ޑިސްކް ސްޕޭސް ނެތުމުން ޓޮޔޯޓާގެ ފެކްޓްރީތައް ހުއްޓުމަކަށް

އަޙްމަދު ދާއޫދު 24 ސެޕްޓެމްބަރު 2023

ޑިސްކް ސްޕޭސް ނެތުމުން ޓޮޔޯޓާގެ ހުރިހާ ފެކްޓްރީއެއް ގާތްގަޑަކަށް އެއްދުވަހަށް ބަންދުކުރަން ޖެހިއްޖެއެވެ.

ޖަޕާނުގައި ހުންނަ ޓޮޔޯޓާ މޮޓޯގެ ހުރިހާ އެސެމްބްލީ ޕްލާންޓްތަކެއް މިދިޔަ ހަފުތާގައި ގާތްގަނޑަކަށް އެއް ދުވަސް ވަންދެން ބަންދުކުރި މައްސަލަ ދިމާވީ ޕާޓްސް އޯޑަރު ތައް ޕްރޮސެސް ކުރަން ބޭނުންކުރާ ބައެއް ސާވާތައް މެއިންޓެނެންސް ޕްރޮސީޖާތަކަށް ފަހު ލިބެން ނެތުމުން ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސިސްޓަމް ހުއްޓިފައި ވަނީ ބައެއް ސާވާތަކުގައި ޑިސްކުގެ ޖާގަ ނުލިބުމުގެ ސަބަބުން ދިމާވި މައްސަލައަކާ ގުޅިގެން ކަމަށާއި އެއީ ސައިބާ އެޓޭކެއްގެ ސަބަބުން ދިމާވި ކަމެއް ނޫން ކަމަށް ދުނިޔޭގެ އެންމެ ބޮޑު ކާރު އުފައްދާ ކުންފުނި ބައި ސޭލްސް އިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

"ސިސްޓަމް އަލުން އިއާދަކުރީ ބޮޑު ކެޕޭސިޓީއެއް ހުރި ސާވާއަކަށް ޑޭޓާ ޓްރާންސްފާ ކުރުމަށް ފަހު،" ޓޮޔޯޓާ އިން ބުންޏެވެ.

މި މައްސަލަ ދިމާވީ ސާވާތަކުގައި ގަވާއިދުން މެއިންޓެނެންސް މަސައްކަތް ކުރުމަށް ފަހު ކަމަށާއި މެއިންޓެނެންސް ޕްރޮސީޖާތައް މުރާޖައާ ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިކަމާ ބެހޭ ގޮތުން ރޮއިޓާސްއިން ރިޕޯޓްކޮށްފައިވަނީ މި މައްސަލަ ދިމާވީ ކާރު އުފައްދާ ކުންފުނީގެ ޕާޓްސް އޯޑަރު ކުރާ ސިސްޓަމް އަޕްޑޭޓް ކުރުމުގެ ތެރެއިން ކަަށެވެ.

ޓޮޔޯޓާގެ ހޯމް މާކެޓުގައި ހުންނަ އެސެމްބްލީ ޕްލާންޓްތަކުގެ މަސައްކަތް އަލުން ފަށާފައިވަނީ މި މައްސަލަ ދިމާވިތާ އެއް ދުވަސް ފަހުން އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.