ބީއެމްއެލްގެ އާޔަ ޗެޓްބޮޓް

އަޝްނާ ރަޝީދު 01 ޖޫން 2023

ކަސްޓަމަރުންގެ ހިދުމަތް ރަނގަޅު ކުރުމަށް ބީއެމްއެލް އިން ވަނީ 31 މެއި 2023 ގައި އާ އިންޓެލިޖެންޓް ޗެޓްބޮޓެއް ތައާރަފްކޮށްފަ އެވެ. އާޔަ ކިޔާ މި ޗެޓްބޮޓުން އިނގިރޭސި ބަހުން އަދި ދިވެހި ބަހުން ވެސް ކަސްޓަމަރުންގެ ސުވާލުތަކަށް ޖަވާބުދެވޭނެވެ. އާޔަ ބީއެމްއެލް ވެބްސައިޓާއި ވައިބަރާއި ވޮޓްސްއެޕް އަދި ފޭސްބުކް މެސެންޖަރ އިން ވެސް މިވަގުތު ބޭނުންކުރެވޭނެވެ.

ބީއެމްއެލް އިން ބުނާ ގޮތުން މި ޗެޓްބޮޓް އުފެއްދީ ކަސްޓަމަރުންގެ ވާހަކަތަކަށް ޖަވާބު ދިނުމަށް ޖެނެރޭޓިވް އައި ބޭނުންކޮށްގެންނެވެ. މީގެ ސަބަބުން ކަސްޓަމަރުންގެ ބައެއް ސުވާލުތަކަށް އޭ.އައި މެދުވެރިކޮށް އިންސާނެއްގެ އެހީ އާއި ނުލާ ޖަވާބުދެވޭނެވެ. މިކަމުން ކަސްޓަމަރުންނަށް އަވަސް ހިދުމަތެއް ދިނުމަށް މަގުފަހި ވާނެއެވެ.

މިޗެޓްބޮޓުން އާންމު ކޮށް ޗެޓްބޮޓެއް މަސެއްކަތްކުރާގޮތަށް ޕްރޮމްޕްޓުތަކުގެ އެހީގައި މައުލުމާތު ހޯދިދާނެވެ. ނަމަވެސް އާޔައަށް ކަސްޓަމަރުން ލިޔާ ބައެއް ސުވާލުތައް ވެސް ދޭހަވެއެވެ. ކަސްޓަމަރުން އާންމުކޮށް ކުރާ ސުވާލުތަކުން އާޔަވަނީ ޓްރެއިން ކޮށްފައެވެ. ނަމަވެސް މިވަގުތި ސުވާލު އިބާރާތްކުރެވޭ ގޮތުންނާއި އާޔައަށް އަދި ދަސްނުވެހުރި ދިމާލަކުން ސުވާލު އައުމުން އާޔައަށް ޖަވާބުދޭންނޭންގެއެވެ. މިއީ ކަސްޓަމަރުންނަށް މި ޗެޓްބޮޓު ބޭނުންކުރަން އުނދަގޫ ވެދާނެ ސަބަބެކެވެ. މިކަހަލަ ސުވާލުތަކަށް ކަސްޓަމާރ ސާވިސް އޭޖަންޓެއް ކައިރިން އޮޅުންފިލުވުވުގެ ފުރުސަތު އާޔަ ދެއެވެ.

އާޔައަކީ އަދި ވަރަށް ޅަ ޗެޓްބޮޓެކެވެ. އާދައިގެ ޗެޓްބޮޓަކާއި ބަލާފަ އާޔަ ވަރަށް މޮޅެވެ. ނަމަވެސް އާޔައިން އޭ.އައި ޗެޓްބޮޓަކުން ފެންނަން އުންމީދުކުރާވަރަށް އަމިއްލަޔަށް ދެކެވޭ ބަސް ނަގައިގަނެވޭތޯ؟ މިވަގުތި އާޔަގެ ލިމިޓޭޝަންތަކަށް ބަލައިގެން ފަހަރެއްގައި ޖަވަބޫ އާއެކޭކަމަށް ނުވެދާނެއެވެ. ނަމަވެސް މުސްތަގުބަލުގައި އާޔަ މިއަށް ވުރެ ކުޅަދާނަވުން އެކަށީގެންވެއެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.