ތަސްވީރެއް އުފައްދަން މިޑްޖާނީ އޭއައި ބޭނުންކުރާނީ ކިހިނެއް؟

އަޙްމަދު އަޙްސަން 04 އޭޕްރީލު 2023

މިޑްޖާނީ އަކީ އޯޕަންއޭއައިގެ ޑީއެލް-އީ އަދި ސްޓޭބަލް ޑިފިއުޝަން ފަދައިން ޓެކްސްޓް ޑިސްކްރިޕްޝަންތަކުން ފޮޓޯ ތައް އުފައްދައިދޭ އޭއައި ޕްރޮގްރާމެއް ހިންގާ ރިސާޗް ލެބޯޓްރީއެކެވެ. ބެލެވޭ ގޮތުގައި އޭގެ ފަހަތުގައި ވާ ޓެކްނޮލޮޖީ ބިނާވެފައި ވަނީ ސްޓޭބަލް ޑިފިއުޝަންގެ މައްޗަށެވެ. 12 ޖުލައި 2022 ގައި ފެށި މިޑްޖާނީ އޮތީ އޯޕަން ބީޓާ މަރުހަލާގައި ކަމަށާއި އެ ޓީމުގެ އިސްވެރިޔާ ލީޕް މޯޝަންގެ ކޯ ފައުންޑޭޝަރ ޑޭވިޑް ހޯލްޒް ވިދާޅުވާގޮތުން މިހާރު ވެސް އެ ޓީމުގެ މަސައްކަތްތައް ވަނީ ފައިދާވެފައި ކަމަށެވެ. ވަކި ކޮމާންޑްތަކެއް މެދުވެރިކޮށް މިޑްޖާނީގެ ޑިސްކޯޑް ބޮޓާ މުއާމަލާތްކޮށްގެން ޔޫޒަރުންނަށް ތަސްވީރު އުފެއްދިދާނެއެވެ.

މިޑްޖާނީ އެއައި އަކީ ކުރު ޓެކްސްޓް ޑިސްކްރިޕްޝަންތައް ބޭނުންކޮށްގެން ތަފާތު ދުނިޔެތަކާއި ކެރެކްޓަރުތަކާއި ތަސްވީރުތައް އުފެއްދުމުގެ ފުރުސަތު ލިބޭ ކްރިއޭޓިވް ޕްލެޓްފޯމެކެވެ. މި ހިދުމަތް ހޯދުމަށް ޑިސްކޯޑް އެކައުންޓެއް އޮންނަން ޖެހެއެވެ.

އާދަޔާ ޚިލާފު ތަސްވީރެއް ކުރުމުގެ އެންމެ މުހިންމު އެއް ކަމަކީ އިންޕުޓް ޕްރޮމްޕްޓްގެ ފެންވަރެވެ. ތަފްސީލީ އިންޕުޓް ޕްރޮމްޕްޓްގެ ނަތީޖާއަކަށް ވެގެންދަނީ ފެންވަރު ރަނގަޅު ޞައްޙަ ކުރެހުމަކަށެވެ.

މިޑްޖަރނީ ޑިސްކޯޑް ސަރވަރގައި /imagine ކޮމާންޑް ބޭނުންކުރުމަށްޓަކައި، ނިއުބީ ޗެނަލަކަށް ވަދެވޭނެއެވެ. ގިނަ ފަހަރަށް ނިއުބީ ޗެނަލްތައް ތޮއްޖެހިފައި ހުރުމުން މެދުނުކެނޑި މައްޗަށް ތިރިއަށް ސްކްރޯލް ކުރަން ޖެހޭކަން ހަނދާނުގައި ބަހައްޓަން ޖެހެއެވެ.

ނުވަތަ 1000 އަށް ވުރެ މަދު މެމްބަރުން ތިބި ހާލަތެއްގައި މިޑްޖަރނީ ބޮޓް ތިމާގެ ޕާސަނަލް ޑިސްކޯޑް ސަރވަރ އަށް އިތުރު ކުރެވިދާނެއެވެ.

ބޮޓަށް އަލަށް ވަންނަ ނަމަ މި ބިގިނަރސް ގައިޑުން ޑިސްކޯޑްގައި މިޑްޖަރނީ އެއައި ބޭނުން ކުރަން ފެށުމަށް އެހީތެރިވެދެއެވެ.

