އައިއޯއެސް ޑިވައިސްތަކަށް އަމާޒުކޮށް އާ ޒީރޯ ކްލިކް ހެކެއް!

އަޙްމަދު ދާއޫދު 03 ޖޫން 2023

ސައިބަރ ސެކިއުރިޓީ ކުންފުނި ކަސްޕަރސްކީ އިން ހާމަކޮށްފައިވާ ގޮތުގައި އައިއޯއެސް ޑިވައިސްތަކަށް ހާއްސަކޮށް އަމާޒުކޮށްގެން އޮޕަރޭޝަން ޓްރައިއެންގްލޭޝަން ކިޔާ ތަޖުރިބާކާރު އަދި ދިގު މުއްދަތަކަށް ކުރިއަށްދާ މޯބައިލް ކެމްޕޭނެއް ވަނީ ފެނިފައެވެ.

2019 ވަނަ އަހަރު ފެށި މި ކެމްޕޭނުގައި ޒަމާނީ އުކުޅުތައް ބޭނުންކޮށްފައިވާއިރު، އެޕަލްގެ މަޝްހޫރު މޯބައިލް އޮޕަރޭޓިން ސިސްޓަމްގެ ސެކިއުރިޓީއާ މެދު ކަންބޮޑުވުންތައް ވަނީ ފާޅުކޮށްފައެވެ.

ކަސްޕަރސްކީ އިން ހާމަކުރި ގޮތުގައި އޮޕަރޭޝަން ޓްރައިއެންގްލޭޝަންގެ ފަހަތުގައި ތިބި ހަމަލާދޭ މީހުން އައިމެސެޖް ޕްލެޓްފޯމް މެދުވެރިކޮށް ޒީރޯ ކްލިކް އެކްސްޕްލޮއިޓްސް ބޭނުންކޮށްގެން އެމީހުންގެ އަމާޒުތަކަށް އިންފެކްޓް ކުރެ އެވެ. މާނައަކީ އެއްވެސް ޔޫޒަރ އިންޓަރެކްޝަނެއް ނެތި ވަލްނަރެބިލިޓީތައް ޓްރިގަރ ކުރެވޭތީ، މި ހަމަލާތައް ދެނެގަނެ ދިފާއުކުރުމަކީ އިތުރަށް ގޮންޖެހުން ބޮޑު ކަމެކެވެ. އިންފެކްޓް ވުމުން މެލްވޭއާ އަށް ރޫޓް އިމްތިޔާޒު ލިބި، ހަމަލާދޭ މީހުންނަށް ޑިވައިސް އާއި ޔޫޒަރ ޑޭޓާގެ މައްޗަށް ފުރިހަމަ ކޮންޓްރޯލެއް ލިބިގެންދެ އެވެ.

ކަސްޕަރސްކީއަށް ކޮމްޕްރޮމައިޒްގެ އަސަރުތައް ހޯދިފައިވަނީ އަމާޒުކުރި ޑިވައިސްތަކުގެ އޮފްލައިން ބެކަޕް އުފެއްދުމަށްފަހު، އެޓޭކް ޗޭންއަށް އަލިއަޅުވާލުމުންނެވެ.

މި ކެމްޕޭން ފެށެނީ ޝިކާރައަކަށް ވެފައިވާ މީހާގެ އައިއޯއެސް ޑިވައިސްއަށް އައިމެސެޖް މެދުވެރިކޮށް އެކްސްޕްލޮއިޓް ގެންގުޅޭ އެޓޭޗްމަންޓެއް ހިމެނޭ މެސެޖެއް ލިބުމުންނެވެ. މި އެކްސްޕްލޮއިޓް އިން ޕްރިވިލިޖް އެސްކޭލޭޝަން އަށް އިތުރު ޕޭލޯޑްތައް ހޯދައި، ރިމޯޓް ސަރވަރ އިން ފުލް ފީޗާޑް އެޑްވާންސްޑް ޕަރސިސްޓެންޓް ތްރެޓް (އޭޕީޓީ) ޕްލެޓްފޯމް ޑިޕްލޮއި ކުރެއެވެ.

