޕްލެޓްފޯމް އެޒް އަ ސާވިސް (ޕާސް) އާއި އިންފްރާސްޓްރަކްޗާ އެޒް އަ ސާވިސް (އައި.އޭ.އޭ.އެސް) އެއްކޮށް އިންޓަގްރޭޓެޑް އެކްސްޕީރިއަންސެއް ފޯރުކޮށްދެ އެވެ.

މި ޕްލެޓްފޯމް ސްކޭލްކޮށް، ކުދި ޓީމުތަކާއި ޖަމިއްޔާތަކަށާއި ބޮޑެތި އެންޓަޕްރައިޒް ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެ އެވެ.

އައިބީއެމް ކުލައުޑުން މިޝަން-ކްރިޓިކަލް ވޯކްލޯޑްތައް ހިންގުމަށް ޓަކައި ހަލުވި ކަމާއެކު ޑެލިވަރީ ކުރެވޭނެ ގޮތްތަކާއި އެކު، މަތީ ފެންވަރުގެ ކޮމްޕްލަޔަންސް، ސެކިއުރިޓީ އަދި މެނޭޖްމަންޓަށް މަގުފަހިކޮށްދޭ ސޮލިއުޝަންތައް ފޯރުކޮށްދެ އެވެ.

އުތުރު އަދި ދެކުނު އެމެރިކާ، ޔޫރަޕް، އޭޝިއާ އަދި އޮސްޓްރޭލިއާގެ މަލްޓިޒޯން ސަރަޙައްދުތަކާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑޭޓާ ސެންޓަރުތަކުގައި ލިބެން ހުންނަ އައިބީއެމް ކުލައުޑަކީ ނެކްސްޓް ޖެނެރޭޝަން ހައިބްރިޑް ކްލައުޑް ޕްލެޓްފޯމާއި އެޑްވާންސް ޑޭޓާ އަދި އޭއައި ކެޕޭބިލިޓީސް އަދި 20 އިންޑަސްޓްރީއެއްގެ އެންޓަޕްރައިޒް ތަޖުރިބާ ހިމެނޭ ވިޔަފާރިއަށް އެންމެ އޯޕަން އަދި ރައްކާތެރި ޕަބްލިކް ކުލައުޑެކެވެ.

4. އަލީބާބާ ކުލައުޑް

މާކެޓް ޝެއާ: %5

2009 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އުފެއްދި އަލީބާބާ ކުލައުޑުން ވަނީ ބޮޑެތި އަދި ކުދި ވިޔަފާރިތަކާއި މާލީ އިދާރާތަކާއި ސަރުކާރުތަކާއި އެހެނިހެން ޖަމިއްޔާތަކުގެ ނެޓްވޯކިން އާއި މައުލޫމާތުގެ ބޭނުންތައް ފުއްދުމަށް ފްލެކްސިބަލް، ހަރަދު ކުޑަ ހައްލުތަކެއް ފޯރުކޮށްދޭ ހައި ސްކޭލެބަލް ކުލައުޑް ކޮމްޕިއުޓިން އަދި ޑޭޓާ މެނޭޖްމަންޓް ގެ ހިދުމަތްތައް ތަރައްގީކޮށްފަ އެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް އީ-ކޮމާސް ކުންފުނި ކަމަށްވާ އަލީބާބާ ގްރޫޕްގެ ވިޔަފާރިއެއް ކަމަށްވާ އަލީބާބާ ކުލައުޑުން އަލީބާބާ ގްރޫޕްގެ ފުޅާ އޮންލައިން އަދި މޮބައިލް ކޮމާސް އިކޯސިސްޓަމަށް ބާރުދޭ ނެޓްވޯކް ހިންގައި، މި އިކޯސިސްޓަމްގައި ބައިވެރިވާ ވިއްކާ ފަރާތްތަކާއި އެހެނިހެން ތިންވަނަ ފަރާތުގެ ކުންފުނިތަކަށް އެހީތެރިވުމުގެ ގޮތުން ކްލައުޑް ކޮމްޕިއުޓިންގެ ހިދުމަތްތަކުގެ ފުރިހަމަ ސުއިޓެއް ވިއްކަ އެވެ.

3. ގޫގަލް ކުލައުޑް ޕްލެޓްފޯމް

މާކެޓް ޝެއާ: %11

ގޫގުލް އިން ފޯރުކޮށްދޭ ގޫގުލް ކްލައުޑް ޕްލެޓްފޯމަކީ ގޫގުލް ސާޗް، ޖީމެއިލް، ގޫގުލް ޑްރައިވް އަދި ޔޫޓިއުބް ފަދަ އެންޑް ޔޫޒާ ޕްރޮޑަކްޓްތަކަށް ގޫގުލް އިންޓާނަލީ ބޭނުންކުރާ އިންފްރާސްޓްރަކްޗާގައި ހިންގާ ކްލައުޑް ކޮމްޕިއުޓިން ހިދުމަތްތަކުގެ ސުއިޓެކެވެ.

