އޭއައި އަކީ އިންސާނިއްޔަތަށް އޮތް ފުރުޞަތެއް: ޓިމް ކުކް

އަޙްމަދު ދާއޫދު 15 ސެޕްޓެމްބަރު 2023

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ވަރަށް މުހިންމު ކަމަށާއި، އެއީ ވަރަށް ބޮޑު ފުރުސަތެއް ކަމަށް އެޕަލްގެ ސީއީއޯ ޓިމް ކުކް ވިދާޅުވެއްޖެއެވެ.

ކުކް މިހެން ވިދާޅުވީ އޭއައިގެ ސަބަބުން އިންސާނިއްޔަތަށް އޮތް ނުރައްކަލަކުން ސަލާމަތް ވުމަށްޓަކައި ، ބާއްވާ ފޯރަމެއްގައި ބައިވެރިވުމަށް ކެޕިޓަލް ހިލްއަށް ޒިޔާރަތްކުރައްވަމުންނެވެ.

ކެޕިޓަލް ހިލަކީ އެމެރިކާ ވޮޝިންޓަން ޑީސީ ގައި ހުންނަ ސަރުކާރުގެ މުހިންމު މަރުކަޒުތަކެއް ކަމުގައިވާ ކެޕިޓަލް، ސެނެޓާއި، ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އަދި ސުޕްރީމް ކޯޓު ހުންނަ ތަނެވެ.

އެޕަލްގެ ސީއީއޯ ޓިމް ކުކް ފޮކްސް ނިއުސް ޑިޖިޓަލްއަށް ވިދާޅުވީ އާޓިފިޝަލް އިންޓެލިޖެންސަކީ އިންސާނިއްޔަތަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.

ވޮޝިންޓަން ޑީސީގެ ކެޕިޓަލް ހިލްއަށް ކޫކް ވަޑައިގެންނެވި ނަމަވެސް، މެޓާގެ މާކް ޒަކަބާގް އާއި ސްޕޭސް އެކްސްގެ ބާނީ އީލޮން މަސްކް ފަދަ ޓެކްނޮލޮޖީގެ އެހެން ސީއީއޯތަކެއް ބައިވެރިވެވަޑައިގެންނެވި ސެނެޓްގެ ބައިޕާޓިޝަން އޭއައި އިންސައިޓް ފޯރަމްގައި އޭނާ ބައިވެރިވެވަޑައިނުގަންނަވާ ކަމަށް ބެލެވެ އެވެ.

މި ފޯރަމްގައި އޭނާ ނެތްކަން ކަށަވަރު ވެފައިވާއިރު، ފޮކްސް ނިއުސް ޑިޖިޓަލް އަށް އޭނާ ފެނުނީ ކެނެޑީ ކޮކަސް ރޫމްގެ ބަންދު ދޮރުތަކުގެ ފަހަތުގައި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި ތަޖުރިބާކާރުން ބައްދަލުކުރަމުން ދިޔަ ރަސެލް ސެނެޓް އޮފީސް ބިލްޑިންގެ ބޭސްމަންޓުން ކަމަށް އެނޫހުން ވަނީ ބުނެފައެވެ.

ފޯރަމްގައި ބައިވެރި ނުވެ ކޮންގްރެސްއަށް ޒިޔާރަތް ކުރައްވަނީ ކީއްވެތޯ ސުވާލު ކުރުމުން އޭނާ ޖަވާބު ދެއްވީ "ވަރަށް ގިނަ ބަޔަކާ އެކު ބޭސްގައި ބައްދަލުކުރިން،" އޭނާ ޖަވާބު ދެއްވި އެވެ.

އާންމުގޮތެއްގައި އޭއައިއާ މެދު އެއްވެސް ވިސްނުމެއް އެބައޮތްތޯ ސުވާލު ކުރުމުން ކުކް ބުނީ މިއަދު ހިއްސާކުރާނެ ވާހަކައެއް ނެތް ކަމަށެވެ.

އޭއައި އަކީ އިންސާނިއްޔަތަށް އޮތް ނުރައްކަލެއްތޯ ސުވާލު ކުރުމުން އޭނާ ބުނީ މިއީ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.

އޭއައި އިންސައިޓް ފޯރަމަކީ ސެނެޓްގެ ބައިޕާޓިޝަން އޭއައި ވޯކިން ގްރޫޕުން ކުރިއަށް ގެންދިޔަ މިފަދަ ގިނަ ސެޝަންތަކުގެ ތެރެއިން ފުރަތަމަ ސެޝަނެވެ.

ފޯރަމްގެ ފުރަތަމަ ހާފަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަސްކް ވިދާޅުވީ ކޮންމެވެސް ކަހަލަ ގަވައިދަކަށް ތާއީދު ކުރައްވާ ކަމަށެވެ.

އޭއައިގެ ސަބަބުން ދިމާވެދާނެ ނުރައްކަލަކަށް ތައްޔާރު ވުމުގެ ގޮތުން ކުރިއަށްދާ މިފޯރަމުން ނަތިޖާއެއް ހާޞިލް ކުރެވޭނެކަމުގެ މާބޮޑު އުންމީދެއް ނެތްކަމަށް ތަޖްރިބާކާރުން ލަފާދެއްވައެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.