ރޫޓް އިމްތިޔާޒުތަކާއެކު ހިންގާ މި އިމްޕްލާންޓަކީ ނާޒުކު މައުލޫމާތު އެއްކޮށް، ސަރވަރ އިން ޕްލަގިން މޮޑިއުލްގެ ގޮތުގައި ޑައުންލޯޑް ކުރާ ކޯޑް އެގްޒެކެޓް ކުރުމުގެ ގާބިލްކަން ލިބިފައިވާ އެއްޗެކެވެ.

ކަސްޕަރސްކީގެ ދިރާސާވެރިން އިތުރަށް ވިދާޅުވީ މި ސްޕައިވެއާ އިން މަޑުމަޑުން އަމިއްލަ މައުލޫމާތު ރިމޯޓް ސާވަރުތަކަށް ފޮނުވާ ކަމަށާއި އޭގެ ތެރޭގައި މައިކްރޯފޯން ރެކޯޑިންތަކާއި އިންސްޓޭންޓް މެސެންޖަރުންގެ ފޮޓޯތަކާއި ޖިއޮލޮކޭޝަން ޑޭޓާ އަދި ޑިވައިސްގެ ވެރިފަރާތުގެ އެހެނިހެން ހަރަކާތްތައް ހިމެނޭ ކަމަށް އެބޭފުޅުން ވިދާޅުވިއެވެ.

ޔޫޒަރުންގެ ޓްރެކްތައް ކަވަރު ކުރުމަށްޓަކައި ހަމަލާދޭ މީހުން ފުރަތަމަ މެސެޖާއި އެޓޭޗްމަންޓްގައިވާ އެކްސްޕްލޮއިޓް ވެސް ޑިލީޓްކޮށް، އިންފެކްޝަންގެ ހުރިހާ ހެއްކެއް ފޮހެލަ އެވެ.

ކަސްޕަރސްކީ ފާހަގަކުރެއްވި ގޮތުގައި މި މެލިޝިއަސް ޓޫލްސެޓުން ޕަރސިސްޓެންސް އަށް ސަޕޯޓް ނުކުރާ ކަމަށާއި، މިއީ ރީބޫޓް ކުރުމަށްފަހު ޑިވައިސްތައް އަލުން އިންފެކްޓް ވެދާނެ ކަމަށް ދޭހަވާ ކަމެކެވެ.

އޮޕަރޭޝަން ޓްރައިއެންގްލޭޝަންގެ ފުރިހަމަ މިންވަރާއި ދާއިރާ އަދި ނޭނގުނު ނަމަވެސް ހަމަލާތައް ކުރިއަށްދާކަން ކަސްޕަރސްކީ ވަނީ ކަށަވަރުކޮށްދީފައެވެ.

މި ކެމްޕޭނުން އައިއޯއެސް 15.7 ބޭނުންކުރާ ޑިވައިސްތައް ކާމިޔާބުކަމާއެކު ބްރީޗްކޮށްފައިވާއިރު، އޭގެ ތެރޭގައި ސެޕްޓެމްބަރު 12، 2022 ގައި ނެރުނު އައިއޯއެސް ވަރޝަން ކަމަށްވާ އައިއޯއެސް 15.7.6 ވެސް ހިމެނެ އެވެ.

އައިއޯއެސްގައި ހަމަލާދޭ މީހުން ޒީރޯ ޑޭ ވަލްނަރެބިލިޓީއެއް ކަމަށްވާ ސޮފްޓްވެއާ ވެންޑަރަށް ނޭނގޭ ވަލްނަރެބިލިޓީއެއް ބޭނުން ކުރަމުންދާ ކަމެއް އަދި ސާފެއް ނުވެ އެވެ.

އެޕަލްގެ އެންމެ ފަހުގެ އައިއޯއެސް ވަރޝަން އަކީ 16.5 ނަމަވެސް އެ ކުންފުނިން ވަނީ އައިއޯއެސް 15.7.6 އަށް ވެސް މިދިޔަ މަހު އަޕްޑޭޓެއް ނެރެފަ އެވެ.

