ހެޕީ ބާތުޑޭ ގޫގަލް! ގޫގަލްއަށް 25 އަހަރު ފުރިއްޖެ

އަޙްމަދު ދާއޫދު 05 ސެޕްޓެމްބަރު 2023

އަޅުގަނޑުމެންގެ ޑިޖިޓަލް ދިރިއުޅުމުގެ މުހިންމު ބައެއްގެ ގޮތުގައި މިހާރު އޮތް ސަރޗް އިންޖީން ގޫގުލްގެ 25 ވަނަ އުފަންދުވަސް އޮންލައިން ދުނިޔޭގެ އެކި ކަންކޮކޮޅުތަކުގައި މިދަނީ ފާހަގަކުރަމުންނެވެ. މި ރިޕޯޓުގައި ގޫގަލްގެ ފާހަގަކޮށްލެވޭ ތާރީޚާއި، އެކަމުގެ ސަބަބުން މުޅި ދުނިޔެއަށް ކުރާ އެދެވޭ އަދި ނޭދެވޭ އަސަރުތަކާއި، އެމަގުގައި ގޫގަލްއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އިނޮވޭޝަންތަކުގެ މައްޗަށް އަލިއަޅުވާލާނަމެވެ.

ގޫގަލްގެ ތާރީޚް:

ގޫގަލް އުފެއްދީ 1998 ވަނަ އަހަރުގެ ސެޕްޓެމްބަރު 4 ގައި ސްޓެންފޯޑް ޔުނިވާސިޓީގައި ޕީއެޗްޑީ އަށް ކިޔަވަމުން ދިޔަ ދެ ދަރިވަރުން ކަމަށްވާ ލެރީ ޕޭޖާއި ސާގޭ ބްރިން އެވެ. އެ ކުންފުނީގެ އެންމެ ފުރަތަމަ އަމާޒަކަށްވީ އިންޓަނެޓުގައި ގިނަ އަދަދެއްގެ މައުލޫމާތު ތައް ތަރުތީބުކޮށް، އެ މައުލޫމާތަކީ ޔުނިވާސަލްކޮށް ބޭނުންކުރެވޭ އަދި ބޭނުންތެރި މައުލޫމާތަކަށް ހެދުމެވެ. އެބޭފުޅުންގެ ޕްރޮޖެކްޓްގެ ސަބަބުން އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބޭ ގޮތަށް އިންގިލާބީ ބަދަލުތަކެއް އަންނާނެކަން އެބޭފުޅުންނަށް އޭރު އެނގިވަޑައެއް ނުގަންނަވައެވެ.


މައުލޫމާތު ފޯރުކޮށްދިނުމުގައި ގޫގަލް:

ފާއިތުވި އަހަރުތަކުގައި ގޫގަލް އިން ވަނީ މައުލޫމާތު ހޯދުމުގެ ގޮތް ބަދަލުކޮށްފަ އެވެ. އެގޮތުން ޕޭޖްރޭންކް އަލްގޮރިދަމް ތައާރަފްކޮށް، ވެބް ޕޭޖްތަކުގެ ރިލެވަންސް އާއި ކޮލިޓީއަށް ބެލުމަށްފަހު ސާޗް ރިޒަލްޓްތަކަށް އިސްކަން ދީފައިވެ އެވެ. މި އިނޮވޭޝަންގެ ސަބަބުން ސާޗް ރިޒަލްޓްތަކުގެ ސައްހަކަން ވަރަށް ބޮޑަށް ރަނގަޅުވެ، ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ މައުލޫމާތު ހޯދުމުގައި ފަސޭހަތަކެއް ލިބިގެން ދިޔައެވެ.

