ދިރާގުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ އީ-ސްޕޯރޓްސް ކޮމްޕެޓިޝަން، ދިރާގު މޮބައިލް ލެޖެންޑްސް ކޮންކުއެސްޓް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިއީ ޖުމްލަ 100,000 ރުފިޔާގެ ޕްރައިޒް ޕޫލްއަކާއެކު ދިވެހިރާއްޖޭގައި ބޭއްވި އެންމެ ބޮޑު އީ-ސްޕޯޓްސް އިވެންޓެވެ. މި ޓޯނަމަންޓްގެ ގްރޭންޑް ފިނާލޭ ކުރިއަށް ގެންގޮސްފައިވަނީ ދިރާގު ހެޑް އޮފީހުގައި ސަޕޯޓަރުންނާއި އާންމުންނަށް މެޗުތައް ކުޅޭތަން ލައިވްކޮށް ބަލާލެވޭފަދަ ފޯރިގަދަ އިވެންޓެއްގެ ގޮތުގައެވެ.
ގްރޭންޑް ފިނާލޭ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީ.އީ.އޯ އަދި އެމް.ޑީ އިސްމާއިލް ރަޝީދު ވަނީ އީ-ސްޕޯޓްސް ސަގާފަތް ދިވެހިރާއްޖޭގައި ކުރިއެރުމަށް ދިރާގުން ތިބީ ތައްޔާރަށް ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން މި އިވެންޓަކީ އެކުންފުނިން ދިވެހި ގޭމިންގ ކޮމިއުނިޓީއަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ފެށުން ކަމަށްވެސް އިސްމާއިލް ވަނީ ވިދާޅުވިއެވެ.
ވަރުގަދަ މެޗުތަކަކަށް ފަހު ދިރާގު މޮބައިލް ލެޖެންޑްސް ކޮންކުއެސްޓްގެ ޗެމްޕިއަންކަން ޓީމް ސްލީޕިންގ ފޮރެސްޓްއިން ހޯދާފައިވީއިރު ދެވަނަ ހޯދީ ޓީމް ވިގަނިއެވެ. އަދި މުބާރާތުގެ ތިން ވަނަ ހޯދައިފައިވަނީ ޓީމް އެސް.އެލް.އެފް.އޯ މެކްސިސްއެވެ.
ގްރޭންޑް ފިނާލޭ ކުރިއަށް ދިޔައިރު ދިރާގުން ވަނީ އެއް ދުވަހުގެ ފީފާ ޓޯނަމަންޓަކާއި އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ދިޔަ ތަފާތު ވީ.އާރް ކުޅިވަރުތަކާއެކު ގޭމިންގ ފެސްޓެއްވެސް ދިރާގު ހެޑް އޮފީހުގައި ބާއްވާފައެވެ. މި ފީފާ ޓޯނަމަންޓްގެ ޗެމްޕިއަންކަން ހޯދާ ޕްލޭސްޓޭޝަން 5 ގެ ގްރޭންޑް އިނާމު ލިބިފައިވަނީ މުހައްމަދު ޒަމީލް ޒިހުނީއަށެވެ.
މި މުބާރާތް ބޭއްވުނީ ޖުލައި މަހުގެ 28 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތް ދިރާގު ޔޫޓިއުބް ޗެނަލުން ލައިވް ކޮށްފައިވެއެވެ.
ދިރާގުން އަންނަނީ އީ-ސްޕޯޓްސް ތަރައްގީކޮށް ކުރިއެރުވުމަށާއި ބައިނަލްއަގްވާމީ ބޮޑެތި ނަންތަކާ އެކު ހަރުދަނާ ގުޅުމެއް ގާއިމުކޮށް ޕްރޮފެޝަނަލް ގޭމް ކުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންކަމަށް ދިރާގުން ހާމަކުރެއެވެ.
އިތުރަށް ކިޔާލުމަށް
މޮޓޯ އެޖް އެކްސްއަކީ މޮޓޮރޯލާގެ ފުރަތަމަ ގޭމިންގ ފޯނު ބާ؟
ޕީސީ ގޭމް ކުޅޭ ފަރާތްތަކަށް ބޭނުންވާ ފްރީ ސޮފްޓްވެއަރ
ޓެކްނޮލޮޖީގެ ރޮނގުން 19 ވަރަކަށް އަހަރު ހިދުމަތްކޮށްފައިވާ މަލްޓިސްޕެޝަލިސްޓެއް. ލިޔުންތެރިކަމުގެ ރޮނގުން މުޅިން އާ ނުވި ނަމަވެސް ޒަމާންތަކެއް ވަންދެން ހަބަރު ލިޔުމާއި ދުރުގައި އުޅެފައި ޓެކްނިއުސް އަށް ލިޔަން ފަށާފައިވަނީ މިދާއިރާއަށް ޙާއްސަ ނޫހަކަށް ވެފައި މުހިންމު މައުލޫމާތު ތަކެއް ހިއްސާ ކުރުމުގެ ނިޔަތުގައި