ގޫގަލް ސަރޗްއަށް ހީނުކުރާ ވަރުގެ ބޮޑު ބަދަލެއް އަންނަނީ!

އާޓިފިޝަލް އިންޓެލިޖެންސްގެ އާ ވަސީލަތްތަކުގެ ރާޅާއެކު ކުރިއަށް ދިއުމަށް ގޫގަލް އިން މަސައްކަތް ކުރަމުން ގޫގަލް ސަރޗް އިންޖީނަށް އޭއައި ޗެޓް ފީޗާތައް ގެނައުމުގެ ވިސްނުމާއެކު އެވެ.

އެ ކުންފުނިން ބުދަ ދުވަހު ބުނީ ގޫގަލް ސަރޗްގެ ކުރިއަށް އޮތް އިވޮލިއުޝަން ތައާރަފް ކުރުމަށް ތައްޔާރުވަމުން އަންނަ އިރު، އޭއައި ޕަވާޑް ޗެޓްބޮޓެއް ބޭނުންކޮށްގެން "ސާޗް އަށް ޖަވާބު ދެވިދާނެ ކަމަށް ދުވަހަކުވެސް ހީނުކުރާ" ސުވާލުތަކަށް ޖަވާބު ދިނުމަށާއި ޔޫޒަރުންނަށް ބޭނުންވާނެ ތަފާތު މައުލޫމާތު ކުރިއަށް ވުރެ އަވަހަށް ހޯދުމުގައި އެހީތެރިވެދޭނެ ކަމަށެވެ.

މި އަޕްޑޭޓާއެކު ގޫގަލް ސަރޗްގެ ނަތީޖާގެ "ލުކް އެންޑް ފީލް" ވަރަށް ބޮޑަށް ތަފާތުވާނެއެވެ. މެއިން ސާޗް ބާއަށް ބޭނުންވާ ކަމެއް ޓައިޕް ކުރާއިރު، އާދަޔާ ހިލާފު ނަތީޖާތައް ދެއްކުމުގެ އިތުރުން އޭއައި ޖެނެރޭޓެޑް ރެސްޕޮންސަކާއެކު ޕޮޕްއަޕެއް އޮޓޮމެޓިކުން ފެންނާނެއެވެ.

އެމެރިކާގައި އެންމެ ފުރަތަމަ ލޯންޗްކުރާ އާ ގޫގުލް ސާޗްގެ ވެއިޓްލިސްޓަކަށް މިހާރު ގޫގުލް އެޕް ނުވަތަ ކްރޯމްގެ ޑެސްކްޓޮޕް ބްރައުޒާ މެދުވެރިކޮށް ސައިންއަޕް ކުރެވޭނެއެވެ. އަދި ކުރިއަށް އޮތް ހަފުތާގެ ތެރޭގައި މަދު އަދަދެއްގެ ކަސްޓަމަރުންނަށް ނަމަވެސް އެ ހިދުމަތް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި އަޕްޑޭޓްތައް އިފްތިތާހުކޮށްފައިވަނީ އޭއައި އާއި ހާޑްވެއާގެ އުފެއްދުންތައް އިއުލާނުކުރުމަށް ހާއްސަކޮށްގެން އެ ކުންފުނީގެ އަހަރީ ޑިވެލޮޕަރު އިވެންޓް އައި/އޯގަ އެވެ. މި ހަފްލާގައި ގޫގަލް އިން ވަނީ ޗެޓްޖީޕީޓީ އުފެއްދި އޯޕަންއޭއައިގެ ޖީޕީޓީ-4 އާ ވާދަކުރާ އެންމެ ފަހުގެ އޭއައި ލެންގުއޭޖް މޮޑެލް ޕީއޭއެލްއެމް 2 ވެސް އިއުލާނުކޮށްފައެވެ. މިއީ އެ ކުންފުނީގެ އޭއައި ޕްރޮޑަކްޓްތަކަށް ބާރުދޭ ޓެކްނޮލޮޖީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި އަދި މިއަޕްޑޭޓްގެ ސަބަބުން ލޮޖިކް، ކޮމަން ސެންސް ރިޒަނިން އަދި މެތަމެޓިކްސްއަށް ރަނގަޅު ވާނެ ކަމަށާއި، އަދި ތަފާތު ޕްރޮގްރާމިން ލެންގުއޭޖްތަކުން ސްޕެޝަލައިޒްޑް ކޯޑް ވެސް ޖެނެރޭޓް ކުރެވިދާނެ ކަމަށް ގޫގުލްއިން ބުނެއެވެ.

މިއީ ޗެޓްޖީޕީޓީގެ ވައިރަލް ކާމިޔާބީއާ ގުޅިގެން ސާޗް އިންޖީނާއި ޕްރޮޑަކްޓިވިޓީ ޓޫލްސްގައި އޭއައި ފީޗާތައް ތަރައްގީކޮށް ޑިޕްލޮއިކުރުމަށް މައިކްރޮސޮފްޓް ހިމެނޭ ގޮތަށް ގޫގަލްގެ ވާދަވެރިންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. ޗެޓްޖީޕީޓީއަށް ބޮޑު ސަމާލުކަމެއް ދިނުމުން ގޫގަލްގެ މެނޭޖްމަންޓުން ވަނީ އެ ކުންފުނީގެ ސާޗް ވިޔަފާރީގެ "ކޯޑް ރެޑް" ހާލަތެއް އިއުލާނުކޮށްފައެވެ.


ސަރޗްގައި އާ ޖެނެރޭޓިވް އެއައި ކެޕޭސިޓީތަކާއެކު، މިހާރު ގޫގަލްއިން ދަނީ ސަރޗްގެ ވަރުގަދަ ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަމުންނެވެ. އާންމު ގޮތެއްގައި މައުލޫމާތެއް ހޯދާއިރު މައިގަނޑު ސުރުޚީ ނުވަތަ ސުވާލު ކުދިކުދި ސުވާލުތަކަށް ބަހާލައިގެން، ލިބޭ މައުލޫމާތު އަމިއްލަޔަށް އެއްކޮށްލަން ޖެހެއެވެ. ނަމަވެސް މި އައި ބަދަލާއެކު ފުރަތަމަވެސް ކުރި ސުވާލާއި ގުޅުން ހުރި މައުލޫމާތުގެ ސްނެޕްޝޮޓެއް ދައްކާނެއެވެ. އަދި މައުލޫމާތު ހޯދަމުން ދާއިރު އެހެން މީހަކާއި ވާހަކަ ދައްކާ ފަދަ ގޮތަކަށް ގޫގަލް އިން ސުވާލުކުރަމުން އިތުރު މައުލޫމާތު ދެމުންދާއިރު ގުޅުން ހުރި ލިންކު އަދި އެހެނިހެން މައުލޫމާތު އެއްކޮށް ދޭނެއެވެ.

ސާޗް ކުރުމަށް ގެނައި ބަދަލުތަކުގެ އިތުރުން، ސާޗް އިންޖީނުގެ ބޭރުގައި އޮޕަރޭޓްކުރާ ގޫގަލް އިން މިހާރު ހިންގަމުން އަންނަ ޗެޓްބޮޓް ބާޑަށް އެކްސެސް ފުޅާކޮށް، ޢާއްމު ދިރިއުޅުމުގެ މަސައްކަތްތައް ކުރުމަށް އެހީތެރިވެދޭނެއެވެ. މީގެ ކުރިން ހަމައެކަނި އެމެރިކާގައި ވެއިޓްލިސްޓުކުރާ ފަރާތްތަކަށް މިޚިދުމަތް ފުރަތަމަ ލިބެން ހުރި ކަމުގައިވިޔަސް މި ޓޫލް ވަރަށް އަވަހަށް 120 ގައުމަކާއި 40 ބަހަކުން ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ލިބޭނެ އެވެ.

އާ ގޫގުލް ސާޗްގައި އެހެން މީހުންގެ ވިސްނުން ހުންނަނީ ކޮންގޮތަކަށް ކަން ދައްކުވައިދީ، ނަތީޖާތަކަށް ފެކްޓާ ކުރާ ގޮތަށް ޕާސްޕެކްޓިވްސް ފީޗާއެއް ވެސް ލިބެއެވެ. "އެބައުޓް ދިސް އިމޭޖް" ނަމަކަށް ކިޔާ އެހެން ޓޫލަކުން ފޮޓޯއަކާ ބެހޭ ހަގީގަތްތައް ވިސްނޭތީ، ގޫގުލް އަށް އެންމެ ފުރަތަމަ އެ ފޮޓޯ ފެނުނީ ކޮން އިރަކުތޯ އާއި އެހެން ވެބްސައިޓްތަކުގައި އެ ފޮޓޯ ހުރިތޯ ސުވާލު ކުރެވޭނެ އެވެ. މި ފީޗާގެ މަގްސަދަކީ "ފޭސް ވެލިއުގައި ފޮޓޯއެއް ނެގުމުގެ ބަދަލުގައި އެ ތަސްވީރެއް ދެނެގަތުމުގެ ފެންވަރު ހޯދައިދިނުމެވެ.


ޖެނެރެޓީވް އޭއައި އާއެކު ވިޔަފާރިކުރުން

ޖެނެރޭޓިވް އެއައި އިން ސަރޗް އާއެކު، ޝޮޕިންގ ކުރާއިރު ފުރިހަމަ މަންޒަރު ދެނެގަތުމަށް އެހީތެރިވެދެވޭއިރު، އެންމެ ބޮޑަށް ވިސްނާ އަދި ކޮމްޕްލެކްސް ޕަރޗޭސް ނިންމުންތައް ވެސް އަވަސް އަދި ވަރަށް ފަސޭހަވެގެންދެއެވެ.

ސަރޗް މެދުވެރިކޮށް ޕްރޮޑަކްޓެއް ހޯދާއިރު، ވިސްނަންޖެހޭ ކަންތައްތަކާއި، ބިލަށް ވާވަރު އެނގޭ އުފެއްދުންތަކުގެ ސްނެޕްޝޮޓެއް ލިބިގެންދާނެއެވެ. އަދި ކަމާބެހޭ، ޒަމާނީ ރިވިއުތަކާއި، ރޭޓިންތަކާއި، އަގުތަކާއި، ޕްރޮޑަކްޓްތަކުގެ ތަސްވީރުތައް ހިމެނޭ ޕްރޮޑަކްޓް ޑިސްކްރިޕްޝަންތައް ވެސް ލިބިގެންދާނެއެވެ. އެއީ މި އާ ޖެނެރޭޓިވް އެއައި ޝޮޕިން އެކްސްޕީރިއަންސް ބިނާވެފައިވަނީ ގޫގަލްގެ ޝޮޕިން ގްރާފްގެ މައްޗަށް ކަމަށްވާތީ، 35 ބިލިއަނަށް ވުރެ ގިނަ ޕްރޮޑަކްޓް ލިސްޓިންގްސް އެކުލެވިގެންވާތީ އެވެ. ހަގީގަތުގައި ކޮންމެ ގަޑިއިރަކު ގޫގަލްގެ ޝޮޕިންގ ގްރާފްގައި 1.8 ބިލިއަނަށްވުރެ ގިނަ ލިސްޓިންގް ރިފްރެޝްކޮށް، މީހުންނަށް ތާޒާ، އިތުބާރު ހުރި ނަތީޖާތަކެއް ލިބެއެވެ.


ސަރޗް ލެބްސް

ގޫގަލް އިން ވަނީ ސާރޗް ލެބްސް އެސްޖީއީ (ސަރޗް ޖެނެރޭޓިވް އެކްސްޕީރިއަންސް) ގައި އެކްސްޕެރިމެންޓުތަކެއް ފަށާފައެވެ. ސަރޗް ލެބްސް އަށް އެކްސެސް ވެވޭނީ އެމެރިކާގައި ކްރޯމް ޑެސްކްޓޮޕް އަދި ގޫގަލް އެޕް (އެންޑްރޮއިޑް އަދި އައިއޯއެސް) ބޭނުން ކުރާ ފަރާތްތަކަށެވެ.