އުންމީދު ކުރިވަރަށްވުރެވެސް ގޫގަލް ފުޅާވުން:

ގޫގަލްގެ ޕްރައިމަރީ ފަންކްޝަނަކީ ސާޗް ކުރުން ކަމަށް ވާއިރު، އެ ކުންފުނިން ވަނީ އެ ކުންފުނީގެ ހިދުމަތްތައް ވަރަށް ބޮޑަށް ފުޅާކޮށްފަ އެވެ. ގޫގަލް މެޕްސް، ޖީމެއިލް، ޔޫޓިއުބް އަދި އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމް ފަދަ އުފެއްދުންތައް ތައާރަފްކޮށް، ތަފާތު ޕޯޓްފޯލިއޯއެއް ހިމެނޭ ޓެކް ޖަޔަންޓަކަށް ވަނީ ވެފަ އެވެ. މި އުފެއްދުންތަކުގެ ސަބަބުން ދުނިޔެ ނެވިގޭޓްކޮށް، މުއާމަލާތްކޮށް، ކޮންޓެންޓް ބޭނުންކުރާ ގޮތްތަކަށް ވަރަށް ބޮޑު އަސަރެއް ކޮށްފައިވެ އެވެ.

ގޮންޖެހުންތަކާއި ދެބަސްވުންތައް:

ގޮންޖެހުންތަކާއި ދެބަސްވުންތަކަކީ ގޫގަލް އުފެދުނީއްސުރެ މިއަދާއި ހަމައަށްއަށްވެސް އެކުންފުންޏަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. އެގޮތުން އެންޓިޓްރަސްޓް އިންވެސްޓިގޭޝަންތަކާއި ޑޭޓާ ޕްރައިވެސީއާ މެދު ހުރި ކަންބޮޑުވުންތަކާއި އޮންލައިން ކޮންޓެންޓް ބައްޓަން ކުރުމުގައި އެ ކުންފުނީގެ ދައުރާ މެދު ބަހުސްތައް ވަނީ ކުރިމަތިވެފަ އެވެ. ޓެކް އިންޑަސްޓްރީގައި ގަދަ ބާރަކަށް ގޫގުލް ވުމުން ދިމާވާ ގޮންޖެހުންތައް މި މައްސަލަތަކުން ހާމަވެގެން ދެއެވެ.

އުފެއްދުންތެރި ކަމާއި މުސްތަޤުބަލްގެ އުންމީދުތައް:

ގޮންޖެހުންތަކާއެކުވެސް ގޫގަލް އިން އަންނަނީ އިނޮވޭޓް ކުރަމުންނެވެ. އެއީ އާޓިފިޝަލް އިންޓެލިޖެންސާއި ކުއަންޓަމް ކޮމްޕިއުޓިން އަދި އެހެނިހެން ޒަމާނީ ޓެކްނޮލޮޖީތަކަށް ވަރަށް ބޮޑު އިންވެސްޓްމަންޓެކެވެ. މި އިންވެސްޓްމަންޓްތަކުން ދޭހަކޮށްދެނީ ޓެކްނޮލޮޖީގެ މުސްތަގުބަލު ބައްޓަން ކުރުމަށް އެ ކުންފުނިން ކުރާ މަސައްކަތްތަކެވެ.

ގޫގަލް އަށް 25 އަހަރު ފުރޭއިރު، މައުލޫމާތު ހޯދުމާއި ޑިޖިޓަލް ދުނިޔޭގައި ނެވިގޭޓް ކުރުމަށް އެކަމުގެ ސަބަބުން ކޮށްފައިވާ ބޮޑު އަސަރާ މެދު ވިސްނާލަން ޖެހެ އެވެ. ކުޑަ ރިސާޗް ޕްރޮޖެކްޓަކުން ދުނިޔޭގެ ޓެކް ޖަޔަންޓަކަށް އެ ކުންފުނިން ކުރި ދަތުރަކީ އިނޮވޭޝަނާއި އެޑަޕްޓޭބިލިޓީގެ ހެއްކެކެވެ.

މިކުރިއެރުންތަކާއެކު ގޫގަލްގެ ފަޚުރުވެރި ކާމިޔާބީތައް ފާހަގަކޮށް އަދިވެސް އެއްފަހަރު ގޫގަލްއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔަމެވެ. އިތުރަށް ކިޔާލުމަށް:

ސާޗް އިންޖީންތަކުގެ ދުނިޔޭގައި ގޫގަލް ބަލިކުރެވޭނެބާ؟


އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.