ހައިޑްރޮޖަން ފިއުލްސެލްގެ އެހީގަ ގިނައިރު އުދުހޭ ޑްރޯނެއް

އަޝްނާ ރަޝީދު 30 މޭ 2023

"Hyliun" ކިޔާ ކުންފުންޏަކުން ހައިޑްރޯޖަން ފިއުލްސެލްގެ އެހީގައި ފަސް ގަޑިއިރުވަންދެން ދުއްވޭ ޑްރޯނެއް އުފައްދައިފިއެވެ. މިއީ ޑްރޯން ޓެކްނޮލަޖީއަށް އައި ވަރަށް ބޮޑު ކުރިއެރުމެކެވެ. އެމީހުންގެ އާ ޓެކްނޮލަޖީގެ އެހީގައި އާދައިގެ ބެޓަރީލައިގެން ފަރުމާކޮށްފައިވާ ޑްރޭނުތަކަށް ވުރެ 10 ގުނަ ގިނައިރަށް އުދުހެވޭއެވެ.

"Hylium" ގެ ހައިޑްރޮޖަން ފިއުލް ސެލް ޑްރޯން

އާންމު ގޮތެއްގައި ވައިގެ މަގުން ދަތުރުކުރާ ޑްރޯންތައް އުފައްދަނީ ލިތިއަމް ބެޓެރީ ބޭނުންކޮށްގެންނެވެ. އެހެންނަމަވެސް މި ޑްރޯންތައް އާންމުކޮށް އުދުހެނީ ގާތްގަނޑަކަށް 20 އާއި 30 މިނެޓާއި ދެމެދުގެ ވަގުތުކޮޅެއްގައި ނިސްބަތުން ކުރު ދުރުމިނަކަށެވެ. މިއައު ހައިޑްރޯޖަން ފިއުލް ސެލް ޓެކްނޮލޮޖީ ބޭނުންކޮށްގެން ޑްރޯންތަކަށް ކުރިއަށްވުރެ މާ ގިނަ އިރު އަދި ދުރަށް އުދުހެވޭނެވެ. މިކަމުގެ ސަބަބުން ޑްރޯން ޓެކްނޮލޮޖީއަށް ގިނަ އާ ބޭނުންތަކަށް ލިބިގެން ދެއެވެ.

"Hylium" އިން ބުނާ ގޮތުގައި ހައިޑްރޯޖަން ރައްކާކުރާ ކެނިސްޓަރަކީ ކުއްލި ހާލަތެއްގައި ވައްޓާލަންޖެހުނަސް ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭ ކެނިސްޓަރެކެވެ. މިކަން މުހިންމުވާ ސަބަބަކީ ހައިޑްރޯޖަން އަކީ ވަރަށް ހަލުވިކަމާއެކު އަލިފާން ރޯވާ މާއްދާއަކަށް ވާތީއެވެ. މިހެން ކަމުން މި ކެނިސްޓަރުތައް ގޮވުން ފަދަ ނޭދެވޭ ހާދިސާތަކުން ރައްކާތެރިކުރުމުގެ ފިޔަވަޅުތައް އަޅަންޖެހޭތީ އެވެ.

މުސްތަޤުބަލުގައި މިފަދަ ޑްރޯނުތައް ވަރަށް ގިނަ ކަންކަމުގައި ބޭނުންކުރާތަން ފެނުން އެކަށީގެންވެއެވެ. މިގޮތުން ދަނޑުވެރިކަމާއި، ސަވައިލެންސް އަދި އިންސްޕެކްޝަން ފަދަ ކަންކަމަށް މިކަހަލަ ޑްރޯނުތައް ފެނުން އެކަށީގެންވެއެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.