އެސްޖީއީ (ސަރޗް ޖެނެރޭޓިވް އެކްސްޕީރިއަންސް) އިން ޖެނެރޭޓިވް އެއައިގެ ބާރު ސީދާ ގޫގުލް ސަރޗަށް ގެނެސްދެއެވެ. އާ ސަރޗް އެކްސްޕީރިއަންސްގެ ސަބަބުން މައުލޫމާތު އަވަހަށް ހޯދައި މާނަ ކުރެވޭނެ ގޮތް ހެދުމަށް އެހީތެރިވެދެއެވެ. ހޯދަމުންދާއިރު، އެއައި ޕަވަރޑް އޯވަރވިއުތަކާއި، އިތުރަށް ދިރާސާ ކުރުމަށް ޕޮއިންޓަރތަކާއި، ގުދުރަތީ ގޮތުން ފޮލޯއަޕް ކުރެވޭނެ ގޮތްތަކާއެކު މައުޟޫޢެއްގެ މުހިންމުކަން ލިބިގެންދެއެވެ.

ކޯޑް ޓިޕްސް އަކީ ބޮޑެތި ބަހުގެ މޮޑެލްތަކުގެ ބާރު ބޭނުންކޮށްގެން ކޯޑް އަވަހަށް އަދި ސްމާޓްކޮށް ލިޔުމަށް ޕޮއިންޓަރުތައް ފޯރުކޮށްދޭ އެއްޗެކެވެ. ޕްރޮގްރާމިންގ ލޭންގުއޭޖްތަކުގެ ވަކި ސެޓެއް (ސީ، ސީ++، ގޯ، ޖާވާ، ޖާވާސްކްރިޕްޓް، ކޮޓްލިން، ޕައިތަން، ޓައިޕްސްކްރިޕްޓް)، ޓޫލްސް (ޑޮކަރ، ގިޓް، ޝެލްސް)، އަދި އަލްގޮރިދަމްތަކާއި ގުޅޭ ސުވާލުތައް ކުރެވިދާނެއެވެ.

އެޑް ޓު ޝީޓްސް އިން ސީދާ ސްޕްރެޑްޝީޓަކަށް ސަރޗް ނަތީޖާއެއް ޖަހައި ރައްޓެހިންނާ ހިއްސާ ކުރުމަށް އެހީތެރިވެދެއެވެ. އެއީ ދަތުރެއް ރާވައި، މަންޒިލަށް މައުލޫމާތު އިތުރުކުރުމަށް، ނުވަތަ ސަރޗް އިން ހޯދިފައިވާ އެހެން މައުލޫމާތުތައް ރައްކާކޮށް ބަލަހައްޓައިދޭނެއެވެ.

ގޫގަލް ސަރޗް ލެބްސް ތައާރަފުކުރުމާއި ގޫގަލް ސަރޗްއަށް ގެނެވުނު ބަދަލާއެކު މައުލޫމާތު ހޯދުމާއި އެއްކުރުމުގައި ފަސޭހަތަކެއް ލިބިގެންދާނެއެވެ. ނަމަވެސް ޖެނެރޭޓިވް އޭއައި އަދި ލެންގުއޭޖް ލާނިންގް މޮޑެލްސް އަދިވެސް ތަރައްގީ ވަމުން އަންނާތީވެ އެންމެ ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުމުގައި އެންމެ ފުރިހަމަ ނުވެދާނެއެވެ. މައިކްރޮސޮފްޓުން ވަނީ ބިންގް ގައި އޭއައި ހިމަނައި ޔޫޒަރ ޓެސްޓިންއަށް ހުޅުވާލާފައެވެ. އެހެންކަމުން ކުރިޔަށް އޮތްތަނުގައި ގޫގަލް ސަރޗް އަދި ބިންގް ސަރޗް ވަރަށް ކައިރިން ވާދަކުރާނެކަމަށް ފެނެއެވެ.


އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.