މިދިޔަ އަންގާރަ ދުވަހު އެޕަލްގެ "ވޮންޑަރލަސްޓް" އިވެންޓް ގައި ހާމަ ކޮށްފައިވާ ފަދައިން އެޕަލްވެޗް ގެ އައު އޮޕަރޭޓިންގް ސިސްޓަމް ވޮޗްއޯއެސް10 އެޕަލް ގެ ސީރީސް 4 އަދި ފަހުގެ އަތުކުރީ ގަޑި ތަކަކަށް 18 ސެޕްޓެމްބަރު ގައި ނެރޭނެއެވެ.
މި އަޕްޑޭޓް އާއި އެކު ކުރިން ބޭނުން ކުރި ތަފާތު އާއްމު ގެސްޗަރ ތަކާއި ފިޒިކަލް ބަޓަން ތަކުގެ ފަންކްޝަން ތަކަށް ގެނެވުނު ބަދަލު ތަކަށް އަވަހަށް އަހުލުވެރިވާން ޖެހެނޭ އެވެ. ކުރިޔާއި ހިލާފަށް ވޮޗްއޯއެސް10 ގައި ކޮންޓްރޯލް ސެންޓަރ އަށް ވަނުމަށްޓަކައި ސައިޑް ބަޓަން އަށް ފިތަން ޖެހޭ އިރު މައްޗައް ސްވައިޕް ކޮށްލައިގެން ނުވަތަ ޑިޖިޓަލް ކްރައުން އަނބުރައިގެން އެކި ވިޖެޓް ތަކަށް އަދި އެހެނިހެން މުހިންމު މައުލޫމާތުތަކަށް އެކްސެސް ވެވޭނެއެވެ.
ގަޑިއާއި އެކު ލިބޭ އެކި ސްޓޮކް އެޕް ތަކަށް ވެސް ގިނަ ބަދަލުތަކެއް ގެނެސްފައިވެއެވެ. ހާއްސަ ގޮތެއްގައި މުހިންމު މައުލޫމާތުތަކަށް އިސްކަން ދޭފަދަ ބަދަލުތަކާއި އެޕްލިކޭޝަން އިތުރަށް ސިމްޕްލިފައި ކުރުން ފަދަ ބަދަލުތަކެވެ. އައު އޯއެސް އާއި އެކު އައު 2 ގަޑީގެ މޫނުމަތި ވެސް ވަނީ ތައާރަފް ކޮށްފައެވެ.
އެޕަލް އިން މިހާރު މި އޯއެސް ގެ ރިލީސް ކެނިޑޭޓް ވަރޝަން ޑެވެލޮޕަރ ޓެސްޓިންގް އަށް ހުޅުވާލާފައި ވެއެވެ. މިއީ ގާތްގަނޑަކަށް އެންމެ ފަހުގެ މަރުހަލާ އެވެ. މި މަރުހަލާގައި ފެންނަ މަދު ބަގް ތައް އިސްލާހުކޮށްފައި ތާވަލާއި އެއްގޮތަށް އޯއެސް އާއްމުކުރާނެއެވެ.
ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.