ކުރިއަށް އޮތް ދިހަވަރަކަށް އަހަރު އާޓިފިޝަލް އިންޓެލިޖެންސް އަދި ކްލައުޑް ދާއިރާގައި އެންމެ ބާރުގަދަ ކޮމްޕިއުޓިން އިންޖީނަކަށް އެންވިޑިއާ ވާނެކަމަށް އަލްގާގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް އަދި ޕޯޓްފޯލިއޯ މެނޭޖަރު އަންކޫރް ކްރޮފޯޑް ހާމަކޮށްފިއެވެ. އޭނާ މިކަން ހާމަކޮށްފައިވާއިރު މިދިޔަ އަހަރުގެ 4 ވަނަ ކުއާޓާގައި އެކުންފުނީގެ ހިއްސާގެ ފައިދާ މައްޗަށް ދިއުމާއި އާޓިފިޝަލް އިންޓެލިޖެންސްގެ މުހިންމުކަމުގެ ވާހަކަތަށް އިތުރުވުމާއެކު އެންވިޑިއާގެ ހިއްސާގެ އަގު ވަނީ މައްޗަށް ގޮސްފައިއެވެ.
އެންވިޑިއާގެ ވިޔަފާރި އެންމެ ފުރަތަމަ ފެށިގެންގޮސްފައި ވަނީ ވީޑިއޯ ގޭމްތަކަށް ހާއްސަކޮށް ޗިޕްތަށް އުފެއްދުމުންނެވެ. އެހެންނަމަވެސް މިހާރު އެކުންފުނިން ވަނީ އޮޓޮނޮމަސް ވެހިކަލްތަކުން ފެށިގެން ރޮބޮޓާ ހަމައަށް އޭއައި އެޕްލިކޭޝަންތަކަށް ޗިޕް އުފެއްދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ.
އެންވީޑިއާގެ ސީއީއޯ ޖެންސެން ހުއާންގް ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިން މިހާރު ވަނީ ޗެޓްޖީޕީޓީ ފަދަ އާޓިފިޝަލް އިންޓެލިޖެންސް އެޕްލިކޭޝަންތަކުގެ ކުރިއެރުންތަކުގެ ސަބަބުން މިދާއިރާގައި ހަރަކާތްތެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ޗެޓްޖީޕީޓީގެ ސަބަބުން އާޓިފިޝަލް އިންޓެލިޖެންސްގެ މަގްބޫލުކަން އިތުރުވުމާއެކު މިއަހަރުގެ ކުރީކޮޅު އެންވިޑިއާ އަދި އެހެނިހެން އާޓިފިޝަލް އިންޓެލިޖެންސް ކުންފުނިތަކުގެ ހިއްސާތަކުގެ އަގު ވަނީ މައްޗަށް ޖެހިލާފައިއެވެ.
އާޓިފިޝަލް އިންޓެލިޖެންސް އާމެދު އޮތް އުއްމީދު މާބޮޑުތޯ ސުވާލުކުރުމުން ކްރޮފޯޑް ވަނީ އޭއައިގެ މަގްބޫލުކަމާ އަޅާބަލާއިރު ކުރެވޭ އުއްމީދު ބޮޑު ނޫންކަމަށް ހާމަކޮށްފައިއެވެ. އޭނާ އިތުރަށް ހާމަކޮށްފައިވާ ގޮތުގައި އޭއައިއަކީ މުސްތަގްބަލުގައި އިންސާނުން މަސައްކަތްކުރާނެ ގިތާއި މުއާމަލާތްތަށް ކުރާނެގޮތަށް އިންގިލާބީ ބަދަލެއް ގެންނާނެ އެއްޗެކެވެ. މީގެ އިތުރުން ޗެޓްޖީޕީޓީގެ ސަބަބުން އާންމުންގެ މެދުގައި އޭއައިގެ މަގްބޫލުކަން އިތުރުވެފައިވީނަމަވެސް އޭއައި ޓެކްނިލޮޖީގެ މަސައްކަތްތަށް ކުރަމުން އަންނަތާ އެތަކެއް އަހަރުތަކެއް ވެއްޖެކަމަށްވެސް އޭނާ ވަނީ ހާމަކޮށްފައިއެވެ.
މީގެ އިތުރުން އައު އުފެއްދުންތަށް އުފައްދާ މިންވަރު މިހާރު ކުރިއަށްވުރެ ހަލުވި ވެއްޖެކަމަށާއި މިހާރު ސޮފްޓްވެއަރ އިން ސޮފްޓްވެއަރ ލިޔުމުގެ މަސައްކަތް ފެށިފައިވާކަމަށް އޭނާ ވަނީ ހާމަކޮށްފައިއެވެ. އަދި މީގެ ސަބަބުން ކުރިން ވާދަވެރިންނަށް ޖާގަ ލިބޭނެކަމަށް ހީކުރެވިފައިނުވާ ދާއިރާތަކަށް ވަނުމަށްވެސް ފުރުސަތު ހުޅުވިފައިވާކަމަށް އޭނާ ވަނީ ހާމަކޮށްފައިއެވެ.
އެގޮތުން މީގެ ތިން ވަރަކަށް މަސްކުރިން ސާޗް އިންޖީން މާކެޓްގައި ގޫގަލްގެ ބާރު ކަނޑުވާލެވުމަކީ ވާނެކަމެއްކަމަށް އެއްވެސް ބަޔަކު ގަބޫލެއް ނުކުރާނެއެވެ. ނަމަވެސް މިހާރު މިކަން ވަނީ ބަދަލުވާން ފަށާފައިއެވެ. އެގޮތުން މައިކްރޯސޮފްޓުން ވަނީ ޗެޓްޖީޕީޓީ މެދުވެރިކޮށް އެކުންފުނީގެ ބިންގް ސާޗް އިންޖީނުގެ އައު ވާޝަނެއް ތާރަފްކޮށްފައިއެވެ. މީގެ އިތުރުން މައިކްރޯސޮފްޓުން ވަނީ ޗެޓްޖީޕީޓީ އުފެއްދި ކުންފުނި އޯޕަންއޭއައި އަށް 10 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއްކޮށްފައިއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި