އޭ.އައިއިން ބްރައުޒާތަކަށް އިންގިލާބެއް

އަޝްނާ ރަޝީދު 05 ޖޫން 2023

އޭ.އައިއިން ބްރައުޒިންގެ ވާހަކަ އަޑު އިވުމުން އެންމެ ފުރަތަމަ ސިކުނޑިއަށް އަންންކަމަކީ ޗެޓް-ޖީޕީޓީ އަދި ބާޑް ފަދަ މަޝްހޫރު އޭ.އައި ޗެޓްބޮޓްތަކެވެ. ނަމަވެސް މުސްތަޤްބަލުގައި އޭ.އައިއިން ބްރައުޒިންގަށް މިޔަށްވުރެ މާ ބޮޑެތިބަދަލުތަކެއް ގެނެސްދޭނެއެވެ. އޭ.އައި ބޭނުންކުރާ ސަރޗް އިންޖީންތަކާއި، އޭ.އައިގެ ބޭނުންކުރާ ބްރައުޒާތަކަކީ މުސްތަގުބަލުގައި ބްރައުޒިންގައި އާންމުވުން އެކަށީގެންވާ ކަންތަކެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި މިކަމާ ގުޅުންހުރި އިއުޖާދީތަކެއްވަނީ ފެނިފައެވެ.

މި ގޮތުން މިހާރު އިންޓެލިޖެންޓް ޗެޓްބޮޓްތަކާއި އެސިސްޓެންޓުން ސީދާ ވެބް ބްރައުޒާތަކަށް އިންޓަގްރޭޓްކޮށްގެން އިންޓަރެކްޓިވް ބްރައުޒިން ތަޖުރިބާއެއް ހޯދައިދިނުމަށް އުފެއްދުންތެރިން ދަނީ މަސައްކަތް ކުރަމުންނެވެ. މިއީ އޮންލައިން ކޮންޓެންޓާއި ހިދުމަތްތަކާ މުއާމަލާތްކުރާ ގޮތަށް އިންގިލާބެއް ގެނައުމަށް ތައްޔާރުވެފައިވާ ކަމެކެވެ.

ސިގްމާ-އޯއެސްގެ އައިރިސް

މިކަމަށް އެންމެ ގާބިލް އެއް ބްރައުޒާއަކީ ސިގްމާ-އޯއެސް އެވެ. ސިގްމާ-އޯއެސް އިން ބްރައުޒިން އިތުރަށް "އިންޓެލިޖެންޓް" ކޮށްދެއެވެ. އެމީހުންގެ އައިރިސް ބޮޓުން ވެބް ޕޭޖްތަކާ މުއާމަލާތްކޮށް، ޔޫޒަރ ޕްރޮމްޕްޓްތަކަށް ކޮންޓެކްސްޓް ޑްރިވަން ޖަވާބު ހޯދައިދެވޭނެ އެވެ. މީގެ މާނައަކީ ކޮބައި ތޯ؟ ޢަމަލީގޮތުން މީގެ މާނައަކީ، ވެބްޕޭޖުން ކޮންމެ ލަފުޒެއް ނުވަތަ ޢިބާރާތެއް ޔޫޒަރ ނެގުމުން، އައިރިސް އޭ.އައި އޭތި އިތުރަށް ކިޔައިދެއެވެ. މިކަމުގެ ނަތީޖާއަކަށް ވާނީ ވެބް-ޕޭޖްގެ ކޮންޓެންޓްތަކަށް ބިނާކޮށް ޖަވާބެއް ލިބި، އާންމު އެހެން ގިނަ އޭ.އައި ޓޫލްތަކަށްވުރެ އެ ކޮންޓެކްސްޓަކާއި މާ ގުޅުންހުރި މައުލޫމާތު ފޯރުކޮށްދެއެވެ. އަސްކް އައިރިސް ބޭނުންކޮށްގެން ވެބްޕޭޖުގައި ހުންނަ ކޮންޓެންޓާ ބެހޭ ގޮތުން ސުވާލުކޮށް، ކޮންޓެކްސްޓް ޑްރިވަން ޖަވާބުތައް އުފެއްދުމުގެ ފުރުސަތު ލިބިގެންދެއެވެ.

ސިގްމާ-އޯއެސްގެ އައިރިސް އިން ވަރަށް ބައިވަރުކަންތައްކުރެވޭ

މިއީ އައިރިސްއަށް ކުރެވޭ ހުރިހާ ކަމެއް ނޫނެވެ. އަދި ހޫމޯ އިތުރުކުރުމާއި، ލިޔުން ފަސޭހަކުރުމާއި ނުވަތަ "ދޫންޏެއް ފަދައިން ލިޔަން" ނުވަތަ "50 ބަހުން ލިޔުން" ފަދަ ކަސްޓަމް ޕްރޮމްޕްޓްތައް ވެސް އަމިއްލައަށް ކުރުމަށް ޕްރޮމްޕްޓްތައް ބޭނުންކޮށްގެން ޖުމްލަތަކާއި ޢިބާރާތްތައް އަލުން ލިޔެވޭނެ އެވެ. އައިރިސް އަކީ ތަރުޖަމާ ކުރުމުގެ ގާބިލް ކަން ވެސް ލިބިފައިވާ އެއްޗެކެވެ. ނަމަވެސް، މި ފިއުޗަރިސްޓް ބްރައުޒާ މިވަގުތު ލިބެނީ ހަމައެކަނި އެޕަލް ޑިވައިސްތަކަށެވެ.

