އައިފޯން 16: އަންޑަ ޑިސްޕްލޭ ފޭސް އައިޑީ ތަޢާރަފް ކުރަނީ

އަޙްމަދު ދާއޫދު 28 ފެބްރުއަރީ 2023

އެޕަލްގެ ކުރިއަށް އޮތް އައިފޯން 16 ޕްރޯ މޮޑެލްތަކަށް އަންޑަ ޑިސްޕްލޭ ފޭސް އައިޑީ ޓެކްނޮލޮޖީ ތައާރަފްކުރުމާއެކު ޑިޒައިން އޯވަހޯލްއެއް ލިބޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. ޑިސްޕްލޭ ކޮންސަލްޓަންޓް ރޮސް ޔަންގް މީގެ ކުރިން މިކަން އަންދާޒާކޮށްފައިވާއިރު، މިހާރު ދެކުނު ކޮރެއާގެ "ދަ އެލެކް" ގެ ރިޕޯޓަކުން އެކަން ކަށަވަރުކޮށްދެނީ އެޕަލް އިން ފޯނުގެ ޑިސްޕްލޭގެ ދަށުގައި ހުރި ފޭސް އައިޑީ ސެންސަރުތައް ފޮރުވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ސެމްސަންގްގެ ގެލެކްސީ ފްލިޕް 4 އަދި ގެލެކްސީ ފޯލްޑް 4 ގައި ހުންނަ އަންޑަ ޑިސްޕްލޭ ސެލްފީ ކެމެރާތަކާ އެއްގޮތަށް ސްމާޓްފޯން އުފެއްދުމުގެ މިހާރުގެ މަރުހަލާއާ އެއްގޮތް ޓެކްނޮލޮޖީއެކެވެ.

އައިފޯން 16 ޕްރޯ ލައިންއަޕަށް އަންޑަ ސްކްރީން ފޭސް އައިޑީ ތައާރަފްކުރާނެ ކަމަށް ބެލެވޭއިރު، ރިޕޯޓްތައް ބުނާ ގޮތުން އަންޑަ ޑިސްޕްލޭ ސެލްފީ ކެމެރާ އައިފޯނަށް އައުމަށް އިތުރު ވަގުތު ނަގާފާނެ އެވެ. އެ ރިޕޯޓުގައި އަންދާޒާކޮށްފައި ވަނީ އެޕަލް އިން 2025 ވަނަ އަހަރު ޕްރޯ ނޫން އައިފޯން ލައިންއަޕަށް އަންޑަޕެނެލް ފޭސް އައިޑީ އެޕްލައި ކޮށްފާނެ ކަމަށާއި، އެއީ އައިފޯން 17 ގެ ޑިޒައިނަށް ބަދަލުތަކެއް އަންނަން ފަށާނެ ކަމުގެ އިޝާރާތެއް ކަމަށެވެ.

އެޕަލް އިން ފޭސް އައިޑީ ޓެކްނޮލޮޖީ ތައާރަފްކުރީ 2017 ވަނަ އަހަރު އައިފޯން އެކްސް ތައާރަފްކުރުމުން، ފޯނު ބޭނުންކުރާ ފަރާތްތަކަށް ޕާސްވޯޑެއް ޖެހުމުގެ ބަދަލުގައި ފޯނަށް ބަލަހައްޓައިގެން މޮބައިލް ޑިވައިސްތައް އަންލޮކް ކުރުމުގެ ފުރުސަތު ލިބުމުންނެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގައި ފޭސް އައިޑީ ސެންސަރުތައް ފޯނުގެ ޑިޒައިނަށް އޮބްޓްރޫސިވް ވެފައި ވާއިރު، ކުރިއަށް އޮތް އައިފޯން 16 ޕްރޯ މޮޑެލްތަކާ އެކު އެ ސެންސަރުތައް ބަދަލުވެދާނެ ކަމަށް ބެލެވެއެވެ.

ފޯބްސްގެ ރިޕޯޓެއްގައި ވާގޮތުން އައިފޯން 16 ޕްރޯ މޮޑެލްތަކަށް އަންޑަ ޑިސްޕްލޭ ފޭސް އައިޑީ ޓެކްނޮލޮޖީ ތަޢާރަފްކުރާނެ ކަމަށް ފެންނައިރު، އަންޑަ ޑިސްޕްލޭ ސެލްފީ ކެމެރާތަށް އަތްފޯރާ ފަށަށް އައުމަށް އަދި ދުވަސްނަގާނެކަމަށް ބެލެވެއެވެ. އައިފޯން 18 ސީރީޒް ތައާރަފްކުރުމުގެ ގޮތުން 2026 ވަނަ އަހަރު އައިފޯންތަކަށް އެފަދަ ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެލެކް އިން ލަފާކުރެ އެވެ.

އެޕަލްގެ އައިފޯން 16 ޕްރޯ މޮޑެލްތަކަށް އަންޑަ ޑިސްޕްލޭ ފޭސް އައިޑީ ޓެކްނޮލޮޖީ ތައާރަފްކުރުމާއެކު ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ޑިޒައިނަށް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެ އެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.