އާޓިފިޝަލް އިންޓެލިޖަންސް ވެފައިވަނީ މިގަރުނުގެ އެންމެ ބޮޑު އުފެއްދުމަކަށެވެ. ވޭތުވެދިޔަ އަހަރު ތަކުގައި އާޓިފިޝަލް އިންޓެލިޖެންސުން އިންސާނުންގެ ވަޒީފާ ނަގާނެކަމަށް ބިރުދައްކަމުންދާއިރު، މިއަހަރު ވެގެން ދިޔައީ މިވާހަކަތަކުގެ އަޑުގަދަ ވެފައިވާ އަހަރަކަށެވެ. އޭއައިގެ ސަބަބުން އިންސާނުންނަށް ނުރައްކުރާނެކަމާއި، އިންސާނުންގެ ވަޒީފާތައް ނަގާނެކަމަށް ބުނާ ސުރުހީތައް ވަނީ އާންމުވެފައެވެ. ނަމަވެސް މިކަމާ އެންމެ އަހުލުވެރި ފަރާތްތަކުން އޭއައި ދެކެނީ ކިހިނެއްތޯ؟ ރީޓޫލުން ދާދި ފަހުން ކުރި ސާވޭއަކުން ދައްކާ ގޮތުން ޓެކުދާއިރާގައި މަސައްކަތްކުރާ ފަރާތްތުކުން ދެކޭ ގޮތުގައި އާޓިފިޝަލް އިންޓެލިޖެންސް އުޅެނީ އަދި އެހާކުރިއަކުއެއްނޫނެވެ. ޓެކްނޮލޮޖީ، ހެލްތްކެއާ، ފައިނޭންސް، އަދި މެނުފެކްޗަރިން ފަދަ އެތައް ދާއިރާތަކެއްގައި މަސައްކަތްކުރާ ފަރާތްތައް ހިމެނޭ މި ސާވޭގައި ސުވާލުކޮށްފައި ވަނީ އެމީހުންގެ މުއައްސަސާތަކުގައި އޭއައި ބޭނުންކުރަމުންދާގޮތާއި އެއާއި މެދު ދެކޭގޮތާމެދެވެ. މި ސާވޭގެ ޖަވާބުތަކާއި މެދު ބައެއް ފަރާތްތައް ހައިރާންވެދާނެއެވެ.
މި ސާވޭގައި އެކި ސިނާއަތްތަކުގެ މަސައްކަތްކުރާމީހުންގެ ތެރެއިން 1500 މީހުންގެ ޖަވާބު ހޯދާފައިވެއެވެ. މި ފަރާތްތަކުން އޭއައި އާއިމެދު ދެކޭގޮތާމެދު ސުވާލުކުރުމިނެ %51.6 މީހުން ދެކޭގޮތުގައި އޭއައި ވަނީ 'އޯވަރރޭޓް' ވެފައެވެ. ނަމަވެސް ކުންފުނިތަކުގެ އިސްވެރިން، ވަކިން ހާއްސަކޮށް މިކަންތައް ތަންފީޒުކުރުމާއި ދުރުގައިވާ ވީޕީތަކާއި ސީ-ލެވަލް މެނޭޖުމަންޓް ދެކޭގޮތުގައި އޭއައި ވަނީ 'ފެއާރޭޓަޑް'ކޮށެވެ.
އޭއައިގެ ޤަބީލުކަމާއި މެދު ސުވާލު އެފެދިފައިވާ ފަރާތްތަކުންވެސް އޭއައިއަށް ކުންފުނިތައް ޙަރަދުކުރުމަށް އެއްބަސްވެފައިވެއެވެ. މިގޮތުން ގިނަ ފަރާތްތަކުން ޤަބޫލުކުރާގޮތުގައި އެފަރާތްތަކުގެ ކުންފުނިތަކުން އޭއައިއަށް އިންވެސްޓްކުރާ މިންވަރު ރަނގަޅު (%50.7) ކަމަށާއި، އަދި %44.9 މީހުން މިއަދަދު މާކުޑަކަމަށް ބެލެވެއެވެ. އޭއައިއަށް ކުރާ އިންވެސްޓްމަންޓު މާބޮޑުކަމަށް ދެކެނީ ހަމައެކަނި %4.4 މީހުންނެވެ. މީގެ މާނައަކީ ކޮބައިތޯ؟ މިކަމުން ދޭހަވަނީ މިވަގުތު އޭއައިގެ ގާބިލްކަމާއި މެދު ސުވާލު އުފެދިފައިވީ ނަމަވެސް މުސްތަޤުބަލުގައި މިވެގެންދާނީ ވަރަށް މުހިންމު ޓެކުނޮލަޖީއެއްކަމަށް ގިނަބަޔަކު އެއްބަސްވާކަމެވެ.
