ކާރުތަކުގައި ހުރި ބޭކާރު ޓެކްނޮލޮޖީތަކުން މީހުން ފޫހިވަނީ

އަޙްމަދު ދާއޫދު 22 ޖުލައި 2023

އޮޓޯމޯޓިވް ޓެކްނޮލޮޖީ ހަލުވި ސްޕީޑެއްގައި ކުރިއަރަމުންދާއިރު، ދުނިޔޭގެ ޑްރައިވަރުން ދަނީ ކާރުތަކުގައި ކޮންމެހެން ބޭނުން ނުވާ ޓެކް ފީޗާސްތައް ގިނަކަމުން ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އެއް ޒަމާނެއްގައި އިންގިލާބީ އަދި ފަސޭހަ އެއްޗެއްގެ ގޮތުގައި ތައުރީފުކުރި މި ޓެކްގެ ބައެއް ބާވަތްތަކަކީ ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި ޑްރައިވަރުންނަށް ހުރި ބޮޑު ބޮލުގައި ރިހުމެކެވެ.

ކުރީގެ މުސްކުޅި ކާރުތަކުގައި މިފަދަ ފޫހި ޓެކްނޮލޮޖީތަކެއް ހުރި ކަމުގައިވިޔަސް މިޒަމާނުގެ ކާރުތަކަކީ ހަގީގީ ޓެކް ހަބަކަށް ބަދަލުވެ، ޑިޖިޓަލް ޑިސްޕްލޭތަކާއި ޓަޗްސްކްރީންތަކާއި ވޮއިސް އެކްޓިވޭޓް އެސިސްޓެންޓްތަކާއި ކަނެކްޓިވިޓީގެ ގިނަ ގޮތްތަކެއް އެކުލެވިގެންވާ ކާރުތަކެކެވެ.

ޝައްކެއްވެސްނެތްގޮތުގައި މިއިން ބައެއް އާ އުފެއްދުންތަކުން ދުއްވުމުގެ ތަޖުރިބާ އިތުރުކޮށްދޭއިރު، ގިނަ މޮޓޯރިސްޓުން ބުނާ ގޮތުގައި އުފެއްދުންތެރިން އިސްކަންދެނީ ފަންކްޝަނަލިޓީއާއި ޔޫޒަރ ފްރެންޑްލީ އަށް ވުރެ ފްލެޝީ ފީޗާސްތަކަށެވެ.

ޑްރައިވަރުން ފާޅުކުރާ ބޮޑު އެއް ކަންބޮޑުވުމަކީ ކާރު ތެރޭގައި ޓެކްނޮލޮޖީގެ ކޮމްޕްލެކްސިޓީ ކަމަށްވާއިރު، މިއީ ދަތުރުކުރަން އުނދަގޫ އަދި އޮޅުން ބޮޅުން ބޮޑު ކަމެކެވެ. އެގޮތުން ޓަޗްސްކްރީންތަކުން ކޮންޓްރޯލްކުރާ އެކި ފަންކްޝަންތަކަކީ ކުރީގެ ސަގާފީ ބަޓަންތައް ބޭނުންކުރިއިރަށް ވުރެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ބަޓަންތަކަކަށް ވެދާނެ އެވެ. މިކަމުގެ ސަބަބުން މަގުމަތީގައި ސަލާމަތަށް ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށާއި، ސަބަބަކީ ޑްރައިވަރުން ދުއްވުމުގެ އަސާސީ މަސައްކަތުން ފޯކަސް ދުރަށް ޖައްސާތީ އެވެ.

މީގެ އިތުރުން ސޮފްޓްވެއާ އަޕްޑޭޓްތައް ދާއިމީކޮށް ބޭނުންވުމާއި ކާރު ސިސްޓަމްތަކަށް ސްމާޓްފޯން އެޕްތައް އިންޓަގްރޭޓް ކުރުމަކީ ޓެކްނިކަލް ގްލިޗްތަކާއި މައްސަލަތައް ދިމާވެދާނެ ކަމެކެވެ. މިކަމުގެ ސަބަބުން ޑްރައިވަރުން މާޔޫސްވުމުގެ އިތުރުން ސައިބަރ ސެކިއުރިޓީގެ ނާޒުކުކަންތައްތަކާ މެދު ކަންބޮޑުވުންތައް އުފެދި، ވެހިކަލްތައް ހެކިންގެ އަތްދަށަށް ދިއުމުގެ މަގު ފަސޭހަވެގެންދެއެވެ.

ޓެކްނިކަލް މައްސަލަތަކުގެ އިތުރުން ގިނަ ޑްރައިވަރުން ކަންބޮޑުވުން ފާޅުކުރަނީ ޓެކް އަށް ފަރިތަ ވެހިކަލްތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރުތަކާ މެދުގަ އެވެ. ގިނަ ސްކްރީންތަކާއި ސެންސަރުތަކާއި އިލެކްޓްރޯނިކް ކޮމްޕޯނެންޓްތައް ހިމަނައިގެން ގިނަ ފަހަރަށް ހަކަތަ ބޭނުންކުރަން ޖެހޭތީ ފިއުލް އެފިޝަންސީ ދަށްވެ ކާބަން ދޫކުރުން އިތުރުވެއެވެ.

ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ޑްރައިވިން ސޮލިއުޝަންތަކަށް ޑިމާންޑް ބޮޑުވަމުންދާ ވަރަކަށް އުފެއްދުންތެރިން އިތުރުވާނެއެވެ.

މިކަންކަން ހައްލުކުރުމަށްޓަކައި ބައެއް އުފެއްދުންތެރިން ދަނީ އިން-ކާރު ޓެކް ސްޓްރެޓެޖީތަކަށް އަލުން ވިސްނަން ފަށައި، ޔޫޒަރުންގެ ތަޖުރިބާ ރަނގަޅު ކުރެވޭނެ ގޮތްތައް ހޯދަމުންނެވެ. އެމީހުން ދަނީ އިންޓަފޭސްތައް ސްޓްރީމްލައިންކޮށް، ކޮންމެހެން ބޭނުން ނުވާ ފީޗާސްތައް މަދުކޮށް، ރައްކާތެރިކަމާއި އިތުބާރު ކުރެވޭ ގޮތަށް އަލުން ފޯކަސް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ކާރު އުފެއްދުމުގެ ސިނާއަތުގައި ޓެކްނޮލޮޖީގެ މުހިންމު ދައުރެއް ކުރިއަށްދާއިރު، އިނޮވޭޝަން އާއި ޕްރެކްޓިކަލިޓީއާ ދެމެދު ފުރިހަމަ ހަމަހަމަކަން ހޯދުމަކީ އަދިވެސް އޮތް ބޮޑު ގޮންޖެހުމެކެވެ.

ބައެއް ޑްރައިވަރުން ޓެކް ފީޗާސްތައް ގިނަކުރުމަށް ބޭނުން ވި ނަމަވެސް، ގިނަބަޔަކު ބުނަނީ އެމީހުންނަށް ރަނގަޅީ މާ ބޮޑު ކޮމްޕްލިކޭޓެޑް އެއް ނުވާ ޑްރައިވިން ތަޖުރިބާއެކެވެ.

މި ސިނާއަތް ކުރިއަރަމުންދާއިރު، ކާރު އުފައްދާ ފަރާތްތަކުން ކަސްޓަމަރުންގެ ކަންބޮޑުވުންތައް އަޑުއަހާ، ހުރިހާ ޑްރައިވަރުންގެ ބޭނުންތަކާއި އިސްކަންދޭ ކަންކަން ދެނެގަތުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.