މިހާރު ގަސްގަހާގެހިން ކަނޑުމަހުގެ 3ޑީ ޕްރިންޓު ކުރެވެއެވެ. ނޭޝަނަލް ޔުނިވާސިޓީ އޮފް ސިންގަޕޫރުގެ ދިރާސާވެރިން ވަނީ އަސްލާއިއެއްގޮތް އަދި ރަހަމީރު ކަލަމާރީ 3ޑީ ޕްރިންޓިންކޮށްފައެވެ. މިކަންތައް ހާސިލުކުރުމުގައި ސަގާފީ މަހުގެ ކެއްކުންތަކުގެ ޓެކްސްޗަރާއި ރަހަ އެއްގޮތްކުރުމުގައި ގަސްގަހާގެހީގެ ބާވަތްތައް ބޭނުންކޮށްފައިވެއެވެ. މިއީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ނުހިނގުމާއި ގުޅިގެން އުފެދިފައިވާ ތިމާވެށީގެ ބައެއް މައްސަލަތައް ހައްލުކުރުމަށް އެޅެވޭނެ ފިޔަވަޅެއް ކަމަށް ބެލެވެއެވެ.
މި ދިރާސާގައި އުފެއްދާފައިވަނީ ގަސްގަހުގެ ބައިތައްބޭނުންކޮށްގެން 3ޑީ ޕްރިންޓްކޮށްފައިވާ ކަލަމާރީ ރިންގުތަކެވެ. މީގެ ބޭރުގަނޑު މުރަނައެވެ. އަދި އެތެރެ ހަފަން ފަސޭހައެވެ. މިއީ އަސްލު ކަލަމާރީގެ ޓެކްސްޗަރާއީ ދާދި އެއްވައްތަރެވެ. މީތި ހެދުމުގައި މުންގް ބީންސާި މައިކްރޯއެލްގޭ ޕްރޮޓީން ބޭނުންކޮށްފައިވެއެވެ. މިކަމުގެ ސަބަބުން މީގެން ހިތްހަމަޖެހޭ ރަހައެއް ލިބުމުގެ އިތުރުން އަސްލު ކަލަމާރީއާ އެއްވަރު ނުވަތަ އެއަށްވުރެ މޮޅު ފަދާތަކެއްލިބިގެންދެއެވެ. މިގޮތުން މި 3ޑީ ޕްރިންޓުކޮށްފައިވާ ކަލަމާރީގައި %20 ޕްރޮޓީން އެކުލެވިގެންވެއެވެ. މިއީ އަސްލު ކަނޑުމަހުން ލިބޭ ވަރަށްވުރެ ބޮޑު އަދަދެކެވެ. މީގެ އިތުރުން މީގެން ލިބޭ އޮމެގާ-3 ވެސް ލިބިގެންދެއެވެ. މިކަމުގެ ސަބަބުން ކަނޑުމަހުގެ ބަދަލުގައި މިފަދަ ކާއެއްޗެހި ބޭނުންކުރެވިދާނެއެވެ.
މިކަމަކީ މުސްތަޤުބަލުގައި ވިއްކޭނެ އެއްޗެއްކަމާމެދު ވަރަށް ބޮޑެތި އުންމީދުތަކެއްވެއެވެ. ވޭގަން ފަރާތްތަކުންނާއި ކަނޑުމަސަ ނުކެވޭ ފަރާތްތަކުންގެ މެދުގައި ކަނޑުމަހުގެ ރަހަލާ އަދި އޭގެ ސިއްހީ ފައިދާ ލިބޭ ގަސްގަހުން ހަދާފައިވާ ކާއެއްޗެހި ކަމުދާނެކަމަށް ބެލެވެއެވެ. ނަމަވެސް މީތި ވިއްކުމުގެ ކުރިން ކުރަންޖެހޭ ބައިވަރު މަސައްކަތް އެބަހުއްޓެވެ.
މިގޮތުން ކޮންސިއުމަރ އެކްސެޕްޓެންސް ޓެސްޓިން ވަރަށް މުހިންމު ވާނެކަން ފާހަގަކުރެވެއެވެ. މިހާރު ލިބެން ހުންނަ ކެލަމަރީ ރިންގުތަކާއި އެއްގޮތްވާގޮތަށް 3ޑީ ޕްރިންޓުކޮށްފައިވާ ކަލަމާރީގެ ޓެކްސްޗަރާއި އިލާސްޓިކް ޕްރޮޕަޓީތައް އޮތުރަށް ހެދޭތޯ ބަލަންޖެހެއެވެ. އަދި ކޮންސިއުމަރުން މިކަލަމާރީ ބޭނުންކުރުމަށް އައިސްދާނެ މައްސަލަތަކާއި ކަންބޮޑުވުންތައް ހޯދާ ހައްލުކުރުން ވެސް ވަރަށް މުހިންމެވެ.
މިއީ ކަނޑުމަސް 3ޑީ ޕްރިންޓުކޮށްފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް ވަނީ އެކިވައްތަރުގެ ކަނޑުމަސް 3ޑީ ޕްރިންޓުކޮށްފައެވެ. އަދި ބައެއް ފަރާތްތަކުން ވަނީ ފިހާރަތަކުގައި ވިއްކަންވެސް ފަށާފައެވެ. މިގޮތުން ވިއެނާގެ ރެވޯ ފުދްސުން ތައާރަފު ކޮށފައިވާ 3ޑީ ޕްރިންޓުކޮށްފައިވާ ސާމަން ފާހަގަ ކުރެވެއެވެ. މުސްތަޤުބަލުގައި އެކި ވައްތަރު ވައްތަރުގެ 3ޑީ ޕްރިންޓުކޮށްފައިވާ ކަނޑުމަސް ފިހާރަތަކާއި ރެސްޓޯރަންޓުތަމުން ފެނިގެން ދިއުން އެކަށީގެންވެއެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.