ގޫގަލްއިން ވައިގެ ސާފުކަން މިހާރު ދައްކައިދޭ

އަޝްނާ ރަޝީދު 19 ސެޕްޓެމްބަރު 2023

ގޫގަލްއިން ދާދި ފަހުން ވައިގެ ސާފުކަން ދައްކައިދޭ ފީޗަރއެއް ތައާރަފުކުރާކަން އިއުލާނުކޮށްފިއެވެ. މި ފީޗަރއަކީ މިވަގުތު ބައެއް ސިޓީތަކުގެ ބެޓާ ޔޫޒަރުންނަށް ހުޅުވާލާ ޓެސްޓުކުރަމުންދާ ފީޗަރއެކެވެ. އެއާ ކޮލިޓީ އިންޑެކްސް (އޭކިޔުއައި) އަކީ މިހާރު އެ ކުންފުނީގެ ގޫގުލް ޑިސްކަވަރ ޓެބްގެ ދަށުން ފެންނަ ފީޗަރެކެވެ. އައިއޯއެސް ވަރޝަން ތަންކޮޅެއް ކުރިއަރާނެ ކަމަށް ބެލެވޭއިރު، މި ދެ ވަރޝަން ވެސް މިހާރު ދަނީ ބީޓާ ޓެސްޓް ކުރަމުންނެވެ.


އޭކިޔޫ މިނީ ކާޑުގައި ފިއްތާލަމުން، އޭކިއުއައި ލެވެލާއި ވައިގެ ހާލަތު ދައްކުވައިދޭ ކުލައިން ކޯޑްކޮށްފައިވާ އިންޑިކޭޓަރެއް ފެނިގެންދެއެވެ. މީގެން އެމީހުންގެ ކައިރީގައިވާ ވައިގެ ފެންވަރާ ބެހޭ ތަފްސީލީ މައުލޫމާތު ފަސޭހަކަމާއެކު ލިބިގެންދެއެވެ.

ގޫގުލްގެ އެއާ ކޮލިޓީ އިންޑެކްސް (އޭކިޔުއައި) އިން ވައިގެ ސާފުކަމާއި ބެހޭ ގޮތުން ވަގުތުން މައުލޫމާތު ޔޫޒަރުންނަށް ފޯރުކޮށްދެއެވެ. މި އިންޑެކްސް ހެދުމުގައި ދުނިޔޭގެ ފެންވަރުގައި ގެންގުޅޭ ވައިގެ ކޮލިޓީ ސްކޭލްތަކުގެ ތަފާތުތައް ހިމަނާފައިވެއެވެ. މީގެ ތެރޭގައި ތަޣައްޔަރުވާ މާއްދާތައް ފާހަގަކުރުމުގައި އަންނަ ތަފާތުތަކާއި، ވަގުތު ކަނޑައެޅުމާއި، ކޮންސެންޓްރޭޝަން ތްރެޝްހޯލްޑްތަކުގައި ހުންނަ ތަފާތުތައް ހިމެނެއެވެ. އޭކިޔުއައި ހޯދާއިރު، ތަޣައްޔަރުވާ ތަކެތީގެ އަދަދާއި ބާވަތްތަކާއި، ވަގުތުގެ އެވްރެޖާއި، ޑޮމިނަންޓް ތަޣައްޔަރުވާ ތަކެތި ބަލައެވެ.

މި ފީޗާއަކީ ވަކި ހިސާބުތަކެއްގައި ވައި ތަޣައްޔަރުވެފައިވާ މިންވަރު ދައްކައިދޭ ފީޗަރެކެވެ. މި ފީޗަރުގެ ބޭނުން ދިއްލީ ފަދަ ވައިގެ ތަޣައްޔަރުކަން ބޮޑުވެފައިވާ ސަރަހައްދުތަކުގައި ވަރަށް ބޮޑުވާނެކަމަށް ބެލެވެއެވެ. މިގޮތުން ވައިގެ ތަޣައްޔަރުވުން ބޮޑިވެފައިވާ ދުވަސްތަކުގައި ކުޑަކުދިންނާއި މުސްކުޅިން ފަދަ ނާޒުކު އާބާދީތަކަށް ބޭރަށް ނިކުމެ އުޅުމުގައި ސަމާލުވާން އެނގޭނެވެ.

މިއީ ގޫގަލްއިން ވައިގެ ކޮލިޓީ މޮނިޓަރިންގެ ދާއިރާއަށް މަސަައްކަތްކުރި ފުރަތަމަ ފަހަރެއްނޫނެވެ. މީގެ ކުރިން 2014 ވަނަ އަހަރު ޕްރޮޖެކްޓް އެއާ ވިއުއިން ވަނީ އެމެރިކާގައި މި މަސައްކަތް ފަށާފައެވެ. އެއާއި ވިދިގެން އައި އަހަރުތަކުގެ ތެރޭގައި އެކިއެކި ސިޓީތަކުގައި އެހެބް މުއައްސަސާތަކާއި ގުޅިގެން ވަނީ މި މަސައްކަތް އިތުރަށް ފުޅާ ދާއިރާއެއްގައި ކޮށްފައެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.