މީސްމީޑިޔާގެ ސަބަބުން ކުދިންނަށް ގެއްލުންކުރޭ

އަޝްނާ ރަޝީދު 05 ޖޫން 2023

ފާއިތުވެގެންދިޔަ ޕެންޑަމިކުގެތެރޭގައި ކުޑަކުދިނަނާއި ޒުވާނުން މީސްމީޑިޔާ ބޭނުންކުރާމިންވަރު ވަނީ އިތުރުވެފައެވެ. ޅަކުދިންނާއި ޒުވާނުން މީސްމީޑިޔާ ބޭނުންކުރުމުގެ ސަބަބުން ނޭދެވޭ އަސަރު ފޯރުމަކީ ބެލެނިވެރިން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެކެވެ. މިގޮތުން، އެމެރިކަން ނޭޝަންވައިޑް ޗިލްޑްރަންސް ހޮސްޕިޓަލުން ދާދި ފަހުން ކުރި ސާވޭއަކުން ހާމަވެފައިވާ ގޮތުގައި 18 އަހަރުން ދަށުގެ ކުދިން ތިބި އެމެރިކާގެ ބެލެނިވެރިންގެ %50 މީހުން ގަބޫލުކުރާ ގޮތުގައި ވޭތުވެދިޔަ އަހަރުސޯޝަލް މީޑިއާ މާގިނައިން ބޭނުންކުރުމުގެ ސަބަބުން ކުދިންގެ ނަފްސާނީ ސިއްހަތް ގޯސްވެފައިވެއެވެ. މި ހޯދުންތަކުން ބެލެނިވެރިންދެކޭގޮތުގައި ކުޑަކުދިންގެ ތެރޭގައި ސޯޝަލް މީޑިއާ ބޭނުންކުރުމުގެ ސަބަބުން ޑިޕްރެޝަން، ހާސްކަން، ދެވިހިފުން، އަދި އަމިއްލަ ހަށިގަނޑާ މެދު ދެކޭގޮތް ދަށްވުން ފަދަ އެކި ނޭދެވޭ އަސަރުތަކައް އިތުރުވާކަމަށް ހާމްކޮށްފައިވެއެވެ.

މިގޯތުން ކުދިން މީސްމީޑިޔާއާއި ދުރުވުމުން ހާސްކަން އިތުރުވުމާއި، ޑިޕްރެޝަން، ބުލީ ކުރުމާއި، އެކަށީގެން ނުވާ ކޮންޓެންޓް ހިއްސާކުރުން ފަދަ ނޭދެވޭ އަސަރުރަތައް ފާހަގަކުރެވިފައިވެއެވެ.އަދި ސައިބަރ ބުލީންގ އާއި ގެއްލުން ހުރި އޮންލައިން މުއާމަލާތްތަކުގެކުދިންނާ ހަމަޔަށް ފޯރުންފަދަ ނޭދެވޭ އެހެން އަސަރުތައް ވަނީ އާންމުވެފައެވެ.

މިފަދަ ގެއްލުންތަކުން ކުދިން ރައްކާތެރިކުރުމަކީ ކުރުން ލާޒިމުވެފައިވާ ކަމެކެވެ. މި ގޮތުން ބައެެއް މީސްމީޑިޔާ ޕްލެޓްފޯމްތައްވަނީ ފިޔަވަޅު އަޅަން ފަށާފައެވެ. މިހާރު މަޝްހޫރުވެފައިވާ ޓިކްޓޮކުން ވަނީ އެ ޕްލެޓްފޯމް ބޭނުންކުރާ ކުދިންނާއި ޒުވާނުންނަށް 60 މިނެޓްގެ މުއްދަތެއް ތައާރަފްކޮށްފައެވެ. މީގެ އިތުރުން ދުވާލަކު 100 މިނެޓަށް ވުރެ ގިނަ ވަގުތު ބޭނުންކުރާ މީހުންނަށް ބޭނުންކުރުމުގެ އާދަތަކަށް އަލުން ވިސްނުމަށް ހިތްވަރުދީ، ފުރާވަރުގެ ޔޫޒަރުންނަށް ހަފްތާއަކު އެއްފަހަރު ސްކްރީން ޓައިމް ރީކެޕް ފޮނުވުމަށް ވެސް އެ ޕްލެޓްފޯމުން ވަނީ ވައުދުވެފަ އެވެ. ނަމަވެސް މި ފިޔަވަޅުތަކުގެ އަސަރު ކުރާނެ ގޮތެއް އަދި ފެންނަން އޮތްއިރު، މިފަދަ އަމިއްލައަށް ރެގިއުލޭޓް ކުރުމަކީ ފުދޭ ކަމެއްތޯ ސުވާލު އުފެދެއެވެ.

