އޭއައި ފޮޓޯ އެޑިޓިން ޓްރެންޑް މިހާރު ނިމުމަކަށް އަންނަނީ

އަޙްމަދު އަޙްސަން 06 މާރިޗު 2023

މިދިޔަ އަހަރު ލެންސާ އޭއައިގެ މަގުބޫލުކަމާ އެކު ފެނުނު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފޮޓޯ އެޑިޓިން އެޕް ޓްރެންޑް މިހާރު ނިމުމަކަށް އައުމަކީ އެކަށީގެންވާ ކަމެކެވެ.

ޓެކްކްރަންޗް އިން ބުނި ގޮތުގައި އެޕް އިންޓެލިޖެންސް ފާމް އެޕްޓޯޕިއާގެ ޑޭޓާއިން އެނގެނީ 2022 ވަނަ އަހަރުގެ ފަހުކޮޅު އޭއައި ފޮޓޯ އެޕްލިކޭޝަންތަކަށް ކަސްޓަމަރުންގެ ޝައުގުވެރިކަން އުފުލިގެން ދިޔަ ވަރު ދަށަށް ގޮސްފައިވާ ކަމަށެވެ.

ޑޭޓާ އިންޓެލިޖެންސް އެޕްލިކޭޝަނުން ލީޑިން އޭއައި ފޮޓޯ އެޑިޓިން އެޕްލިކޭޝަންތައް ދިރާސާކޮށް، އެ އެޕްތަކުގެ ޑައުންލޯޑް ގްރޯތް އަދި އިން-އެޕް ކޮންސިއުމާ ސްޕެންޑިންގް އެނަލައިޒްކޮށް ރެކޯޑް ކޮށްފައިވެއެވެ.

އެޕްޓޯޕިއާގެ ދިރާސާގައި އެނަލައިޒްކުރި ފޮޓޯ އެޕްލިކޭޝަންތަކުގެ ތެރޭގައި ލެންސާ، ޕްރިކްއެލް، ފޭސްޓިއުން، ރެމިނީ، ޕިކްސެލަޕް، ފޯޓާ، ވޮންޑާ، ފޭސްޕްލޭ، އައިބީ، ފޭސްއެޕް، ގްރޭޑިއަންޓް، ޑޯން އޭއައި، ވޮއިލާ އޭއައި އާޓިސްޓް، ނިއު ޕްރޮފައިލް ޕިކް އެވެޓާ މޭކަރ އަދި މެއިޓޫ ހިމެނެއެވެ.

ޓެކްކްރަންޗުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭއައި ފޮޓޯ އެޕްލިކޭޝަންތަކުގެ މި ގުރޫޕުގެ މަގުބޫލުކަން އެންމެ ފުރަތަމަ އިތުރުވާން ފެށީ ނޮވެމްބަރު މަހުގެ ފަހުކޮޅު ކަމަށް އެޕްޓޯޕިއާ އަށް އެނގުނެވެ.

ޑިސެމްބަރު މަހުގެ ތެރޭގައި މި އެޕްލިކޭޝަންތަކަށް އޮތް ޝައުގުވެރިކަން އިތުރުވެ، ޑައުންލޯޑް ކުރުމާއި އެޕް ތެރެއިން ޕަރޗޭސް ކުރުމުގެ ކަންކަމުން މި ޓްރެންޑް ޕީކަށް އެރިއެވެ.

މި އެޕްލިކޭޝަންތަކުގެ ބާރު ގަދަވި އިރު، ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 4.3 މިލިއަން ޑައުންލޯޑް ކޮށްފައިވާއިރު، އިން-އެޕް ތެރެއިން ކޮންސިއުމަރ ސްޕެންޑިންގގައި ދުވާލަކު ގާތްގަނޑަކަށް 1.8 މިލިއަން ޑޮލަރު ހޭދަ ކޮށްފައިވެއެވެ.

އޭގެ ފަހުން އެ އަދަދުތައް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އޭއައި ފޮޓޯ އެޕްލިކޭޝަންތަކުގެ މި ގުރޫޕުން ދުވާލެއްގެ މައްޗަށް އެންމެ މަދުން އާމްދަނީ ލިބިފައިވަނީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު 370،000 ޑޮލަރެވެ.

އޭގެ ހަފުތާއެއް ފަހުން ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު އެ އެޕްލިކޭޝަންތައް ދުވާލެއްގެ މައްޗަށް އެންމެ މަދުން ޑައުންލޯޑްކޮށް އިންސްޓޯލް ކޮށްފައިވަނީ 840،000 ފަހަރުއެވެ.

ފޮޓޯ އެޑިޓިން އެޕްލިކޭޝަން ލެންސާގެ މަގުބޫލުކަން އިތުރުވެ، އެޕަލްގެ އެޕް ޗާޓުގެ އެއް ވަނަ އަށް ޑިސެމްބަރު މަހުގެ ކުރީކޮޅު އެ ކުންފުނީގެ "މެޖިކް އެވަޓާސް" އޭއައި ސެލްފީ ޖަނަރޭޓަރު ސޯޝަލް މީޑިއާގައި މަޤްބޫލުވެގެން ދިޔައެވެ.

ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު އެޕަލްގެ އެޕް ސްޓޯރު ޗާޓުގައި އޭއައި ފޮޓޯ އެޑިޓިން އެޕްލިކޭޝަންތަކުގެ ބާރު ގަދަވަމުން ދިޔަ އިރު، އެންމެ މޮޅު ހަތަރު މަގާމުގެ ތެރެއިން ތިން މަގާމެއްގައި ތިބީ އޭއައި ފޮޓޯ އެޑިޓަރުންނެވެ. އަދި ގަދަ 100 ގައި އަލަށް ފެނުނު އިތުރު އޭއައި އާޓް އެޕްލިކޭޝަންތައް ވެސް އެބަހުއްޓެވެ.

ނަމަވެސް މި ދުވަސްވަރު އޭއައި ފޮޓޯ އެޕްލިކޭޝަންތަކުގެ ޕްރައިވެސީގެ ކަންބޮޑުވުންތަކެއް އުފެދުނެވެ. ލެންސާގެ ޝަރުތުތަކުގެ ސަބަބުން އެއްވެސް އަގަކާއި ނުލައި ބޭނުންކުރާ މީހުންގެ ފޮޓޯ ތައް ބެހުމާއި ބޭނުންކުރުމުގެ ފުރުސަތު ލިބޭކަން ހާމަވުމާ ގުޅިގެންނެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.