ކީބޯޑުގެ އަޑުތައް ރެކޯޑްކޮށްގެން މައުލޫމާތު ވަގަށް ނަގަނީ

އަޙްމަދު ދާއޫދު 16 އޯގަސްޓު 2023

ހީވެސް ނުކުރާހާ ހަލުވި މިނެއްގައި ޓެކްނޮލޮޖީ ކުރިއަރަމުން އަންނަ މި ދުނިޔޭގައި ޕްރައިވެސީ އާއި ސެކިއުރިޓީއާ މެދު އަޅުގަނޑުމެންގެ ކަންބޮޑުވުންތައް ދުވަހެއް ދުވަހަކަށް މިދަނީ އިތުރުވަމުންނެވެ. މިއަދު އަނެއްކާވެސް މިވަނީ އެފަދަ ބޮޑު ކަންބޮޑުވުމަކާ ކުރިމަތިލާންޖެހިފައެވެ. އެގޮތުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިން އަޑުގެ މައްޗަށް ބިނާކޮށް ކީސްޓްރޯކްތައް ދެނެގަތުމުގެ ނުރައްކާ ބޮޑުކަމަށް އިނގިރޭސި ވިލާތުގެ ސައިންސްވެރިންގެ ޓީމަކުން ދާދި ފަހުން ކުރި ދިރާސާއަކުން ވަނީ ފާހަގަކޮށްފަ އެވެ.

މިއީ ތިބާ ކީބޯޑެއްގައި ޓައިޕްރާއިރު އަޑުތައް ރެކޯޑްކޮށްގެން ތިބާގެ ޒާތީ މައުލޫމާތުތައް ވަގަން ނެގިދާނެ ޓެކްނޮލޮޖީއެއްކަން ސައިންސްވެރިންނަށް ވަނީ ކަށަވަރު ކުރެވިފައެވެ.

މި ޓެކްނޮލޮޖީ ކުރިއަރަމުން އަންނައިރު، ހަމަލާތައް ދީފާނެ ކަމުގެ ނުތަނަވަސްކަން ވެސް އިތުރުވެ، ހޭލުންތެރިކަން އިތުރުކުރުމަށާއި ދިފާއީ ނިޒާމުތައް ހަރުދަނާ ކުރުމަށް އެޓީމުންވަނީ ގޮވާލައެވެ.

ލެޕްޓޮޕް ކީބޯޑުގައި ޓައިޕް ކުރުމުން ޕާސްވޯޑް، ކްރެޑިޓް ކާޑު ނަމްބަރު އަދި ޕްރައިވެޓް މެސެޖް ފަދަ ނާޒުކު މައުލޫމާތުތައް ހެކަރުން ނުވަތަ މައުލޫމާތު ލިބެން ނުޖެހޭ ފަރާތްތަކަށް ހާމަވެދާނެ އެވެ.

ސައިންސްވެރިން ކީސްޓްރޯކްތައް ދެނެގަތުމުގައި 95 އިންސައްތަ އެކިއުރެސީ ރޭޓެއް ހާސިލްކޮށްފައި ވަނީ ހަމައެކަނި އޭއައި އަލްގޯރިދަމް ބޭނުންކޮށްގެން ސައުންޑް އެނަލިސިސް ކޮށްގެންނެވެ.

އެކަމުގެ އަސަރުތައް ވަރަށް ސާފެވެ. އޭއައި ޓެކްނިކްތައް މިހާރަށްވުރެ ހަރުދަނާވަމުން ދާއިރު، ހަމަލާދޭ ފަރާތްތަކުން އަޅުގަނޑުމެންގެ ޕްރައިވެސީ އަށް އުނިކަން ގެނައުމަށް ބޭނުންކުރެވިދާނެ ގޮތްތައްވެސް ހިމެނެއެވެ.

ސައިންސްވެރިން ކުރި ތަހުލީލުތަކުގައި، ކައިރީގައި ހުރި ފޯނު ރެކޯޑިންއެއް ބޭނުންކޮށްގެން މެކްބުކް ޕްރޯއެއްގައި ހުރި ކީސްޓްރޯކްތައް ކާމިޔާބުކަމާއެކު ހިފަހައްޓައި، ޒޫމް ކޯލްތައް ރެކޯޑްކޮށްފައިވެ އެވެ.

"އެކޯސްޓިކް ސައިޑް ޗެނަލް އެޓޭކްސް" ގެ ގޮތުގައި އެމީހުން ސިފަކުރާ މި ހާދިސާގެ ތެރޭގައި ސެކަންޑަރީ ޑިވައިސް ނުވަތަ މައިކް ބޭނުންކޮށްގެން ޓައިޕިންގެ އަޑުތައް ރެކޯޑް ކުރުމަށް ޓަކައި ނުބައި ތިންވަނަ ފަރާތެއް ހިމެނެ އެވެ.