މި ރިޕޯޓުން ދައްކައިދޭ ގޮތުގައި އޭއައި ބޭނުންކުރާ މިންވަރު ވަނީ އިތުރުވެފައެވެ. މިގޮތުން އޭއައިގެ ސަބަބުން ޕްރޮގްރާމަރުން ސްޓޭކްއޮވަރފްލޯ ބޭނުންކުރުން ދަށްވެފައިވާއިރު، %57.6 2022 ވަނަ އަހަރުން ފެށިގެން ބޭނުންކުރާ މިންވަރު މަދުވެފައިވާކަމަށް ބުނެވެއެވެ. މި ދައްވުމުގެ މައިގަނޑު ސަބަބަކަށް ފާހަގަކުރެވިފައިވަނީ ގިޓްހަބް ކޮޕައިލެޓް ފަދަ ޒަމާނީ އޭއައި ޓޫލްތަކުގެ ސަބަބުންނެވެ.
މިރިޕޯޓުން ފާހަގަކޮށްލެވޭ އެއްކަމަކީ އޭއައިގެ ސަބަބުން ވަޒީފާ ގެއްލޭނެކަމުގެ ބިރު ނީންނަކަމެވެ. އޭގެ ބަދަލުގައި ގިނަ ބަޔަކު ދެކޭ ގޮތުގައި އޭއައިގެ ސަބަބުން ކުރާ މަސައްކަތައް އަންނަން އޮތް އަހަރުތަކުގެ ތެރޭގައި ބަދަލުތަކެއް އައިސް، އާ ވަޒީފާތަކެއް އުފެދިގެން އަންނާނެކަމަށް ގިނަ ބަޔަކު ދެކޭކަމެވެ.
ކުންފުނިތަކުން އޭއައި ބޭނުންކުރާ މިންވަރަށް ބަލާއިރު ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި (48.9%) ވަނީ މިހު އޭއައި އެޑޮޕްޓުކުރުމިގެ ފުރަތަމަ މަރުހަލާގައެވެ. މިއީ އޭއައި އިމްޕްލިމެންޓުކުރަން ފަށާފައިވާ %77.1 ގެ ކުޑަ މިންވަރެކެވެ. ކުންފުނިތަކުގެ އެތެރޭގައި އޭއައި ބޭނުންކުރަން ވަނީ ފަށާފައެވެ. މިގޮތުން އޮޓޮމެޓިކް ކޯޑް އަދި ކިއުއަރީ ރައިޓިންގާއި %47.5، ނޮލެޖް ބޭސް ކިއު އެންޑް އޭ %36.2، އަދި ސަޕޯޓް ޗެޓްބޮޓު %28.9 ފަދަ ކަންކަމަށް އޭއައި ބޭނުންކުރަމުން އެބަދެއެވެ. މީގެ އިތުރުން، އޭއައި މެދުވެރިކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޙިދުމަތްތައް ވެސްވަނީ އިތުރަށް ފުރިހަމަކޮށްފައެވެ. މިގޮތުން އިން-ޕްރޮޑަކްޓް ފީޗާރުތަކާއި %30.6، ކަސްޓަމަރ ސާވިސް ޗެޓްބޮޓާއި %26.5، އަދި ނޮލެޖް ބޭސް ކިއު އެންޑް އޭ %26 ފަދަ ތަންތަނުގައި އޭއައިގެ ބޭނުން ފެނިގެން އެބަދެއެވެ.
އޭއައިއާއި ދިމާލަށް ކުންފުނިތަކުގެ މިސްރާބު ބަދަލުކުރުމަށް ދިމާވެފައިވާ ބައިވަރު ސަބަބުތަކެއް ފާހަގަ ކުރެވިފައިވެއެވެ. މިގޮތުން ޚަރަދު ކުޑަކުރުމާއި %38.7، އިންޑަސްޓްރީގެ ޓްރެންޑްތަކާ އެއްވަރަށް ހުރުމާއި. %35.2، ކަސްޓަމަރުންގެ އަސްލު ބޭނުންތަކަށް ޙައްލު ހޯދުން %32.9 ފަދަ ކަންކަން ހިމެނެއެވެ.
