ހާޑް ޑިސްކް ޑްރައިވްގެ ޒަމާން ނިމިގެން ދަނީތަ؟

އަޝްނާ ރަޝީދު 24 ޖުލައި 2023

ކޮމްޕިއުޓަރު އުފެދުނީއްސުރެ ކޮމްޕިއުޓަރ ސްޓޯރޭޖް ޓެކްނޮލޮޖީ ވަނީ ވަރަށް ބޮޑަށް ކުރިއަރާގޮސްފައެވެ. ހާޑް ޑިސްކް ޑްރައިވްއަކީ ގިނަ ދުވަސްތަކެއް ވަންދެން ޑޮމިނޭންޓް ޓެކްނޮލޮޖީ އެއްގެ ގޮތުގައި ދެމިއޮތް އެއްޗަކަށް ވީއިރު، ވަރަށް އަވަހަށް މިއީވެސް ގަދީމީ ޓެކްނޮލަޖީިއަކަން ވެގެން ދާނެ އެއްޗަކަށްވުން އެކަށިިީގެންވެއެވެ.

މިހެންމި ބުނަނީ ކީއްވެގެންތޯ؟ ކުރީގައި ހާޑް ޑިސްކް މަޤުބޫލުވެގެން ދިޔަ މައިގަނޑު އެއްސަބަބަކީ އެހެން ޓެކުނޮލަޖީތަކާއި އަޅާބަލާއިރު އަގުހެޔޮކޮށް ބައިވަރު ޑޭޓާ ރައްކާކުރެވޭތީއެވެ. ނަމަވެސް ފަހަކަށް އައިސް ސްޓޯރޭޖް ޓެކުނޮލަޖީއަށް އައި ކުރިއެރުންތަކުގެ ސަބަބުން އެހެން ޓެކުނޮލަޖީތައް ހާޑް ޑިސްކަށް ވުރެ މިކަމަށް މާ ރަނގަޅުކަމަށް ބެލެވެން ފަށައިފިއެވެ.

ހާޑް ޑިސްކް ޑްރައިވް ބޭނުންކުރުމުގައި ބައެއް އުނިކަންތަކެއް އެބަހުއްޓެވެ. މިސާލަކަށް ހާޑް ޑްރައިވްތަކުން އާ ޓެކްނޮލޮޖީތަކާ އަޅާބަލާއިރު އެތަކެތީގެ އެނބުރޭ ބައިތަކަށް ގިނަ އަދަދެއްގެ ހަކަތަ ބޭނުންވެގެންދެއެވެ. ހަމައެހެންމެ، މި ކުރިން ފާހަގަކުރި މެކޭނިކަލް ބައިތަކުން މި ޓެކްނޮލޮޖީ ޒަމާނީ އެހެން ޓެކްނޮލަޖީތަކާއި އަޅާ ބަލާއިރު އަޑުގަދަވެ، ޑޭޓާ ހޯދުމުގައި ލަސްވެދާނެވެ.

ފްލެޝް މެމޮރީން މީގެ ގިނަ މައްސަލަތައްތައް ހައްލުކުރެވޭނެވެ. ނަމަވެސް މި ޓެކްނޮލަޖީ އާންމުވުމަށް ހުރަސްއަޅާ ބައެއްކަންތައްތަކެއްވެއެވެ. މިވަގުތު ހާޑް ޑިސްކަށް ވުރެ މާ އަގުބޮޑެވެ. ފްލެޝް މެމޮރީން އުނިކަންތައްތައް ހައްލުކުރެވުނު ނަމަވެސް، މީގައި އަދި ބައެއް އުނިކަންތައްތަކެއް ހުރެއެވެ. އެންމެ ބޮޑު މައްސަލައަކަށް ވަނީ މިވަގުތު ހާޑް ޑިސްކަށް ވުރެ މާ އަގުބޮޑުވުމެވެ. ނަމަވެސް މިއީ މިހާރު މި ޓެކްނޮލަޖީއަށް އަންނަމުންދާ ތަރައްގީތަކުގެ ސަބަބުން ކައިރި މުސްތަގުބަލުގައި ބަދަލުވެގެން ދާނެކަމެއްކަމަށްވުން އެކަށީގެންވެއެވެ. ދެން މި ޓެކުނޮލޮޖީގައި ފެންނަ އެހެން 'އުނިކަމަކީ' މިހާރުގެ އެސްއެސްޑީ ޓެކްނޮލޮޖީއިން ދިގުމުއްދަތަކަށް ޑޭޓާ ރައްކާކުރުމަށް އަންނަ އުނދަގުލެވެ. މި ޓެކުނޮލޮޖީ މެދުވެރިކޮށް ދިގު މުއްދަތަކަށް ޑޭޓާ ރައްކާތެތިކުރަން އުޅުމުގެ ތެރޭގައި ޑޭޓާ ރިލައިބިލިޓީ ހާޑް ޑިސްކާއި އަޅާބަލާއިރު ދައްވާކަމަށް ފާހަގަ ކުރެވެއެވެ.

މި ހުރިހާ ކަމަކަށް ބަލާފައި މިދުވަސްވަރު އާންމު ބޭނުންތަކަށް އެސްއެސްޑީ ވަނީ ހާޑް ޑިސްކުގެ ބަދަލުގައި ބޭނުންކުރުން އާންމު ވެފައެވެ. ނަމަވެސް އަދި ނެޓުވާރކުގެ މައުލޫމާތު ރައްކާ ކުރުމުގައި އަދިވެސް އެސްއެސްޑީ އަށް ބަރޯސާވުން ކުޑައެވެ. މިކަން މިހެން މުސްތަގުބަލުގައި ދެމިހުރުން އެކަށީގެން ނުވެއެވެ. ހާޑް ޑިސްކަށް ވުރެ މޮޅު އަދި އަގު ހެޔޮ ޓެކްނޮލޮޖީތަކާއެކު މިވެސް ފްލޮޕީ ޑިސްކާއި ކެސެޓުތަކެކޭ އެއްފަދައިން ތާރީޚުގެ ސޮފުހާތަކުގެ ތެރެއަށް ގެއްލުން އެކަށީގެންވެއެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.