މި ރެކޯޑް ކޮށްފައިވާ އޯޑިއޯ ދެން ޕްރޮސެސް ކުރަނީ ޑީޕް ލާނިން އޭއައި މޮޑެލްތައް މެދުވެރިކޮށް، ވަކިވަކި ކީޕްރެސް އަޑުތައް ދެނެގަނެ، ޓައިޕްކުރި އެއްޗެއްގެ އަސްލު ކޮންޓެންޓް ދެނެގަތުމަށް ތަމްރީނު ކޮށްގެންނެވެ.

މެޝިން ލާނިންގެ ސަބްސެޓެއް ކަމަށްވާ ޑީޕް ލާނިންގެ ސަބަބުން ކޮމްޕިއުޓަރުތަކަށް އިންސާނުންގެ ސިކުނޑީގެ ޕްރޮސެސިން ޕެޓާންތައް ނަކަލު ކުރެވޭނެ އެވެ. އެމެޒޯންގެ އެލެކްސާ ފަދަ ވޮއިސް އެސިސްޓެންޓުން ފެށިގެން ސެލްފް ޑްރައިވިން ކާރުފަދަ ތަފާތު ޑޮމެއިންތަކުގައި މި ޒަމާނީ ޓެކްނޮލޮޖީގެ އެޕްލިކޭޝަންތައް ފެނެއެވެ.

މައިކްރޯފޯނާއި ޑީޕް ލަރނިންގ މޮޑެލްތައް ލިބެން ހުރުމާއި ޕާފޯމަންސް އިތުރުވުމާ އެކު މިފަދަ އެކޯސްޓިކް ކީބޯޑް އެޓޭކްތަކުގެ ފީސިބިލިޓީ އިތުރަށް ހަރުދަނާވަމުންދާކަން ސައިންސްވެރިން ފާހަގަކުރެއެވެ.

ހާއްސަކޮށް މިބާވަތުގެ ހަމަލާތަކާ މެދު އާންމުން ހޭލުންތެރިވެފައި ނެތުމުން މި ދިރާސާއިން ކަންބޮޑުވުން ފާޅުކުރެ އެވެ.

ކީބޯޑް ގެ އަޑުތައް އެންމެ ފުޅާދާއިރާއެއްގައި ހުރުމުގެ ސަބަބުން، ވަކިވަކި ފަރުދުން، ސަމާލުކަންދެނީ ކީބޯޑުގެ އަޑުތަކަށްވުރެ އެމީހުންގެ ސްކްރީން ތައް ފޮރުވުމަށެވެ. ކީބޯޑްގެ އަޑުތަކަށް ސަމާލުކަން ނެތުމުގެ ސަބަބުން ހަމަލާދޭ މީހުންނަށް އެޑްވާންޓޭޖެއް ލިބި، މިފަދަ އުކުޅުތައް ކާމިޔާބުކުރުމަށް މަގުފަހިވެގެން ދެއެވެ.

މި ނުރައްކާތައް ކުޑަކުރުމަށްޓަކައި ވަކިވަކި ފަރުދުންނަށް ތަފާތު ސްޓްރެޓެޖީތައް ގެންގުޅެވިދާނެއެވެ.

ޕާސްވޯޑްތައް ހަރުދަނާކުރުން:

މަތީ އަދި ތިރީ ކޭސް އަކުރުތަކާއި ހާއްސަ ކެރެކްޓާތަކާއި ނަންބަރުތައް އެކުލެވިގެންވާ ވަރުގަދަ ޕާސްވޯޑްތައް ބޭނުންކުރުން. ފުރިހަމަ ލަފުޒުތަކުގެ މައްޗަށް ބިނާކޮށް ފަސޭހައިން ކަނޑާލެވޭ ޕާސްވޯޑްތަކުން ދުރުހެލިވާށެވެ.

ޓޫ ފެކްޓަރ އޮތެންޓިކޭޝަން:

ޓޫ ފެކްޓާރ އޮތެންޓިކޭޝަންގެ ސަބަބުން ދެވަނަ ވައްތަރެއްގެ އައިޑެންޓިފިކޭޝަން އެއް ބޭނުންވެ، ހުއްދަ ނޫން ގޮތަކަށް ވަނުމުގެ ފުރުސަތު ކުޑަވެ، ސެކިއުރިޓީގެ އިތުރު ފަށަލައެއް އިތުރުވެގެން ދެއެވެ.

