އެތައް ހާސް ވޯޑްޕްރެސް ސައިޓަށް މެލްވެއާގެ ނުރައްކާ ވެއްޖެ

އަޙްމަދު އަޙްސަން 27 މާރިޗު 2023

އެތައް ހާސް ވޯޑްޕްރެސް ވެބްސައިޓްތަކަށް ނޭނގޭ މެލްވެއާ ވޭރިއަންޓެއް ޖެހިފައިވާ ކަމަށް ސުކޫރީގެ ސައިބާ ސެކިއުރިޓީ ދިރާސާވެރިން ބުނެފިއެވެ.

މި މެލްވޭއާގެ ސަބަބުން ސައިޓަށް ވަންނަ މީހުން ތަފާތު ވެބްސައިޓަކަށް ރީޑައިރެކްޓްކޮށް، ގޫގުލް އެޑްސް ޕްލެޓްފޯމްގައި ހޯސްޓްކޮށްފައިވާ އިޝްތިހާރުތައް ލޯޑްވެ، ވެބްސައިޓްގެ ވެރިންނަށް ފައިދާ ކުރައެވެ.

ސުކޫރީ ގެ ޓީމަށް ފެނުނު ގޮތުގައި ގޮތްނެގޭ ތްރެޓް އެކްޓަރަކު ގާތްގަނޑަކަށް 11،000 ވޯޑްޕްރެސް ޕަވާޑް ވެބްސައިޓްތައް ކޮމްޕްރޮމައިޒް ކުރިއެވެ.

ވޯޑްޕްރެސް އަކީ ދުނިޔޭގެ އެންމެ މަގުބޫލު ވެބް ހޯސްޓިން ޕްލެޓްފޯމް ކަމަށާއި އާންމުގޮތެއްގައި މިއީ ރައްކާތެރި ޕްލެޓްފޯމެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އަދި އޭގެ ތެރޭގައި ގިނަ އަދަދެއްގެ ވޯޑްޕްރެސް ޕްލަގިންސް ވެސް ލިބެން ހުންނާނެ ކަމަށާއި އޭގެ ތެރެއިން ބައެއް ޕްލަގިންތަކުގައި ހައި ސީވިރިޓީ ވަލްނަރަބިލިޓީސް ހުރެއެވެ.

މި މެލްވޭއާ ފޯރުކޮށްދިނުމަށް ބޭނުންކުރާ ސީދާ ވަލްނަރެބިލިޓީ ދިރާސާވެރިންނަށް ފާހަގަ ނުކުރެވުނު ނަމަވެސް، އެމީހުން ލަފާކުރަނީ ތެރެޓް އެކްޓަރުން އެ ޕްރޮސެސް އޮޓޮމެޓިކްކޮށް، ޕެޗް ނުކުރެވި ހުރި އުނިކަންތައްތައް ލެވެރޭޖް ކުރި ކަމަށް ބެލެވޭ ކަމަށެވެ.

މި މެލްވޭއާ މަސައްކަތް ކުރަނީ ވަރަށް އާދައިގެ އެއްޗެއްގެ ގޮތުގައި، އިންފެކްޓެޑް ވެބްސައިޓްތަކަށް މީހުން ޒިޔާރަތް ކުރާއިރު، ގޫގުލް އެޑްސްގައި ހުންނަ އިޝްތިހާރުތައް ލޯޑް ކުރާ ތަފާތު ކިއު އެންޑް އޭ ވެބްސައިޓަކަށް ރީޑައިރެކްޓް ކުރެވޭނެއެވެ. އެގޮތަށް ކަންތައް ކުރުމުން ގޫގުލް އަށް އޮޅުވާލައިގެން އެޑް ކެމްޕޭންގެ ވެރިންނަށް އެ ވިއުސްތަކަށް ފައިސާ ދެއްކޭނެ، އެ ވިއުސްތަކަކީ ހަގީގަތުގައި އޮޅުވާލައިގެން ނެގޭ ވިއުސް ތަކެކެވެ.

ސުކޫރީ ވެސް މިފަދަ ކެމްޕޭންތައް ޓްރެކް ކުރަމުން އަންނަތާ މިހާރު މަސްތަކެއް ވެއްޖެއެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު ދިރާސާވެރިންނަށް މިފަދަ ކެމްޕެއިނެއް ފެނުނު އިރު، ގާތްގަނޑަކަށް 15،000 ވޯޑްޕްރެސް ސައިޓްތަކަށް ވަނީ އިންފެކްޓް ވެފައެވެ. މި ދެ ކެމްޕޭނުގެ ތަފާތަކީ މިދިޔަ އަހަރުގެ ކެމްޕޭނުގައި - ހަމަލާ ދިން މީހުން މަލްވެއާ ފޮރުވަން މަސައްކަތް ނުކުރުމެވެ. ހަގީގަތުގައި އެ މީހުން ކަންތައް ކުރީ އެއާ މުޅިން ހިލާފަށް، ކޮންމެ ވެބްސައިޓަކަށް 100 އަށް ވުރެ ގިނަ މެލިޝިއަސް ފައިލް އިންސްޓޯލް ކޮށްގެންނެވެ.

ނަމަވެސް އާ ކެމްޕޭނުގައި ހަމަލާ ދިން މީހުން ވަނީ މަލްވެއާ ހުރިކަން ފޮރުވަން ގިނަ މަސައްކަތްތަކެއް ކޮށްފައި ކަމަށް ދިރާސާވެރިން ބުނެއެވެ. އަދި މި މެލްވޭއާ ކޮންމެވެސް ވަރަކަށް ކައުންޓަރ ފިޔަވަޅުތަކަށް ކެތްތެރިވެ، ގިނަ ދުވަސްތަކެއް ވަންދެން ސައިޓްތަކުގައި ދެމިހުރެއެވެ.

މިފަދަ ހަމަލާތަކުން ރައްކާތެރިވުމަށްޓަކައި ވެބްސައިޓާއި ހުރިހާ ޕްލަގިންތަކެއް އަޕްޑޭޓްކޮށް ބެހެއްޓުމަށާއި ވަރުގަދަ ޕާސްވޯޑަކާއި މަލްޓި ފެކްޓާ އޮތެންޓިކޭޝަނާއެކު އެޑްމިން ޕެނަލް ރައްކާތެރިކޮށް ބެހެއްޓުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދިރާސާވެރިން ބުނެއެވެ. މިހާރު ވެސް އިންފެކްޓް ވެފައިވާ ސައިޓްތަކަށް ސުކޫރީގެ ހައު-ޓު ގައިޑް ފޮލޯކޮށް، ހުރިހާ އެކްސެސް ޕޮއިންޓް ޕާސްވޯޑްތަކެއް ބަދަލުކޮށް، ފަޔާވޯލްގެ ފަހަތުގައި ވެބްސައިޓް ބެހެއްޓޭނެއެވެ.


އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.