އާޖެންޓީނާ ޓީމްގެ މެމްބަރުންނަށް އައިފޯން14 ޕްރޯ، މެސީ ދެނީ

އަޙްމަދު ދާއޫދު 05 މާރިޗު 2023

ގަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕް 2022 ގައި އާޖެންޓީނާއަށް ލިބުނު ތާރީހީ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ފުޓްބޯޅަ އައިކޮން ލިއޮނަލް މެސީވަނީ ގޯލްޑް ޕްލޭޓްޑް އައިފޯން 14 ޕްރޯގެ ފޯނު ސެޓެއް ކޮންމެ ކުޅުންތެރިއަކަށް ހަދިޔާ ކުރުމަށް ނިންމާފައި ކަމަށް އޮންލައިން ރިޕޯޓްތައް ބުނެފިއެވެ.

މޮބައިލް ފޯނު ކަސްޓަމައިޒް ކޮށްދޭ މަޝްހޫރު "އައިޑިޒައިން ގޯލްޑް"ގެ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ އެކުންފުނިން ރި ޑިޒައިންކޮށްފައިވާ (ކަސްޓަމައިޒް ކޮށްފައިވާ) އައިފޯން 14 ޕްރޯ މޮޑެލްގެ 35 ޔުނިޓަށް އާޖެންޓީނާގެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އޯޑަރު ކޮށްފައިވާ ކަމަށެވެ. އަދި މިއޯޑަރުގެ ދަށުން ޑިޒައިންކުރާ ފޯނުތައް ވޯލްޑް ކަޕް ކާމިޔާބުކުރި ސްކޮޑްގެ ކުޅުންތެރިންނަށް ހަދިޔާ ކުރާނެ ކަމަށްވެސް އެޕޯސްޓްގައި ބުނެފައިވެއެވެ.

View this post on Instagram

A post shared by 𝗜𝗗𝗘𝗦𝗜𝗚𝗡 𝗚𝗢𝗟𝗗 (@idesigngold)


އައި ޑިޒައިން އިން ބުނީ ޕާސަނަލައިޒްޑް އައިފޯން ކޮންމެ ޔުނިޓެއްގައިވެސް އެމީހެއްގެ ނަމާއި ނަންބަރު ހިމެނޭއިރު، އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަން (އޭއެފްއޭ) އާއި އައިޑިޒައިން ގޯލްޑްގެ ލޯގޯތައް ވެސް ހިމެނޭނެ ކަމަށެވެ. އަދި އެ ރަން ފޯނުތަކުގެ ފަހަތުގައި “ވޯލްޑް ކަޕް ޗެމްޕިއަންސް 2022” ގެ ޓެގްލައިން ވެސް ޖަހާފައިވެއެވެ. 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާ ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެން ފައިނަލުގައި ފްރާންސް ބަލިކޮށްގެންނެވެ.

އައިޑިޒައިން ގޯލްޑް އިންސްޓަގްރާމްގައި ކަށަވަރުކޮށްދިން ގޮތުގައި ލިއޮނަލް މެސީ ވަނީ 2022 ވަނަ އަހަރު ގަތަރުގައި ވޯލްޑް ކަޕް ކާމިޔާބުކުރި މެސީގެޓީމުގެ މެމްބަރުންނާއި ސަޕޯޓް ސްޓާފުންނަށް ރަން ޕްލޭޓްކޮށްފައިވާ 24 ކެރެޓްގެ އައިފޯން 14 ޕްރޯ މޮޑެލްތައް ހަދިޔާކުރާނެއެވެ. މިއީ ވޯލްޑް ކަޕް ފައިނަލް ކާމިޔާބު ކުރުމުގެ ކުރިން އެމުބާރާތަށް ނިކުންނަމުން މެސީ ވެފައިވާ ވައުދެއްކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.

އައިޑިޒައިން ގޯލްޑް ވެބްސައިޓުގައި ބުނެފައިވާގޮތުން މިގޮތަށް ކަސްޓަމައިޒް ކުރާ އައިފޯން 14 ޕްރޯގެ 1ޓީބީ ސްޓޯރޭޖް ވެރިއަންޓް ގެ އަގަކީ 4،000 ޔޫރޯ (ގާތްގަނޑަކަށް 65,205.66 ރުފިޔާ) އެވެ. އެހެންކަމުން އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް މެސީގެ މި ހަދިޔާއަށް 1،40،000 ޔޫރޯ (ގާތްގަނޑަކަށް 2,282,198.10 ރުފިޔާ) ޚަރަދު ވާނެ ކަމަށް ލަފާކުރެވެއެވެ.

އައިފޯން 14 އަކީ އެޕަލްގެ އެންމެފަހުގެ ސްމާޓްފޯނަށްވާއިރު، އައިފޯން 14 ޕްރޯ ތައާރަފްކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެޕަލްގެ 'ފާ އައުޓް' އިވެންޓްގައެވެ.

އެޕަލްގެ ކުރީގެ ފޯނުތަކާއި މި ފޯނާ ތަފާތުވާ ގިނަ ސިފަތަކެއް ހުރިއިރު، އައިފޯން 14 ޕްރޯ އަށް ޕަވަރު ގެނެސްދެނީ އެޕަލްގެ ބަޔޮނިކް އޭ16 އެސްއޯސީ އިން ކަން ފާހަގަކޮށްލަންޖެހެއެވެ. އަދި އެފޯނުގައި 6.1 އިންޗީގެ ސުޕަ ރެޓިނާ އެކްސްޑީއާރު އޮލްވޭސް އޮން އޯއެލްއީޑީ ޑިސްޕްލޭއަކާއި ޑައިނަމިކް އައިލެންޑް ފީޗާއެއް އެކުލެވޭ އިރު، އެއީ 48 މެގަޕިކްސެލްގެ ކެމެރާއަކާއި، 3އެކްސް އޮޕްޓިކަލް ޒޫމް އާއި އެކު 12 މެގަޕިކްސެލްގެ ޓެލެފޮޓޯ ކެމެރާއަކާއި، 12 މެގަޕިކްސެލްގެ އަލްޓްރާ ވައިޑް އެންގަލް ސެންސަރެއް ހިމެނޭ ޓްރިޕްލް ރިއަރ ކެމެރާ ޔުނިޓެއް ހިމެނޭ ފޯނެކެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.