މި ކަންބޮޑުވުންތަކަށް ރައްދުދީ، އެމެރިކާގެ ބައެއް ސްޓޭޓްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންތަކެއް ވަނީ ކުޑަކުދިންނަށް މީސް މީޑިއާ އަށް ވަނުން ހަނިކުރުމަށް ފިޔަވަޅުތަކެއް އަޅާފައެވެ. މި މައްސަލައަށް ހައްލެއް ހޯދައިދޭނެ ފުރަތަމަ ސްޓޭޓަކަށް ޔޫޓާ ދާދި ފަހުން ވަނީ ވެފައެވެ. މި ގޮތުން އިންސްޓަގްރާމް އާއި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި ކުދިން ރަޖިސްޓްރީކުރުމަށް ބެލެނިވެރިންގެ ރުހުން ހޯދަން ޖެހޭ ދެ ބިލެއް ފާސްކޮށް، ރޭގަނޑު 10:30 ގެ ފަހުން ހެނދުނު 6:30 ގެ މިޔަލަށް މީސްމީޑީޔާ ކާފިއުއެއް ގާއިމްކޮށްފައިވެއެވެ.

ކުޑަކުދިންގެ މެދުގައި ސޯޝަލް މީޑިއާ ބޭނުންކުރުން، ޚާއްސަކޮށް ފުރާވަރުގެ ކުދިންގެ ތެރޭގައި ފާއިތުވި ދިޔަ ދިހަ އަހަރު ތެރޭގައި ވަރަށް މައްޗަށް އަރާފައިވާކަން ފާހަގަކުރެވިފައިވެއެވެ. ޕިއު ރިސާޗް ސެންޓަރުން ކުރި ސާވޭއަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދިންގެ %95 ގަވާއިދުން މީސްމީޑިޔާ ބޭނުންކުރާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. މީސް މީޑިއާގައި ގުޅުމާއި އަމިއްލަ ނަފްސު ހާމަކުރުމުގެ ފުރުސަތުތައް ލިބިގެންދާއިރު، ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ ނޭދެވޭ އަސަރުތައް އަޅާނުލާ ހުރުމަކީ ކުރެވޭނެކަމެއްނޫނެވެ.

މި ހޯދުންތައް އަޅުގަނޑުމެން ބަލާއިރު، މީސް މީޑިއާ ބޭނުންކުރުމުން އުފެދޭ ގިނަ ފަރާތްތަކެއްގެ މައްސަލަތަކަށް ހައްލެއް ހޯދުމަށް ފުރިހަމަ ގޮތެއް ގެންގުޅެން ޖެހޭކަން ހާމަވެގެންދެއެވެ. ޒިންމާދާރު ޑިޖިޓަލް ސުލޫކަށް ކުދިން މަގުދައްކައިދިނުމުގައި ބެލެނިވެރިންގެ ބައިވެރިވުމާއި ތައުލީމަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. ނަމަވެސް މީސް މީޑިއާ ޕްލެޓްފޯމްތަކުގައި ވެސް އެ ޒިންމާ އުފުލަނީ ހަރުކަށި ގައިޑްލައިންތައް ހީވާގިކަމާއެކު ތަންފީޒުކުރުމާއި އޮންލައިން މުއާމަލާތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތަކުން ނާޒުކު ޔޫޒަރުން ރައްކާތެރިކުރުމަށް އިތުރު ހަރުދަނާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމެވެ.

