މޮޒިލާއިން ތަންޑަރބަރޑް އީމެއިލް ޔޫއައި ރީޑިޒައިން ކުރަނީ

އަޙްމަދު އަޙްސަން 28 މާރިޗު 2023

ތަންޑަރބަރޑް އެހާ ދުވަސްވީ ގޮތަކަށް ފެންނަނީ ކީއްވެގެން ހެއްޔެވެ؟

އެއީ ތަންޑަރބަރޑްގެ ޕްރޮޖެކްޓް ޑިޒައިން މެނޭޖަރު އެލެސަންޑްރޯ ކަސްޓެލާނީ ބުނާ ގޮތުގައި ތަންޑަރބަރޑްއާ ބެހޭގޮތުން އެންމެ ގިނައިން ކުރެވޭ އެއް ސުވާލެވެ. އަދި އެއީ ތަންޑަރބަރޑް އިން 2023 ވަނަ އަހަރު ރިލީޒް ކުރަން ރާވާފައިވާ ކޯޑް ނަމެއް ކަމަށްވާ ސުޕަރނޯވާއާ ބެހޭ އާ ބްލޮގް ޕޯސްޓެއްގައި އޭނާ ކަނޑައެޅިގެން ޖަވާބު ދޭން މަސައްކަތް ކުރާ ސުވާލެކެވެ.

ސުޕަނޯވާ ރިލީޒް ކުރާއިރު ތަންޑަރބަރޑްގެ ޔޫޒަރ އިންޓަރފޭސް އޯވަހޯލް ކުރުން ހިމެނޭނެއެވެ. ކަސްޓެލާނީ ސްކްރީންޝޮޓްތައް ހިއްސާ ނުކުރި ނަމަވެސް އޭނާ އިޝާރާތް ކުރީ އާ ޔޫއައި އަކީ "ފަސޭހަ އަދި ސާފު" ޔޫއައިއަކަށް ވާނެ ކަމަށާއި، އެ އަމާޒުކޮށްފައިވަނީ އާ ޔޫޒަރުންނަށް ކަމަށެވެ. "ވެޓެރަން ޔޫޒަރުންނަށް" ވެސް އިންޓަފޭސް "ފްލެކްސިބަލް އެންޑް އެޑެޕްޓެބަލް" އެއްޗަކަށް ވާނެ ކަމަށާއި، މިހާރު ތަންޑަރބަރޑް ފެންނަ ގޮތް ކަމުދާ މީހުންނަށް "އެމީހުން ޝައުގުވެރިވާ އަދި އެއަށް އަހުލުވެރިކަން ދެމެހެއްޓޭނެ" ކަމަށް ބުނެފައިވެއެވެ.

އަދި ސުޕަނޯވާގައި އިތުރު ބޮޑެތި ބަދަލުތަކެއް ވެސް ހިމެނޭއިރު، އޭގެ ތެރޭގައި އަލުން ޑިޒައިންކޮށްފައިވާ ކެލެންޑަރާއި ފަޔަރފޮކްސް ސިންކް އަށް ސަޕޯޓް ދިނުން ހިމެނެއެވެ.

ރީޑިޒައިންއާ ބެހޭ ޚަބަރުތަކުގެ އިތުރުން، ސޮފްޓްވެއާގެ ޓެކްނިކަލް ދަރަންޏާ ދެކޮޅަށް ޓީމުން ކުރަމުންދާ ކަންތައްތަކާ މެދު ޝައުގުވެރިވާނަމަ ނުވަތަ އެޕްގެ ޑިވެލޮޕްމަންޓް އެހާ މަޑުމަޑުން ކުރިއަށްދާހެން ހީވާ ސަބަބު އެނގެން ބޭނުންނަމަ އެ ބްލޮގް ޕޯސްޓަކީ ކިޔަން ރަނގަޅު ބްލޮގް ޕޯސްޓެކެވެ. ޑިވެލޮޕަރުން ގިނަ ވަގުތު ހޭދަކުރަނީ ފަޔަރފޮކްސް އިން އަޕްސްޓްރީމް ބަދަލުތަކާ އެއްވަރަށް ކުރިއަށް ގެންދިއުމަށް ބްރައުޒާ އަދިވެސް ތަންޑަރބަރޑްގެ އީމެއިލް ރެންޑަރިންގ ގެ ބިންގާގެ ގޮތުގައި މަސައްކަތް ކުރުމަށެވެ. އަދި ތަންޑަރބަރޑް އާއި މޮޒިލާ އާއި ދެމެދު އޮންނަ ދިގު އަދި ކޮމްޕްލިކޭޓެޑް ގުޅުމުގެ ރިފްރެޝަރ އެއް ބޭނުންވާނަމަވެސް މި ޕޯސްޓަކީ އެހީތެރިވެދޭނެ ޕޯސްޓެކެވެ.

