ޗެޓްބޮޓްތަކާއި ޗެޓްޖީޕީޓީ ފަދަ އާޓިފިޝަލް އިންޓެލިޖެންސް ޓޫލްތައް ބޭނުންކޮށްގެން ގިނަ ބަޔަކު ދަނީ ސްކޫލް އެސައިންމެންޓްތަކާއި ގާނޫނީ ލިޔެކިޔުންތައް ފަދަ ތަފާތު އެތައް މަސައްކަތެއް ކުރަމުންނެވެ.
ޓެކްނޮލޮޖީގެ އާ އުފެއްދުންތައް ތައާރަފްވަމުންދާއިރު ގިނަ ބަޔަކު ކުރަންޖެހޭ މަސައްކަތްތައް އޮޓޮމޭޓްވެ، އެފަދަ މީހުންގެ ވަޒީފާތައް ދަނީ ގެއްލެމުންނެވެ. ނަމަވެސް އާ ޓެކްނޮލޮޖީގެ ސަބަބުން އެތަކެއް އާ ވަޒީފާވެސް އުފެދިގެންދެއެވެ.
ތިރީގައި ލިސްޓް ކުރެވިފައި ވަނީ ކައިރި މުސްތަގުބަލުގައި ޗެޓްޖީޕީޓީފަދަ އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން މުޅިން އޮޓޮމޭޓް ކުރެވިދާނެކަމަށް ބެލޭވޭ ވަޒީފާތަކެވެ.
1. ކޮމްޕިއުޓާރ ޕްރޮގްރާމިންގް
ޗެޓްޖީޕީޓީ އިން ޕްރޮގްރާމް އެޕްލިކޭޝަންތަކާއި ސޮފްޓްވެއާރތަކުގެ ކޯޑު ލިޔެވެއެވެ. އަދި ޗެޓްޖީޕީޓީ އަށް އިންސާނުން ލިޔާ ކޯޑުތަކުގައި ހުންނަ ކުށްތަށް ދެނެގަނެވެ، އެ ކޯޑުތައް ރަނގަޅުވެސް ކުރެވެއެވެ.
2. ބޭސިކް އީމެއިލް
ޗެޓްބޮޓް ބޭނުންކޮށްގެން އެޕޮއިންޓްމެންޓެއް ޝެޑިއުލް ކުރުމަށް ނުވަތަ ކެންސަލް ކުރުމަށް ފަސޭހައިން އީމެއިލް ލިޔެވޭ ކަމަށް ކޮލަމްބިއާ ބިޒްނަސް ސްކޫލޮގެ ޕްރޮފެސަރެއްކަމަށްވާ އޯޑެޑް ނެޓްޒާރ ބުނެފައިވެއެވެ.
"އެފަދަ އީމެއިލްތައް ލިޔުމަށް އެއްވެސް އުފެއްދުންތެރިކަމެއް ބޭނުމެއް ނުވޭ. އެހެންކަމުން އޭއައި ބޭނުންކުރުމުގެ ބަދަލުގައި އަމިއްލައަށް އެ އީމެއިލް ލިޔަންވީ ކީއްވެ؟" ނެޓްޒާރ އިތުރަށް ބުނެފައިވެއެވެ.
3. މީޑިއާ ޕްލޭނިންގް
ކްރިއޭޓިވް އިންޑަސްޓްރީތަކަށް ވެސް އޭއައިގެ އަސަރު ކުރުން އެކަށީގެންވެ އެވެ. ދުނިޔޭގެ އެންމެ ބޮޑު އިޝްތިހާރު އަދި ޕީއާރު ގްރޫޕްކަމަށްވާ ޑަބްލިއުޕީޕީގެ ފައުންޑަރު އަދި މަޝްހޫރު އިޝްތިހާރު އެގްޒެކެޓިވެއް ކަމަށްވާ ސަރ މާޓިން ސޮރެލް ދާދި ފަހުން ބޭއްވި ޕެނަލެއްގައި ވިދާޅުވީ ކުންފުނިތަކުން އިޝްތިހާރުކުރުމުގެ ފުރުސަތު ދެވޭގޮތް ފަސް އަހަރު ތެރޭގައި "ވަރަށް ފައިދާހުރި ގޮތަކަށް" އޮޓޮމޭޓްކުރެވޭނެކަމަށެވެ.
4. ގާނޫނީ މަސައްކަތް
ޗެޓްޖީޕީޓީ ބޭނުންތެރި ގޮތެއްގައި ގާނޫނީ ދާއިރާގައި ބޭނުންކުރެވޭނޭކަމަށް އޭއައިގެ ތަޖުރިބާކާރުންގެ އިތުރުން ގާނޫނީ ދާއިރާގެ ފަންނީ ބޭފުޅުންވެސް ވަނީ ދިދާޅުވެފައެވެ. އެގޮތުން ދާދި ފަހުން ޗެޓްޖީޕީޓީވަނީ ލޯ ސްކޫލް އިމްތިހާނަކުން ފާސްވެ، ޓެކްސޭޝަން ގާނޫން ފަދަ ތަފާތު އެކި ގާނޫނު ތަކާގުޅޭ މައުޟޫތަކަށް މަޒުމޫނު ލިޔެ، ރަނަގަޅު ނަތީޖާއެއް ހޯދާފައެވެ.
"ކުރަންޖެހޭ މަސައްކަތުގެ އަދަދު އިތުރުވެފައިވުމުގެ ސަބަބުން ގިނަ ވަކީލުން މިހާރު ދަނީ އާޓިފިޝަލް އިންޓެލިޖެންސްއިން ކުރެވިދާނެ މަސައްކަތްތައް ވަކިކުރަމުން." ގަނޫނީ ސޮފްޓްވެއާރ ކުންފުންޏެއްކަމަށްވާ އައިޔަންކްލެޑްގެ ކޯ-ފައުންޑާރ އަދި ޗީއީއޯ ޖޭސަން ބޮއޭމިގް ވިދާޅުވިއެވެ.
ކޯޕަރޭޝަންތަކުން ކުރަންޖެހޭ ހުރިހާ ގާނޫނީ މަސައްކަތްތަކެއް ކުރާވަރަކަށް ވަކީލުންނެއް ނެތް،" ބޮއޭމިގް އިތުރަށް ވިދާޅުވިއެވެ. "އަޅުގަނޑު ދެކޭގޮތުގައި ކައިރި މުސްތަގުބަލުގައި އޭއައިގެ ސަބަބުން ވަޒީފާތައް ގެއްލިގެންދާނީ ކުރިއަށް އޮތް ދިހަ އަހަރު ތެރޭގައި މަސައްކަތް ކުރުމުގެ އާ ގޮތްތަކަށް އެޑެޕްޓް ނުވާ ވަކީލުން."
ފްރީލޭންސް ލިޔުންތެރިޔެއް