މިކްމަކީ ދުނިޔޭގައި ތަރައްގީވަމުން އަންނަ ކޮންމެ ޤައުމެއްގައި ވެސް މިހާރު ވިސްނަން ގެހޭކަންކަމެވެ. މިއީ ރާއްޖޭގެ ޒުވާނުންނަށް ބީރަށްޓެހިކަމެއް ނޫނެވެ. މިގޮތުން، ރާއްޖޭގެ ބޮޑުވެގެން އަންނަ ޖީލު މިކަންކަމާ މެދު ހޭލުންތެރިކުރުމުގެ ގޮތުން ސަރުކާރާއި، އަމިއްލަ ގަމިއްޔާތަކުންވަނީ ފާއިތުވެ ދިޔަ އަހަރުތަކުގައި އެތަކެއްކަމެއް ފަށައިފައެވެ.

ސައިބާރ ސްމާރޓް ކެމްޕެއިންގައި މީސް މީޑިޔާ ބޭންކުރުމުގައި ކުދިންނަށް ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައް ކިޔައިދިނެވެ.

ނަމަވެސް، އަޅުގަނޑުމެންގެ ބޮޑުވެގެން އަންނަ ޖީލު މިކަމާމެދު ހޭލުންތެރިކުރުމަށް މިޔަށް ވުރެވެސް ބޮޑްށް މަސައްކަތްކުރަންޖެހެއެވެ. ދަރިވަރުން ސުކޫލު މާހައުލުގައިވެސް މީސް މީޑިޔާ ރަނގަޅު އަދި ރައްކާތެރިގޮތުގައި ބޭނުންކުރަން ދަސްކޮށްދިނުމަކީ އަޅުގަނޑުމެންގ ޒިންމާއެކެވެ. މި މަޤްޞަދު ހާސިލްކުރުމަށްޓަކައި ދަރިވަރުންނާއި، ބެލެނިވެރިންނާއި މުދައްރިސުން ވެސް މިކަމާމެދު ހޭލުންތެރިކުރުން މުހިންމުކަމަކަށް ވާނެއެވެ.

ކުޑަކުދިންނަށް މީސް މީޑިއާގެ ފައިދާއާއި ނުރައްކާތަކުގެ މެދުގައި ހަމަހަމަކަމަށް ގާއިމުކޮށް ބެލެނިވެރިންނާއި ތައުލީމީ ދާއިރާގެ ފަރާތްތަކާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ޓެކްނޮލޮޖީ ކުންފުނިތައް ގުޅިގެން މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިކަމާ މެދު އެކިފަރާތްތަކުގެ މަޝްވަރާ ހޯދާ، ފައިދާހުރި ގަވާއިދުތައް ތަންފީޒުކުރުމާއި، ޒިންމާދާރު ޑިޖިޓަލް ސިޓީޒަންޝިޕް ކުރިއެރުވުމުން، ކުޑަކުދިންގެ ނަފްސާނީ ސިއްހަތު ރައްކާތެރިކޮށްދޭ މާހައުލެއް ގާއިމްކުރެވި، އަދިވެސް ޑިޖިޓަލް ދުނިޔެއާ ގުޅިގެން މަސައްކަތް ކުރެވޭނެއެވެ. އަދި ހެޔޮގޮތުގައި މީސްމީ ޑިޔާ ބޭނުންކުރަން ބޮޑުވގެން އަންނަ ޖީލަށް ދަސްކޮށްދޭން ޖެހޭނެވެ. އެހެނީ މީސް މީޑިއާ ކުރިމަގުގައި މުހިންމުވާނެވެ. އަދި ބޮޑުވަމުން އަންނަ ޖީލުތަކަށް އެ މީޑިއާ ބުއްދިވެރިކަމާއެކު ބޭނުންކޮށްގެން އެނގެން ޖެހޭނެވެ. އަދި އެކުދިންގެ ނަފްސާނީ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރެވޭނެ ގޮތްވެސް ދެނެގަންނަން ޖެހޭނެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.