ސްޓެޕް 1: މިޑްޖޫނީ ޑިސްކޯޑް ސާވާއާ ގުޅެން

Midjourney.com ގޮސް، ޖޮއިން ދަ ބީޓާ ސިލެކްޓް ކުރުން، ނުވަތަ ސީދާ މިޑްޖާނީ ޑިސްކޯޑް (https://discord.gg/midjourney) އަށް ދާށެވެ.

މިޑްޖާނީ ހޯމްޕޭޖަށް ގޮސް "ޖޮއިން ދަ ބީޓާ" ބަޓަން އަށް ފިތާލާށެވެ. އެއަށްފަހު އެ ހިދުމަތަށް ރަޖިސްޓްރީ ކުރެވޭނެ ސްކްރީނަކަށް ގެންދެވޭނެއެވެ. ރަޖިސްޓްރީ ވުމުން ވެބް ބޭސްޑް ޑިސްކޯޑް އަށް ވަދެވޭނެ ނުވަތަ ޑެސްކްޓޮޕް އެޕް ޑައުންލޯޑް ކުރެވޭނެއެވެ.

މިޑްޖާނީއިން ލިމިޓެޑް އަދަދަކަށް ހިލޭ ފޮޓޯ ލިބޭއިރު، އަންލިމިޓެޑް އިމޭޖް އުފެއްދުމަށް މަހު ފީއެއް ދައްކަން ޖެހޭނެއެވެ. އެއީ 200 ފޮޓޯއަކަށް 8 ޑޮލަރާއި އަންލިމިޓެޑް އެކްސެސް އަށް މަހަކު 24 ޑޮލަރެވެ.

ސްޓެޕް 2: ނިއުބީޒް ޗެނަލެއް ހޯދުން

މިޑްޖަރނީ އޮފިޝަލް ސަރވަރ ގައި

މިޑްޖަރނީ ބޮޓް އިން ބޮޓަށް ދައުވަތު ދީފައިވާ ކޮންމެ ސަރވަރެއްގައި ވެސް އިމޭޖް ޖެނެރޭޓް ކުރެވޭނެއެވެ. ބޮޓް ބޭނުންކުރާނެ ތަންތަނުގެ އިންސްޓްރަކްޝަންތައް ތިމާގެ ސަރވަރ އިން ހޯދާށެވެ.

ސްޓެޕް 3: /imagine ކޮމާންޑް ބޭނުން ކުރުން

ޑިސްކޯޑްގައި މިޑްޖަރނީ ބޮޓް ބޭނުން ކުރުމަށްޓަކައި ކޮމާންޑެއް އިންޕުޓް ކުރަން ޖެހެއެވެ. ކޮމާންޑްތަކުގެ ސަބަބުން ތަސްވީރު އުފެއްދުމާއި، ޑިފޯލްޓް ސެޓިންގްސް ބަދަލުކުރުމާއި، ޔޫޒަރުގެ މައުލޫމާތު މޮނިޓަރކުރުމާއި، އެހެނިހެން ބޭނުންތެރި ކަންތައްތައް ކުރެވޭނެއެވެ. އިމޭޖެއް އުފެއްދުމަށްޓަކައި /imagine ކޮމާންޑް ބޭނުންކޮށް އޭގެ ފަހުން ކުރު ޓެކްސްޓް ޑިސްކްރިޕްޝަނެއް ބޭނުންކޮށްގެން ބޭނުންވާ ކަހަލަ އިމޭޖެއް ބަޔާންކުރާށެވެ. މި ދެންނެވި އިންޕުޓް ޑިސްކްރިޕްޝަނަށް ކިޔަނީ ޕްރޮމްޕްޓްއެވެ. އެއަށްފަހު ބޮޓުން ތިމާގެ އިންޕުޓަށް ބަލައިގެން ޔުނިކް އިމޭޖެއް އުފައްދާނެއެވެ.

ސްޓެޕް 4: އޭއައި އިން އިމޭޖް ޖެނެރޭޓް ވަންދެން މަޑުކުރުން

މިޑްޖާނީ އޭއައި އިން ތިމާގެ ޑިސްކްރިޕްޝަންގެ މައްޗަށް ބިނާކޮށް ފޮޓޯތައް ޖެނެރޭޓް ކުރާނެ އިރަކަށް އިންތިޒާރު ކުރާށެވެ. މިޑްޖާނީ ބޮޓް އަށް ހަތަރު އޮޕްޝަނެއް އުފައްދަން ގާތްގަނޑަކަށް މިނެޓެއް ހޭދަވެއެވެ.