ކުރިން ތަންޑަރބަރޑް ބެލެހެއްޓީ މޮޒިލާ އިން ފަޔަރފޮކްސް ބްރައުޒާ އާއި އެކު ނަމަވެސް މިޒަމާނުގައި އަބަދުވެސް އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ކޮންބައެއްކަން ސާފެއް ނުވެއެވެ. މޮޒިލާގެ އެގްޒެކެޓިވުން ބޭނުންވީ 2007 ވަނަ އަހަރުގެ ކުރީކޮޅު ތަންޑަރބަރޑް ސްޕިން އޮފް ކުރަން ކަމަށާއި، 2012 ވަނަ އަހަރު އެ މޮޑެލް ބަދަލުވީ ކޮމިއުނިޓީ ޑްރައިވަން ޑިވެލޮޕްމަންޓް މޮޑެލް އަކަށް ކަމަށެވެ.

އެ ނިންމުމަކީ، ކަސްޓެލާނީ ވިދާޅުވާ ގޮތުގައި، ތަންޑަރބަރޑް މިއަދު މިއޮތް މަގާމަށް އައުމަށް ލިބިފައިވާ ކުރިއެރުމެއް ކަމަށް ސިފަކުރެއެވެ. ތަންޑަރބަރޑަށް ކޮމިއުނިޓީ ކޮންޓްރިބިއުޝަންތަކުން މި މަޝްރޫއު ކުރިއެރި ނަމަވެސް މަރުކަޒީ އޯވަސައިޓެއް ނެތުމުން ޔޫޒަރ އެކްސްޕީރިއަންސެއް ނެތި އާދައިގެ ޔޫޒަރ އިންޓަފޭސްއެއް އުފެދި، އެޕް އެއްގޮތަކަށް ވެސް އަޕްޑޭޓް ނުވެ ދިގު ދެމިގެން ދިޔައެވެ.

މިއަދު ވެސް ތަންޑަރބަރޑް ޑިވެލޮޕްމަންޓް ބައެއް ގޮތްގޮތުން ކުރިއަށް ގެންދަނީ ކޮމިއުނިޓީ ޑިވެލޮޕަރުން ކަމަށާއި، މި މަޝްރޫއު ވަރަށް ބޮޑަށް ބަރޯސާވެފައިވަނީ ޔޫޒަރުންގެ ޑޮނޭޝަން ތަކަށެވެ. އަދި މޮޒިލާގެ މުސާރަ ލިބޭ މުވައްޒަފުންގެ ގްރޫޕެއް މެދުވެރިކޮށް ހިއްސާވާ މޮޒިލާގެ ސަބްސިޑަރީއެއް ކަމަށްވާ އެމްޒެޑްއެލްއޭ ޓެކްނޮލޮޖީސް އިންނެވެ. އެއީ މިހާރު ތަންޑަރބަރޑްގެ ރޯޑްމެޕް ކަނޑައަޅައި، ޓެކްނިކަލް ދަރަނި ފޮހެލުމަށް އެހީތެރިވުމަށް މަސައްކަތް ކުރަމުންދާ، އަދި ކޭ-9 މެއިލް އެޕް އަށް ބިނާކޮށް އާ އެންޑްރޮއިޑް ކްލައިންޓަކާއެކު ޔޫޒަރ ބޭސް ފުޅާކުރުމުގެ އުންމީދުގައި ތިބި މުވައްޒަފުންނެވެ.

އަލުން ޑިޒައިންކޮށްފައިވާ ތަންޑަރބަރޑް ޔޫޒަރ އިންޓަރފޭސް ފެންނާނީ ޖުލައި މަހު ނެރެން ހަމަޖެހިފައިވާ ތަންޑަރބަރޑް 115 އަށެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.