އޮޕެރާ ވަންގެ އާރިއާ

ވިންޑޯސްއާއި އެންޑްރޮއިޑްގެ ޔޫޒަރުންނަށްވެސް އޭ.އައި ބޭނުންކުރާ ބްރައުޒާއެއް ބޭނުންކުރުމުގެ ފުރުސަތުލިބިފައިވއެވެ. މަޝްހޫރު ބްރައުޒާއެއް ކަމަށްވާ އޮޕެރާ އިން ވެސް ވަނީ ދާދި ފަހުން އޭ.އައި ބޭނުންކުރަން ފަށާފައެވެ. އާރިއާ ގެ ނަންދީފައިވާ މި އާ ބްރައުޒާ އޭ.އައި މެދުވެރިކޮށް ޔޫޒަރުންނަށް ޓެކްސްޓް ނުވަތަ ކޯޑް އުފެއްދުމާއި، ރިއަލް ޓައިމް ވެބް ސަރޗް ނަތީޖާ ފޯރުކޮށްދިނުމާއި، ޕްރޮޑަކްޓާ ގުޅުންހުރި ސުވާލުތަކަށް ޖަވާބު ދިނުމުގެ ގާބިލުކަން ލިބިފައިވެއެވެ.

އޮޕެރާ ވަންގެ އާރިއާ އެންޑްރޮއިޑްގަ ވެސް މިވަގުތު ބޭނުން ކުރެވޭ

އާރިއާ މަސައްކަތް ކުރަނީ ކިހިނެއްތޯ؟ އަސްކް އައިރިސް އާއި އެއްގޮތަށް އާރިއާގެ ޔޫ.އައި އިންނަނީ ސީދާ ބްރައުޒާއާ އިންޓަގްރޭޓްކޮށްފައެވެ. އާރިއާ ބިނާވެފައި އޮތީ އެމީހުން ކުރިން ތަންފީޒުކުރި ޗެޓްޖީޕީޓީއަށް ބިނާކޮށްފައި ހެދި ހައްލަށް ވުރެ މާ ފުރިހަމަ އެއްޗެކެވެ. އާންމުކޮށް ބޭނުންކުރާ ޖީޕީޓީއާއި ހިލާފަށް، އާރިއާއިން 2021 ވަނަ އަހަރުގެ ފަހުގެ މައުލޫމާތު ހިމަނާފައިވެއެވެ.

މައިކްރޮސޮފްޓުން އެޖް ބްރައުޒަރުގެ ބިންގް ސައިޑްބާ

މައިކްރޯސޮފްޓް ފަދަ މަޝްހޫރު ކުންފުނިތަކުން ވެސް ވަނީ އެ ކުންފުނިތަކުގެ ބްރައުޒާތަކުގައި އެއައި އެޑޮޕްޓް ކުރަން ފަށާފަ އެވެ. އެމީހުންގެ އެޖް ބްރައުޒާގެ އެންމެ ފަހުގެ ވަރޝަންގައި އޭ.އައި ޕަވަރޑް ބިންގް ސައިޑްބާ ވަނީ އިތުރުކޮށްފައެވެ.


ކޮމްޕޯސް ފީޗާ ބޭނުންކޮށްގެން ޔޫޒަރުންނަށް ބޭނުންވާ ގޮތަށް ކޮންޓެންޓް މި ސައިޑްބާއިން ޖެނެރޭޓް ކުރެވޭނެވެ. ދިގުމިނުން ފެށިގެން ރާގު، އަދި މަގުސަދަށް ވެސް މި ފީޗާ މެދުވެރިކޮށް ޔޫޒަރުންގެ ބޭނުންތަށް ފުދޭގޮތަށް ކޮންޓެންޓް ކަސްޓަމައިޒް ކުރެވޭނެވެ. ސައިޑްބާގެ އަނެއް ބޭނުންތެރި ސިފައަކީ އިންސައިޓްސް ކަމަށާއި، މިއީ ވެބްޕޭޖާއި އޭގެ އިތުބާރާ ބެހޭ ގޮތުން ބޭނުންތެރި މައުލޫމާތުގެ އިތުރުން ގުޅުންހުރި އެހެން މައުލޫމާތުތައް ލިބިގެންދާނެ އެއްޗެކެވެ.

މިފަދަ އައު އުފެއްދުންތަކަކީ ޔޫސަރުންނަށް ވަރަށްގިނަ ފަސޭހަތަކެއް ލިބިދޭ އެއްޗެކެވެ. ނަމަވެސް، އޭ.އައި ބްރައުޒާ އެސިސްޓަކީ އުނިކަމެއް ނެތް އެއްޗެއްނޫނެވެ. އޭ.އައި ބޭނުންކުރުން އިތުރުވުމާއެކު ޕްރައިވެސީ އާއި ސެކިއުރިޓީއާ މެދު ކަންބޮޑުވުންތައް ވަނީ ބޮޑުވެފައެވެ. ޖެނެރޭޓިވް އޭ.އައި މަސައްކަތްކުރާ ގޮތުގެ ސަބަބުން، އާންމުކޮށް ސަރޗް އިންޖީނުތަކުން އެއްކުރާ ޑޭޓާއަށްވުރެ މާ ބޮޑަށް ބްރައުޒާތަކުން ޑޭޓާ އެއްކުރެވިގެންދުމާ މެދު މިކަމާ ބެހޭ މާހިރުން އިތުރު ކަންބޮޑުވުންތަކެއް ހާމަކޮށްފައިވެއެވެ. މީގެ އިތުރުން މިފަދަ ކުންފުނިތަކުގެ މުވައްޒަފުން ޗެޓްބޮޓް އިންޓަރެކްޝަންތައް ކިޔުމާ ގުޅޭގޮތުން މިހާރުވެސް ކަންބޮޑުވުންތަކެއް އުފެދިފައިވެއެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.