ބަޔޯމެޓްރިކް އޮތެންޓިކޭޝަން:

ފިންގަޕްރިންޓް ސްކޭން ނުވަތަ ފޭޝަލް ރިކޮގްނިޝަން ފަދަ ބަޔޯމެޓްރިކް އޮތެންޓިކޭޝަން މެތަޑްތައް ބަލައިގަތުމުގެ ސަބަބުން ޑިވައިސްތަކާއި އެކައުންޓްތަކަށް މިހާރަށްވުރެ ރައްކާތެރިކަމާއެކު ވަދެވޭނެ އެވެ.

ބެކްގްރައުންޑް ނޮއިސް:

ޢާންމު ތަންތަނުގައި މަސައްކަތްކުރާއިރު ވަށައިގެންވާ އަޑުތަކަށް ސަމާލުކަން ދޭށެވެ. ބެކްގްރައުންޑް ނޮއިސް މަދުކުރުމަކީ ހަމަލާދޭ މީހުންނަށް ސާފު ކީސްޓްރޯކް އަޑުތައް ދެނެގަންނަން ފަސޭހަވާނެ ކަމެއްކަމުގައި ބެލެވެއެވެ. އެހެންކަމުން އެފަދަ ކަމަކުން ސަލާމަތްވުމަށް އެންމެ އެކަށީގެންވާ ގޮތަކީ ކޮބައިތޯ ތިބާ އަމިއްލައަށް ވިސްނާ ދެނެގަތުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ.

ސަމާލުވެ ތިބުން:

ސައިބަރ ސެކިއުރިޓީ އާއި އޭއައިގެ އެންމެ ފަހުގެ ކުރިއެރުންތަކާ އެކު އަޕްޑޭޓްވެ ތިބުމުން އާ އެޓޭކް ކުރާނެ އިތުރުގޮތްތައް އުފެދިގެން އަންނައިރު، މައުލޫމާތު ލިބުމަކީ ތިމާގެ ޑިފެންސް އެޑަޕްޓް ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ސައިންސްވެރިން ލަފާދެނީ ކީސްޓްރޯކް ރެކޯޑް ކުރުމަށް ސްމާޓް ސްޕީކަރުބޭނުންކުރުމާއި، ލެންގުއޭޖް މޮޑެލްތައް ޑީޕް ލަރނިންގ އޭއައިއާއި އިންޓަގްރޭޓްކޮށް، އެކިއުރެސީ ރަނގަޅުކުރުމަށް ޓަކައި ކުރިއަށް އޮތް ތަނުގައި ތަހުލީލުތައް ކުރުމަށެވެ. މިފަދަ ފިޔަވަޅުތަކުގެ ސަބަބުން އެކޯސްޓިކް ސައިޑް ޗެނަލްގެ ހަމަލާތަކާ ދެކޮޅަށް ސަލާމަތީ ފިޔަވަޅުތައް އެޅުން އިތުރުވެގެންދާނެއެވެ.

އޭއައި އާއި ސައިބާރ ސެކިއުރިޓީގެ ގުޅިގެން އަންނަ ފުރުސަތުތަކާއި ގޮންޖެހުންތައް ވެސް ހުށަހަޅައިދޭ ކަމެކެވެ. އަޅުގަނޑުމެންގެ ދިރިއުޅުން ކުރިއެރުވުމަށް އޭއައި ގެ ބޭނުން ހިފޭއިރު، އޭގެ ބޭނުން ނުބައި އެކްޓަރުން ބޭނުންކޮށްގެން އަޅުގަނޑުމެންގެ ސަލާމަތަށް ބުރޫ އަރުވަފާނެއެވެ.

ޓެކްނޮލޮޖީ ކުރިއަރަމުން އަންނައިރު، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ސަމާލުވެ ތިބުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އޭއައި އިން އުފައްދާ ކީސްޓްރޯކް ހަމަލާތަކުން ދިފާއުވުމަށް ފަރުދީ ހޭލުންތެރިކަމާއި އެޑްވާންސް އޮތެންޓިކޭޝަން މެތަޑްތަކާއި ހަރުދަނާ ކައުންޓާމެޝަރތައް އުފެއްދުމަށް މިހާރު ކުރަމުންދާ ދިރާސާތައް އެކުލެވިގެންވާން ޖެހެއެވެ.

މި ސްޓްރެޓެޖީތައް ޤަބޫލުކޮށްގެން، ޑިޖިޓަލް ޒަމާނުގެ ކުރިއަރަމުން އަންނަ ނުރައްކާތަކުން ފަރުދުން ބާރުވެރިކުރެވިދާނެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.