މެނޭޖްމަންޓް ޓޫލްސްގެ ސެޓެއްގެ އިތުރުން ކޮމްޕިއުޓިން، ޑޭޓާ ސްޓޯރޭޖް، ޑޭޓާ އެނަލިޓިކްސް އަދި މެޝިން ލާނިން ފަދަ މޮޑިއުލާ ކުލައުޑް ހިދުމަތްތައް ވެސް އެ ކުންފުނިން ފޯރުކޮށްދެ އެވެ.

ގޫގުލް ކުލައުޑް ޕްލެޓްފޯމަކީ ގޫގުލް ކުލައުޑް ޕްލެޓްފޯމް ޕަބްލިކް ކުލައުޑް އިންފްރާސްޓްރަކްޗާގެ އިތުރުން ގޫގުލް ވޯކްސްޕޭސް (ޖީ-ސުއިޓް) އާއި އެންޑްރޮއިޑް އަދި ކްރޯމްއޯއެސްގެ އެންޓަޕްރައިޒް ވާޝަންތަކާއި އެމްއެލް އަދި އެންޓަޕްރައިޒް މެޕިން ހިދުމަތްތަކަށް ބޭނުންވާ އޭޕީއައި ހިމެނޭ ގޫގުލް ކުލައުޑްގެ ބައެކެވެ.

2. މައިކްރޮސޮފްޓް އެޒުއާ

މާކެޓް ޝެއާ: %21

މައިކްރޮސޮފްޓްގެ އެޒުއާ ޕްލެޓްފޯމް 2010 ވަނަ އަހަރު ރަސްމީކޮށް ނެރުނު އިރު، ކޮމްޕިއުޓް، އެނަލިޓިކްސް، ސްޓޯރޭޖް އަދި ނެޓްވޯކިން ފަދަ ކްލައުޑް ހިދުމަތްތައް ލިބެން ހުރެއެވެ.

200 އަށް ވުރެ ގިނަ އުފެއްދުންތަކާއި ކްލައުޑް ގެ ހިދުމަތްތައް އެކުލެވިގެންވާ މި ޕްލެޓްފޯމަކީ ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތައް މެނޭޖްކޮށް، ޖަމިއްޔާތަކުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެހީތެރިވެދޭ ޕްލެޓްފޯމެކެވެ. މިއީ ހުރިހާ އިންޑަސްޓްރީއަކަށް ވެސް އެހީތެރިކަން ފޯރުކޮށްދޭ ވަސީލަތްތަކުގެ އިތުރުން އޯޕަން ސޯސް ޓެކްނޮލޮޖީއާ އެއްގޮތް ވަސީލަތްތައްވެސް ހިމެނޭ ޕްލެޓްފޯމެކެވެ.

މައިކްރޮސޮފްޓުން ބުނި ގޮތުގައި ފޯޗޫން 500 ކުންފުނީގެ 95 ޕަސެންޓް ކުންފުނި އިތުބާރު ކުރެވޭ ކްލައުޑް ހިދުމަތަށް އެޒުއާއަށް ބަރޯސާވާ އިރު، ހުރިހާ ސައިޒަކާއި މެޗޫރިޓީއެއްގެ ކުންފުނިތަކުން ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި މި ޕްލެޓްފޯމް ބޭނުންކުރެ އެވެ.

1. އޭ.ޑަބްލިއު.އެސް

މާކެޓް ޝެއާ: %34

މައިކްރޮސޮފްޓް އެޒުއާ އާއި ޖީސީޕީ އަށް ވުރެ މާކެޓް ހިއްސާ އެއްކޮށްގެން އެމެޒޯން ވެބް ސާވިސަސް ފުޅާވެ، އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރާ ކްލައުޑް ކޮމްޕިއުޓިން ޕްލެޓްފޯމަކަށް މިވަނީ ވެފައެވެ.

2002 ވަނަ އަހަރު ރަސްމީކޮށް ތައާރަފްކުރި އޭ.ޑަބްލިއު.އެސް އިން މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޑޭޓާ ސެންޓަރުތަކުން 175 އަށް ވުރެ ގިނަ ފުރިހަމަ ހިދުމަތްދެއެވެ. މި ޖަމިއްޔާއިން ދުނިޔޭގެ އެކި 190 ގައުމެއްގެ އެތައް ލައްކަ ކަސްޓަމަރުންނަށް ހިދުމަތް ދެ އެވެ.

މި ދާއިރާގައި ލީޑަރެއްގެ ގޮތުގައި ފާހަގަކުރެވޭ، އެހެން އެއްވެސް ކްލައުޑް ޕްރޮވައިޑަރަކުން ލޯ ލެޓެންސީ، ހައި ތްރޫޕުޓް، އަދި ހައި ރިޑަންޑެންޓް ނެޓްވޯކިންގ އިން ގުޅިފައިވާ މަލްޓިޕަލް އެވެލެބިލިޓީ ޒޯންތައް ހިމެނޭ އެހާ ގިނަ ސަރަޙައްދުތަކެއް ހުށަހަޅާފައެއް ނުވެއެވެ. މިކަން ކުރަނީ ހަމައެކަނި އޭ.ޑަބްލިއު.އެސްއިންނެވެ.


ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.