ކްރޯމްގެ 15 ވަނަ އުފަން ދުވަހާ ދިމާކޮށް އާ ފީޗާތަކެއް!

އަޙްމަދު ދާއޫދު 09 ސެޕްޓެމްބަރު 2023

ގޫގުލްގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ގޫގުލްގެ ވެބް ބްރައުޒާ، ކްރޯމް އިން ފާހަގަކޮށްލެވޭ އަޕްޑޭޓެއް ދައްކާލައިފި އެވެ. މި މައިލްސްޓޯން އަޕްޑޭޓްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ޕާސަނަލައިޒޭޝަން، ޑިސްކަވަރީ، ސާޗް ކެޕޭސިޓީ ރަނގަޅުކުރުމާއި ސެކިއުރިޓީ އިތުރުކުރުމުގެ މައްޗަށެވެ.

އަމިއްލަވަންތަ ބްރައުޒާއަކަށް ބަދަލުކޮށްލުން:

ކްރޯމްގެ އަޕްޑޭޓްގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ ގޫގުލްގެ މެޓީރިއަލް ޔޫ ޑިޒައިން ލެންގުއޭޖާ އެކު އިންޓަގްރޭޓް ކުރުމެވެ. މިކަމުގެ ސަބަބުން ބްރައުޒާގެ ސިފަ އެމީހެއްގެ ސްޓައިލަށް ފެތޭ ގޮތަށް ޕާސަނަލައިޒް ކުރެވޭނެ އެވެ. މެޓީރިއަލް ޔޫ އާއެކު ކްރޯމް ގެ ކުލަތަކާއި އޯވަރޯލް އެސްތެޓިކްސް އެޑަޕްޓްކުރަނީ ބޭނުންކުރާ މީހާ ހޮވާފައިވާ ވޯލްޕޭޕަރާ އެއްގޮތްވާ ގޮތަށެވެ. މިއީ ސީމްލެސް އަދި ވިޝުއަލްލީ ހިތްގައިމު ބްރައުޒިން އެކްސްޕީރިއަންސެއް ފޯރުކޮށްދީ، ކްރޯމް ބޭނުންކުރާ މީހާގެ ޑިޖިޓަލް ދުނިޔޭގެ އެކްސްޓެންޝަނެއް ފަދަ އިހުސާސެއް ކޮށްދޭ އެއްޗެކެވެ.

އެކްސްޓެންޝަންސް ހޯދުމާއި އިސްޓޯލް ކުރުމުގެ ފަސޭހަކަން:

އާ ކްރޯމް ވެބް ސްޓޯރަށް ބަދަލު ގެނެސް، އެކްސްޓެންޝަންތައް ސަރޗް ކުރުމާއި އިންސްޓޯލް ކުރުމުގެ މަސައްކަތްވެސް ފަހުގެ އަޕްޑޭޓްގައި ވަނީ ފަސޭހަކޮށްދީފަ އެވެ. ޔޫޒަރުންނަށް މިހާރު އެކްސްޓެންޝަންތަކުގެ ކިއުރޭޓެޑް ސިލެކްޝަނެއް އެކްސްޕްލޯކޮށް، އެމީހުންގެ ބޭނުންތަކާއި ޝައުގުވެރިކަމާ އެއްގޮތްވާ ގޮތްތައް ހޯދުމުގައި ފަސޭހަތަކެއް ލިބިގެންދެއެވެ. މި ރީޑިޒައިންގައި ޔޫޒަރ ރިވިއުއާއި ރޭޓިންގއަށް ވެސް ބާރުއަޅާއިރު، ބްރައުޒާއަށް އިތުރުކުރާނީ ކޮން އެކްސްޓެންޝަންތަކެއްކަން އަންގައިދޭ ނިންމުންތައް ނިންމުމަށް އެހީތެރިވެދެއެވެ. މި އަޕްޑޭޓްގެ މަގްސަދަކީ ކްރޯމްގެ މަސައްކަތްތެރިކަން ފުޅާކުރުމަށް ސްޓްރީމްލައިންޑް މަގެއް ހޯދައިދީ އުފެއްދުންތެރިކަމާއި ކަސްޓަމައިޒޭޝަން އިތުރުކުރުމެވެ.