މިޑްޖަރނީ ބޮޓް ބޭނުންކުރުމުން ހިލޭ ޓްރައިއަލްއެއް ފަށާއިރު، ގާތްގަނޑަކަށް 25 ޖޮބް ވެސް ކުރެވޭނެއެވެ.

ޖޮބަކީ ބޮޓް ބޭނުންކުރާ ކޮންމެ ޢަމަލެއް ކަމުގައިވާއިރު، އޭގެ ތެރޭގައި /imagine ކޮމާންޑް ހިމެނޭ ގޮތަށް ތަސްވީރުތަކުގެ ގްރިޑެއް އުފެއްދުމާއި، އަޕްސްކޭލް ތަސްވީރުތަކާއި، ނުވަތަ ތަސްވީރުގެ ތަފާތުތައް އުފެއްދުމެވެ. ބާކީ ހުރި ހިލޭ ޓްރައިއަލް ވަގުތު މޮނިޓަރ ކުރުމަށްޓަކައި، /info ކޮމާންޑް ބޭނުންކޮށްގެން ފާސްޓް ޓައިމް ރިމޭނިންގ ބަލާށެވެ.

ސްޓެޕް 5: ޖެނެރޭޓެޑް އިމޭޖާސް ރިވިއު ކުރުން - އަޕްސްކޭލް ނުވަތަ ކްރިއޭޓް ނިއު ވޭރިއޭޝަންސް

ފުރަތަމަ އިމޭޖް ގްރިޑް ޖެނެރޭޓް ނިމުމުން ދެ ރޯއެއްގެ ބަޓަން ފެންނާނެއެވެ.

"ޔޫ" ބަޓަން އިން ހޮވާފައިވާ ތަސްވީރުގެ ސައިޒު އަޕްސްކޭލްކޮށް، އިތުރު ތަފްސީލުތަކާއެކު ބޮޑު ވަރޝަނެއް އުފައްދައެވެ.

"ވީ" ބަޓަން އިން ގްރިޑްގައި ހޮވާފައިވާ ތަސްވީރަށް ކުދިކުދި ބަދަލުތައް ގެނެސްދެއެވެ. މިކަމުގެ ސަބަބުން އަސްލު ތަސްވީރާ ސްޓައިލާއި ކޮމްޕޮޒިޝަންގެ ގޮތުން އެއްގޮތް ތަސްވީރުތަކުގެ އާ ގްރިޑެއް އުފެދެއެވެ.

🔁 (ރީ-ރޯލް) އިން ޖޮބެއް އަލުން ހިންގައެވެ. މިހާލަތުގައި އަސްލު ޕްރޮމްޕްޓް ރީރަންކޮށް، ފޮޓޯތަކުގެ އާ ގްރިޑެއް އުފައްދައިދޭނެއެވެ.

ޗެޓްގައި ސިޓީއުރަ އައިކޮން ބޭނުންކޮށްގެން ކުރިއަށް އޮތްތަނުގައި ބޭނުން ކުރުމަށް ތަސްވީރު ސޭވް ނުވަތަ ޑައުންލޯޑް ކޮށްލާށެވެ.

ނޯޓް: ތިމާގެ ޕްރޮމްޓް ތަފްސީލު ވިވަރަކަށް މިޑްޖަރނީ އޭއައި އިން ރަނގަޅު ނަތީޖާތަކެއް ލިބޭނެއެވެ.

މި ގައިޑް މެދުވެރިކޮށް ޑިސްކޯޑްގައި މިޑްޖަރނީ އެއައި ބޭނުންކޮށްގެން އާޓް އަދި އިމޭޖްތައް އުފައްދަން ފަށައިގަނެވޭނެއެވެ.

މީޑް ޖަރނީ އޭއައި އިން އުފައްދާފައިވާ އާޓް

ޕްރޮމްޕްޓް: advanced form of life inside ocean

ޕްރޮމްޕްޓް: van gogh style of painting for cyber Punk based taj mahal

ޕްރޮމްޕްޓް: Deadpool as batman, cinematic, hyper-detailed, insane details, beautifully color graded, Unreal Engine, DOF, super-resolution, megapixel, cinematic lighting, anti-aliasing, FKAA, TXAA, RTX, SSAO, post-processing, post-production, tone mapping, CGI, VFX, SFX, insanely detailed and intricate, hyper maximalist, hyper-realistic, volumetric, photorealistic, ultra photoreal, ultra-detailed, intricate details, 8K, super detailed, full color, volumetric lighting, HDR, realistic, Unreal Engine, 16K, sharp focus

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.