ސެމްސެންގްގެ ހޯމް ޕްރޮޑަކްޓް ތަކަށް އޭއައި ތައާރަފު ކުރަނީ

އަޙްމަދު ދާއޫދު 19 ސެޕްޓެމްބަރު 2023

ސެމްސަންގުން 2024 ވަނަ އަހަރުން ފެށިގެން އެކުންފުނީގެ ހުރިހާ ހޯމް އެޕްލަޔަންސެއްގައި އޭއައި ޗިޕްސް ހިމަނާނެކަމަށް އޮންލައިން ރިޕޯޓްތައް ބުނެފިއެވެ.

ޑިޖީޓައިމްސް އިން މިއަދު ޝާއިއުކުރި ރިޕޯޓެއްގައި ވާގޮތުން ދެކުނު ކޮރެއާގެ ޓެކް ކުންފުނި، 2024 ވަނަ އަހަރު "އެ ކުންފުނީގެ އާ ހޯމް އެޕްލަޔަންސް ޕްރޮޑަކްޓްތައް ނިއުރަލް ޕްރޮސެސިން ޔުނިޓް (އެން.ޕީ.ޔޫ) އިން ތައްޔާރުކުރުމަށް" ވަނީ ނިންމާފައެވެ.

މި ޕްލޭންތަކުގައި ސްމާޓް ޓީވީ، ޑިޝްވޮޝަރު، އަވަން، ރެފްރިޖަރޭޓަރު އަދި އެއާކޮންޑިޝަނާ ފަދަ ޕްރޮޑަކްޓް ކެޓަގަރީތަކުގެ ޕްރިމިއަމް އަދި މެއިންސްޓްރީމް އެޕްލައިންސް ހިމެނެ އެވެ.

ސެމްސަންގުން މިހާ ފުޅާ ދާއިރާއެއްގައި އެން.ޕީ.ޔޫ ތައް ފޯރުކޮށްދިނުމަށް އިންވެސްޓްކުރި ސަބަބަކީ އެކުންފުނީގެ އެޕްލަޔަންސްތަކަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކީ ޑިފަރެންސިއޭޓަރެއްގެ ގޮތުގައި އިތުރުކުރުން ކަމަށް ސޯސް ރިޕޯޓުން ދައްކައެވެ.

ޑިޖީޓައިމްސް އިން ބުނީ ސެމްސަންގް ހޯމް އެޕްލައިންސް ޑިވިޝަނުން އަޕްޑޭޓް ކޮށްފައިވާ ޗިޕްސެޓްތަކުގެ މަސައްކަތުގައި އަވަދިނެތި އުޅޭ ކަން އެ ކުންފުނީގެ މަސްދަރުތަކުން އެނގޭ ކަމަށެވެ.

އޭއައި ބިލްޓް-އިންޓު ޔޯ ހޯމް އެޕްލަޔަންސް ގައި ހިމަނާނެކަމަށް ބެލެވޭ ހާއްސަ ކަންކަމުގެ ތެރޭގައި: ވޮއިސް ރިކޮގްނިޝަން، މެޝިން ވިޝަން އަދި ބިކްސްބީ ހިމެނެއެވެ.

ސެމްސަންގ އިން ބުނީ އެސިސްޓެންޓްގެ ފުލް އެނަބަލް ކުރުމަށް އޮން-ޑިވައިސް އޭއައި ޕްރޮސެސިން، ބިކްސްބީގެ ސަބަބުން ޑިވައިސްތަކަށް ސުވާލާއި ޖަވާބު ދިނުމުގެ ގާބިލްކަން އިތުރުވެ، ތިބާގެ ހުރިހާ ކޮމްޕެޓިބަލް ހޯމް ޑިވައިސްތައް އިތުރަށް ފުޅާދާއިރާއެއްގައި އިންޓަގްރޭޓް ކޮށްދޭނެ އެވެ.

ސެމްސަންގް ފަދަ ކުންފުނިތަކުން ދާދި ފަހުން ދައްކާލި ސްމާޓް ހޯމް އެޕްލަޔަންސްތަކުން ކަންކަން އިތުރަށް ހަރުދަނާ ކޮށްދެ އެވެ. މިސާލަކަށް އަވަންތަކަކީ ކައްކާ ކާއެއްޗެހި ދެނެގަތުމުގެ ޤާބިލުކަން ލިބިފައިވާ އަދި ކެއްކުމުގެ ގޮތްތައް ލަފާދޭ އެއްޗެކެވެ.

ޑިޖިޓައިމްސްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ އަނެއް މިސާލަކީ ފްރިޖުތަކުން ރައްކާކޮށްފައި ހުރި ތަކެތި ދެނެގަތުމެވެ.

ސެމްސަންގްގެ 2024 ގެ ޕްލޭންތައް ވެސް ވަނީ ކޮރެއާގެ ޑީޕްއެކްސް ފަދަ އެންޕީޔޫ ޕްރޮވައިޑަރުންގެ މައުލޫމާތުން އަލިވެފަ އެވެ. ޑިޖީޓައިމްސްގެ ރިޕޯޓުގައި ބުނެފައި ވަނީ ޑީޕްއެކްސް އިން އަންނަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި އެ ކުންފުނީގެ ނެކްސްޓް ޖެނެރޭޝަން އެންޕީޔޫ މާސްކޮށް އުފެއްދުމުގެ ވިސްނުން ގެންގުޅެނީ ޗައިނާގައި އުފައްދާފައިވާ ވާދަވެރި ބައިތައް ނައްތާލުމުގެ މަގުސަދުގައި ކަމަށެވެ.

ގޭގައި ބޭނުންކުރާ ސާމާނުތަކަށް އޭއައި އެޅުމަކީ އެންމެން މަރުހަބާ ކިޔާނެ ކަމެއް ކަމުގައި ނުވެދާނެއެވެ.

ވޮއިސް ރިކޮގްނިޝަން، މެޝިން ވިޝަން އަދި އަމިއްލަ އަށް "ވިސްނުމުގެ" ގާބިލުކަން ހުރި ގޭތެރޭގެ ސާމާނުތަކުގައި ސެކިއުރިޓީ އާއި ޕްރައިވެސީގެ ކަންބޮޑުވުންތައް ހުރިކަމަށްބުނެ ބައެއް ފަރާތަކުން ދަނީ އަޑުއުފުލަމެނެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.