އާ ސާޗް ފީޗާތަކާއެކު ފަސޭހައިން ވެބް ބްރައުޒް ކުރެވޭނެ:

ކްރޯމްގެ 15 ވަނަ އަހަރީ ދުވަހުގެ އަޕްޑޭޓްގައި ރަނގަޅު ސާޗް ފީޗާތަކެއް ތައާރަފްކޮށް، ބޭނުންކުރާ ފަރާތްތަކަށް މައުލޫމާތު އިތުރަށް ހަރުދަނާގޮތެއްގައި ހޯދުމުގައި އެހީތެރިވެދެއެވެ. މި ބްރައުޒާއިން މިހާރު ޕްރިޑިކްޓިވް ސާޗް ހުށަހެޅުންތައް ލިބޭއިރު، ވަކި ވެބްސައިޓްތަކެއް ނުވަތަ މައުލޫމާތެއް ހޯދަން ނަގާ ވަގުތު ކުޑަކޮށްދެ އެވެ. މީގެ އިތުރުން ކްރޯމްގެ ސަބަބުން ޓެބް މެނޭޖްމަންޓް އިތުރުވެ، ގިނައިން ޒިޔާރަތްކުރާ ސައިޓްތައް އިންތިޒާމުކޮށް އެކްސެސް ކުރުމަށް ފަސޭހަވެގެން ދެއެވެ. މި ބަދަލުތަކުގެ ސަބަބުން ބްރައުޒިން އެކްސްޕީރިއަންސް އިތުރަށް ފަސޭހަވެ، އިންޓިޓިއުޓްވެގެން ދެއެވެ.

ރައްކާތެރިކަމާއެކު ބްރައުޒިން އަށް އެހީތެރިވެދޭ:

އޮންލައިން ސެކިއުރިޓީ އަށް އިސްކަންދޭ ޒަމާނެއްގައި ކްރޯމް އިން ވަނީ ސޭފް ބްރައުޒިން ފީޗާ އަޕްގްރޭޑްކޮށް، އިތުރަށް ރައްކާތެރިކަން ފޯރުކޮށްދީފަ އެވެ. އަދި ޝައްކު ކުރެވޭ ވެބްސައިޓްތަކާއި ޑައުންލޯޑްތަކާ ބެހޭ ގޮތުން ރިއަލް ޓައިމް އިންޒާރުތައް ފޯރުކޮށްދީ، އޭގެ ސަބަބުން ގެއްލުން ހުރި ކޮންޓެންޓުން ސަލާމަތްވުމަށް އެހީތެރިވެދެ އެވެ. ސެކިއުރިޓީގެ މި ޕްރޮއެކްޓިވް އެޕްރޯޗްގެ ސަބަބުން ކްރޯމް ބޭނުންކުރާ މީހުންނަށް އެމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެންމެ ބޮޑު އިސްކަމެއް ދޭކަން އެނގުމުން ޔަގީންކަމާއެކު ވެބް ބްރައުޒް ކުރެވޭނެ އެވެ.

ޖުމްލަގޮތެއްގައި ކްރޯމްގެ 15 ވަނަ އަހަރީ ދުވަހުގެ އަޕްޑޭޓަކީ މި މަގުބޫލު ވެބް ބްރައުޒާގެ ކުރިއެރުމަށް އެޅުނު ވަރަށް ހަރުދަނާ ފިޔަވަޅުތަކެކެވެ. ޕާސަނަލައިޒްޑް ޑިޒައިނާއި، އެކްސްޓެންޝަން ޑިސްކަވަރީ ރަނގަޅުކުރުމާއި، ސާޗް ކެޕޭސިޓީ އިތުރުކޮށް، އަޕްގްރޭޑް ކޮށްފައިވާ ސެކިއުރިޓީ ފީޗާތަކާއެކު ކްރޯމް އިން އަންނަނީ ޓޮޕް ނޮޗް ބްރައުޒިން އެކްސްޕީރިއަންސް އެއް ފޯރުކޮށްދިނުމުގައި އެހެން ބްރައުޒާތަކާއި ވާދަކުރުމަށް މަސައްކަތް ކުރަމުންނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންޓަނެޓް ބޭނުންކުރާ މީހުންނަށް ކްރޯމް އަކީ ކުރިއަށްވުރެ ވެސް ބޭނުންތެރި ވަސީލަތަކަށް ވުމުން، އޮންލައިން ދަތުރަކަށް މިހާރަށްވުރެ ބޮޑަށް ތައްޔާރުވެ ރައްކާތެރި ކަމާއެކު އޮންލައިން މަސައްކަތްތައް ކޮށްލެވޭނެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.