ނަމަވެސް އޭއައި އެޕްލިކޭޝަންތައް ބޭނުންކުރުމުގައި ގޮންޖެހުންތަކާ ކުރިމަތި ލާންޖެހޭކަން ފާހަގަކުރެވިގެންދެއެވެ. މިގޮތުން އޭއައި މޮޑެލުތަކުން ނެރޭ ނަތީޖާތަކުގެ އެކިއުރެސީ އާ މެދު %39.4 ފަރާތްތަކުން ކަންބޮޑުވުން ހާމަކޮށްފައިވާއިރު ޑޭޓާ ސެކިއުރިޓީ އާ މެދު %33.4 ފަރާތްތަކުން ކަންބޮޑުވުން ހާމަކޮށްފައިވެއެވެ.
އޭއައިއާއި މެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކަކީ ހައިރާންވަނިވި ކަމެއްނޫނެވެ. މިކަމުގެ ތަޖުރިބާކާރުން ވަނީ ގިނަ ދުވަސްތަކެއް ވަންދެން އޭއައިގެ ގާބިލިއްޔަތާއިމެދު ސުވާލުކުރުމަށް ގޮވާލާފައެވެ. މިގޮރުން އޯޕަންއޭއައިގެ ކުރީގެ ސީއީއޯ ސޭމް އޮލްޓްމަން ވެސް ވަނީ މިހާރު އާންމުވެފައިވާ އޭއައިގެ ހައިޕް އޭއައިގެ ސަބަބުން ދުރުތަނުގައި ހާސިލުކުރެވިދާނެ ކަންކަމާ މެދު ވާހަކަ ދެއްކުމުގެ ބަދަލުގައި ކުރު މުސްތަގުބަލުގައި އޭގެން ލިބިދާނެ ނަތީޖާ ބޮޑުކޮށް ވާހަކަދެމެވޭކަން ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން ކޮމްޕިއުޓަރ ސައިންސްވެރިޔާ ރޮޑްނީ އެލެން ބްރޫކްސް ވެސް ވަނީ އޭއައިއިން ކަންކަމާއި މެދު ވިސްނުމަށް ހުރި އުނިކަންކަން ފާހަގަކޮށްފައިވެއެވެ. ޔުނިވާރސިޓީ އޮފް ޝަޖަރަގައި ކިޔަވައިދޭ ކޮންސްޓަންޓިނޯސް ސްގަންޓްޒޯސް ބުނާގޮތުގައި އޭއައިގެ ޤާބިލިއްޔަތު ވަނީ އޭގެ އަސްލު ޤާބިލިއްޔަތާއި އަޅާ ބަލާއިރު ބައެއްކަންތަކުގައި މާބޮޑުކޮށްފަ އަދި އަނެއްބައިކަންތަކުގައި މާ ކުޑަކޮށްފައެވެ. މި ތަފާތު ދިމާވެފައިވަނީ އިންސާނުން އޭއައިއަށް އިންސާނުންނާއި އެއްވައްތަރުކުރަން އުޅުމުންނެވެ. އޭއައި މަސައްކަތްކުރާގޮތާއި އިންސާނުން ވިސްނާ ފިކުރުކުރާގޮތާ މެދު ތަފާތުތަކެއް ވެއެވެ. ސްގަންޓްޒޯސް ވިދާޅުވާ ގޮތުގައި އޭއައި އިންސާނުންނާއި އެއްގޮތްކުރަން އުޅުމިން އޭއައި އަސްލު މަސައްކަތްކުރާގޮތް އަޅުގަނޑުމެންނަށް އޮޅިގެންދެއެވެ.
އޭއައި އަކީ މުސްތަޤުބަލުގައި އަޅުގަނޑުމެންގެ ދުނިޔެ ގުޑުވާލާނެ ޓެކުނޮލަޖީއެކެވެ. މިވަގުތު އޭއައި ވަރަށް ބޮޑަށް ކުރިއަރާފައި ވީނަމަވެސް، އަދި އޭއައި ކުރިއަށްދާން ވަރަށް ބޮޑު ބައެއް އެބައޮތެވެ. މިވަގުތު އޭއައި ކުރިއަރުވަމުން ދާއިރުގައި މިކަން އިންނަ ވަރަށް ވުރެ ބޮޑުކުރުމުގެ ބަދަލުގައި ބުއްދިވެރި ގޮތަކީ އޭއައިގެ ސަބަބުން މުސްތަޤުބަލުގައި ކުރާނެ އަސަރުތަކާއި މެދު ވިސްނާ، މީގެން ކުރެވިދާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް މަސައްކަތްކުރުމެވެ. އޭއައި އަކީ ހުރިހާކަމެއްގެ ހައްލެއް ނޫނެވެ. ނަމަވެސް ރަނގަޅު ގޮތުގައި ބޭނުންކުރުމުން މިއަކީ ވަރަށް ވަރުގަދަ އުކުޅެކެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.