ކަނޑުއަޑީގައި މުވާސަލާތީ ވަސީލަތެއް ހޯދައިފި

އަޝްނާ ރަޝީދު 19 ސެޕްޓެމްބަރު 2023

ކަނޑުއަޑީގެ މުވާސަލާތަކީ ޒަމާނުއްސުރެ ދިރާސާވެރިން ހައްލުކުރަން އުނދަގޫވެފައިވާ މައްސަލައެކެވެ. މޫސުމަށް އަންނަ ބަދަލުތައް ބަލާ ސެންސަރުތަކާއި ދެމެދު މުއާމަލާތުކުރުމަށާއި، ކަނޑުއަޑީގައި ދަތުރުކުރާ އުޅަނދުތަކާއިި މެދުގައި މުވާޞަލާތު ކުރުން ފަދަ ގިނަ ބޭނުންތަކެއް މިފަދަ ނިޒާމަކުން ފުރިހަމަކުރެވޭނެވެ. މި މައްސަލަ ހައްލުކުރުމަށް ދާދިފަހުން އެމްއައިޓީގެ ދިރާސާވެރިން ވަނީ މިކަމަށް މުސްތަޤުބަލުގައި ބޭނުންކުރެވިދާނެ ނިޒާމެއް އީޖާދުކޮށްފައެވެ.

އެމްއައިޓީގެ ދިރާސާވެރިން ކުޑަހަކަތައަކާ އެކު ކަނޑުއަޑީގައި މުއާމަލާތުކުރެވޭ ނިޒާމެއް ހޯދައިފިއެވެ. މި ނިޒާމު 70 އަހަރުވެފައިވާ ވަން އަޓާ އެރޭ ޓެކްނޮލަޖީގެ މައްޗަށް ބިނާވެފައިވެއެވެ. މި ޓެކްނޮލަޖީ މެދުވެރިކޮށް އެހެން ޓެކްނޮލަޖީތަކާއި ބަލާއިރު 15ގުނަ ދުރަށް ސިގްނަލް ދެއެވެ. އަދި މި ޓެކްނޮލަޖީ އަކަށް އެހާ ބޮޑަށް ހަކަތައެއް ބޭނުމެއްނުވެއެވެ. މީގެ މާނައަކީ ބެޓަރީއަކާއި ނުލައި މި ޓެކްނޮލަޖީ މެދުވެރިކޮށް މުއާމަލާތްކުރެވޭ ނިޒާމެއް ގާއިމުކުރެވޭނެވެ. މިއީ ކަނޑު އަޑީގައި މުއާމަލާތު ކުރުމުގެ ނިޒާމުތައް ގާއިމުކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

އެދިރާސާވެރިންވަނީ އެހެންފަރާތްތަކެކޭ އެެއްފަދައިން އެ މީހުންގެ ނިޒާމުގައިވެސް މުވާސަލާތްކުރަނީ އަޑުގެ ޒަރަތްޔާއިންނެެވެ.

މިގޮތުން، އަޑު އެންކޯޑްކޮށް އަނބުރާ ފޮނުވާފަރާތައްރައްދު ކުރުން ނުވަތަ "ބެކްސްކެޓަރ" ކިޔާ ކޮންސެޕްޓަކަށް މި ނިޒާމު ބަރޯސާވެފައިވެއެވެ. އާންމު ގޮތެއްގައި މިހެން ރައްދުވާ އަޑު އެކިދިމާތަކަށް ފެތުރިގެން ދެއެވެ. ނަމަވެސް މި ނިޒާމު މެދުވެރިކޮށް ރައްދުވާ ސިގްމަލް މާ ސީދާކޮށް ފޮނުވާފަރާތައް ރައްދުވެއެވެ. މިއީ ޒަމާނުއްސުރެ އަލްޓްރާ ސައުންޑާއި ސޯނާ ފަދަ ކަންކަމަށް ބޭނުންކުރަމުންދާ ކަމެކެވެ.

މިކަންތައް ހާސިލްކުރެވުނީ ކިހިނެއްތޯ؟ އެފަރާތްތަކުން ޝާއިޢުކުރެވިފައިވާ ދިރާސާތަކުން ދައްކައިދޭ ގޮތުގައި މިކަންތައް ޙަސިލުކޮށްފައިވަނީ އެރޭއެއްގެ ގޮތުގައި ތަރުތީބުކޮށްފައިވާ "ޕިޒޯއިލެކްޓްރިކް" މާއްދާތަކެއްގެ ސަބަބުންނެވެ.

ނަމަވެސް މިކަމަކީ މީގެ ޒާތުގައި އެހާ އެފިޝަންޓް ނިޒާމެއްނޫނެވެ. މި ނިޒާމުގެ ބައެއް އުނިކަންތައް ފުރިހަމަކުރުމަށްޓަކައި އެފަރާތްތަކުންވަނީ އެހެންކަންތަކަކަށްވެސް އީޖާދީތަކެއްގެނެސްފައެވެ.

މިގޮތުން، ބެކްސްކެޓަރޑް ސިގްނަލް އެހެން ދިމާލުތަކަށް ދިއުން ކުޑަކުރުމަށް ވެން އަޓާ އެރޭ ކިޔާ ޒަމާނީ ރޭޑިޔޯ ޓެކްނޮލަޖީއެއް ބޭނުންކޮށްފައިވެއެވެ.

ނަމަވެސް މި އެރޭ ހުރިގޮތައް ބނުންކުރުމުން ސިގްނަލްގެ ބާރު ދައްވެގެން ދާތީވެ، މި ސިގްނަލްތަކުގެ ބާރުގަދަ ކުރުމަށްޓަކައި ޓްރާންސްފޯމަރެއް ބޭނުންކޮށްފައިވެއެވެ. މިކަމުގެ ނަތީޖާއަކަށްވެގެން ދިޔައީ ބެޓަރީ އަކާއި ނުލާއި ކަނޑުއަޑީގައި މުވާސަލާތު ކުރެެވޭ ނިޒާމެކެވެ.

މި ޓެކްނޮލަޖީއަކީ އަދި ކޮމާޝަލައިޒް ކުރެވޭނެ ޓެކްނޮލަޖީ އަކަށް ނުވިޔަސް، މިއީ ކައިތި މުސްތަގުބަލުގައި ބޭނުން ކުރެވިދާނެ ޓެކްނޮލަޖީއެއްކަމަށް ލަފާކުރެވެއެވެ. މިހާތަނަށް ކޮށްފައިވާ ޓްރައިލްތަކުން ދައްކައިދޭ ގޮތުގައި މި ނިޒާމުން 300 މީޓަރާއި ހަމައަށް މުއާމަލާތް ކުރެވޭނެ އެވެ. މިއީ ކުރީގެ ތަޖުރިބާތަކަށްވުރެ 15 ގުނަ އިތުރު އަދަދެކެވެ. ނަމަވެސް މިއީ މީގެން ސިގްނަލް ދައުރުވާ އެންމެ ދުރައް ނުވެދާނެއެވެ. ކުރިއަށް އޮތް ތާގައި ބޯޓު ބޭނުންކޮށްގެން މިއަށް ވުރެވެސް ދުރައް މުވާސަލާތުކުރެވޭނެތޯ މި ޓެކްނޮލަޖީގެ ދިރާސާވެރިން ހާމަކޮށްފައިވެއެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.