ނެޓްފްލިކްސް ޑީވީޑީ ސަބްސްކްރައިބަރުންނަށް އިތުރު 10 ޑިސްކު

ހަސަން ޒަޔާން 17 އޯގަސްޓު 2023

މެއިލް ރެންޓަލް ވިޔަފާރީގެ ތެރެއިން ނެޓްފްލިކްސްގެ ޑީވީޑީ އަށް ސަބްސްކްރައިބް ކުރާ މީހުންނަށް އެންމެ ފަހު ސަޕްރައިޒެއް ލިބިއްޖެ އެވެ. ކޮލައިޑާ އިން ކުރިން ރިޕޯޓްކުރި ފަދައިން 25 އަހަރުވީ ސަބްސްކްރިޕްޝަން ގެ ހިދުމަތް ރަނގަޅު ގޮތުގައި ނިންމާލުމުގެ ކުރިން އިތުރު 10 ޑިސްކެއް ފޮނުވާނެ ކަމަށް މެންބަރުންނަށް އަންގައެވެ.

މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އެ ކުންފުނީގެ ޑީވީޑީގެ ހިދުމަތް ހުއްޓާލުމަށް އިއުލާނުކުރަން ކުރަން ފެށުމުން ސްޓްރީމިން ހިދުމަތްތަކުން ނުވަތަ ފިހާރަތަކުން ލިބެން ނެތް ފިލްމުތަކަށް ސަޕޯޓަރުންނަށް އަދިވެސް އެ ހިދުމަތް ބޭނުންކުރާ މީހުންނަށް ލިބުނީ މާޔޫސްކަމަކަށެވެ.

ރެޑިޓްގައި ނެޓްފްލިކްސް އިން އާންމުކުރި އީމެއިލްގައި ބުނީ އިތުރު ޑިސްކްތައް ފޮނުވަނީ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ކަމަށެވެ. އަދި މިމަހުގެ 29 ވަނަ ދުވަހުގެ ކުރިން އީމެއިލްގައި ހިމަނާފައިވާ ލިންކަށް ކްލިކް ކުރަން ޖެހޭނެ އެވެ.

ނެޓްފްލިކްސް އިން ޑިސްކުތައް އިޚްތިޔާރު ކުރާނީ ބޭނުންކުރާ މީހެއްގެ ފިލްމު ކިއުގައި ލިސްޓުކޮށްފައިވާ ފިލްމުތަކަށް ބަލައިގެން ކަމަށާއި އިތުރު ފޮށިގަނޑެއް މެއިލްބޮކްސްއަށް އަންނަންދެން ޑިސްކުތަކުގެ މާބޮޑު މައުލޫމާތެއް ސަބްސްރައިބަރުންނަކަށް ނޭނގޭނެކަމަށް ނެޓްފްލިކްސް އިން ބުނެއެވެ. ނެޓްފްލިކްސް އިން އަދިވެސް އުންމީދު ކުރަނީ 27 އޮކްޓޫބަރު 2023 ގެ ކުރިން ނެޓްފްލިކްސްގެ ޑީވީޑީ ބޭނުން ކުރި ފަރާތްތަކުން އަނބުރާ ލިބޭނެ ކަމަށެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.