ކަސްޕަރސްކީގެ ރިޕޯޓާ ދިމާކޮށް ރަޝިޔާގެ ފެޑެރަލް ސެކިއުރިޓީ ސާވިސް (އެފްއެސްބީ) އިން ވަނީ އެމެރިކާގެ ޖާސޫސީ އިދާރާތަކުން އެޕަލްގެ "އެތައް ހާސް" ޑިވައިސް ހެކްކޮށްފައިވާ ކަމަށް ތުހުމަތުކޮށް އެޑްވައިޒަރީއެއް ނެރެފަ އެވެ. އެފްއެސްބީން ބުނީ މި ހަމަލާތައް ދީފައިވަނީ ނޭނގޭ މަގުތަކެއްގެ ތެރެއިން "ރިކޮނައިސަންސް އޮޕަރޭޝަނެއް" ގެ ތެރެއިން ކަމަށެވެ.

އަދި ވަކި ފަންނީ ތަފްސީލެއް ދީފައި ނުވި ނަމަވެސް އެޕަލް އާއި ނޭޝަނަލް ސެކިއުރިޓީ އެޖެންސީ (އެންއެސްއޭ) އާއި ދެމެދު "ގާތް އެއްބާރުލުން" އޮތް ކަމަށް ވެސް އެފްއެސްބީން ވަނީ ތުހުމަތުކޮށްފަ އެވެ. މި ތުހުމަތުތަކަށް އެޕަލް އިން އަވަސް ޖަވާބެއް ދީފައިވާއިރު، އެޕަލް އިން ބުނީ އެ ކުންފުނިން ދުވަހަކުވެސް އެއްވެސް ސަރުކާރަކާ ގުޅިގެން އެމީހުންގެ އުފެއްދުންތަކަށް ބެކްޑޯރސް ވައްދައިގެން މަސައްކަތް ނުކުރާ ކަމަށާއި އެކަން ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

ރަޝިޔާގެ ފޮރިން މިނިސްޓްރީން އެމެރިކާގެ ޖާސޫސީ ހިދުމަތްތަކަށް އިތުރަށް ފާޑުކިޔައި، އައިޓީ ޖަޔަންޓްސް ބޭނުންކޮށްގެން ޕާސަނަލް ޑޭޓާ އެއްކުރާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ. އެމީހުން ވަކިން ހާއްސަކޮށް ބުނީ ހަމަލާދިން މީހުން އެމެރިކާގައި އުފައްދާފައިވާ ސްމާޓްފޯނުތަކުގައި ހުރި ވަލްނަރެބިލިޓީތައް ބޭނުންކޮށްފައިވާ ކަމަށެވެ.

ކަސްޕަރސްކީގެ ދިރާސާވެރިޔާ އިވާން ކްވިއަޓްކޯވްސްކީ ވަނީ އާރުޔޫ-ސީއީއާރުޓީން ނެރުނު އިންޑިކޭޓަރސް އޮފް ކޮމްޕްރޮމައިޒް (އައިއޯސީ) ގައި ހުރި ގުޅުންތައް ފާހަގަކޮށް، މި ދެ ސެޓްގެ ހަރަކާތުގެ ގުޅުން ގަބޫލުކޮށްފައެވެ.

ކަސްޕަރސްކީއިން ސިފަކޮށްފައިވާ ގޮތުގައި އޮޕަރޭޝަން ޓްރައިއެންގްލޭޝަން އަކީ އިންތިހާއަށް ކޮމްޕްލެކްސް އަދި ޕްރޮފެޝަނަލް ޓާގެޓްޑް ސައިބަރ އެޓޭކެކެވެ.

ހައިޕްރޮފައިލް ނުވަތަ އިސް މުވައްޒަފުންނަށް ނިސްބަތްވާ އެތައް ހާސް އައިފޯނަކަށް މިހަމަލާތައް އަމާޒުކޮށްފައިވާކަން ކަށަވަރުވެފައިވާއިރު، ޖާސޫސީ ކެމްޕޭންގެ ފުރިހަމަ މިންވަރު އަދި ކަނޑައެޅިފައެއް ނުވެ އެވެ.

އޮޕަރޭޝަން ޓްރައިއެންގްލޭޝަން ހޯދުމުން އައިއޯއެސް ޑިވައިސްތަކުގެ ސެކިއުރިޓީއާ މެދު ކަންބޮޑުވުންތަކެއް އުފެދި، މޯބައިލް ޕްލެޓްފޯމްތަކަށް ކުރިމަތިވެފައިވާ ނުރައްކާތައް ތަރައްގީވަމުން އަންނަ ކަމަށް ވެސް ކަސްޕަރސްކީގެ ދިރާސާވެރިން ވިދާޅުވި އެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.