އައު ޓެކްނޮލޮޖީ ތައް އަބަދުވެސް ދެ މަރުހަލާއެއް ކަޑައްތު ކުރެވެއެވެ. ފުރަތަމަ މަރުހަލާ އަކީ ޓެކްނޮލޮޖީ އައު ވުމާއި އެކު އަތް ޖައްސާލެވޭ ވަރަށް ވުރެއް މާމަތީގައި އަގުތައް ހުރުމެވެ. އަދި ވަރަށް މަދު ނުވަތަ ވަރަށް ޔަގީންކަން އޮތް ކުުންފުނިތަކުން ފިޔަވައި މި އައު ޓެކްނޮލޮޖީއާ ގާތެއް ނުވެއެވެ. ދެވަނަ މަރުހަލާ އަކީ ޓެކްނޮލޮޖީ ފައްކާވެ އަގު ތައް ކުޑަވާން ފެށުމެވެ. އަދި ގިނަ ބަޔަކު މި ޓެކްނޮލޮޖީ ބަލައިގަންނަން ފެށުމެވެ.
ފަތްޖަހާލެވޭ ފޯނުތައްވެސް މިހާރު މިވަނީ ފުރަތަމަ މަރުހަލާ ކަޑައްތުކޮށް ދެވަނަ މަރުހަލާއަށް ދިއުމަށް މިސްރާބު ފަށާފައެވެ. އޮޕޯ ފައިންޑް 2 ފްލިޕް ފޯނު ބާޒާރަށް ނެރުމާއި އެކުވެއެވެ. ޔޫރަޕުގެ ބާޒާރުގެ އަގަށް ބަލާލާއިރު މި ފޯނު އެންމެ 849 ޕައުންޑް އަށް ހުރި އިރު މިއީ އެހެން ފަތްޖަހާލެވޭ ފޯނު ތަކާއި އަޅާބަލާއިރު ބޮޑު އަގުހެޔޮ ވުމެކެވެ. އެންމެ ގާތުންވެސް ވާދަކުރާ މޮޓޮރޯލާ ރޭޒަރ އަށް ވުރެއް 100 ޕައުންޑް އަގުހެޔޮ ވެފައި މި ގިންތީގައި އެންމެ މަޤްބުލު ސަމްސަންގް ގެލެކްސީ ޒީ ފްލިޕް 4 އާއި އަޅާ ކިޔާލާ އިރު 150 ޕައުންޑް ގެ އަގުހެޔޮ ވުމެކެވެ.
ގިނަ ފަހަރު ބާޒާރުގައި ފޯނު އަގުހެޔޮ ވާއިރު އޭގެ ސްޕެސިފިކޭޝަން އަށް ބޮޑު ލޮޅުމެއްވެސް އަރައެވެ. އެހެން ނަމަވެސް ސްޕެސިފިކޭޝަން އަށް ބަލާއިރު އޮޕޯގެ ފަތްޖަހާލެވޭ ފޯނަކީ ޖޯރު ހުރި ފޯނެކެވެ. މީޑިއާޓެކް ޑިމެންސިޓީ 9000+ ޕްރޮސެސަރ އަކާއި 8 ޖީބީގެ ރެމް އަދި 256 ޖީބީ ގެ ސްޓޯރޭޖް ހިމެނޭ އިރު ފަތްޖަހާލެވޭ ފޯނުތަކުގެ ގިންތީގައި އެންމެ ބިޔަ ބެޓެރީވެސް ހިމެނެއެވެ. އެއީ 4300 މި އެމްޕިއަރ ގެ ބެޓެރިއެކެވެ. ފަތްޖަހާލާ ހުޅުތައް 4 ލައްކަ ފަހަރު ބޭނުން ކުރެވޭނެ ކަމުގެ އުންމީދާއި އެކު އެއީ އެހެނިހެން ފޯނުތަކަށް ވުރެއް ދެގުނަ އިތުރު އަދަދެކެވެ. ކެމެރާތަކަށް ބަލާލާއިރު 50މެގަޕިކްސެލް ގެ މައި ސެންސަރ އަކާއި އެކު 8 މެގަޕިކްސެލް އަލްޓްރާ ވައިޑް ކެމެރާ އެއް ފަހަތުގައި ވާއިރު 32 މެގަޕިކްސެޕް ސެލްފި ކެމެރާއެއް ހިމެނެއެވެ.
އަގަށް ބަލާލާއި ގޫގަލް ގެ ޕިކްސެލް 7 ޕްރޯ އާއި އައިފޯން 14 އަކާއި ދާދި އެއްހަމަ ވުމަކީ މިހާ ޅަ އަދި އައު ޓެކްނޮލޮޖީ ކަމުގައިވާ ފަތްޖަހަލާލެވޭ ފޮނު ބާޒާރާމެދު ގިނަ ބަޔެއްގެ އިތުރުބާރު އިތުރުވެގެން ދާނެ ކަމެކެވެ.
ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.