އީފާސް މެދުވެރިކޮށް މިހާރު ފަހިޕޭއަށް ލޮގިން ވެވޭނެ

އަޙްމަދު ދާއޫދު 09 ޖުލައި 2023

ރާއްޖޭގައި ގިނަ ކަންތައްތައް ޑިޖިޓަލައިޒް ވެގެން ދާއިރު، ޚާއްޞަކޮށް ފައިސާގެ މުޢާމަލާތްތައް ހިނގުމުގައި ބޮޑުކުރިއެރުމެއް ހޯދާފައިވާއިރު، އޮންލައިންކޮށް ގިނަ ޕޭމަންޓްތަކެއް އެއް އެޕަކުން ރާއްޖޭގައި ހެދޭ އެޕް ކަމުގައިވާ "ފަހިޕޭ" އިން އީފާސް މެދުވެރިކޮށް ލޮގިން އަދި ރެޖިސްޓްރޭޝަން ހެދޭނެގޮތް ހަދައިފިއެވެ.

ފަހިޕޭގެ މި އިންޓަގްރޭޝަންގެ ސަބަބުން ފަހިޕޭ ބޭނުންކުރާ ފަރާތްތަކަށް އެފަރާތްތަކުގެ އީފާސް ޑިޖިޓަލް އައިޑެންޓިޓީ ބޭނުންކޮށްގެން ފަސޭހަކަމާއެކު ފަހިޕޭ އެޕަށް މިހާރު ވަދެވޭނެއެވެ.

ފަހިޕޭއިން މިގެނައި ބޮޑު ކުރިއެރުމުގައި، ދިވެހިރާއްޖޭގެ ގައުމީ ޑިޖިޓަލް އައިޑެންޓިޓީ ނިޒާމު ކަމަށްވާ އީފާސް އިން ފަހިޕޭ އަށް އެކްސެސް ކުރާ ފަރާތްތަކަށް ބޮޑު ފަސޭހައެއް ލިބުމުގެ އިތުރުން ސެކިއުރިޓީ އާއި އޮތެންޓިކޭޝަންވެސް އިތުރުކޮށްދެއެވެ.

އެގޮތުން މިގެނައި އަޕްގްރޭޑްގެ ސަބަބުން ލިބޭ އެންމެ ބޮޑު އެއްފަސޭހައަކީ ކޮންމެ އެޕަކަށް ނުވަތަ ކޮންމެ ވެބްސައިޓަކަށް ވަކި ލޮގިންއެއް ހަދައިގެން އެ ލޮގިންގެ ޑީޓެއިލްސް ހަނދާނުގައި ބަހައްޓަން ނުޖެހުމެވެ. ގިނަ ފަހަރު ލޮގިން ޕާސްވޯޑާއި، ޔޫޒަރނޭމް ހަދާންނެތިގެން އޮންނަނީ ބޮޑުތަކުލީފެއް ކުރިމަތިވެފައެވެ.

ފަހިޕޭ އިން ބުނީ މި އިންޓަގްރޭޝަންގެ މަގުސަދަކީ ޔޫޒަރ އެކްސްޕީރިއަންސް އިތުރުކޮށް، ފަހިޕޭ އެޕްގެ ތެރެއިން ސީމްލޭސް އަދި ރައްކާތެރި ޑިޖިޓަލް ޓްރާންސެކްޝަންތައް ޕްރޮމޯޓް ކުރުން ކަމުގައެވެ.

ފަހިޕޭ އެޕްގައި އީފާސް އިންޓަގްރޭޓް ކުރުމަކީ ރާއްޖޭގެ ފިންޓެކް ދާއިރާއަށް ލިބުނު ކުރިއެރުމެއްގެ އިތުރުން ފަހިޕޭ އެޕްގައި އީފާސް އިންޓަގްރޭޓް ކުރުމަކީ ރާއްޖޭގެ އާބާދީއަށް އިނޮވޭޓިވް އަދި ޔޫޒަރ ފްރެންޑްލީ މާލީ ހިދުމަތްތައް ފޯރުކޮށްދިނުމަށްވެސް ލިބުނު ކުރިއެރުމެކެވެ.

ފަހިޕޭއިން ބުނީ ފަހިޕޭގެ މަޤުބޫލުކަން ރާއްޖޭގައި އިތުރުވަމުން އަންނަ ކަމަށާއި، އެ އެޕްގެ ބޭނުންކުރާ ފަރާތްތަކުގެ އަދަދު މިހާރު 70000 އިން މައްޗަށް އަރާފައިވާ ކަމުގައެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.